Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
މައިކަލް ޖެކްސަން

މައިކަލް ޖެކްޝަންގެ ތްރިލާރ އަލްބަމް އަދިވެސް އެންމެ ކުރީގައި

އައި ޓިއުންސްގެ ޓޮޕް 100 ސިންގަލް ޗާޓްގައި މައިކަލް ޖެކްޝަންގެ 41 ލަވަ ހިމެނިފައިވޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2017 | އަންގާރަ 10:41
ވޯލްޑް ގިނަސް ބުކް އޮފް ރެކޯޑްސްގައި މި އަލްބަމް ވަނީ  ވޯލްޑްސް ޓޮޕް ސެލިންގ އަލްބަމްގެ ގޮތުގައި ފާހަގަކޮށްފައި

ވޯލްޑް ގިނަސް ބުކް އޮފް ރެކޯޑްސްގައި މި އަލްބަމް ވަނީ  ވޯލްޑްސް ޓޮޕް ސެލިންގ އަލްބަމްގެ ގޮތުގައި ފާހަގަކޮށްފައި

1958 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު އެމެރިކާގެ ގެރީ އިންޑިއާނާއަށް އުފަން މައިކަލް ޖެކްޝަންއަކީ ތަފާތު ހިތްގައިމު އެތައް ލަވަތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވާ އެމެރިކާގެ ކުޅަދާނަ އެހާމެ މަޤުބޫލް ފަންނާނެކެވެ.

ހައިރާންވާފަދަ ތަފާތު ލަވަތައް ހިމެނޭ އަލްބަމްތައް އޭނާގެ ފޭނުންނަށް ގެނެސްދީފައިވާ މައިކަލް ޖެކްޝަންގެ އެންމެ މަޤްބޫލު އަލްބަމްއަކީ " ތްރިލާ " ނަމަކަށް ކިޔާ އަލްބަމްއެކެވެ. 9 ލަވަ ހިމެނޭ މި އަލްބަމް ރިލީޒްކޮށްފައިވަނީ 1982 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގައެވެ. ބޭބީ ބީ މައިން ، ދަ ލޭޑީ އިން މައި ލައިފް އަދި ބީޓް އިޓް ފަދަ ރީތި ލަވަތައް ހިމެނިފައިވާ މި އަލްބަމަށް ވަނީ ތަފާތު އެކި އެވޯޑްތައް ލިބިފައިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން 1984 ވަނަ އަހަރުގެ ގްރެމީ އެވޯޑް ހަފްލާގައި އަލްބަމް އޮފް ދަ އިޔާ އާއި ބެސްޓް އިންޖީނިއާޑް އަލްބަމްގެ އެވޯޑް މި އަލްބަމަށް ވަނީ ލިބިފައިއެވެ.

މިފަދަ އެވޯޑްތަކާއިއެކު ކުރިއަރަމުން އައި ޕޮޕް ސްޓާރ މައިކަލް ޖެކްޝަންގެ މަރުގެ ޚަބަރާއެކު މުޅި ދުނިޔޭގެ މިއުޒިކަށް ލޯބި ކުރާ އެތައް ބަޔަކާއި ބޭންޑްތަކެއްގެ ހިތްތައް ރޮއްވާލިއެވެ. ގޮތްނޭގޭ ގޮތަކަށް މައިކަލް ޖެކްޝަން މިދުނިޔެއާއި އަލްވަދާޢު ކިޔާފައިވީ ކަމުގައިވިޔަސް ފާހަގަކޮށްލަންޖެހޭކަމަކީ އަދިވެސް މައިކަލް ޖެކްޝަންގެ ހަދާންތައް މީހުންގެ ހިތުން ފޮހެވިގެން ނުދާކަމެވެ.

އެކަން ހާމަވެގެންދާ އެންމެ ބޮޑު އެއް ހެއްކަކީ މައިކަލް ޖެކްޝަންގެ " ތްރިލާ އަލްބަމް "އެވެ. އަދިވެސް އެންމެ ވިކޭ އަދި އެންމެ މީހުން އަޑުއަހާ ލަވަތައް ހިމެނޭ އަލްބަމްގެ ގޮތުގައި މި އަލްބަމް ވާކެމެވެ.

މި އަލްބަމް ރިލީޒްކުރިތާ މިހާރު 35 އަހަރު ވެފައިވާއިރު، މިއަދާ ހަމައަށް މި އަލްބަމްގެ 30 މިލިއަން ކޮފީ ވަނީ ވިކިފައިއެވެ. އެހެންކަމުން މި އަލްބަމްގެ ކާމިޔާބީއާ ގުޅިގެން އެމެރިކާގެ ރެކޯޑިން އިންޑަސްޓްރީ އެސޯސިއޭޝަނުން ވަނީ މި އަލްބަމަށް " ޑައިމަންޑް އެވޯޑް" ދީފައެވެ.

ވޯލްޑް ގިނަސް ބުކް އޮފް ރެކޯޑްސްގައި މި އަލްބަމް ވަނީ ވޯލްޑްސް ޓޮޕް ސެލިންގ އަލްބަމްގެ ގޮތުގައި ވެސް ފާހަގަކޮށްފައިއެވެ.

މައިކަލް ޖެކްޝަން މިދުނިޔެއަށް އަލްވަދާޢު ކީތާ މިއަހަރަށް 7 އަހަރު ވި ކަމުގައިވިޔަސް އައި ޓިއުންސްގެ ޓޮޕް 100 ސިންގަލް ޗާޓްގައި މައިކަލް ޖެކްޝަންގެ 41 ލަވަ ހިމެނިފައިވުން ދޭހަކޮށްދެނީ މިއުޒިކަށް ލޯބިކުރާ މީހުންގެ ހިތްތަކުގައި އަދިވެސް މައިކަލް ޖެކްޝަނަށް ޖެހިފައިވާ ލޯބި ފަނޑުވެގެން ނުދާކަމެވެ.

ހަމައެހެންމެ ވޯލްޑް ގިނަސް ބުކް އޮފް ރެކޯޑްސްގައި ވޯލްޑްސް ޓޮޕް ސެލިންގ އަލްބަމްގެ ގޮތުގައި މި އަލްބަމް ފާހަގަކޮށްފައިވާއިރު،އެންމެ މޮޅު ލަވަކިޔުންތެރިޔާގެ ގޮތުގައި ފާހަގަކޮށްލެވޭ ފަރާތަކީ ވެސް މައިކަލް ޖެކެޝަނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"ގޮއްޔެ" އަލްބަމްގެ ޓްރެއިލާ ލަވަ ފޮށީގައި ރިލީޒް ކޮށްފި

"ގޮއްޔެ" އަލްބަމްގެ ޓްރެއިލާ ލަވަ ފޮށީގައި ރިލީޒް ކޮށްފި

03 ޑިސެމްބަރު 2017
ފިލްމު "2.0" އޯޑިއޯ ލަވަ އަލްބަމް ރިލީޒް ކޮށްފި

ފިލްމު "2.0" އޯޑިއޯ ލަވަ އަލްބަމް ރިލީޒް ކޮށްފި

29 އޮކްޓޯބަރު 2017
 ނިއުމާގެ ފިލްމީ ހަޔާތަށް 23 އަހަރު: ހަދިޔާއަކަށް "ސެލެބްރޭޓިން 20" އަލްބަމް

ނިއުމާގެ ފިލްމީ ހަޔާތަށް 23 އަހަރު: ހަދިޔާއަކަށް "ސެލެބްރޭޓިން 20" އަލްބަމް

25 އޮކްޓޯބަރު 2017
އަދިވެސް ކުދިން އެޑޮޕްޓް ކުރަން ބޭނުން: މެޑޯނާ

އަދިވެސް ކުދިން އެޑޮޕްޓް ކުރަން ބޭނުން: މެޑޯނާ

20 ސެޕްޓެމްބަރު 2017
"މުންނާ މައިކަލް" ރިލީޒްކުރާނީ 21 ޖުލައިގައި

"މުންނާ މައިކަލް" ރިލީޒްކުރާނީ 21 ޖުލައިގައި

05 ޖުލައި 2017

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު