Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސާޖަންޓް އާދަމްގެ މަރު

ސަރޖަންޓް އާދަމްގެ މަރު: މައްސަލަ އަލުން ބެލުމުންވެސް ކުށް ސާބިތުވެއްޖެ!

29 މާރިޗު 2026 | އާދީއްތަ 13:20

ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 23 ވަނަ ދުވަހު ފުލުހުން ފާހަގަކުރާ ޕޮލިސް މެމޯރިއަލް ޑޭ އަކީ ސަރޖަންޓް އާދަމް ހަލީމް މަރާލުމާއި ގުޅިގެން ފާހަގަކުރަމުންދާ ދުވަހެއް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 މާރިޗު 2026 | އާދީއްތަ 13:20
ކާށިދޫގައި ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލަ.

ކާށިދޫގައި ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލަ. | ރާއްޖެއެމްވީ

ކ. ކާށިދޫގައި މަރާލި ޕޮލިސް ސަރޖަންޓް އާދަމް ހަލީމްގެ ގާތިލު މުހައްމަދު ސަމާހަށް އިއްވާފައިވާ މަރުގެ ހުކުމް ބާތިލުކޮށް، އެ މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބެލުމަށް އެންގި އެންގުމުގެ ދަށުން މައްސަލަ ބެލުމުންވެސް އޭނާއަށް ކުށް ސާބިތުވެއްޖެ އެވެ. 

ކ. ކާށިދޫގައި މަރާލި ޕޮލިސް ސަރޖަންޓް އާދަމް ހަލީމްގެ ގާތިލު މުހައްމަދު ސަމާހަށް އިއްވާފައިވާ މަރުގެ ހުކުމް ބާތިލުކޮށް، އެ މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބެލުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެންގީ މުހައްމަދު ސަމާހުގެ ފަރާތުން މި މައްސަލަ އިސްތިއުނާފުކުރުމުންނެވެ. ސުޕްރީމް ކޯޓުން މި މައްސަލަ އަލުން ބަލަން އަންގާފައިވަނީ 23 ސެޕްޓެމްބަރު 2024 ގަ އެވެ.

Advertisement - newsAdvertisement

މި މައްސަލައަކީ 23 ޖުލައި 2012 ވަނަ ދުވަހު ހިނގާދިޔަ ޙާދިސާއަކާ ގުޅޭ މައްސަލައެކެވެ.

ސުޕްރީމް ކޯޓުގެ އެންގުމާ އެއްގޮތަށް މި މައްސަލަ ކްރިމިނަލް ކޯޓުގައި ތާވަލުކޮށް އަޑުއެހުންތައް ކުރިއަށް ގެންގޮސް، އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ވަނީ އޭނާ ގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފަ އެވެ.  އޭނާގެ މައްޗަށް އަދަބު ކަނޑައެޅުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. 

މި ޙާދިސާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ސަމާހު ގޭބަންދު ކޮށްފައި ހުއްޓައި މަގު މައްޗަށް ނުކުމެ އުޅުމުގެ ތެރޭގައި ޕޮލިސް ސާޖަންޓް އާދަމް ހަލީމްއަށް އޭނާ ފެނުމުން، އޭނާ ޕޮލިސް ސްޓޭޝަނަށް ގެންދަން އެ ފުލުސް އޮފިސަރު ވަނީ މަސައްކަތް ކޮށްފަ އެވެ.

އަދި އެކަމާ ގުޅިގެން އެ އޮފިސަރަށް ތޫނު އެއްޗަކުން ޙަމަލާދީ މަރާލީ އެވެ. 

ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 23 ވަނަ ދުވަހު ފުލުހުން ފާހަގަކުރާ ޕޮލިސް މެމޯރިއަލް ޑޭ އަކީ ސަރޖަންޓް އާދަމް ހަލީމް މަރާލުމާއި ގުޅިގެން ފާހަގަކުރަމުންދާ ދުވަހެކެވެ.

ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގފުލުހުންކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

29 މާރިޗު 2026

ހިޔާރޯދިގޭގެ އަލިފާނުގެ ހާދިސާ: ހައްޔަރު ކުރި ޒުވާނާގެ ބަންދަށް އިތުރު 30 ދުވަސް

29 މާރިޗު 2026
ހިޔާރޯދިގޭގެ އަލިފާނުގެ ހާދިސާ: ހައްޔަރު ކުރި ޒުވާނާގެ ބަންދަށް އިތުރު 30 ދުވަސް
20 މާރިޗު 2026

އަންހެން ދެ ފުލުހުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގިކަމުގެ ކުށް ސާބިތުވެ، 5400 ރުފިޔާއިން ޖޫރިމަނާ ކޮށްފި

20 މާރިޗު 2026
އަންހެން ދެ ފުލުހުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގިކަމުގެ ކުށް ސާބިތުވެ، 5400 ރުފިޔާއިން ޖޫރިމަނާ ކޮށްފި
17 މާރިޗު 2026

ނައީމާ މަރާލި މައްސަލައިގައި ދައުވާލިބޭ ހަސަން ފަވާޒަކީ ލޭއަޅާ ކުއްޖެއް، އެކަށީގެންވާ ފަރުވާ ނުދެވޭތީ ބަންދަށް ލުޔެއް!

17 މާރިޗު 2026
ނައީމާ މަރާލި މައްސަލައިގައި ދައުވާލިބޭ ހަސަން ފަވާޒަކީ ލޭއަޅާ ކުއްޖެއް، އެކަށީގެންވާ ފަރުވާ ނުދެވޭތީ ބަންދަށް ލުޔެއް!
16 މާރިޗު 2026

ސަނީ އުމަރު ޖިންސީ ގޯނާ ކުރި ކުދިންގެ އުމުރުގެ ތެރޭގައި 7 އަހަރު ނުވާ ކުއްޖަކާއި 10 އަހަރާއި 9 އަހަރުގެ 2 ކުދިން، ދައުވާ ކުރުމަށް ކޯޓަށް ހުށަހަޅައިފި

16 މާރިޗު 2026
ސަނީ އުމަރު ޖިންސީ ގޯނާ ކުރި ކުދިންގެ އުމުރުގެ ތެރޭގައި 7 އަހަރު ނުވާ ކުއްޖަކާއި 10 އަހަރާއި 9 އަހަރުގެ 2 ކުދިން، ދައުވާ ކުރުމަށް ކޯޓަށް ހުށަހަޅައިފި
15 މާރިޗު 2026

ގުރައިދޫގައި އަނިޔާވެރި ގޮތަކަށް ބިދޭސީއަކު މަރާލި ބިދޭސީ މީހާއަށް ކުށް ސާބިތުވެއްޖެ!

15 މާރިޗު 2026
ގުރައިދޫގައި އަނިޔާވެރި ގޮތަކަށް ބިދޭސީއަކު މަރާލި ބިދޭސީ މީހާއަށް ކުށް ސާބިތުވެއްޖެ!
15 މާރިޗު 2026

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބަންގްލަދޭޝްގެ މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި

15 މާރިޗު 2026
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބަންގްލަދޭޝްގެ މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި
15 މާރިޗު 2026

މާލޭގައި 2023 ވަނަ އަހަރު މާރާމާރީ ހިންގި ކަމުގެ ކުށް ސާބިތުވި މީހަކު 7 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި

15 މާރިޗު 2026
މާލޭގައި 2023 ވަނަ އަހަރު މާރާމާރީ ހިންގި ކަމުގެ ކުށް ސާބިތުވި މީހަކު 7 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި
11 މާރިޗު 2026

ވެލާނާ އެއަރޕޯޓުން ބީއެމްއެލްގެ ފައިސާ ފޭރުނު މައްސަލައިގައި 8 މީހުންނަށް ދައުވާ ކުރަން ހުށަހަޅައިފި

11 މާރިޗު 2026
ވެލާނާ އެއަރޕޯޓުން ބީއެމްއެލްގެ ފައިސާ ފޭރުނު މައްސަލައިގައި 8 މީހުންނަށް ދައުވާ ކުރަން ހުށަހަޅައިފި
11 މާރިޗު 2026

މޭރީ ގްރޭސްއަށް ދީފައިވާ ބޭސްފަރުވާގެ ތަފްސީލު ޑެތް ސަމަރީން ސާފުވާނެ: ހެކިވެރިޔާ

11 މާރިޗު 2026
މޭރީ ގްރޭސްއަށް ދީފައިވާ ބޭސްފަރުވާގެ ތަފްސީލު ޑެތް ސަމަރީން ސާފުވާނެ: ހެކިވެރިޔާ
10 މާރިޗު 2026

ހައްޔަރު ކުރި ބިދޭސީ އަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއް އެޗްއާރްސީއެމް އިން ބަލަނީ، ފުލުހުން ބުނީ އެފަދަ ޝަކުވާ އެއް އޭނާ ކޮށްފައި ނުވާ ކަމަށް

10 މާރިޗު 2026
ހައްޔަރު ކުރި ބިދޭސީ އަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއް އެޗްއާރްސީއެމް އިން ބަލަނީ، ފުލުހުން ބުނީ އެފަދަ ޝަކުވާ އެއް އޭނާ ކޮށްފައި ނުވާ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް