Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެސްޓީއޯ ޕީޕަލްސް ޗޮއިސް

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އަހަރީ ދުވަހަށް ޚާއްޞަ ހަރަކާތްތަކެއް

ގުރުއަތުން ހޮވޭ ހަތަރު ފަރާތަކަށް ފަސް ހާސް ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 15 މާރިޗު 2023 | ބުދަ 12:16
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތް

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތް

އެސްޓީއޯ ޕީޕަލްސް ޗޮއިސް، ހައިޕަރ މާކެޓް ކޮންސެޕްޓަށް ބަދަލުކުރުމަށްފަހު ހުޅުވިތާ އެއް އަހަރު ފުރުން އެސްޓީއޯއިން ފާހަގަކޮށްފިއެވެ.

އެސްޓީއޯގެ ޓްރޭޑް ސެންޓަރުގެ ބޮޑު މަރާމާތަކަށްފަހު ޒަމާނީ ބަދަލުތައް ގެނެސް، އަމިއްލަ ފަރާތްތަކަށް ވިޔަފާރި ކުރެވޭގޮތަށް ފުރުސަތު ދެވިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސް އަލުން ހުޅުވާފައިވަނީ 15 މާރޗް 2022ގައެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް، ހައިޕަރ މާކެޓް ކޮންސެޕްޓަށް ބަދަލުކޮށް ހުޅުވިތާ އެއް އަހަރު ފުރުން ފާހަގަކުރުމަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކުރިއަށްގެންދެވޭ ހަރަކާތްތަކުގެ ތެރެއިން، މާޗު 15 ވަނަ ދުވަހު ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭއިރު، ގުރުއަތުން ހޮވޭ ހަތަރު ފަރާތަކަށް ފަސް ހާސް ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭނެއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް އިންސްޓަރގްރަމް އަދި ފޭސްބުކްގައި ޝެއަރ އެންޑް ވިން ޕްރޮމޯޝަނެއް، އަގުހުރި އިނާމުތަކާއެކު މާޗު 15 ވަނަ ދުވަހު، ކުރިޔަށް ގެންދެވޭނެވެ. މިހާރު ކުރިޔަށްދާ ރަމަޟާން ބާޒާރުގެ އިތުރަށް މާރޗު 16ން 22ށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި، އިތުރު ޑިސްކައުންޓްތަކާއެކު ޕްރޮމޯޝަނެއް ކުރިއަށްގެންދެވޭނެއެވެ.

މީގެއިތުރުން މާރޗް 15 ވަނަ ދުވަހުގެ އެކި ގަޑިތަކުގައި އެސްޓީއޯގެ ބްރޭންޑްތަކުގެ ރަހަ ދައްކާލުމާއި ހަދިޔާ ބެހުން ކުރިއަށްގެންދެވޭނެއެވެ. އަދި މާޗު 15 ވަނަ ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ރެންޑަމްކޮށް، ސަޕްރައިޒެއްގެ ގޮތުގައި 10 ފަރާތަކަށް އަގުހުރި އިނާމްތަކެއް ދޭނެއެވެ.

އެސްޓީއޯގެ މި ކާމިޔާބު ކޮންސެޕްޓާއެކު، ޕީޕަލްސް ޗޮއިސްގައި އާއްމުން ފަރާތްތަކުން ވިޔަފާރި ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށް، ރެކް ހޯދުމުގެ ވާދަވެރިކަން ބޮޑުވުމާއެކު، އެސްޓީއޯއިން މިހާރު ގެންދަނީ ޓްރޭޑް ސެންޓަރުގެ ފުރަތަމަ ފަންގިފިލާވެސް ޢާއްމު ވިޔަފާރިތަކަށް ހުޅުވާލުމަށްޓަކައި މަރާމާތުކުރަމުންނެވެ. މީގެ އިތުރުން ކެއުންބުއިމަށް ބޭނުންކުރާ ދިވެހި އުފެއްދުންތަކަށް ޚާއްޞަ ރެކެއް ކުއްޔައް ދޫކުރުމަށްޓަކައި ތައްޔާރުކޮށް، އާންމުންނަށް ހުޅުވާލުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އަދި އަމިއްލަ އުފެއްދުންތައް ޕްރޮމޯޓްކުރުމަށް، ޕީޕަލްސް ޗޮއިސްގެ ތެރޭގައި ހިލޭ ފުރުސަތު ދިނުމަށް ވާންޖެހޭ ތައްޔާރީތަށް ދަނީ ވެވެމުންނެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ސޭލްސްމަނެއް ކޭޝިއަރެއް ނެތް ފިހާރައެއް އެސްޓީއޯ އިން ހުޅުވަނީ

ސޭލްސްމަނެއް ކޭޝިއަރެއް ނެތް ފިހާރައެއް އެސްޓީއޯ އިން ހުޅުވަނީ

05 ފެބުރުއަރީ 2023
ހުޅުމާލޭ ފޭސް 2ގައި މިފްކޯގެ ފިހާރައެއް ހުޅުވައިފި

ހުޅުމާލޭ ފޭސް 2ގައި މިފްކޯގެ ފިހާރައެއް ހުޅުވައިފި

15 ސެޕްޓެމްބަރު 2022
ހާއްސަ ހުއްދައިގެ ދަށުން، ހަކުރާއި ފުށް ރާއްޖެއަށް އެކްސްޕޯޓްކުރަން އިންޑިއާއިން ފަހިކޮށްދީފި

ހާއްސަ ހުއްދައިގެ ދަށުން، ހަކުރާއި ފުށް ރާއްޖެއަށް އެކްސްޕޯޓްކުރަން އިންޑިއާއިން ފަހިކޮށްދީފި

31 ޖުލައި 2022
އާދީއްތަ ދުވަހުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކޮތަޅުން އަގު ނަގަނީ

އާދީއްތަ ދުވަހުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކޮތަޅުން އަގު ނަގަނީ

16 ޖުލައި 2022

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު