Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖިންސީ ގޯނާގެ މައްސަލަ

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މިނިސްޓަރު ޚަލީލްގެ ކޮއްކޮ އެއް ފުލުހުން ހޯދަނީ

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، ފ. ނިލަންދޫ، ރާހި، އިޒްޔަން އަބްދުލްހަމީދު ހޯދުމަށް ފުލުހުން ފޮޓޯއާއެކު އިއުލާންކޮށްފި. މި މައްސަލަ ފުލުހަށް ހުށަހެޅުމާއެކު އޭނާ ރާއްޖޭން ބޭރަށް ފުރާފައިވާތީ، ތަހުގީގަށް ހާޒިރުވުމަށް އަންގާފައިވަނީ މި މަހުގެ 14 ވަނަ ދުވަހަށް. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު އަމަލުކުރާ ހާއްސަ ގާނޫނުގެ ދަށުން، މިފަދަ ކުށެއް ސާބިތުވެއްޖެނަމަ 15 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 7 އެޕްރީލު 2026 | އަންގާރަ 12:24
ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް އަންގާފައިވާ ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލްގެ ދެބެންގެ ދެދަރި ކޮއްކޮ، ރާހި / ފ. ނިލަންދޫ، އިޒްޔަން ޢަބްދުލްޙަމީދު (38އ) - އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުން

ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް އަންގާފައިވާ ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލްގެ ދެބެންގެ ދެދަރި ކޮއްކޮ، ރާހި / ފ. ނިލަންދޫ، އިޒްޔަން ޢަބްދުލްޙަމީދު (38އ) - އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުން | ސޯޝަލް މީޑިއާ

ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި ފޮޓޯއާއެކު އަންގާރަ ދުވަހު އިއުލާންކޮށްފައިވަނީ، ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލްގެ ދެބެއިންގެ ދެދަރި ކޮއްކޮއެއް ކަމަށާއި، އޭނާ ގެ މައްޗަށް ކުރެވޭ ތުހުމަތަކީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުން ކަން އެނގިއްޖެ އެވެ.

ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް، ފޮޓޯއާއެކު ފުލުހުން މިއަދު އިއުލާންކޮށްފައި ވަނީ ރާހި / ފ. ނިލަންދޫ، އިޒްޔަން ޢަބްދުލްޙަމީދު (38އ) އެވެ. އޭނާއަކީ ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލްގެ ދެބެންގެ ދެދަރި ކޮއްކޮއެއްކަން ވަނީ އިތުބާރު ހުރި މަސްދަރުތަކުން އެނގިފަ އެވެ. އިޒްޔަންގެ މަންމައާއި ޚަލީލްގެ ބައްޕައަކީ ދެބެންނެވެ. އިޒްޔަންގެ ބައްޕައަކީ، ޚަލީލްގެ އަނބިކަނބަލުންގެ ބައްޕައާ އެއްބަނޑު އެއްބަފާ މީހެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އިޒްޔަންގެ މައްޗަށް ތުހުމަތު ކުރެވެނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތެވެ. އިޒްޔާން، ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ރިޕޯޓްކޮށްފައި ވަނީ އެ ކުއްޖާގެ މަންމަ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އަދި އެ މައްސަލަ ފުލުސް އޮފީހަށް ހުށަހެޅުމުން، އިޒްޔަން ވަނީ ރާއްޖެ އިން ބޭރަށް ފުރާފަ އެވެ. އެނގިފައިވާ ގޮތުގައި އިޒްޔަން ރާއްޖެ އިން ބޭރަށް ފުރުވާލީ ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް އެވެ.

އިޒްޔަން ފުލުސް އޮފީހަށް ހާޒިރު ކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައިފައި ވަނީ މި މަހުގެ 14 ވަނަ ދުވަހަށެވެ.

އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި ވަރަށް ބޮޑު ކުށެކެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގައި "އިތުބާރު ކުރެވޭ މަޤާމެއްގައި ހުރި މީހާ" މާނަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކުއްޖާގެ މައިންބަފައިން ނުވަތަ ބެލެނިވެރިން ނުވަތަ އާއިލާގެ މެންބަރުންނާއި ކުއްޖާގެ މުދައްރިސުން ނުވަތަ ކިޔަވައިދޭ މީހުން ނުވަތަ ކޯޗުން އަދި ކުއްޖާއަށް ޞިއްޙީ ފަރުވާދޭ ޑޮކްޓަރުން ނުވަތަ ނަރުހުންގެ އިތުރުން ކުއްޖާ ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެވަގުތަކު ހަވާލުވެފައިވާ ކޮންމެ މީހެކެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ގާނޫނުގައިވާ ގޮތުން މިފަދަ ކުށެއް ކުރި މީހެއްގެ އަދަބަކީ 15 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. މިފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެ އެވެ. އަދި މިފަދަ ކުށެއް ސާބިތުވާ މީހުންނަށް އަދަބު ލުއިކޮށްދިނުމާއި، މާފުދިނުމާއި، އަދި އަވަހަށް ދޫކޮށްލުމަކީ މި ގާނޫނު ހުއްދަކުރާ ކަމެއް ނޫނެވެ.

މީގެ އިތުރުން، ކުޑަކުދިންގެ ޙައްގުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ކުޑަކުދިންނަށް ކުރާ މިފަދަ އަނިޔާތައް ރިޕޯޓްކުރުމަކީ ކޮންމެ މީހަކަށްމެ ލާޒިމް ކަމެކެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލްކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން

ކޮމެންޓް

އިތުރަށް ކިޔާލަން

އޮންލައިން ސްކޭމްތައް ދަނީ އިތުރުވަމުން، ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ހިންގާ އާ "ރިޕެއާ" ސްކޭމަކަށް ސަމާލުވޭ!

އޮންލައިން ސްކޭމްތައް ދަނީ އިތުރުވަމުން، ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ހިންގާ އާ "ރިޕެއާ" ސްކޭމަކަށް ސަމާލުވޭ!

06 އެޕްރީލު 2026
ފާއިތުވި ހަފުތާގައި މާލެއާއި ބުރިޖާއި ހައިވޭގައި 56 އެކްސިޑެންޓް ހިނގާފައިވޭ

ފާއިތުވި ހަފުތާގައި މާލެއާއި ބުރިޖާއި ހައިވޭގައި 56 އެކްސިޑެންޓް ހިނގާފައިވޭ

03 އެޕްރީލު 2026
ކައުންސިލް އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ "އޮޕަރޭޝަން ބްލޫ ރޭ" ރަސްމީކޮށް ފަށައިފި

ކައުންސިލް އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ "އޮޕަރޭޝަން ބްލޫ ރޭ" ރަސްމީކޮށް ފަށައިފި

03 އެޕްރީލު 2026
 ސަރޖަންޓް އާދަމް ހަލީމްގެ މަރު: މައްސަލަ އަލުން ބެލުމުން ވެސް ހުކުމް ކުރީ ސަމާހު މަރަން

ސަރޖަންޓް އާދަމް ހަލީމްގެ މަރު: މައްސަލަ އަލުން ބެލުމުން ވެސް ހުކުމް ކުރީ ސަމާހު މަރަން

02 އެޕްރީލު 2026
އދ އަތޮޅު މަންތާ ޕޮއިންޓަށް މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ދޯންޏެއްގެ ބުރަފަތީގައި ޖެހިގެން ނިޔާވެއްޖެ

އދ އަތޮޅު މަންތާ ޕޮއިންޓަށް މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ދޯންޏެއްގެ ބުރަފަތީގައި ޖެހިގެން ނިޔާވެއްޖެ

01 އެޕްރީލު 2026

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު