Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖިންސީ ގޯނާ

ޖިންސީ ގޯނާގެ މައްސަލަތަކުގައި ކުޑަކުދިންދޭ ވީޑިއޯ އިންޓަވިއުތަކަށް ކޯޓުން ބޭރުގައި އެކްސެސް ނުވެވޭނެ: ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ކުޑަކުދިން ތަހުގީގަށް ދީފައި ހުންނަ އިންޓަވިއުތަކަށް ކޯޓުން ބޭރުގައި އެކްސެސްވެވިގެން ނުވާނެކަމަށް ކަނޑައަޅުއްވާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 މާރިޗު 2026 | ބުރާސްފަތި 11:03
ސުޕްރީމް ކޯޓް: ހުސް ވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް 12 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައި.

ސުޕްރީމް ކޯޓް: ހުސް ވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް 12 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައި. | ރާއްޖެއެމްވީ

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި އެ ކުދިން ތަހުގީގަށް ދީފައި ހުންނަ ވީޑިއޯ އިންޓަވިޔުތައް ދިފާއަށް ކޯޓުން ބޭރުގައި ބެލޭގޮތަށް ނެރެފައިވާ ހެކި ރައްކާތެރި ކުރުމުގެ އަމުރު ބާތިލު ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.

މި މައްސަލައަކީ ކްރިމިނަލް ކޯޓުން ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރެފައިވާ ގޮތާއި ގުޅޭގޮތުން ދައުލަތުން އިސްތިއުނާފު ކުރި މައްސަލައެކެވެ. އެގޮތުން މި މައްސަލައިގައި އުފުލާފައިވާ ދައުވާއަކީ ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު އެ ކުއްޖާއާމެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.

އެ ދައުވާގެ ހެކި ރައްކާތެރި ކުރުމަށްޓަކައި ދައުލަތުން ހުށަހެޅިއިރު، ޝަރީއަތުގެ މަރުޙަލާގައި ކޯޓުން ކަނޑައަޅާ ވަކި އުސޫލުތަކެއްގެ ތެރެއިން ހެކިތައް ދިފާއަށް ދިރާސާ ކުރެވޭގޮތަށް އަމުރު ނެރުމަށް ދައުލަތުން އެދުނެވެ. ނަމަވެސް އަމުރު ނެރުނުއިރު އެ އަމުރު އޮތީ ދިފާއުން ކޯޓުން ބޭރުގައިވެސް އެ ހެކިތަކަށް އެކްސެސް ވެވޭ ގޮތަށެވެ. އެގޮތުން އަނިޔާލިބުނު ކުއްޖާގެ ބަޔާނާއި އިންޓަވިއު ވީޑިއޯ ރެކޯޑިންގ އަދި ހެކިބަސްދޭ އެހެން ކުއްޖެއްގެ ތަހުގީގު ބަޔާނާއި ވީޑއޯ ރެކޯޑިންގ ހިމެނެ އެވެ.

އެހެންވެ ދައުލަތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުންވެސް ނިންމީ ދަށު ކޯޓުގެ ނިންމުމާ އެއްގޮތަށެވެ.

އަނެއްކާވެސް އެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ކުޑަކުދިން ތަހުގީގަށް ދީފައި ހުންނަ އިންޓަވިއުތަކަށް ކޯޓުން ބޭރުގައި އެކްސެސްވެވިގެން ނުވާނެކަމަށް ކަނޑައަޅުއްވާފަ އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު ޑރ މުޙައްމަދު އިބްރާހިމް، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ އަބްދުﷲ ހަމީދު އެވެ.

ސުޕްރީމް ކޯޓުޖިންސީ ކުށްތައްކުޑަކުދިންގެ ޙައްޤުތައް

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2026

ސޫޒަންގެ ކެނޑިޑެންސީ ބަލައިގަންނަން ސުޕްރީމް ކޯޓުން އަމުރުކޮށްފި

18 ފެބުރުއަރީ 2026
ސޫޒަންގެ ކެނޑިޑެންސީ ބަލައިގަންނަން ސުޕްރީމް ކޯޓުން އަމުރުކޮށްފި
13 ޖެނުއަރީ 2026

ފަނޑިޔާރުން މިއަދު ތިބީ ބިރުން، ސަރުކާރާ ދެކޮޅަށް ހުކުމެއް ކީއްކުރަން އަމުރެއް ވެސް ނެރެން ނުކުރޭ: އަލީ ހުސައިން

13 ޖެނުއަރީ 2026
ފަނޑިޔާރުން މިއަދު ތިބީ ބިރުން، ސަރުކާރާ ދެކޮޅަށް ހުކުމެއް ކީއްކުރަން އަމުރެއް ވެސް ނެރެން ނުކުރޭ: އަލީ ހުސައިން
09 ޖެނުއަރީ 2026

މަރުގެ އަދަބު ދޭން ބޭނުމެއް ނޫން، އުންމީދަކީ އެގޮތަށް އަމަލު ނުކުރުން: ރައީސް މުޢިއްޒު

09 ޖެނުއަރީ 2026
މަރުގެ އަދަބު ދޭން ބޭނުމެއް ނޫން، އުންމީދަކީ އެގޮތަށް އަމަލު ނުކުރުން: ރައީސް މުޢިއްޒު
25 ޑިސެމްބަރު 2025

ސާޖަރީ ކުރުމަށް، ޖަލުގައި ހުންނެވި ބޮލްސޮނާާރޯ ހޮސްޕިޓަލަށް ބަދަލު ކޮށްފި

25 ޑިސެމްބަރު 2025
ސާޖަރީ ކުރުމަށް، ޖަލުގައި ހުންނެވި ބޮލްސޮނާާރޯ ހޮސްޕިޓަލަށް ބަދަލު ކޮށްފި
06 ޑިސެމްބަރު 2025

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު