Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހަރުކަށި ފިކުރު

ތިމަރަފުށިން ހަރުކަށި ފިކުރުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ މައްސަލަ: ދެން އޮތީ ޙުކުމް ކުރުން!

ތ. ތިމަރަފުށީގައި އައިއީޑީއެއް ގޮއްވާލައި ޓެރަރިޒަމްގެ އަމަލުތަކެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ އަށް މީހުންގެ މައްސަލައިގެ ޝަރީއަތް ނިންމާލައި، އަންނަ މަހުގެ ކުރީކޮޅު ހުކުމް އިއްވުމަށް ކްރިމިނަލް ކޯޓުން ވަނީ ތައްޔާރުވެފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 9 އެޕްރީލު 2026 | ބުރާސްފަތި 04:22
ތިމަރަފުށި ހަރުކަށި ފިކުރުގެ މައްސަލަ

ތިމަރަފުށި ހަރުކަށި ފިކުރުގެ މައްސަލަ

ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރައި، ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުކޮށް ދައުވާ އުފުލާފައިވާ ފަރާތްތަކުގެ މައްސަލައިގެ  އަޑުއެހުންތައް ނިންމާލައި، ޙުކުމް ކުރަން ތައްޔާރުވެއްޖެއެވެ.

މި މައްސަލައިގެ ޙުކުމް ކުރުމަށް ތައްޔާރުވެފައި މިވަނީ މައްސަލައިގެ ޝަރީއަތް ދިގުލައިގެންދާކަމުގެ ކަންބޮޑުވުން ދައުވާލިބޭ ފަރާތްތަކުގެ އާއިލާތަކުން ދައުލަތުގެ އެކިއެކި އިދާރާތަކަށް އެކި ފަހަރުމަތިން ހުށަހަޅާފައިވަނިކޮށެވެ. 

Advertisement - newsAdvertisement

ޕީޖީ އޮފީހުން ބުނާ ގޮތުގައި މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހުންނަކީ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާޢަތުގެ އިރުސާދުގެ ދަށުން ދިވެހިރާއްޖޭގައި ޓެރަރިޒަމްގެ ޢަމަލުތައްކުރުމަށް ރާވައި އެކަމަށް ހިތްވަރުދީ، އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައި.އައި.ޑީ) އެއް ތައްޔާރުކުރުމަށްފަހު ދިވެހިރާއްޖޭގެ ސަރަޙައްދެއްގައި ގޮއްވާލަން ތައްޔާރުވަމުން ދިޔަ ބައެކެވެ.  

މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރުވުމަށް ތައްޔާރުވެ، ދަތުރު ދިޔުމުގެ ނަމުގައި ފަޅުރަށްރަށަށްގޮސް ތަމްރީންތައް ހަދަމުންދިޔުމާއި، ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމުގެ ގޮތުން ރަށުގެ ބައެއްގޭގޭގައި ހަރުކަށި ފިކުރުތަކުގެ ކްލާސްތައް ހިންގައި އޮންލައިންކޮށް ހަރުކަށި ފިކުރުގެ ދަރުސްތައް ބާއްވަމުން ދިޔަކަމަށްވެސް ދައުލަތުން ތުހުމަތު ކުރެ އެވެ.

އަދި ސަރުކާރުން މިސްކިތްތަކަށް ކަނޑައަޅާފައިވާ އިމާމުންގެ ފަހަތުގައި ނަމާދު ނުކޮށް ވަކި ޖަމާޢަތް ހަދައިގެން ނަމާދުކުރަމުން ދިޔުމާއި، ހަރުކަށި ފިރުކުރުގެ ފަރާތްތަކާއި ގުޅުންއޮންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް އެމީހުންގެ މައްޗަށް ވަނީ ތުހުމަތު ކޮށްފައެވެ.

މި މައްސަލައިގައި ދައުލަތުން 8 މީހެއްގެ މައްޗަށް ދައުވާކޮށްފައިވެއެވެ.

ދަޢުވާލިބޭ މީހުން:

1. ތ. ތިމަރަފުށި، ކެނެރީގެ، ޢަލީ މުނީޒު

2. ތ. ތިމަރަފުށި، އަސުރުމާގެ މުޙައްމަދު އާސިރު

3. ތ. ތިމަރަފުށި، ފެހިވިދުވަރުގެ އަބްދުﷲ ޝަރީފް

4. ތ. ތިމަރަފުށި، އަސްރަފީވިލާ އަޙްސަން މުޙައްމަދު

5. ރ. މަޑުއްވަރި، ބީޗްހައުސް ޢަބްދުﷲ ޢިމާދު

6. ތ. ތިމަރަފުށި، ސައިމާ ޝަމާޙު ޝަރީފް

7. ނ. ކުޑަފަރި، ރޯޒްމީޑު އިބްރާހިމް ލޫޠު

8. ރ. ކަނދޮޅުދޫ،  ޢަލީ އަރުހަމް މުޙައްމަދު

މި މައްސަލާގައި ކޮށްފައިވާ ދަޢުވާތަކަށް ބަލާއިރު، ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ރޭވުން، ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުން، ޓެރަރިސްޓު ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ގެންގުޅުން، ހަނގުރާމައަށް ދާން އުޅުން، ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުން، އަދި ޢަދުލު އިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުން ހިމެނެއެވެ.

މި މައްސަލައިގެ ދައުވާތައް ކޯޓަށް ހުށަހަޅާފައިވަނީ 8 ފެބްރުވަރީ 2021 ގައެވެ. އަދި މި މައްސަލައިގެ ޝަރީޢަތުގެ އެންމެހައި އަޑުއެހުންތައް ނިންމާލާފައިވަނީ 8 އެޕްރީލް 2026 ގައެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދެފަރާތުން ޚުލާޞާކޮށް ވާހަކަދައްކައި، ފަހު ބަސް އިއްވާފައިވެއެވެ.

އެހެންކަމުން ދެން އޮންނާނީ މި މައްސަލާގައި ކޯޓުން ގޮތެއް ކަނޑައެޅުމެވެ.

ޖިނާއީ އިޖުރާއަތު ޤާނޫނު ބުނާގޮތުން ޚުލާޞާ ބަޔާން ހުށަހެޅުމުގެ އަޑުއެހުން ބޭއްވޭ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި މައްސަލައިގެ ޙުކުމްކުރަންޖެހޭނެއެވެ. އެހެންކަމުން 8 މޭ 2026 ގެ ކުރިން މި މައްސަލާގައި ކޯޓުން ގޮތެއް ނިންމަވާނެކަމަށް ބެލެވެއެވެ.

ހަރުކަށި ފިކުރުތިމަރަފުށިޕީޖީ އޮފީސްކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ އަށް ދެ ކިލޯ މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ދެ އަންހެނަކު ހައްޔަރުކޮށްފި

ރާއްޖެ އަށް ދެ ކިލޯ މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ދެ އަންހެނަކު ހައްޔަރުކޮށްފި

07 އެޕްރީލު 2026
ނައުޝާދުގެ މަރު: ހުރީ ހަމައެކަނި ޤަރީނާތަކެއް، ދިފާއުން އުފައްދާ ޝައްކުތައް ދައުލަތަށް ނަފީކޮށް ނުދެވުނު!

ނައުޝާދުގެ މަރު: ހުރީ ހަމައެކަނި ޤަރީނާތަކެއް، ދިފާއުން އުފައްދާ ޝައްކުތައް ދައުލަތަށް ނަފީކޮށް ނުދެވުނު!

07 އެޕްރީލު 2026
ހުޅުމާލެ ހޮސްޕިޓަލުން ވައްކަން ކުރިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރު ކޮށްފި

ހުޅުމާލެ ހޮސްޕިޓަލުން ވައްކަން ކުރިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރު ކޮށްފި

03 އެޕްރީލު 2026
 ސަރޖަންޓް އާދަމް ހަލީމްގެ މަރު: މައްސަލަ އަލުން ބެލުމުން ވެސް ހުކުމް ކުރީ ސަމާހު މަރަން

ސަރޖަންޓް އާދަމް ހަލީމްގެ މަރު: މައްސަލަ އަލުން ބެލުމުން ވެސް ހުކުމް ކުރީ ސަމާހު މަރަން

02 އެޕްރީލު 2026
ސަރޖަންޓް އާދަމްގެ މަރު: މައްސަލަ އަލުން ބެލުމުންވެސް ކުށް ސާބިތުވެއްޖެ!

ސަރޖަންޓް އާދަމްގެ މަރު: މައްސަލަ އަލުން ބެލުމުންވެސް ކުށް ސާބިތުވެއްޖެ!

29 މާރިޗު 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު