Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެސްޓީއޯގެ ޚިދުމަތްތައް

ސޭލްސްމަނެއް ކޭޝިއަރެއް ނެތް ފިހާރައެއް އެސްޓީއޯ އިން ހުޅުވަނީ

ފިހާރައިގައި ހުންނަ އޭއައި ކެމެރާތަކުން ހަރުތަކަށް ފިހާރައިގެ ސްޓޮކު ބެލެހެއްޓުމުގެ ގާބިލުކަން މި ފިހާރައިގެ ހުންނާނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2023 | އާދީއްތަ 14:56
އެސްޓީއޯ

އެސްޓީއޯ

ސޭލްސްމަނެއް ކޭޝިއަރެއް ނެތި ވިޔަފާރި ކުރެވޭ ގޮތަށް އެސްޓީއޯ އިން ހުޅުވާ ފިހާރަ ފެބްރުއަރީ ފަހުކޮޅު ހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރާއްޖޭގެ އެންމެ ބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެސްޓީއޯއިން ރާއްޖެއަށް ތައާރަފު ކުރުމަށް ތައްޔާރުވަމުންދާ މި ފިހާރަ އަކީ މީގެ ކުރިން ރާއްޖޭގައި ބޭނުން ކޮށްފައި ނުވާ ޓެކްނޮލޮޖީ އާއި އެކު ޒަމާނީ ފެންވަރަށް ތަރައްޤީކުރާ ފިހާރައެކެވެ. އެސްޓީއޯ އިން ބުނީ އެ ފިހާރައިގައި އާޓިފިޝަލް އިންޓެލިގެންސް ވިޝަން ބޭނުން ކުރާނެ ކަމަށެވެ. އަދި އެ ފިހާރައިގައި ކޭޝިއަރެއް، ސޭލްސްމަނުންނެއް ނުތިބޭނެކަން ފާހަގަކޮށްލެވެއެވެ.

Advertisement - businessAdvertisement

އެސްޓީއޯ އިން ބުނިގޮތުގައި އެ ފިހާރައިން ކުރާ ވިޔަފާރީގެ ހުރިހާ މުއާމަލާތެއް ވެސް ކުރެވޭނީ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. އަދި އެ އެޕުގައި އެމީހެއްގެ ބޭންކު ކާޑު ރެޖިސްޓަރ ކޮށްފައި ލޮގިންއެއް ހެދުމުން އެ ފިހާރައިން ވިޔަފާރި ކުރުމުގެ މަގުފަހިވެގެންދާނެ ކަަމަށް އެސްޓީއޯ އިން ބުނެއެވެ. އެގޮތުން ފިހާރަ އަށް ވަންނަ ދޮރުގައި އިންނަ ކިއުއާރު ކޯޑު ސްކޭން ކޮށްލީމަ ދޮރު ހުޅުވޭނެ ކަމަށާއި ދެން ބޭނުންވާ އެއްޗެއްހި ނަގައިގެން ނުކުންނަތާ ސިކުންތު ކޮޅެއްގެ ތެރޭގައި އެޕުގައި އިންޓަގުރޭޓުކޮށްފައި އިންނަ ކާޑުން ފައިސާ ކެނޑޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެ ފިހާރައިން ވިޔަފާރިކުރާ ކަސްޓަމަރުން ފިހާރައަށް ވަދެފައި ބޭނުންވާ އެއްޗެއް ހިފައިގެން ދެވޭނެ ކަމަށާއި، ޗެކްއައުޓު ޕުރޮސެސް އެއް ނޯންނާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ. މީގެ އިތުރުން މި ކޮންސެޕްޓަކީ ދިވެހިންނަށް މުޅިން އާ ކޮންސެޕްޓެއް ކަމުގައި ވީނަމަވެސް މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި މިހާރުވެސް ބޭނުން ކުރަމުން އަންނަ ޓެކްނޮލޮޖީއެއް ކަން އެ ކުންފުނިން ފާހަގަކުރެއެވެ. އެހެންކަމުން އެ ޓެކްނޮލޮޖީ ބޭނުން ކުރަން ފެށުމާ އެކު ފިހާރައިގައި ކަސްޓަމަރުން ހޭދަކުރަންޖެހޭ ވަގުތު ހާސްބައި ކުޑަކޮށްލަދިނުމާ އެކު ފައިސާގެ މުއާމަލާތްތައް ކުރުމުގައި އަރާ އޮޅުންތައް ވެސް އެއްކޮށް ނެތިގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

މީގެ އިތުރުން އެ މުއާމަލާތް ކުރުމަށް ބޭނުން ކުރަނީ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގައި ހުންނަ "ޓޯކަނައިޒޭޝަން" ކިޔާ ފީޗާ އެއް ކަމަށް އެސްޓީއޯ އިން ބުނެއެވެ. އެ ފީޗާއަކީ ޕާސްވޯޑެއް ޖެހުމަކާ ނުލައި ފައިސާގެ މުއާމަލާތްތައް ކާޑުން ކުރެވޭ ރައްކާތެރި ފީޗާ އެކެވެ. ރާއްޖޭގައި އެ ފީޗާ މެދުވެރިކޮށް ހިދުމަތް ހޯދޭނީ ހަމައެކަނި ބީއެމްއެލްގެ ކާޑުތަކުންނެވެ.

އެސްޓީއޯގެ އެ ފިހާރައިން ހަމައެކަނި ލިބެން ހުންނާނީ އެސްޓީއޯއިން އެތެރެކޮށް ވިއްކާ އުފެއްދުންތަކެއް ނޫން ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. އެގޮތުން އެތަނުން އާންމު ކުދި ވިޔަފާރިތަކުގެ އުފެއްދުންތައް ވެސް ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން އެ ފިހާރައިގައި ހުންނަ އޭއައި ކެމެރާތަކުން ހަރުތަކަށް ފިހާރައިގެ ސްޓޮކު ބެލެހެއްޓުމުގެ ގާބިލުކަން ވެސް ލިބިފައި ވެއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް

ކޮމެންޓް

އިތުރަށް ކިޔާލަން

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އަހަރީ ދުވަހަށް ޚާއްޞަ ހަރަކާތްތަކެއް

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އަހަރީ ދުވަހަށް ޚާއްޞަ ހަރަކާތްތަކެއް

15 މާރިޗު 2023
ހުޅުމާލޭ ފޭސް 2ގައި މިފްކޯގެ ފިހާރައެއް ހުޅުވައިފި

ހުޅުމާލޭ ފޭސް 2ގައި މިފްކޯގެ ފިހާރައެއް ހުޅުވައިފި

15 ސެޕްޓެމްބަރު 2022
ހާއްސަ ހުއްދައިގެ ދަށުން، ހަކުރާއި ފުށް ރާއްޖެއަށް އެކްސްޕޯޓްކުރަން އިންޑިއާއިން ފަހިކޮށްދީފި

ހާއްސަ ހުއްދައިގެ ދަށުން، ހަކުރާއި ފުށް ރާއްޖެއަށް އެކްސްޕޯޓްކުރަން އިންޑިއާއިން ފަހިކޮށްދީފި

31 ޖުލައި 2022
އާދީއްތަ ދުވަހުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކޮތަޅުން އަގު ނަގަނީ

އާދީއްތަ ދުވަހުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކޮތަޅުން އަގު ނަގަނީ

16 ޖުލައި 2022

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު