Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރެފަރެންޑަމް ވޯޓު

ރެފަރެންޑަމްގެ ސުވާލު ރަނގަޅުކަމަށާއި، ރެފަރެންޑަމް ނެގުން ހުއްޓުވެން ނެތްކަމަށް ސުޕްރީމް ކޯޓުން ނިންމައިފި!

މި މައްސަލައިގައި އެދިފައިވަނީ މި ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އިން ލާޒިމުކުރާ އުސޫލުތަކުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލެއް ނޫންކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 31 މާރިޗު 2026 | އަންގާރަ 09:01
ރެފަރެންޑަމް ހުއްޓުވައިދިނުމަށް އެދުނު މައްސަލަ.

ރެފަރެންޑަމް ހުއްޓުވައިދިނުމަށް އެދުނު މައްސަލަ. | ރާއްޖެ އެމްވީ

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި އަހާ ސުވާލު އިބާރާތްކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށްކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ސަރުކާރުން ބޭނުންވާގޮތަށް ނިމިއްޖެ އެވެ. 

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ޤާނޫނީ ވަކީލު އަލްއުސްތާޒު އިބްރާހީމް ޝިޔާމް އަދި އަލްއުސްތާޒު އައިކް އަހުމަދު އީސާ އެވެ. މި މައްސަލަ ހުށަހެޅީ ރައީސް އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީސް އަދި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށެވެ.

Advertisement - newsAdvertisement

މި މައްސަލައިގެ އަޑުއެހުންތައް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި އެ ދުވަހު ފަނޑިޔާރުން ވަނީ އިތުރު ކަމެއް ސާފު ކުރައްވަން ނެތްނަމަ ދެން އޮންނާނީ ޙުކުމް ކުރެއްވުންކަމަށް ވިދާޅުވެފަ އެވެ. 

މި މައްސަލައިގެ ޙުކުމް ކުރެއްވުމުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ އަންގާރަ ދުވަހު އެވެ. 

ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މި މައްސަލައިގައި އެދިފައިވަނީ މި ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އިން ލާޒިމުކުރާ އުސޫލުތަކުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލަކަށް ނުވާތީ، އެ ސުވާލުގެ މައްޗަށް ބިނާކޮށް އެޕްރީލް 4، 2026 ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ބާއްވައިގެން ނުވާނެ ކަމަށް ކަނޑައަޅުއްވައި ދެއްވުމަށެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދު އެވެ.

މި މައްސަލައިގެ ޙުކުމް އިއްވަވަމުން އުއްތަމަފަނޑިޔާރު ވިދާޅުވީ، ހިޔާލު ހޯދުމުގެ ވޯޓު ނެގުން ލާޒިމުވާ ޙާލަތްތަކެއް އެބަހުރި ކަމަށާއި، އިހުތިޔާރީ ޙާލަތްތަކެއްވެސް އެބަހުރި ކަމަށެވެ. އަދި އެ ދެ ޙާލަތުގައިވެސް ރައީސް ޤަރާރެއް ނެރުއްވަންޖެހޭއިރު، ރައީސްގެ ޤަރާރުގައި ހިމެނުން ލާޒިމު ކަންކަން ރެފަރެންޑަމް ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އުއްތަމަފަނޑިޔާރު ވިދާޅުވީ، ހިޔާލު ހޯދުމަށް އެއްކަމަކަށް ވުރެ ގިނަ ކަންކަން ހިމެނޭގޮތަށް ސުވާލު ފަރުމާ ކުރެވިދާނެކަން ޤާނޫނީ ނައްސުން އެނގޭ ކަމަށެވެ.

ޤާނޫނުއަސާސީގައިވާ އިބާރާތެއްގައި ބުނާ އެއްޗެއް އޮޅުން އަރާނަމަ އެންމެ ރަނގަޅުވާނީ ޤާނޫނުއަސާސީ ލިޔުނު ފަރާތްތަކުގެ މަޤްސަދަށް ބެލުންކަން ފާހަގަ ކުރައްވައި އުއްތަމަފަނޑިޔާރު ވިދާޅުވީ، އެއީ އެ ޙާލަތުގައި ބަލަން އޮތް ހަމައެކަނި މަސްދަރެއް ނޫން ކަމަށެވެ. އެގޮތުން ޤާނޫނުއަސާސީގައި ބުނެފައިވާ ވެރިކަމުގެ ބާރުތައް ވަކި ކުރުމާއި، ރައްޔިތުންގެ އަސާސީ ޙައްޤުތައް ހިމާޔަތް ކުރުން ފަދަ ކަންކަމަށްވެސް ފަނޑިޔާރުން އިސްކަން ދޭން ޖެހޭނެކަމަށް ވިދާޅުވި އެވެ.

އުއްތަމަފަނޑިޔާރު ވިދާޅުވީ، ޤާނޫނުއަސާސީއަށް 8 ވަނަ އިސްލާޙު ގެނައުމުގެ ބިލު ތަސްދީޤު ކުރުމުން މިހާރު އޮތް މަޖިލީހުގެ ދައުރު ބަދަލުވާނެކަން އެއީ އެ އިސްލާޙާއެކު އަންނާނެ ޔަޤީން ބަދަލެއްކަމަށެވެ. އަދި ވިދާޅުވީ، މުޅި ބިލަށް ރައްޔިތުން ރުހެން ޖެހޭނެ ކަމަށާއި، އެހެންކަމުން މުޅި ބިލަށް ރައްޔިތުންގެ ރުހުން އޮތްތޯ ރައީސް ސުވާލު ކުރެއްވުމަކީ މައްސަލައެއްކަމަށް ދެކިނުލައްވާކަމަށެވެ.

އެހެންކަމުން ރެފަރެންޑަމް ވޯޓު ބާއްވައިގެން ނުވާނެކަމަށް ކަނޑައެޅޭނެ ޤާނޫނީ އަސާސެއް ނެތްކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަފަނޑިޔާރުގެ މި ރައުޔަށް ދެން ތިއްބެވި ފަނޑިޔާރުންވެސް ވަނީ ތާއީދު ކުރައްވާފަ އެވެ.

ނޫނެކޭ ކެމްޕެއިންސުޕްރީމް ކޯޓުނޫނެކޭރެފަރަންޑަމް ބިލު

ކޮމެންޓް

އިތުރަށް ކިޔާލަން

ރެފަރެންޑަމް ވޯޓު ހުއްޓުވައިދިނުމަށް އެދި ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް!

ރެފަރެންޑަމް ވޯޓު ހުއްޓުވައިދިނުމަށް އެދި ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް!

31 މާރިޗު 2026
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ވަކިން ބޭއްވުމަކީ ޤާނޫނުއަސާސީ އެކުލަވާލިއިރު ބަލައިގަނެފައިވާ އެންމެ ރަނގަޅު ހަމަ: ސަލީމް

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ވަކިން ބޭއްވުމަކީ ޤާނޫނުއަސާސީ އެކުލަވާލިއިރު ބަލައިގަނެފައިވާ އެންމެ ރަނގަޅު ހަމަ: ސަލީމް

31 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީ އަށް ގެނެވުނު ބަދަލުގެ ބިލަކީ އުނި ކަންކަން ގިނަ ބިލެއް: ރާއްޖޭގެ ފުރަތަމަ ޕްރޮސެކިއުޓަރ ޖެނެރަލް މުއިއްޒު

ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީ އަށް ގެނެވުނު ބަދަލުގެ ބިލަކީ އުނި ކަންކަން ގިނަ ބިލެއް: ރާއްޖޭގެ ފުރަތަމަ ޕްރޮސެކިއުޓަރ ޖެނެރަލް މުއިއްޒު

31 މާރިޗު 2026
ރެފަރެންޑަމް ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޙުކުމް މާދަމާ!

ރެފަރެންޑަމް ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޙުކުމް މާދަމާ!

30 މާރިޗު 2026
ރައްޔިތުންގެ ބާރު ނިގުޅައިގަންނަން ފުރުސަތު ނުދީ، ރެފަރެންޑަމްގައި އަވަހަށް ނޫނެކޭ ބުނޭ: ޝިދާތާ

ރައްޔިތުންގެ ބާރު ނިގުޅައިގަންނަން ފުރުސަތު ނުދީ، ރެފަރެންޑަމްގައި އަވަހަށް ނޫނެކޭ ބުނޭ: ޝިދާތާ

30 މާރިޗު 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު