Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިފްކޯގެ ޚިދުމަތްތައް

ހުޅުމާލޭ ފޭސް 2ގައި މިފްކޯގެ ފިހާރައެއް ހުޅުވައިފި

އެ ފިހާރައިން، މަސްދަޅުގެ 8 ޕްރޮޑަކްޓާއި ތައްޔާރީކާނާގެ 6 ޕްރޮޑަކްޓުގެ އިތުރުން ވަޅޯމަސްފަދަ، މަހުގެ އިތުރު އުފެއްދުންތައް ލިބޭނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 15 ސެޕްޓެމްބަރު 2022 | ބުރާސްފަތި 17:33
މިފްކޯގެ މަސް ފިހާރަ

މިފްކޯގެ މަސް ފިހާރަ

މިފްކޯގެ މަސް ފިހާރައެއް ފޭސް2ގައި ހުޅުވައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ކުރިއަށްދިޔައީ ބޮޑުބެރާއި ފުޑް ޓޭސްޓިންގގެ ހަރަކާތަކާއެކުގައެވެ. އެ ފިހާރަ ހުޅުއްވައިދެއްވުމަށްފަހު މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ، މިފްކޯގެ މަސް ފިހާރައެއް ހުޅުވީ ފަސޭހަކަމާއެކު މިފްކޯގެ އުފެއްދުންތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ އުންމީދުގައިކަމަށެވެ. އަމްރު ވަނީ މިފްކޯއިން އަބަދުވެސް ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، އާއްމުން އެދޭފަދަ ޚިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި، ފޭސް2ގައި މިފްކޯގެ ޚިދުމަތް ފުޅާކުރުމަށް ރަނގަޅު ޖާގައެއް ހޯދުމަށް އެޗްޑިސީއާއެކު މަޝްވަރާކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވީ، ފޭސް2ގައި 32000ށްވުރެ ގިނަ މީހުން ދިރިއުޅެމުންދާއިރު، މިފްކޯއަށް ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުން ރަނގަޅުކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު ޕްރޮޑަކްޓްތައް މާކެޓަށް ނެރުމުގެ މަސައްކަތް ކުރަމުންދާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

އެ ފިހާރައިން މަސްދަޅުގެ 8 ޕްރޮޑަކްޓާއި، ތައްޔާރީކާނާގެ 6 ޕްރޮޑަކްޓުގެ އިތުރުން، ވަޅޯމަސްފަދަ، މަހުގެ އިތުރު އުފެއްދުންތައް ލިބެން ހުންނާނެކަަމަށް މިފްކޯއިން ބުނެއެވެ. މިފްކޯއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް

އިތުރަށް ކިޔާލަން

15 މާރިޗު 2023

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އަހަރީ ދުވަހަށް ޚާއްޞަ ހަރަކާތްތަކެއް

15 މާރިޗު 2023
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އަހަރީ ދުވަހަށް ޚާއްޞަ ހަރަކާތްތަކެއް
05 ފެބުރުއަރީ 2023

ސޭލްސްމަނެއް ކޭޝިއަރެއް ނެތް ފިހާރައެއް އެސްޓީއޯ އިން ހުޅުވަނީ

05 ފެބުރުއަރީ 2023
ސޭލްސްމަނެއް ކޭޝިއަރެއް ނެތް ފިހާރައެއް އެސްޓީއޯ އިން ހުޅުވަނީ
31 ޖުލައި 2022

ހާއްސަ ހުއްދައިގެ ދަށުން، ހަކުރާއި ފުށް ރާއްޖެއަށް އެކްސްޕޯޓްކުރަން އިންޑިއާއިން ފަހިކޮށްދީފި

31 ޖުލައި 2022
ހާއްސަ ހުއްދައިގެ ދަށުން، ހަކުރާއި ފުށް ރާއްޖެއަށް އެކްސްޕޯޓްކުރަން އިންޑިއާއިން ފަހިކޮށްދީފި
16 ޖުލައި 2022

އާދީއްތަ ދުވަހުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކޮތަޅުން އަގު ނަގަނީ

16 ޖުލައި 2022
އާދީއްތަ ދުވަހުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކޮތަޅުން އަގު ނަގަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު