Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ދޮރުން ދޮރަށް ހަރަކާތް

ޕީއެންސީގެ މެދު ހެންވޭރު ދާއިރާގެ ސްޓިއަރިން ކޮމިޓީގެ ރައީސް އެމްޑީޕީ އާއި ގުޅިވަޑައިގަންނަވައިފި

ޕީއެންސީގެ ހެންވޭރު މެދު ދާއިރާގެ އިސް މަގާމެއްގައި ހުންނެވި މިރްޒާ ޝިޔާމް އެމްޑީޕީއާ ގުޅިވަޑައިގަތުމަކީ ކުރިއަށް އޮތް އިންތިޚާބުތަކަށް އެ ޕާޓީން ކުރާ މަސައްކަތަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި. މިރްޒާ އެމްޑީޕީއާ ގުޅިވަޑައިގަތީ ރައްޔިތުންނަށް އެންމެ ފައިދާހުރި ސިޔާސަތުތައް އޮތީ އެ ޕާޓީގައި ކަމަށް ގަބޫލުކުރައްވާތީ ކަމަށް އޭނާ ވަނީ ހާމަކުރައްވާފަ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 2 އެޕްރީލު 2026 | ބުރާސްފަތި 13:13
ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ހެންވޭރު މެދު ދާއިރާގެ ސްޓިއަރިން ކޮމިޓީގެ ރައީސް، މިރްޒާ ޝިޔާމް އެމްޑީޕީ އާއި ގުޅިވަޑައިގަތީ ބުރާސްފަތި ދުވަހު ބޭއްވި އެމްޑީޕީގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން. 04.02.2026

ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ހެންވޭރު މެދު ދާއިރާގެ ސްޓިއަރިން ކޮމިޓީގެ ރައީސް، މިރްޒާ ޝިޔާމް އެމްޑީޕީ އާއި ގުޅިވަޑައިގަތީ ބުރާސްފަތި ދުވަހު ބޭއްވި އެމްޑީޕީގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން. 04.02.2026 | ރާއްޖެ އެމްވީ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ މެދު ހެންވޭރު ދާއިރާގެ ސްޓިއަރިން ކޮމިޓީގެ ރައީސް، މިރްޒާ ޝިޔާމް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ އާއި ގުޅިވަޑައިގަންނަވައިފި އެވެ.

އޭނާ އެމްޑީޕީ އާއި ގުޅިވަޑައިގަންނަވާފައި ވަނީ ބުރާސްފަތި ދުވަހު އެމްޑީޕީ އިން ބޭއްވި މާފަންނު ދެކުނު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިންނެވެ.

Advertisement - newsAdvertisement

މިރްޒާ އަށް އެމްޑީޕީ އަށް މަރުޙަބާ ދެންނެވުމަށް ފަހު ރާއްޖެ އެމްވީ އަށް ދެއްވި ބަސްތީގަތުމެއްގައި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ މިފަދަ ހައްސާސް ދަނޑިވަޅެއްގައި ޕީއެންސީގެ އިސް ފަރާތްތަކުން އެމްޑީޕީ އާއި ގުޅުމަކީ ވަރަށް ރަނގަޅު ފާލެއް ކަމަށެވެ. އެކަމުގެ ސަބަބުން ކައުންސިލް އިންތިޚާބަށް މަސައްކަތް ކުރާ އެމްޑީޕީގެ ޓީމަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

"މި އެނގިގެން ދަނީ ޕީއެންސީގެ ނެތްކަން އެއްވެސް ވަރަކަށް ސިޔާސަތެއް. ކުރިއަށް އޮތްތަނުގައި ވެސް އަޅުގަނޑުމެންނަށް ފެނިގެން ދާނީ މިފަދައިން އެމްޑީޕީ އިތުރަށް ވަރުގަދަވެ ގަދަވެގެން ދާތަން." ރައީސް ސޯލިހު ވިދާޅުވި އެވެ. 

މާލޭގެ މޭޔަރ އަދި މޭޔަރ ކެނޑިޑޭޓް އާދަމް އާޒިމް ވިދާޅުވީ މިރްޒާ އެމްޑީޕީ އާއި ގުޅުމަކީ މި ދަނޑިވަޅުގައި ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ޕީއެންސީގެ އިސް އިތުރު ފަރާތްތަކުން އެމްޑީޕީ އާއި ގުޅެމުންދާނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމަށް އާޒިމް ވިދާޅުވި އެވެ.

މިރްޒާ ރާއްޖެއެމްވީ އަށް ވިދާޅުވީ އެމްޑީޕީ އާއި ގުޅިވަޑައިގަތީ އެއީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ޤަބޫލުކުރައްވާތީ ކަމަށެވެ. އަދި ދެ އިންތިޚާބު އެއްކޮށްލުމަށް ނޫނެކޭ ބުނެ، ކުރިއަށް އޮތް ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިޚާބުގައި އެމްޑީޕީގެ ކެނޑިޑޭޓުންނަށް ވޯޓުދިނުމަށް އާއްމުންގެ ކިބައިން އޭނާ ވަނީ އެދިވަޑައިގަންނަވާފަ އެވެ.

ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސްމިރްޒާ ޝިޔާމްއެމްޑީޕީއިބްރާހިމް މުހައްމަދު ސޯލިހުއާދަމް އާޒިމްމާފަންނު ދެކުނު

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޅުދުއްފުށީގެ އެއާރޕޯޓް ސަރަހައްދުގެ ގޯތިތައް އިމާރާތްކުރުމަށް ދިމާވެފައިވާ މައްސަލައަށް ރިލޮކޭޝަން ޕްލޭނެއް އެކުލަވާލާނަން: ރޯޒޭ

ކުޅުދުއްފުށީގެ އެއާރޕޯޓް ސަރަހައްދުގެ ގޯތިތައް އިމާރާތްކުރުމަށް ދިމާވެފައިވާ މައްސަލައަށް ރިލޮކޭޝަން ޕްލޭނެއް އެކުލަވާލާނަން: ރޯޒޭ

02 އެޕްރީލު 2026
އިންތިޚާބާއި ދިމާކޮށް އެމްޑީޕީގައި އުފެދިފައި އޮތީ ވަރަށް ރަނގަޅު ވައިބެއް: ރައީސް ސޯލިިިހް

އިންތިޚާބާއި ދިމާކޮށް އެމްޑީޕީގައި އުފެދިފައި އޮތީ ވަރަށް ރަނގަޅު ވައިބެއް: ރައީސް ސޯލިިިހް

02 އެޕްރީލު 2026
ރެފަރަންޑަމަށް ނޫނެކޭ ބުނަން ޖެހެނީ ނޯތު ކޮރެއާ ސްޓައިލްގައި، ކިމް ޖޮން އުން ހެދިގެން މުއިއްޒު ހުދުމުހުތާރު ވެރިކަމެއް ކުރަން އުޅޭތީ: އަމީރު

ރެފަރަންޑަމަށް ނޫނެކޭ ބުނަން ޖެހެނީ ނޯތު ކޮރެއާ ސްޓައިލްގައި، ކިމް ޖޮން އުން ހެދިގެން މުއިއްޒު ހުދުމުހުތާރު ވެރިކަމެއް ކުރަން އުޅޭތީ: އަމީރު

02 އެޕްރީލު 2026
އިންތިހާބު ކާމިޔާބުކުރަން ސަރުކާރުން ތެޅިފޮޅެނީ ވޭތުވެދިޔަ 2 އަހަރާއި ބައިގެ ތެރޭގައި ފެއިލްވުމުން: ރައީސް ސޯލިހު

އިންތިހާބު ކާމިޔާބުކުރަން ސަރުކާރުން ތެޅިފޮޅެނީ ވޭތުވެދިޔަ 2 އަހަރާއި ބައިގެ ތެރޭގައި ފެއިލްވުމުން: ރައީސް ސޯލިހު

02 އެޕްރީލު 2026
މުޅި ރާއްޖޭގައި އޮތީ ހާލަތު ބަދަލު ކުރުމުގެ ''ވައިބްސް''، އިންސާފުވެރި އިންތިޚާބުތަކެއް ނޫން ނަމަވެސް ރައްޔިތުން ނުކުމެ ވޯޓުލާން ޖެހޭ: ޝިފާޒު

މުޅި ރާއްޖޭގައި އޮތީ ހާލަތު ބަދަލު ކުރުމުގެ ''ވައިބްސް''، އިންސާފުވެރި އިންތިޚާބުތަކެއް ނޫން ނަމަވެސް ރައްޔިތުން ނުކުމެ ވޯޓުލާން ޖެހޭ: ޝިފާޒު

02 އެޕްރީލު 2026

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު