Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުދިވެހި ފިލްމް

"އަމާނާތް" ބަލަން ބޭނުންވެފައި ތިބި ފަރާތްތަކަށް އުފާވެރި ޚަބަރެއް

އަމާނާތުގެ އިތުރު ދެ ޝޯއެއް އެޅުވުން

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 26 ފެބުރުއަރީ 2017 | އާދީއްތަ 09:43
އަމާނާތުގެ ބަތަލާ ޖަމްޝީދާ އަހުމަދު

އަމާނާތުގެ ބަތަލާ ޖަމްޝީދާ އަހުމަދު

ދިވެހި ފިލްމު "އަމާނާތް" 19 އަހަރަށް ފަހު މިދިޔަ ފެބްރުއަރީ 14 ގައި އޮލިމްޕަހުގައި އެޅުވުމާއެކު އެ ފިލްމަށް ވަނީ ގިނަ ބައެއްގެ މަގްބޫލުކަން ލިބިފައެވެ.

އަނެއްކާ ވެސް "އަމާނާތް" ބަލަން ބޭނުންވެފައި ތިބި ފަރާތްތަކަށް ފިލްމުގެ ޕްރޮޑިއުސަރ މުހައްމަދު ނިޔާޒް (ޓެޑްރީ) މިވަނީ އުފާވެރި ޚަބަރެއް ދީފިއެވެ.

މިހިނގާ ފެބްރުއައީ 14 އިން 18 އަށް އޮލިމްފަހުގއި ކާމިޔާބު ފަސް ޝޯ ދައްކާ ނިންމާލާފައި ވީނަމަވެސް އަދިވެސް ގިނަ ބައެއްގެ އެދުމުގެ މަތިން މި މަހުގެ 28 އަދި އަންނަ މާރޗް 1 ގައި ޝްވެކް ސިނަމާގައި ދެ ޝޯ އެޅުވުމަށް މިވަނީ ނިންމާފައެވެ.

މީގެ އިތުރުން ގިނަ ބައެއްގެ އެދުމުގެ މަތިން އަތޮޅު ތެރޭގައި ވެސް މި ފިލްމް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ފިލްމް އެވޯޑްސްގައި 12 އެވޯޑް ލިބިފައިވާ އެޓާނަލް ޕިކްޗާރަސްގެ މި ފިލްމަކީ ހިންދީ ފިލްމު މައުސޫމް އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.

މަހުދީ އަހުމަދު ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގެ ލަވަތައް އަދިވެސް ދަނީ ދިވެހިންގެ ތެރޭގައި މަގުބޫލުކަން ހޯދަމުންނެވެ.

އެގޮތުން " އޯގާވެރިވޭ ލޯބިވާ" މިލަވައަކީ ފަނޑުވުމެއްނެތި އަދިވެސް ބެލުންތެރިންގެ މެދުގައި މަގްބޫލުކަން ހޯދަމުން އަންނަ އެއްލަވައެވެ.

މާލެއާއި އައްޑޫ ސިޓީގައި ޝޫޓް ކޮށްފައިވާ މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ ދިވެހި ފިލްމު "ދެރިޔާ" އިން ވިދާލި އަލީ ހާލިދާއި ޖަމްޝީދާ އަހުމަދު އަދި ފާތިމަތު ރަމީޒާ އެވެ.

މި ފިލްމަކީ ޝޭކަރު ކަޕޫރު 1983 ގައި ޑައިރެކްޓް ކުރި ހިންދީ ފިލްމު މައުސޫމް އަސްލަކަށް ބަލައިގެން ތައްޔާރު ކޮށްފައިވާ ފިލްމެކެވެ.

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2018

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 50 ވީލްޗެއަރ ޝާހްރުކު ޚާން ހަދިޔާކޮށްފި

05 ޑިސެމްބަރު 2018
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 50 ވީލްޗެއަރ ޝާހްރުކު ޚާން ހަދިޔާކޮށްފި
06 ނޮވެމްބަރު 2018

ކެންސަރު ބައްޔާއި ހަނގުރާމަކުރާ ފަރާތްތަކަށް ތައްޔަރުކުރި 'އާފެށުން' ލަވަޔަށް ބޮޑު ތަރުހީބެއް!

06 ނޮވެމްބަރު 2018
ކެންސަރު ބައްޔާއި ހަނގުރާމަކުރާ ފަރާތްތަކަށް ތައްޔަރުކުރި 'އާފެށުން' ލަވަޔަށް ބޮޑު ތަރުހީބެއް!
14 ޖޫން 2018

ވޯލްޑްކަޕް ބަލަން އަންނަ ބޭރުމީހުންނާ ޖިންސީގުޅުން ނުހިންގުމަށް ރަޝިއާ ރައްޔިތުންގެ ކިބައިން އެދެފި

14 ޖޫން 2018
ވޯލްޑްކަޕް ބަލަން އަންނަ ބޭރުމީހުންނާ ޖިންސީގުޅުން ނުހިންގުމަށް ރަޝިއާ ރައްޔިތުންގެ ކިބައިން އެދެފި
19 އެޕްރީލު 2018

ދުވަހަކުވެސް އަބީޝެކްގެ ފޯނެއް ސިއްރުން ނުބަލަން: އައިޝްވަރިޔާ

19 އެޕްރީލު 2018
ދުވަހަކުވެސް އަބީޝެކްގެ ފޯނެއް ސިއްރުން ނުބަލަން: އައިޝްވަރިޔާ
26 މާރިޗު 2018

ވިލް ސްމިތު މައާމީގައި: އަލްޓްރާ މިއުޒިކް ފެސްޓިވަލް 2018 ބަލަން ދިޔަ ފަރާތްތަކަށް 'ސަޕްރައިޒް'އެއް

26 މާރިޗު 2018
ވިލް ސްމިތު މައާމީގައި: އަލްޓްރާ މިއުޒިކް ފެސްޓިވަލް 2018 ބަލަން ދިޔަ ފަރާތްތަކަށް 'ސަޕްރައިޒް'އެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު