Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެންޓި ކޮރަޕްޝަން ކޮމިޝަން

އޭސީސީގެ ރައީސް ޝާމިލް އިސްތިއުފާއަށް ގޮވާލައި، އެކޮމިޝަންގެ ތެރޭގައި އެމްޑީޕީން މުޒާހަރާ ކޮށްފި

1 އެޕްރީލު 2026 | ބުދަ 10:56

ކުރިއަށް އޮތް އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުން ފާޅުގައި ރިޝްވަތު ބަހަމުންދާއިރު، އޭސީސީން އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް ބުނެ އެކޮމިޝަންގެ ތެރޭގައި އެމްޑީޕީގެ މެންބަރުން ވަނީ އަޑު އުފުލާފައި. އެ ޕާޓީން ތުހުމަތުކުރާ ގޮތުގައި މިނިވަން މުއައްސަސާތައް ސަރުކާރުގެ ނުފޫޒުގެ ދަށުވެފައިވާތީ، އިންތިޚާބާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި ކޮމިޝަން ވަނީ ނުކުޅެދިފައި. އެހެންކަމުން ދައުލަތުގެ މުއައްސަސާތަކުގެ މިނިވަންކަން ކަށަވަރުކުރުމަށް އޭސީސީގެ ރައީސް މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލާފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 1 އެޕްރީލު 2026 | ބުދަ 10:56
އޭސީސީގެ ރައީސް ޝާމިލް އިސްތިއުފާއަށް ގޮވާލައި، އެކޮމިޝަންގެ ތެރޭގައި އެމްޑީޕީން މުޒާހަރާ ކުރަނީ.

އޭސީސީގެ ރައީސް ޝާމިލް އިސްތިއުފާއަށް ގޮވާލައި، އެކޮމިޝަންގެ ތެރޭގައި އެމްޑީޕީން މުޒާހަރާ ކުރަނީ. | އެމްޑީޕީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލްގެ އިސްތިއުފާއަށް ގޮވާލައި، އެކޮމިޝަންގެ ތެރޭގައި އެމްޑީޕީން މުޒާހަރާ ކޮށްފި އެވެ. 

ބުދަ ދުވަހުގެ ހެނދުނު 10:45 ހާއިރު އެމްޑީޕީގެ އިސްބޭފުޅުންނާއި، އެޕާޓީގެ މެންބަރުން ވަނީ އޭސީސީ އަށް އެއްވެ އަޑު އުފުލާފަ އެވެ. އަދި ކޮމިޝަންގެ ރައީސް ޝާމިލްގެ އިސްތިއުފާއަށް ގޮވާލަފައިވެ އެވެ.

Advertisement - newsAdvertisement

އެމްޑީޕީން ބުނީ، އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ  ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބާ ގުޅިގެން ސަރުކާރުން ފާޅުގައި ރިޝްވަތު ބަހަމުންދާ ކަމަށެވެ.

އެގޮތުން މުސާރަ ބޮޑުކޮށް، ޕްރޮމޯޝަންތައް ދިނުމާއި، ވަޒީފާތައް ބެހުމުގެ އިތުރުން ހައުސިން މަޝްރޫއުތަކުގެ ކުލި ކުޑަ ކުރަމުންދަނީ ސީދާ އިންތިޚާބާ ގުޅިގެން ކަމަށެވެ. އަދި ފާޅުކަން ބޮޑު ގޮތެއްގައި ރިޝްވަތު ބަހަމުންދާއިރު، އޭސީސީ ކޯމާއެއްގައި އޮތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އެމްޑީޕީން ބުނެ އެވެ. 

މިހާތަނަށް އިންތިޚާބުތަކާ ގުޅިގެން ގިނަ މައްސަލަތައް އޭސީސީއަށް ހުށަހަޅާފައިވާކަން ފާހަގަކޮށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަބްދުﷲ ރަޝީދު ހަސަން ވިދާޅުވީ އެއްވެސް މައްސަލައަކަށް ޖަވާބުދީފައިނުވާ ކަމަށެވެ. އަދި ރަސްމީކޮށް ކޮމިޝަނަށް މައްސަލަ ހުށަނޭޅި ނަމަވެސް އިންތިޚާބާ ގުޅިގެން ސަރުކާރުން ހިންގާ ކޮރަޕްޝަންގެ މައްސަލަތައް އޭސީސީން ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް މުޅި މިތަން މިއޮތީ މިތަނުގައި ތިއްބެވި ވެރިން ވެސް މިތިބީ ޒިންމާދާރު ވެރިން މިތިބީ ރައީސް މުއިއްޒުގެ ކޮންޓްރޯލްގެ ދަށުގައި. މިތަނުގެ ރައީސް އަކީ ރައީސް މުއިއްޒު އައްޔަންކުރައްވާ ބޭފުޅެއް. އެހެންވީމަ މިވާގޮތަކީ މިތަނުން އެއްވެސް މައްސަލައެއް ނުވެސް ބަލާ. ހުރިހާ ކަމެއް މިއޮތީ ހުއްޓިފައި. 
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން އަބްދުﷲ ރަޝީދު ހަސަން 

މީގެ އިތުރުން އެމްޑީޕީން ވަނީ މިސަރުކާރުން ދައުލަތެއްގެ ސިފަ ނަގާލާފައިވާ ކަމަށް ބުނެ ކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. 

އެމްޑީޕީން ބުނީ، ރާއްޖޭގެ މިނިވަން މުއައްސަސާތައް މިނިވަންކަމާއެކު މަސައްކަތް ކުރާނަމަ އޭސީސީގައި މިއަދު މުޒާހަރާ ކުރަން ނުޖެހޭ ކަމަށެވެ. އަދި މިމަހުގެ 4 ގައި ބާއްވާ އިންތިޚާބުތަކުގައި މިސަރުކާރަށް ނޫނެކޭ ބުނަން ޖެހޭ ކަމަށާއި، ރިފެރެންޑަމް އިންތިޚާބުގައި ސަރުކާރު ބަލި ކުރެވިއްޖެ ނަމަ ރަނގަޅު ހާލަތަށް ގައުމު މިސްރާބު ޖަހާނެ ކަމަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންއާދަމް ޝާމިލްއެމްޑީޕީލޯކަލް ކައުންސިލް އިންތިޚާބު 2026

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

01 އެޕްރީލު 2026

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ އިންތިޚާބުތަކުގައި ކޮންމެ މީހަކަށްވެސް 3 ކަރުދާސްކޮޅު ދޫކުރާނެ: އީސީ

01 އެޕްރީލު 2026
އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ އިންތިޚާބުތަކުގައި ކޮންމެ މީހަކަށްވެސް 3 ކަރުދާސްކޮޅު ދޫކުރާނެ: އީސީ
01 އެޕްރީލު 2026

ރިފެރެންޑަމް އިންތިޚާބަކީ މިސަރުކާރުން އީސީގެ މައްޗަށް މަޖުބޫރު ކޮށްގެން ބާއްވާ އިންތިޚާބެއް: ނިޔާޒު

01 އެޕްރީލު 2026
ރިފެރެންޑަމް އިންތިޚާބަކީ މިސަރުކާރުން އީސީގެ މައްޗަށް މަޖުބޫރު ކޮށްގެން ބާއްވާ އިންތިޚާބެއް: ނިޔާޒު
01 އެޕްރީލު 2026

އިންތިހާބުތަކަށް ތިން ދުވަހަށް ވެފައި ވަނިކޮށް ގިނަ އަދަދެއްގެ ފުލުހުންގެ މުސާރަ ބޮޑުވީ އިއްތިފާގަކުން: ފުލުހުން

01 އެޕްރީލު 2026
 އިންތިހާބުތަކަށް ތިން ދުވަހަށް ވެފައި ވަނިކޮށް ގިނަ އަދަދެއްގެ ފުލުހުންގެ މުސާރަ ބޮޑުވީ އިއްތިފާގަކުން: ފުލުހުން
31 މާރިޗު 2026

އެމްޑީޕީގެ ޖަލްސާ ކުރިއަށްދަނިކޮށް މާފަންނުން ކަރަންޓު ކަނޑާލައިފި، ސްޓެލްކޯ އިން ބުނީ ޓެކްނިލަކް މައްސަލަ އެއް ކަމަށް.

31 މާރިޗު 2026
އެމްޑީޕީގެ ޖަލްސާ ކުރިއަށްދަނިކޮށް މާފަންނުން ކަރަންޓު ކަނޑާލައިފި، ސްޓެލްކޯ އިން ބުނީ ޓެކްނިލަކް މައްސަލަ އެއް ކަމަށް.
31 މާރިޗު 2026

"ކުޅުދުއްފުށި ސިޓީ ތިލަފަތަށް" ޖަލްސާ ގައި ސަރުކާރުގެ "ދޫންޏަށް" ރައްޔިތުން ދިނީ ވަރުގަދަ މެސެޖެއް

31 މާރިޗު 2026
"ކުޅުދުއްފުށި ސިޓީ ތިލަފަތަށް" ޖަލްސާ ގައި ސަރުކާރުގެ "ދޫންޏަށް" ރައްޔިތުން ދިނީ ވަރުގަދަ މެސެޖެއް
31 މާރިޗު 2026

އިންތިހާބުގެ ސިއްރުކަން ގެއްލުވާލަން އީސީ އިން ދަނީ ރާވަމުން: ހުސްނުއްސުޢޫދު

31 މާރިޗު 2026
އިންތިހާބުގެ ސިއްރުކަން ގެއްލުވާލަން އީސީ އިން ދަނީ ރާވަމުން: ހުސްނުއްސުޢޫދު
31 މާރިޗު 2026

ކޯޓުގެ ރަޖިސްޓްރާ އެދުނީ ނުހިނގާ ކަމެއް ސާބިތު ކޮށްދިނުމަށް، އެކަން ފާހަގަ ކުރެވުނީ ގާނޫނީ ކަމަކަށް ވުރެ ބޮޑަށް ހެއްވާ ކަމެއްގެ ގޮތުގައި: މައުރޫފް

31 މާރިޗު 2026
ކޯޓުގެ ރަޖިސްޓްރާ އެދުނީ ނުހިނގާ ކަމެއް ސާބިތު ކޮށްދިނުމަށް، އެކަން ފާހަގަ ކުރެވުނީ ގާނޫނީ ކަމަކަށް ވުރެ ބޮޑަށް ހެއްވާ ކަމެއްގެ ގޮތުގައި: މައުރޫފް
31 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓަކީ ލާމަރުކަޒީ ނިޒާމު ރޫޅާލައި، ރައްޔިތުންނަށް ބަސްބުނުމާއި ގޮތްކިޔުމުގެ ބާރު ނައްތާލުމަށްޓަކައި ނަގާ ވޯޓެއް: ސޯލިހު

31 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓަކީ ލާމަރުކަޒީ ނިޒާމު ރޫޅާލައި، ރައްޔިތުންނަށް ބަސްބުނުމާއި ގޮތްކިޔުމުގެ ބާރު ނައްތާލުމަށްޓަކައި ނަގާ ވޯޓެއް: ސޯލިހު
31 މާރިޗު 2026

ފަލާހު އާއްމުންނަށް ރިޝްވަތު ހުށަހެޅުމާއި، ހޯރަފުށީގައި ބޭއްވި ޖަލްސާ އަށް އުސޫލުން ބޭރުން އާރްޓީއެލް ފެރީ ބޭނުން ކުރި މައްސަލަ އީސީ އާއި އޭސީސީ އަށް ހުށަހަޅައިފި

31 މާރިޗު 2026
ފަލާހު އާއްމުންނަށް ރިޝްވަތު ހުށަހެޅުމާއި، ހޯރަފުށީގައި ބޭއްވި ޖަލްސާ އަށް އުސޫލުން ބޭރުން އާރްޓީއެލް ފެރީ ބޭނުން ކުރި މައްސަލަ އީސީ އާއި އޭސީސީ އަށް ހުށަހަޅައިފި
31 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓު ކާމިޔާބުކޮށް ރައްޔިތުން ސަލާން ޖަހަން މުލިއާގެއަށް ދާންޖެހޭ ހިސާބަށް ކަންކަން ދާނެ: އާޒިމް

31 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓު ކާމިޔާބުކޮށް ރައްޔިތުން ސަލާން ޖަހަން މުލިއާގެއަށް ދާންޖެހޭ ހިސާބަށް ކަންކަން ދާނެ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް