Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕިކަޕް ޖަލްސާ

ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް އެމްޑީޕީ އިން ކުރިޔަށް ގެންދިޔަ ޕިކަޕް ޖަލްސާ ތައް ފޯރިއާއެކު ނިންމާލައިފި

2 އެޕްރީލު 2026 | ބުރާސްފަތި 20:52

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ކުރާ މަސައްކަތަކީ ވެރިކަމުގެ ދައުރު ދަންމާލައި، ހުދުމުހުތާރު ވެރިކަމެއް ގާއިމުކުރުމަށް ރާވާފައިވާ ހީލަތްތެރި ރޭވުމެއް ކަމަށް އެމްޑީޕީން ތުހުމަތުކޮށްފި. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި، ގާނޫނުއަސާސީން ލިބިދޭ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި އަންނަ ހޮނިހިރު ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓުގައި "ނޫނެކޭ" ބުނުމަށް އެ ޕާޓީން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 2 އެޕްރީލު 2026 | ބުރާސްފަތި 20:52
ފެންނަ ނުފެންނަ ވޯޓާއި ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށް އެމްޑީޕީ އިން ބޭއްވިި ޕިކަޕް ޖަލްސާ ތަކުގެ ފަހު ޖަލްސާ ގެ ތެރެއިން

ފެންނަ ނުފެންނަ ވޯޓާއި ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށް އެމްޑީޕީ އިން ބޭއްވިި ޕިކަޕް ޖަލްސާ ތަކުގެ ފަހު ޖަލްސާ ގެ ތެރެއިން | އެމްޑީޕީ ސެކްރިޓޭރިއެޓް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާ ދެކޮޅަށް، އިދިކޮޅު އެމްޑީޕީން ސިލްސިލާކޮށް ބާއްވަމުންދިޔަ ޕިކަޕް ޖަލްސާތައް ބުރާސްފަތި ދުވަހު ނިންމާލައިފި އެވެ.

މި ސިލްސިލާގެ އެންމެ ފަހު ޖަލްސާ ބާއްވާފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު މާލޭގެ މާރުކޭޓް ސަރަހައްދުގަ އެވެ.

Advertisement - newsAdvertisement

މި ޕިކަޕް ޖަލްސާގައި ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން، އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި މާލޭގެ ދާއިރާތަކަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓުން ވެސް މި ހަރަކާތުގައި ބައިވެރިވެވަޑައިގެންފައިވެ އެވެ.

ފެންނަ ނުފެންނަ ވޯޓާއި ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށް އެމްޑީޕީ އިން ބޭއްވިި ޕިކަޕް ޖަލްސާ ތަކުގެ ފަހު ޖަލްސާ ގެ ތެރެއިން

ފެންނަ ނުފެންނަ ވޯޓާއި ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށް އެމްޑީޕީ އިން ބޭއްވިި ޕިކަޕް ޖަލްސާ ތަކުގެ ފަހު ޖަލްސާ ގެ ތެރެއިން

މި ޖަލްސާގައި ވާހަކަދެއްކެވި އެމްޑީޕީގެ އިސް ބޭފުޅުން ވަނީ ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް ރައްޔިތުން "ނޫނެކޭ" ބުނަންޖެހޭ ސަބަބުތައް ވަރަށް ތަފްސީލުކޮށް ހާމަކޮށްދެއްވާފަ އެވެ. އެ ބޭފުޅުން ތުހުމަތު ކުރެއްވި ގޮތުގައި، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ހީލަތްތެރި ރޭވުމެއްގެ ދަށުން ވެރިކަމުގެ ދައުރު ދަންމާލުމުގެ ބޭނުމު ގައެވެ.

ޖަލްސާގެ ބައިވެރިން ވިދާޅުވީ، ގާނޫނުއަސާސީ އަށް ބަދަލުތައް ގެނައުމަކީ ކުޅޭ ކުޅިވަރަކަށް ހަދައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރައްވަނީ ރާއްޖޭގައި ދިގު ޒަމާންތަކަކަށް ދެމިގެންދާނެ ހުދުމުހުތާރު ވެރިކަމެއް ގާއިމްކުރުމަށް ކަމަށެވެ. މިއީ ރާއްޖޭގެ ޑިމޮކްރަސީއަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި އެ ބޭފުޅުން ސިފަކުރެއްވި އެވެ.

ފެންނަ ނުފެންނަ ވޯޓާއި ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށް އެމްޑީޕީ އިން ބޭއްވިި ޕިކަޕް ޖަލްސާ ތަކުގެ ފަހު ޖަލްސާ ގެ ތެރެއިން

ފެންނަ ނުފެންނަ ވޯޓާއި ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށް އެމްޑީޕީ އިން ބޭއްވިި ޕިކަޕް ޖަލްސާ ތަކުގެ ފަހު ޖަލްސާ ގެ ތެރެއިން

އެހެންކަމުން، އެތައް ބައެއްގެ ބުރަ މަސައްކަތުންނާއި ގުރުބާނީން ގެނެސްފައިވާ ގާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތައް ކަށަވަރުކުރުމަށްޓަކައި، އަންނަ ހޮނިހިރު ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓުގައި ހުރިހާ ރައްޔިތުން ވެސް ނުކުމެ "ނޫނެކޭ" ބުނުމަށް އެމްޑީޕީގެ ލީޑަޝިޕުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ފެންނަ ނުފެންނަ ވޯޓާއި ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށް އެމްޑީޕީ އިން ބޭއްވިި ޕިކަޕް ޖަލްސާ ތަކުގެ ފަހު ޖަލްސާ ގެ ތެރެއިން

ފެންނަ ނުފެންނަ ވޯޓާއި ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށް އެމްޑީޕީ އިން ބޭއްވިި ޕިކަޕް ޖަލްސާ ތަކުގެ ފަހު ޖަލްސާ ގެ ތެރެއިން

މި ޕިކަޕް ޖަލްސާތަކަކީ ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، ސަރުކާރުގެ ނިންމުމާ ދެކޮޅަށް ރައްޔިތުންގެ މެދުގައި ހިޔާލު އުފެއްދުމަށް އެމްޑީޕީން ކޮންމެ ދުވަހަކު ހަވީރު ސިލްސިލާކޮށް ކުރިއަށް ގެންދިޔަ ހަރަކާތްތަކެކެވެ. މި ހަރަކާތްތައް ނިންމާލާފައިވަނީ ވަރަށް ބޮޑު ތަރުހީބަކާއެކުގަ އެވެ.

އިބްރާހިމް މުހައްމަދު ސޯލިހުއެމްޑީޕީރިޔާސީ އިންތިޚާބުއެމްޑީޕީ ޕިކަޕް ޖަލްސާޚިޔާލު ހޯދުމުގެ ވޯޓުރައްޔިތުންގެ މަޖިލިސް އިންތިޚާބުގާނޫނު އަސާސީ އަށް ބަދަލު ގެނައުން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

02 އެޕްރީލު 2026

ރައީސް މުއިއްޒު އަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ފޯމިއުލާ އެއް ނެތް، ދެ އިންތިޚާބު އެއްކޮށްލުމުގެ ބޭނުމަކީ އެ ކަމަށް ނުފޫޒު ފޯރުވުން: ރައީސް ސޯލިހު

02 އެޕްރީލު 2026
ރައީސް މުއިއްޒު އަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ފޯމިއުލާ އެއް ނެތް، ދެ އިންތިޚާބު އެއްކޮށްލުމުގެ ބޭނުމަކީ އެ ކަމަށް ނުފޫޒު ފޯރުވުން: ރައީސް ސޯލިހު
02 އެޕްރީލު 2026

ކުޅުދުއްފުށީގެ އެއާރޕޯޓް ސަރަހައްދުގެ ގޯތިތައް އިމާރާތްކުރުމަށް ދިމާވެފައިވާ މައްސަލައަށް ރިލޮކޭޝަން ޕްލޭނެއް އެކުލަވާލާނަން: ރޯޒޭ

02 އެޕްރީލު 2026
ކުޅުދުއްފުށީގެ އެއާރޕޯޓް ސަރަހައްދުގެ ގޯތިތައް އިމާރާތްކުރުމަށް ދިމާވެފައިވާ މައްސަލައަށް ރިލޮކޭޝަން ޕްލޭނެއް އެކުލަވާލާނަން: ރޯޒޭ
02 އެޕްރީލު 2026

19 އަހަރު ކުރިން ފެނުނީ ދިވެހިން މާބޮޑަށް ތަސައްރަފު ފުދިފައިވާ މަންޒަރު: މުއިއްޒު

02 އެޕްރީލު 2026
19 އަހަރު ކުރިން ފެނުނީ ދިވެހިން މާބޮޑަށް ތަސައްރަފު ފުދިފައިވާ މަންޒަރު: މުއިއްޒު
02 އެޕްރީލު 2026

އިންތިޚާބާއި ދިމާކޮށް އެމްޑީޕީގައި އުފެދިފައި އޮތީ ވަރަށް ރަނގަޅު ވައިބެއް: ރައީސް ސޯލިިިހް

02 އެޕްރީލު 2026
އިންތިޚާބާއި ދިމާކޮށް އެމްޑީޕީގައި އުފެދިފައި އޮތީ ވަރަށް ރަނގަޅު ވައިބެއް: ރައީސް ސޯލިިިހް
02 އެޕްރީލު 2026

ޕީއެންސީގެ މެދު ހެންވޭރު ދާއިރާގެ ސްޓިއަރިން ކޮމިޓީގެ ރައީސް އެމްޑީޕީ އާއި ގުޅިވަޑައިގަންނަވައިފި

02 އެޕްރީލު 2026
ޕީއެންސީގެ މެދު ހެންވޭރު ދާއިރާގެ ސްޓިއަރިން ކޮމިޓީގެ ރައީސް އެމްޑީޕީ އާއި ގުޅިވަޑައިގަންނަވައިފި
02 އެޕްރީލު 2026

ރެފަރަންޑަމަށް ނޫނެކޭ ބުނަން ޖެހެނީ ނޯތު ކޮރެއާ ސްޓައިލްގައި، ކިމް ޖޮން އުން ހެދިގެން މުއިއްޒު ހުދުމުހުތާރު ވެރިކަމެއް ކުރަން އުޅޭތީ: އަމީރު

02 އެޕްރީލު 2026
ރެފަރަންޑަމަށް ނޫނެކޭ ބުނަން ޖެހެނީ ނޯތު ކޮރެއާ ސްޓައިލްގައި، ކިމް ޖޮން އުން ހެދިގެން މުއިއްޒު ހުދުމުހުތާރު ވެރިކަމެއް ކުރަން އުޅޭތީ: އަމީރު
02 އެޕްރީލު 2026

އިންތިހާބު ކާމިޔާބުކުރަން ސަރުކާރުން ތެޅިފޮޅެނީ ވޭތުވެދިޔަ 2 އަހަރާއި ބައިގެ ތެރޭގައި ފެއިލްވުމުން: ރައީސް ސޯލިހު

02 އެޕްރީލު 2026
އިންތިހާބު ކާމިޔާބުކުރަން ސަރުކާރުން ތެޅިފޮޅެނީ ވޭތުވެދިޔަ 2 އަހަރާއި ބައިގެ ތެރޭގައި ފެއިލްވުމުން: ރައީސް ސޯލިހު
02 އެޕްރީލު 2026

މުޅި ރާއްޖޭގައި އޮތީ ހާލަތު ބަދަލު ކުރުމުގެ ''ވައިބްސް''، އިންސާފުވެރި އިންތިޚާބުތަކެއް ނޫން ނަމަވެސް ރައްޔިތުން ނުކުމެ ވޯޓުލާން ޖެހޭ: ޝިފާޒު

02 އެޕްރީލު 2026
މުޅި ރާއްޖޭގައި އޮތީ ހާލަތު ބަދަލު ކުރުމުގެ ''ވައިބްސް''، އިންސާފުވެރި އިންތިޚާބުތަކެއް ނޫން ނަމަވެސް ރައްޔިތުން ނުކުމެ ވޯޓުލާން ޖެހޭ: ޝިފާޒު
02 އެޕްރީލު 2026

އިންތިޚާބުތަކާއި ގުޅުވައި އެމްޑީޕީއަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިއްޖެ، ނަތީޖާ އެއްގެ ގޮތުން މިސަރުކާރުން އެދަނީ މުޅި ދައުލަތް ހުސްކުރަމުން: މެންބަރު ޝަމްހީދު

02 އެޕްރީލު 2026
އިންތިޚާބުތަކާއި ގުޅުވައި އެމްޑީޕީއަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިއްޖެ، ނަތީޖާ އެއްގެ ގޮތުން މިސަރުކާރުން އެދަނީ މުޅި ދައުލަތް ހުސްކުރަމުން: މެންބަރު ޝަމްހީދު
02 އެޕްރީލު 2026

މިސަރުކާރުގެ ކޮރަޕްޝަންގެ 22 މައްސަލަ އޭސީސީއަށް، މިހާތަނަށް އެއްވެސް މައްސަލައެއްގެ ޖަވާބެއް ނުލިބޭ: މާޒް ސަލީމް

02 އެޕްރީލު 2026
މިސަރުކާރުގެ ކޮރަޕްޝަންގެ 22 މައްސަލަ އޭސީސީއަށް، މިހާތަނަށް އެއްވެސް މައްސަލައެއްގެ ޖަވާބެއް ނުލިބޭ: މާޒް ސަލީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް