Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޫނެކޭ ކެމްޕެއިން

ރައީސް މުއިއްޒު އަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ފޯމިއުލާ އެއް ނެތް، ދެ އިންތިޚާބު އެއްކޮށްލުމުގެ ބޭނުމަކީ އެ ކަމަށް ނުފޫޒު ފޯރުވުން: ރައީސް ސޯލިހު

2 އެޕްރީލު 2026 | ބުރާސްފަތި 19:00

ރެފަރެންޑަމް ވޯޓަކީ ހެޔޮ ބަދަލެއް ގެނައުމުގެ ނިޔަތުގައި ކުރި ކަމެއް ނޫން ކަމަށް ރައީސް ސޯލިހު ވިދާޅުވި. މީގެ އިތުރުން، ވޯޓުލާ މީހުން މަދު ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް އަދި ރައްޔިތުންނަށް ދަތިވާނެހެން ފުރުޞަތުތައް ހަނިކޮށްފައިވާ ދަނޑިވަޅެއްގައި ރެފަރެންޑަމަކަށް ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 2 އެޕްރީލު 2026 | ބުރާސްފަތި 19:00
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރާއްޖެޓީވީގެ ނޫނެކޭ ކެމްޕެއިން ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރާއްޖެޓީވީގެ ނޫނެކޭ ކެމްޕެއިން ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ފޯމިއުލާ އެއް ނެތް ކަމަށާއި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމުގެ ބޭނުމަކީ އެ ކަމަށް ނުފޫޒު ފޯރުވުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ނޫނެކޭ ކެމްޕެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. 

Advertisement - newsAdvertisement

ސަރުކާރުން ދެ އިންތިޚާބު އެއްކޮށްލަނީ ޚަރަދު ކުޑަކުރަން ކަމަށް ބުނި ނަމަވެސް އެކަމުގެ ފަހަތުގައި ފޮރުވިފައި ހުރި ވަރަށް ގިނަ ސިއްރުތަކެއް ހުރި ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ. ރެފަރެންޑަމްގެ މަގްސަދުގެ ގޮތުގައި ބޭރުން ދައްކާ މަގްސަދު ނޫން މަގްސަދެއް މިކަމުގެ ފަހަތުގައި ވާ ކަމަށް އެ މަނިކުފާނު ވަނީ ތުހުމަތު ކުރައްވާފަ އެވެ. ރައީސް ސޯލިހު ވަނީ އިންތިޚާބުތައް އެއްކޮށްލަނީ ޚަރަދު ކުޑަކުރަން ކަމަށް ސަރުކާރުން ބުނަނީ އޮޅުވާލަން ކަމަށް ވެސް ވިދާޅުވެފަ އެވެ.

މީގެ އިތުރުން، ރެފަރެންޑަމް ވޯޓަކީ ހެޔޮ ބަދަލެއް ގެނައުމުގެ ވިސްނުމުގައި ކޮށްފައިވާ ކަމެއް ނޫން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެގޮތުން މި ވެރިކަމުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހުގެ ބަސް ބުނުމުގެ ބާރު ގާނޫނީ ގޮތުން ކަނޑުވާލާފައިވާ ކަމަށާއި މެމްބަރުން ޕާޓީ އިން ބުނާ ގޮތަށް ވޯޓުދީ، ޕާޓީން ބުނާ ގޮތަށް އަމަލުކުރަން މަޖުބޫރު ވާގޮތަށް ޤާނޫނު ބަދަލުކޮށްފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. އެ ހިސާބުން ޕާޓީ އިން ވަކި ގޮތަކަށް ކަމެއްގައި ނިންމައިފި ނަމަ އެ މެމްބަރަކަށް އަމިއްލަ ހިޔާލު ފާޅު ނުކުރެވޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. 

"އަޅުގަނޑަށް ޔަގީން މެމްބަރުންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން ރެފަރެންޑަމްގައި ނޫނެކޭ ވިދާޅުވާނެ. އެކަމަކު އެ ދުވަހު މަޖިލީހުގައި އެކަން ކުރަން، ކެރިވަޑައި ނުގަތީ. އެ އޮތީ ވިޕްލައިނެއް ބްރޭކްކޮށްފިއްޔާ ޕާޓީއަކުން ވަކި ގޮތެއް ނިންމައިފިއްޔާ އެ އާއި އިދިކޮޅަށް ވޯޓު ދީފިއްޔާ ޕާޓީން ވަކި ކުރީމަ ގޮނޑި ގެއްލޭނެ. އެއީ ނޫންތޯ މިކަން ފެށުނު ގޮތަކީ؟" ރައީސް ސޯލިހު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިޚާބަކީ ނިސްބަތުން އެންމެ މަދު މީހުން ވޯޓުލާ އިންތިޚާބަށް ވާއިރު އެ އިންތިޚާބާއި ދިމާކޮށް ރެފަރެންޑަމް ވޯޓު ބާއްވާ ސަބަބާއި މެދު އެ މަނިކުފާނު ވަނީ ސުވާލު އުފައްދަވާފަ އެވެ. ، ވޯޓު ފޮށިތައް މަދުކޮށް، ރައްޔިތުންނަށް ދަތިވާނޭހެން ފުރުޞަތު ހަނިކޮށްފައިވާ ދަނޑިވަޅެއްގައި ރިފަރެންޑަމަކަށް ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ސޯލިހުޚިޔާލު ހޯދުމުގެ ވޯޓުރައްޔިތުންގެ މަޖިލިސްލޯކަލް ކައުންސިލް އިންތިޚާބު 2026ނޫނެކޭ ކެމްޕެއިން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

02 އެޕްރީލު 2026

19 އަހަރު ކުރިން ފެނުނީ ދިވެހިން މާބޮޑަށް ތަސައްރަފު ފުދިފައިވާ މަންޒަރު: މުއިއްޒު

02 އެޕްރީލު 2026
19 އަހަރު ކުރިން ފެނުނީ ދިވެހިން މާބޮޑަށް ތަސައްރަފު ފުދިފައިވާ މަންޒަރު: މުއިއްޒު
02 އެޕްރީލު 2026

އިންތިޚާބާއި ދިމާކޮށް އެމްޑީޕީގައި އުފެދިފައި އޮތީ ވަރަށް ރަނގަޅު ވައިބެއް: ރައީސް ސޯލިިިހް

02 އެޕްރީލު 2026
އިންތިޚާބާއި ދިމާކޮށް އެމްޑީޕީގައި އުފެދިފައި އޮތީ ވަރަށް ރަނގަޅު ވައިބެއް: ރައީސް ސޯލިިިހް
02 އެޕްރީލު 2026

ރެފަރަންޑަމަށް ނޫނެކޭ ބުނަން ޖެހެނީ ނޯތު ކޮރެއާ ސްޓައިލްގައި، ކިމް ޖޮން އުން ހެދިގެން މުއިއްޒު ހުދުމުހުތާރު ވެރިކަމެއް ކުރަން އުޅޭތީ: އަމީރު

02 އެޕްރީލު 2026
ރެފަރަންޑަމަށް ނޫނެކޭ ބުނަން ޖެހެނީ ނޯތު ކޮރެއާ ސްޓައިލްގައި، ކިމް ޖޮން އުން ހެދިގެން މުއިއްޒު ހުދުމުހުތާރު ވެރިކަމެއް ކުރަން އުޅޭތީ: އަމީރު
02 އެޕްރީލު 2026

މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ކޮރަޕްޓް އިންތިޚާބު، ދިމާލަށް ނޫނެކޭ ބުނޭ!

02 އެޕްރީލު 2026
މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ކޮރަޕްޓް އިންތިޚާބު، ދިމާލަށް ނޫނެކޭ ބުނޭ!
02 އެޕްރީލު 2026

ހުޅުމާލެއިން އުސޫލާ ހިލާފަށް 600 އަށްވުރެ ގިނަ ޕާކިން ޖާގަ ވިއްކައިފި، އެޗްޑީސީގެ ބަހެއް ނެތް!

02 އެޕްރީލު 2026
ހުޅުމާލެއިން އުސޫލާ ހިލާފަށް 600 އަށްވުރެ ގިނަ ޕާކިން ޖާގަ ވިއްކައިފި، އެޗްޑީސީގެ ބަހެއް ނެތް!
02 އެޕްރީލު 2026

މުޅި ރާއްޖޭގައި އޮތީ ހާލަތު ބަދަލު ކުރުމުގެ ''ވައިބްސް''، އިންސާފުވެރި އިންތިޚާބުތަކެއް ނޫން ނަމަވެސް ރައްޔިތުން ނުކުމެ ވޯޓުލާން ޖެހޭ: ޝިފާޒު

02 އެޕްރީލު 2026
މުޅި ރާއްޖޭގައި އޮތީ ހާލަތު ބަދަލު ކުރުމުގެ ''ވައިބްސް''، އިންސާފުވެރި އިންތިޚާބުތަކެއް ނޫން ނަމަވެސް ރައްޔިތުން ނުކުމެ ވޯޓުލާން ޖެހޭ: ޝިފާޒު
02 އެޕްރީލު 2026

އަދުލު އިންސާފު ގާއިމުކުރުމުގެ ބަދަލުގައި ފެންނަނީ ޝަރުއީ ދާއިރާއިން ސަރުކާރަށް މަގުފަހިކޮށްދޭ މަންޒަރު: މަދަނީ ޖަމިއްޔާތައް

02 އެޕްރީލު 2026
އަދުލު އިންސާފު ގާއިމުކުރުމުގެ ބަދަލުގައި ފެންނަނީ ޝަރުއީ ދާއިރާއިން ސަރުކާރަށް މަގުފަހިކޮށްދޭ މަންޒަރު: މަދަނީ ޖަމިއްޔާތައް
02 އެޕްރީލު 2026

އިންތިޚާބުތަކާއި ގުޅުވައި އެމްޑީޕީއަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިއްޖެ، ނަތީޖާ އެއްގެ ގޮތުން މިސަރުކާރުން އެދަނީ މުޅި ދައުލަތް ހުސްކުރަމުން: މެންބަރު ޝަމްހީދު

02 އެޕްރީލު 2026
އިންތިޚާބުތަކާއި ގުޅުވައި އެމްޑީޕީއަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިއްޖެ، ނަތީޖާ އެއްގެ ގޮތުން މިސަރުކާރުން އެދަނީ މުޅި ދައުލަތް ހުސްކުރަމުން: މެންބަރު ޝަމްހީދު
02 އެޕްރީލު 2026

ރެފަރެންޑަމްއާ ގުޅޭ ސީރިއަސް މައްސަލަތަކެއް އެބަހުރި، ޤާނޫނުއަސާސީގެ އިތުބާރު ހިފަހައްޓަން ޖެހޭ: މަދަނީ ޖަމިއްޔާތައް

02 އެޕްރީލު 2026
ރެފަރެންޑަމްއާ ގުޅޭ ސީރިއަސް މައްސަލަތަކެއް އެބަހުރި، ޤާނޫނުއަސާސީގެ އިތުބާރު ހިފަހައްޓަން ޖެހޭ: މަދަނީ ޖަމިއްޔާތައް
02 އެޕްރީލު 2026

އިންތިޚާބުތަކާ ދިމާކޮށް ކުއްލިއަކަށް އެކިއެކި އިދާރާތަކުގެ މުސާރަ ބޮޑުވުމަކީ އިއްތިފާޤެއް ނޫން: ކުރީގެ އުއްތަމަފަނޑިޔާރު

02 އެޕްރީލު 2026
އިންތިޚާބުތަކާ ދިމާކޮށް ކުއްލިއަކަށް އެކިއެކި އިދާރާތަކުގެ މުސާރަ ބޮޑުވުމަކީ އިއްތިފާޤެއް ނޫން: ކުރީގެ އުއްތަމަފަނޑިޔާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް