Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޯކަލް ކައުންސިލް އިންތިޚާބު

ކައުންސިލް އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ "އޮޕަރޭޝަން ބްލޫ ރޭ" ރަސްމީކޮށް ފަށައިފި

3 އެޕްރީލު 2026 | ހުކުރު 08:51

ލޯކަލް ކައުންސިލް އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ފެށި މި އޮޕަރޭޝަނާއެކު، ފުލުހުންގެ އޮޕަރޭޝަނަލް ސްޓޭޓަސް ލެވެލް 2 އަށް ވަނީ މަތިކޮށްފަ. މި މަސައްކަތުގައި ހަރަކާތްތެރިވާއިރު ރައްޔިތުންނާ މުއާމަލާތްކުރުމުގައި ރީތި އަހުލާގާއި ކެތްތެރިކަން އިސްކޮށް، އިންސާނީ ހައްގުތަކަށް ފުރިހަމައަށް އިހުތިރާމުކުރުމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުޙާދު ފިކުރީ ވަނީ އިރުޝާދު ދެއްވާފަ. މީގެ އިތުރުން، އިންތިޚާބުގެ އަމާންކަން ގާއިމުކުރުމަކީ ގައުމަށްޓަކައި ކުރެވޭ އިހުލާސްތެރި މަސައްކަތެއްކަން ފާހަގަކުރެއްވި.

މަޚްތޫމް
މަޚްތޫމް | 3 އެޕްރީލު 2026 | ހުކުރު 08:51
ލޯކަލް ކައުންސިލް އިންތިހާބާއި ގުޅިގެން ފެށި "އޮޕަރޭޝަން ބްލޫ ރޭ" ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން.

ލޯކަލް ކައުންސިލް އިންތިހާބާއި ގުޅިގެން ފެށި "އޮޕަރޭޝަން ބްލޫ ރޭ" ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން. | ރާއްޖެ އެމްވީ

ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ “އޮޕަރޭޝަން ބްލޫ ރޭ” ރަސްމީކޮށް ފަށައިފި އެވެ.

މިއަދު ހަވީރު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، މި އޮޕަރޭޝަން ރަސްމީކޮށް ފައްޓަވައިދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުޙާދު ފިކުރީ އެވެ.

Advertisement - newsAdvertisement

އޮޕަރޭޝަން ފައްޓަވައިދެއްވައި ޑެޕިއުޓީ ކޮމިޝަނަރ ދެއްކެވި ވާހަކަފުޅުގައި، މަސައްކަތުގައި ހަރަކާތްތެރިވާއިރު ނަމޫނާ ބަޔަކަށްވުމަށާއި ރައްޔިތުންނާ މުއާމަލާތްކުރުމުގައި ރީތި އަހުލާގާއި، އޯގާތެރިކަން އިސްކުރުމަށާއި ނުތަނަވަސް ދަނޑިވަޅެއް ކުރިމަތިވި ކަމުގައިވިޔަސް ކެތްތެރިކަމާއެކު ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށް އިސްކަންދިނުމަށް އެދިލެއްވި އެވެ. އަދި އިންސާނީ ހައްގުތަކަށް ފުރިހަމައަށް އިހުތިރާމުކޮށް، ކޮންމެ މީހެއްގެ ވެސް ކަރާމާތް ހިމާޔަތްކުރުމަކީ ފުލުހުންގެ ޕްރޮފެޝަނަލިޒަމް ދައްކުވައިދޭނެ ކަމެއްކަމަށާ އަދި މިއީ ގައުމަށްޓަކައި ކުރާ އިހުލާސްތެރި މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން، ޑިމޮކްރެޓިކް ނިޒާމެއްގައި ފުލުހުންގެ ދައުރަކީ ހަމައެކަނި ގާނޫނު ތަންފީޒުކުރުމެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ ސަލާމަތާއި، ސުލްހަ މަސަލަސްކަމުގެ ޔަގީންކަންދިނުމާ އަދި ރައްކާތެރިކަމުގެ އިހުސާސްކުރެވުން ކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންގެ ހިތްވަރާއި، ގާބިލުކަމާއެކު މި އޮޕަރޭޝަނަކީ ކާމިޔާބު އަމާން އޮޕަރޭޝަނަކަށް ވާނެކަމާމެދު ޝައްކުނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި ގުޅިގެން ފެށި "އޮޕަރޭޝަން ބްލޫ ރޭ" ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން.

ލޯކަލް ކައުންސިލް އިންތިހާބާއި ގުޅިގެން ފެށި "އޮޕަރޭޝަން ބްލޫ ރޭ" ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން.

މި ބްރީފިންގގައި ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ސެކިއުރިޓީ ކޮމާންޑަރު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފްއާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެލެއްވިއެވެ.

މި ބްރީފިންގގައި، ރަށްރަށުގައި ތިބި ފުލުހުން އޮންލައިންކޮށް ބައިވެރިވިއެވެ. މި ބްރީފިންގއާ އެކު ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮޕަރޭޝަނަލް ސްޓޭޓަސް ލެވެލް 2 އަށް ވަނީ ބަދަލުކޮށްފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބު 2026އޮޕަރޭޝަން ބްލޫ ރޭމޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

03 އެޕްރީލު 2026

މާދަމާ ވޯޓުލާ ގޮތަކުން ގާނޫނުއަސާސީ ނިމުމަކަށް އަތުވެދާނެ: ޖަމީލު

03 އެޕްރީލު 2026
މާދަމާ ވޯޓުލާ ގޮތަކުން ގާނޫނުއަސާސީ ނިމުމަކަށް އަތުވެދާނެ: ޖަމީލު
03 އެޕްރީލު 2026

ފާއިތުވި ހަފުތާގައި މާލެއާއި ބުރިޖާއި ހައިވޭގައި 56 އެކްސިޑެންޓް ހިނގާފައިވޭ

03 އެޕްރީލު 2026
ފާއިތުވި ހަފުތާގައި މާލެއާއި ބުރިޖާއި ހައިވޭގައި 56 އެކްސިޑެންޓް ހިނގާފައިވޭ
03 އެޕްރީލު 2026

ހޮނިހިރު ދުވަހު ބައްވާ ތިން އިންތިހާބަށް 888،845 ވޯޓު ކަރުދާސް ޗާޕްކޮށްފި

03 އެޕްރީލު 2026
ހޮނިހިރު ދުވަހު ބައްވާ ތިން އިންތިހާބަށް 888،845 ވޯޓު ކަރުދާސް ޗާޕްކޮށްފި
02 އެޕްރީލު 2026

ރައީސް މުއިއްޒު އަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ފޯމިއުލާ އެއް ނެތް، ދެ އިންތިޚާބު އެއްކޮށްލުމުގެ ބޭނުމަކީ އެ ކަމަށް ނުފޫޒު ފޯރުވުން: ރައީސް ސޯލިހު

02 އެޕްރީލު 2026
ރައީސް މުއިއްޒު އަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ފޯމިއުލާ އެއް ނެތް، ދެ އިންތިޚާބު އެއްކޮށްލުމުގެ ބޭނުމަކީ އެ ކަމަށް ނުފޫޒު ފޯރުވުން: ރައީސް ސޯލިހު
02 އެޕްރީލު 2026

ސަރޖަންޓް އާދަމް ހަލީމްގެ މަރު: މައްސަލަ އަލުން ބެލުމުން ވެސް ހުކުމް ކުރީ ސަމާހު މަރަން

02 އެޕްރީލު 2026
 ސަރޖަންޓް އާދަމް ހަލީމްގެ މަރު: މައްސަލަ އަލުން ބެލުމުން ވެސް ހުކުމް ކުރީ ސަމާހު މަރަން
02 އެޕްރީލު 2026

ރެފަރަންޑަމަށް ނޫނެކޭ ބުނަން ޖެހެނީ ނޯތު ކޮރެއާ ސްޓައިލްގައި، ކިމް ޖޮން އުން ހެދިގެން މުއިއްޒު ހުދުމުހުތާރު ވެރިކަމެއް ކުރަން އުޅޭތީ: އަމީރު

02 އެޕްރީލު 2026
ރެފަރަންޑަމަށް ނޫނެކޭ ބުނަން ޖެހެނީ ނޯތު ކޮރެއާ ސްޓައިލްގައި، ކިމް ޖޮން އުން ހެދިގެން މުއިއްޒު ހުދުމުހުތާރު ވެރިކަމެއް ކުރަން އުޅޭތީ: އަމީރު
02 އެޕްރީލު 2026

މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ކޮރަޕްޓް އިންތިޚާބު، ދިމާލަށް ނޫނެކޭ ބުނޭ!

02 އެޕްރީލު 2026
މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ކޮރަޕްޓް އިންތިޚާބު، ދިމާލަށް ނޫނެކޭ ބުނޭ!
02 އެޕްރީލު 2026

ހުޅުމާލެއިން އުސޫލާ ހިލާފަށް 600 އަށްވުރެ ގިނަ ޕާކިން ޖާގަ ވިއްކައިފި، އެޗްޑީސީގެ ބަހެއް ނެތް!

02 އެޕްރީލު 2026
ހުޅުމާލެއިން އުސޫލާ ހިލާފަށް 600 އަށްވުރެ ގިނަ ޕާކިން ޖާގަ ވިއްކައިފި، އެޗްޑީސީގެ ބަހެއް ނެތް!
02 އެޕްރީލު 2026

މުޅި ރާއްޖޭގައި އޮތީ ހާލަތު ބަދަލު ކުރުމުގެ ''ވައިބްސް''، އިންސާފުވެރި އިންތިޚާބުތަކެއް ނޫން ނަމަވެސް ރައްޔިތުން ނުކުމެ ވޯޓުލާން ޖެހޭ: ޝިފާޒު

02 އެޕްރީލު 2026
މުޅި ރާއްޖޭގައި އޮތީ ހާލަތު ބަދަލު ކުރުމުގެ ''ވައިބްސް''، އިންސާފުވެރި އިންތިޚާބުތަކެއް ނޫން ނަމަވެސް ރައްޔިތުން ނުކުމެ ވޯޓުލާން ޖެހޭ: ޝިފާޒު
02 އެޕްރީލު 2026

އިންތިޚާބުތަކާއި ގުޅުވައި އެމްޑީޕީއަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިއްޖެ، ނަތީޖާ އެއްގެ ގޮތުން މިސަރުކާރުން އެދަނީ މުޅި ދައުލަތް ހުސްކުރަމުން: މެންބަރު ޝަމްހީދު

02 އެޕްރީލު 2026
އިންތިޚާބުތަކާއި ގުޅުވައި އެމްޑީޕީއަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިއްޖެ، ނަތީޖާ އެއްގެ ގޮތުން މިސަރުކާރުން އެދަނީ މުޅި ދައުލަތް ހުސްކުރަމުން: މެންބަރު ޝަމްހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް