Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމެޑޯނާ

އަދިވެސް ކުދިން އެޑޮޕްޓް ކުރަން ބޭނުން: މެޑޯނާ

އޭނާ ވަނީ މީގެ ކުރިންވެސް 4 ކުދިން އެޑޮޕްޓްކޮށްފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 20 ސެޕްޓެމްބަރު 2017 | ބުދަ 07:02
މެޑޯނާ

މެޑޯނާ

އަދިވެސް ކުދިން އެޑޮޕްޓް ކުރަން ބޭނުންވާކަމަށް ލަވަކިޔުންތެރިޔާ މެޑޯނާ ބުނެފިއެވެ.

މެޑޯނާ މިހެން ބުނެފައިވާއިރު މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައި މަލާވީން އިތުރު ދެ ކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ އެ ގައުމުގެ ހައިކޯޓުން މެޑޯނާއަށް ދީފައި ވެއެވެ.

އޭނާ ވަނީ މީގެ ކުރިން ވެސް ހަތަރު ކުދިން އެޑޮޕްޓްކޮށްފައެވެ. އޭގެ ތެރެއިން 2006 ވަނަ އަހަރު ޑޭވިޑް އެޑޮޕްޓްކުރިއިރު މާސީ އެޑޮޕްޓްކޮށްފައި ވަނީ 2009 ވަނަ އަހަރުއެވެ.

މެޑޯނާ ބުނެފައިވަނީ އޭނާގެ އުމުރުން ފަސް އަހަރުގައި އޭނާގެ މަންމަ މަރުވެފައިވުމުން އޭނާއަށް މަންމައަކު ނެތްކަމުގެ އިހުސާސް ވާކަމަށެވެ. އެހެންވެ އޭނާ ބޭނުން ވަނީ އޭނާ އެޑޮޕްޓް ކުރާ ކުދިންނަށް މަންމައެއްގެ ލޯބި ދިނުން ކަމަށާއި އެއީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އެހެން ނަމަވެސް އޭނާ އެޑޮޕްޓް ކުރަން ބޭނުންވަނީ ކޮން ގައުމެއްގެ ކުދިން ކަމެއް ބުނެފައެއް ނުވެއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މެޑޯނާއަށް މަލާވީ ކޯޓުން އެޑޮޕްޓް ކުރުމުގެ ހުއްދަ ލިބުމުން އޭނާ ބޭނުންވަނީ މަލާވީން ކުދިން އެޑޮޕްޓް ކުރުމަށެވެ. އެހެން ނަމަވެސް އަދި މެޑޯނާ އެކަމާ މެދު ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.

މިހާތަނަށް އޭނާ ވަނީ 13 އަލްބަމްގެ މަސައްކަތް ކޮށްފައެވެ. އޭނާގެ ކެރިއަރ ފަށާފައިވަނީ 1979 ވަނަ އަހަރުއެވެ.

އޭނާ ކިޔާފައިވާ ލަވަތަކުގެ ތެރޭގައި "ލައިކް އަ ވާޖިން"، ޕާޕާ ޑޯންޓް ޕްރީޗް"، "ލައިކް އަ ޕްރެޔާ" އަދި "ފްރޯޒެން" ހިމެނެއެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2017

ކަރަން ޖޯހަރަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ

06 މާރިޗު 2017
ކަރަން ޖޯހަރަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ
26 ފެބުރުއަރީ 2017

"އިއްތިފާގު" ރިމޭކް ހަދާއިރު ލީޑްރޯލް ކުޅެން ޝާހުރުކް ހާން ބޭނުން، އެކަމަކު އެކަން ވާކަށް ނެތް

26 ފެބުރުއަރީ 2017
"އިއްތިފާގު" ރިމޭކް ހަދާއިރު ލީޑްރޯލް ކުޅެން ޝާހުރުކް ހާން ބޭނުން، އެކަމަކު އެކަން ވާކަށް ނެތް
26 ފެބުރުއަރީ 2017

"އަމާނާތް" ބަލަން ބޭނުންވެފައި ތިބި ފަރާތްތަކަށް އުފާވެރި ޚަބަރެއް

26 ފެބުރުއަރީ 2017
"އަމާނާތް" ބަލަން ބޭނުންވެފައި ތިބި ފަރާތްތަކަށް އުފާވެރި ޚަބަރެއް
21 ފެބުރުއަރީ 2017

މައިކަލް ޖެކްޝަންގެ ތްރިލާރ އަލްބަމް އަދިވެސް އެންމެ ކުރީގައި

21 ފެބުރުއަރީ 2017
މައިކަލް ޖެކްޝަންގެ ތްރިލާރ އަލްބަމް އަދިވެސް އެންމެ ކުރީގައި
18 ފެބުރުއަރީ 2017

އަމާލްއަށް ލިބެން އުޅެނީ ދެ ޖިންސުގެ ދެ ކުދިން!

18 ފެބުރުއަރީ 2017
އަމާލްއަށް ލިބެން އުޅެނީ ދެ ޖިންސުގެ ދެ ކުދިން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު