Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބްރެޒިލް

ސާޖަރީ ކުރުމަށް، ޖަލުގައި ހުންނެވި ބޮލްސޮނާާރޯ ހޮސްޕިޓަލަށް ބަދަލު ކޮށްފި

ހޮސްޕިޓަލްގެ ސާޖަން ކްލައުޑިއޯ ބިރޮލިނީ ބުނެފައި ވަނީ، ބޮލްސޮނާރޯގެ ސާޖަރީ ގާތް ގަނޑަކަށް ތިން ގަޑިއިރު، ނުވަތަ ހަތަރު ގަޑިއިރަށް ދިގު ދެމިގެން ދާނެ ކަމަށް. ނޫސްވެރިންނަށް މައުލޫމާތު ދެމުން އޭނާ ބުނީ އެއީ ކޮމްޕްލެކްސް އޮޕަރޭޝަނެއް ކަމަށާއި، އެއީ ކުރިން ވެސް ހަމަޖެހިފައިވާ އޮޕަރޭޝަނެއް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2025 | ބުރާސްފަތި 08:17
ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ

ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ

ބްރެޒިލްގެ ސަރުކާރާ ދެކޮޅަށް ބަޣާވާތް ރޭވި ކަމުގެ ކުށް ސާބިތުވެ ޖަލުގައި ހުންނެވި އެ ޤައުމުގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯ ހޮސްޕިޓަލަށް ބަދަލު ކޮށްފި އެވެ. 

ބުދަ ދުވަހު ބޮލްސޮނާރޯ ހޮސްޕިޓަލަށް ބަދަލު ކޮށްފައި ވަނީ ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ސާޖަރީ ފުރިހަމަ ކުރުމަށެވެ. އެގޮތުން ހޮސްޕިޓަލްގައި އެޑްމިޓް ކުރުމަށް ފަހު، ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ބޮލްސޮނާރޯގެ ސާޖަރީ ކުރާނެ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. 

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބޮލްސޮނާރޯ އެޑްމިޓު ކޮށްފައި ވަނީ ޑީއެފް ސްޓޭ ހޮސްޕިޓަލްގައި ބުދަ ދުވަހުގެ ހެނދުނު އެވެ. ފުލުހުންގެ ޚާއްސަ ބެލުމުގެ ދަށުން ބޮލްސޮނާރޯ ހޮސްޕިޓަލަށް ގެނައިއިރު، އޭނާ އަންނަނީ ބަޣާވާތުގެ ކުށް ސާބިތުވެ 27 އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ. 

ހޮސްޕިޓަލްގެ ސާޖަން ކްލައުޑިއޯ ބިރޮލިނީ ބުނެފައި ވަނީ، ބޮލްސޮނާރޯގެ ސާޖަރީ ގާތް ގަނޑަކަށް ތިން ގަޑިއިރު، ނުވަތަ ހަތަރު ގަޑިއިރަށް ދިގު ދެމިގެން ދާނެ ކަމަށެވެ. ނޫސްވެރިންނަށް މައުލޫމާތު ދެމުން އޭނާ ބުނީ އެއީ ކޮމްޕްލެކްސް އޮޕަރޭޝަނެއް ކަމަށާއި، އެއީ ކުރިން ވެސް ހަމަޖެހިފައިވާ އޮޕަރޭޝަނެއް ކަމަށެވެ. އަދި އުންމީދު ކުރަނީ ހުރިހާ ކަމެއް ވެސް އެންމެ ފުރިހަމަ އަށް ދިޔުން ކަމަށް އޭނާ ބުންޏެވެ.

ސާޖަރީ އަށް ފަހު، ފަސް ދުވަސް ނުވަތަ ހަތް ދުވަހުގެ މުއްދަތެއް ވަންދެން ބޮލްސޮނާރޯ ހޮސްޕިޓަލްގައި އެނދު މަތި ކޮށްފައި ބާއްވާނެ އެވެ. އޭނާ ބުނީ ސާޖަރީ ކުރަން ޖެހުމުން ބޮލްސޮނާރޯ ހުރީ ކަންބޮޑުވެފައި ކަމަށާއި، އެކަމުގެ ސަބަބުން އޭނާގެ ޕްރެޝަރު ވެސް މައްޗަށް ގޮސްފައިވާ ކަމަށެވެ. މީގެ އިތުރުން ފާއިތުވި 40 ދުވަހަށް ބަލާއިރު ވެސް، ބޮލްސޮނާރޯ ހުންނެވީ އާންމު ޙާލަތެއްގައި ނޫން ކަމަށް އޭނާ ބުންޏެވެ. 

ޖަލުގައި ހުންނެވި ނަމަވެސް، ބޮލްސޯނާާރޯ އަށް ބޭނުންވާ ފަރުވާ ދިނުމަށް އަމުރު ކޮށްފައި ވަނީ ސުޕްރީމް ކޯޓުންނެވެ. އެ ކޯޓުގެ ފަނޑިޔާރު އެލެގްޒެންޑާ ޑި މޮރައިސް ކުރެއްވި އުމުރުގައި ވިދާޅުވެފައި ވަނީ، ބޮލްސޮނާރޯ އަށް ބޭނުންވާ ފަރުވާ ދިނުމާއި، ސާޖަރީ ފުރިހަމަ ކުރުމަށް އޭނާ އަށް ފުރުސަތު ދިނުމަށެވެ. 

އުމުރުފުޅުން މިހާރު 70 އަހަރުވެފައިވާ ބޮލްސޮނާރޯ ވަނީ މީގެ ކުރިން ހަމުގެ ކެންސަރަށް ވެސް ފަރުވާ ހޯއްދަވައިފަ އެވެ. އަދި މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އޭނާ ވަނީ 12 ގަޑިއިރުގެ ކުއްލި އޮޕަރޭޝަނެއް ވެސް ކުރައްވައިފަ އެވެ. ބޮލްސޮނާރޯގެ ޞިއްޙީ ޙާލަތަށް ރިއާޔަތް ކުރުމަށް ފަހު، އޭނާ ޖަލު ބަންދުން ސަލާމަތް ކޮށްދިނުމަށް ޤާނޫނީ ވަކީލުން އެދިފައި ވީ ނަމަވެސް، ފަނޑިޔާރުން އެ ފުރުސަތު ދީފައި ނުވެ އެވެ. 

ބަޣާވާތް ހިންގަން އުޅުނު ކަމުގެ ކުށް ބޮލްސޮނާރޯގެ މައްޗަށް ސާބިތު ވެފައި ވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ސުޕްރީމް ކޯޓުން އޭނާގެ މައްޗަށް ކުރި ޙުކުމުގައި ބުނެފައި ވަނީ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި މިހާރުގެ ރައީސް ލޫލާ ޑަ ސިލްވާ އާއި، އޭނާގެ ނައިބު ރައީސް ޖެރާލްޑޯ އަލްކްމިން އަވަހާރަކޮށްލަން ރޭވުމުގެ މައުލޫމާތު ބޮލްސޮނާރޯ އަށް ލިބިފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ބޮލްސޮނާރޯ ވިދާޅުވެފައި ވަނީ، އެއީ އޭނާއާ ދެކޮޅަށް ރޭވިގެން ހިންގާ ކަމެއް ކަމަށެވެ. އަދި އެއީ ސިޔާސީ ގޮތުން އޭނާއާ ދެކޮޅަށް ކޮށްފައިވާ ދައުވާއެއް ކަމަށާއި، އެކަމުގެ މަޤުސަދަކީ އޭނާގެ ސިޔާސީ ޙަޔާތަށް ހުރަސް އެޅުން ކަމަށް ވެސް ބޮލްސޮނާރޯ ވިދާޅުވެފައިވެ އެވެ.

މަސްދަރު: އޭއެފްޕީ

ޖައިރް ބޮލްސޮނާރޯބްރެޒިލްސުޕްރީމް ކޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮލްސޮނާރޯގެ އައު އިސްތިއުނާފު ބްރެޒިލްގެ ސުޕްރީމް ކޯޓުން ބަލައި ނުގަތް

ބޮލްސޮނާރޯގެ އައު އިސްތިއުނާފު ބްރެޒިލްގެ ސުޕްރީމް ކޯޓުން ބަލައި ނުގަތް

20 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

03 ޑިސެމްބަރު 2025
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު