Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެންޓި ކޮރަޕްޝަން ކޮމިޝަން

މިސަރުކާރުގެ ކޮރަޕްޝަންގެ 22 މައްސަލަ އޭސީސީއަށް، މިހާތަނަށް އެއްވެސް މައްސަލައެއްގެ ޖަވާބެއް ނުލިބޭ: މާޒް ސަލީމް

މި ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް އޭސީސީން ނުބަލާކަމަށް ބުނެ އެމްޑީޕީން އެ ކޮމިޝަން ދޮށަށް އެއްވެ އިހުތިޖާޖުކޮށް، ކޮމިޝަނުގެ ރައީސް އިސްތިއުފާ ދިނުމަށް ވަނީ ގޮވާލާފައި. މި އެއްވުމުގައި ވާހަކަދައްކަވަމުން މާޒް ސަލީމް ވިދާޅުވީ، މިނިވަން މުއައްސަސާތައް އޮތީ ސަރުކާރުގެ ނުފޫޒުގެ ދަށުގައި ކަމަށާއި، ކުރިއަށް އޮތް އިންތިޚާބުތަކުގެ ނަތީޖާ އޮޅުވާލުމަށް އީސީން މަސައްކަތް ކުރާނެ ކަމުގެ ބިރު އެބައޮތް ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 2 އެޕްރީލު 2026 | ބުރާސްފަތި 04:28
ކޮރަޕްޝަންގެ މައްސަލަތައް ނުބަލާތީ އެމްޑީޕީން އޭސީސީ ދޮށަށް އެއްވެ މުޒާހަރާ ކުރަނީ. މިހާތަނަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް ވަނީ ކޮރަޕްޝަންއާ ގުޅޭ ގިނަ މައްސަލަތަކެއް ހުށަހަޅާފައިވޭ.

ކޮރަޕްޝަންގެ މައްސަލަތައް ނުބަލާތީ އެމްޑީޕީން އޭސީސީ ދޮށަށް އެއްވެ މުޒާހަރާ ކުރަނީ. މިހާތަނަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް ވަނީ ކޮރަޕްޝަންއާ ގުޅޭ ގިނަ މައްސަލަތަކެއް ހުށަހަޅާފައިވޭ. | އެމްޑީޕީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކޮރަޕްޝަންގެ 22 މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ކަަމަށާއި، މިހާތަނަށް އެއްވެސް މައްސަލައަކަށް ޖަވާބެއް ލިބިފައިނުވާ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު އޭސީސީއަށް ހުށަހަޅާ މައްސަލަތައް ނުބަލާތީ އެމްޑީޕީން އެ ކޮމިޝަން ދޮށަށް އެއްވެ، ކޮމިޝަނުގެ ރައީސް އަހުމަދު ޝާމިލުގެ އިސްތިއުފާއަށް ވަނީ ގޮވާލާފަ އެވެ. އެތަނުގައި ހުންނަވައި ރާއްޖެއެމްވީ އަށް މާޒް ސަލީމް ވިދާޅުވީ، މިސަރުކާރުގައި ހުރިހާ މިނިވަން މުއައްސަސާއެއް އޮތީ ކޯމާއެއްގައި ކަމަށާއި، މުޅި ގައުމުގައި ފާޅުކަން ބޮޑު ގޮތެއްގައި ކޮރަޕްޝަން ހިންގި ނަމަވެސް އެ މަންޒަރު ނުފެންނަ ކަމަށެވެ.

Advertisement - newsAdvertisement

މިހާތަނަށް މިސަރުކާރުގެ ކޮރަޕްޝަންގެ 22 މައްސަލަ އޭސީސީ އަށް ރަސްމީކޮށް ހުށަހަޅާފައިވާކަން ފާހަގަކުރައްވައި މާޒް ސަލީމް ވިދާޅުވީ، ރަސްމީކޮށް މައްސަލަ ހުށަހެޅި ނަމަވެސް އެއްވެސް މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމެއް ނުވަތަ އެ މައްސަލަތަކުގެ އެއްވެސް އަޕްޑޭޓެއް ލިބިފައިނުވާ ކަމަށެވެ.

މީގެ އިތުރުން މާޒް ސަލީމް ވިދާޅުވީ ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެ، މިމަހުގެ 4 ވަނަ ދުވަހު ބާއްވާ އިންތިޚާބުތަކުގެ ނަތީޖާ ސަރުކާރުން ބޭނުންވާ ގޮތަށް އޮޅުވާލުމަށް އިލެކްޝަން ކޮމިޝަން (އީސީ) ވެސް އޮތީ ތައްޔާރަށް ކަމަށެވެ.  

މިހުރިހާ މައްސަލައެއް ހުށަހެޅީމަ މިހުރިހާ ފަރާތްތަކުން މި ތިބެނީ އަމާންދީގެން އަޅާނުލާ މިތިބެނީ އަޅުގަނޑުމެން ގަބޫލުކުރަނީ ދިވެހި ރައްޔިތުން ވެސް ގަބޫލުކުރަނީ އިލެކްޝަން ކޮމިޝަން މިއޮތީ މުއިއްޒު ބޭނުންވާ ގޮތަށް ވޯޓު އޮޅުވާލައި، ވޯޓަށް ނުފޫޒު ފޯރުވައި މިކަންކަން ކޮށްދިނުމަށްޓަކައި އިލެކްޝަން ކޮމިޝަން މިއަދު އަތުކުރި އޮޅާލައިގެން އޮތީ. ހަމައެއާއެކު އޭސީސީން ވެސް އެގޮތަށް އޮތީ. އެހެންވީމަ އަޅުގަނޑު ގަބޫލުކުރަނީ މިއިންތިޚާބުގެ ނަތީޖާ އަޅުގަނޑުމެންގެ ކޮޅަށް ނުކުތަސް ރައްޔިތުން ބޭނުންވާ ގޮތަށް ނުކުތް ކަމުގައި ވީ ނަމަވެސް މިއިންތިޚާބު އޮޅުވާލައި ސިފައިންނާ ފުލުހުން ނެރިގެން މަގުތަކަށް ނެރިގެން މިކަން ކުރާނޭ އަޅުގަނޑު ދަންނަވާނީ.   
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް)

މާޒް ސަލީމް ވިދާޅުވީ ޒަމާން ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށާއި، މިހާރު އިންތިޚާބުގެ ނަތީޖާ ރައްޔިތުންނަށް އޮޅުވާލުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި އެދުވަހުގެ ކަންކަން ގާތުން ބަލައި، ގައުމުގެ މަސްލަހަތު އިސްކުރުމުގައި ފުލުހުންނާއި ސިފައިންގެ ދައުރު ވަރަށް ބޮޑު ކަމަށާއި، އިންސާފަށް މަސައްކަތް ކުރުމަށް އޭނާ ގޮވާލެއްވި އެވެ. 

އެންޓި ކޮރަޕްޝަން ކޮމިޝަންއެމްޑީޕީއިލެކްޝަންސް ކޮމިޝަންމާޒް ސަލީމް

ކޮމެންޓް

އިތުރަށް ކިޔާލަން

2 އިންތިހާބު އެއްކުރަނީ 2028 ގައި މުއިއްޒުއަށް އިންތިހާބު ނެގެން އޮތީ އެގޮތަށް ހަދައިގެން ކަމަށްވާތީ: ސޯލިހު

2 އިންތިހާބު އެއްކުރަނީ 2028 ގައި މުއިއްޒުއަށް އިންތިހާބު ނެގެން އޮތީ އެގޮތަށް ހަދައިގެން ކަމަށްވާތީ: ސޯލިހު

02 އެޕްރީލު 2026
ރައީސް މުއިއްޒު ގަބޫލުކުރައްވަނީ އެމަނިކުފާނުގެ މައްޗަށް އެއްވެސް މީހަކަށް ބަސް ބުނެވޭނެ ގޮތެއް އޮވެގެން ނުވާނެ ކަމަށް، ގާނޫނުތައް ބަދަލު ކުރަނީ އެހެންވެ: ނިޔާޒް

ރައީސް މުއިއްޒު ގަބޫލުކުރައްވަނީ އެމަނިކުފާނުގެ މައްޗަށް އެއްވެސް މީހަކަށް ބަސް ބުނެވޭނެ ގޮތެއް އޮވެގެން ނުވާނެ ކަމަށް، ގާނޫނުތައް ބަދަލު ކުރަނީ އެހެންވެ: ނިޔާޒް

01 އެޕްރީލު 2026
އޭސީސީގެ ރައީސް ޝާމިލް އިސްތިއުފާއަށް ގޮވާލައި، އެކޮމިޝަންގެ ތެރޭގައި އެމްޑީޕީން މުޒާހަރާ ކޮށްފި

އޭސީސީގެ ރައީސް ޝާމިލް އިސްތިއުފާއަށް ގޮވާލައި، އެކޮމިޝަންގެ ތެރޭގައި އެމްޑީޕީން މުޒާހަރާ ކޮށްފި

01 އެޕްރީލު 2026
އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ އިންތިޚާބުތަކުގައި ކޮންމެ މީހަކަށްވެސް 3 ކަރުދާސްކޮޅު ދޫކުރާނެ: އީސީ

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ އިންތިޚާބުތަކުގައި ކޮންމެ މީހަކަށްވެސް 3 ކަރުދާސްކޮޅު ދޫކުރާނެ: އީސީ

01 އެޕްރީލު 2026
ރިފެރެންޑަމް އިންތިޚާބަކީ މިސަރުކާރުން އީސީގެ މައްޗަށް މަޖުބޫރު ކޮށްގެން ބާއްވާ އިންތިޚާބެއް: ނިޔާޒު

ރިފެރެންޑަމް އިންތިޚާބަކީ މިސަރުކާރުން އީސީގެ މައްޗަށް މަޖުބޫރު ކޮށްގެން ބާއްވާ އިންތިޚާބެއް: ނިޔާޒު

01 އެޕްރީލު 2026

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު