Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިމެންތި ހޯދުން

އެސްޓީއޯއިން ސިމެންތި ހުސްވާ ހާލަތެއް މެދުވެރިވި ނަމަވެސް، ރާއްޖެއަށް ސިމެންތި މެދުނުކެނޑި ލިބޭނެ

އެސްޓީއޯއަށް ސިމެންތި ލިބުމުގައި ދަތިތަކެއް ކުރިމަތިވި ނަމަވެސް، އެކުވެރި ގައުމުތަކާ ގުޅިގެން އިތުރު ހަތަރު ފަރާތަކުން ސިމެންތި އެތެރެކުރެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސާފައިވާކަމަށް މިނިސްޓަރ ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 އެޕްރީލު 2026 | ބުދަ 07:47
ބޭރުގެ މަސައްކަތްތެރިންގެ ބަޔަކު ސިމެންތި ބަސްތާތަކެއް އުފުލަނީ

ބޭރުގެ މަސައްކަތްތެރިންގެ ބަޔަކު ސިމެންތި ބަސްތާތަކެއް އުފުލަނީ

އެސްޓީއޯއިން ސިމެންތި ހުސްވާ ހާލަތެއް މެދުވެރިވި ނަމަވެސް، ރާއްޖެއަށް ސިމެންތި މެދުނުކެނޑި ލިބޭނެކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، އެސްޓީއޯއަށް މިހާރު ސިމެންތި ފޯރުކޮށްދޭ މާކެޓުތަކުން ދަތިތަކެއް ކުރިމަތިވެއްޖެ ނަމަ، އެ މުދާ އެތެރެކޮށްދޭނެ އިތުރު މާކެޓުތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންގޮސްފައިވާނެ ކަމަށެވެ.

Advertisement - newsAdvertisement

ސައީދު ވިދާޅުވީ،  އެ މުދާ އެތެރެކޮށްދޭނެ އިތުރު ހަތަރު ފަރާތެއް މިހާރު ހަމަޖެހިފައިވާ ކަމަށާއި، މިއީ ރާއްޖެއާއި، އެކުވެރި ގައުމުތަކާ އެކު ކުރެވުނު މަސައްކަތުގެ ނަތީޖާއެއް ކަމަށެވެ.

އެހެންކަމުން އެސްޓީއޯއިން ސިމެންތި ހުސްވާ ހާލަތެއް މެދުވެރިވި ނަމަވެސް، ރާއްޖެއަށް ސިމެންތި މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާކަން ސައީދު ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި އެސްޓީއޯގެ އިތުރުން އަމިއްލަ ވިޔަފާރިވެރިންނާ ގުޅިގެން ގިނަ މާކެޓުތަކަކުން މުދާ ގެނައުމުގެ މަސައްކަތް ސަރުކާރުން ގެންދަނީ ކުރަމުންނެވެ.

ރާއްޖެއަށް މެދުނުކެނޑި ސިމެންތި ލިބޭނެކަމަށް ސައީދު ވިދާޅުވި ނަމަވެސް، ސިމެންތީގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން ބައެއް އަމިއްލަ ކުންފުނިތަކުން ވިއްކާ ސިމެންތި ބަސްތާއެއްގެ އަގު 300 ރުފިޔާއަށްވުރެ މައްޗަށް އަރާފައިވާއިރު، ކޮންސްޓްރަކްޝަން މަސައްކަތް ކުރާ އެކި ފަރާތްތަކަށް އެކަމުގެ ދަތިތައް ވަނީ ކުރިމަތިވެފައެވެ.

 

 

އެސްޓީއޯ ޕީޕަލްސް ޗޮއިސް ވުޒާރާ ސައީދުއަގު ބަދަލުވުން

އިތުރަށް ކިޔާލަން

08 އެޕްރީލު 2026

މިފްކޯއިން މަސްދަޅުގެ އަގަށް ބަދަލު ގެނައިކަން އެނގުނީ ނޫހަކުން، ކުންފުނިތަކުގެ އެފަދަ ނިންމުންތައް ދެން ރައީސަށް އަންގަންޖެހޭނެ: ސައީދު

08 އެޕްރީލު 2026
މިފްކޯއިން މަސްދަޅުގެ އަގަށް ބަދަލު ގެނައިކަން އެނގުނީ ނޫހަކުން، ކުންފުނިތަކުގެ އެފަދަ ނިންމުންތައް ދެން ރައީސަށް އަންގަންޖެހޭނެ: ސައީދު
24 މާރިޗު 2026

ތަކެތީގެ އަގު ބޮޑުވާން ނޭދުނު ނަމަވެސް، ދުނިޔޭގައި ހިނގާ ކަންކަމުގެ އަސަރު ކުރާނެ، ރާއްޖެ ބަނގުރޫޓުނުވެ އޮތްކަންވެސް އެއީ ކާމިޔާބީ އެއް: ސައީދު

24 މާރިޗު 2026
ތަކެތީގެ އަގު ބޮޑުވާން ނޭދުނު ނަމަވެސް، ދުނިޔޭގައި ހިނގާ ކަންކަމުގެ އަސަރު ކުރާނެ، ރާއްޖެ ބަނގުރޫޓުނުވެ އޮތްކަންވެސް އެއީ ކާމިޔާބީ އެއް: ސައީދު
24 މާރިޗު 2026

އިޤްތިސާދީ ޙާލަތަށް ތައްޔާރުވުމަށް ރާއްޖެއިން އިތުރު ޤައުމުތަކާ ގުޅުން ބަދަހި ކުރަނީ، ކެމްބޯޑިއާ އަދި އެފްރިކާގެ ޤައުމުތައް ހިމެނޭ

24 މާރިޗު 2026
އިޤްތިސާދީ ޙާލަތަށް ތައްޔާރުވުމަށް ރާއްޖެއިން އިތުރު ޤައުމުތަކާ ގުޅުން ބަދަހި ކުރަނީ، ކެމްބޯޑިއާ އަދި އެފްރިކާގެ ޤައުމުތައް ހިމެނޭ
22 މާރިޗު 2026

މާލެއިން ރަށްރަށަށް ދަތުރުކޮށްދޭ އަގު ދެގުނައަށް، ސައީދު ވިދާޅުވީ ރައީސްގެ ދުރުވިސްނުންފުޅާއެކު ހައްލު ހޯދަމުންދާކަމަށް!

22 މާރިޗު 2026
މާލެއިން ރަށްރަށަށް ދަތުރުކޮށްދޭ އަގު ދެގުނައަށް، ސައީދު ވިދާޅުވީ ރައީސްގެ ދުރުވިސްނުންފުޅާއެކު ހައްލު ހޯދަމުންދާކަމަށް!
25 ސެޕްޓެމްބަރު 2025

ރައީސް ވިދާޅުވީމާ އިސްލާމީ މަރުކަޒަކަށް!

25 ސެޕްޓެމްބަރު 2025
ރައީސް ވިދާޅުވީމާ އިސްލާމީ މަރުކަޒަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު