Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިސްލާމިކް މިނިސްޓްރީ

މާލެ ސަރަހައްދުގެ 35 މިސްކިތެއްގައި ދަމުނަމާދު ކުރާނެ: އިސްލާމިކް މިނިސްޓްރީ

މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައިގައި މާލެ ސަރަހައްދުގެ 35 މިސްކިތެއްގައި ދަމުނަމާދު ކުރުމަށާއި، 25 މިސްކިތެއްގައި އިއުތިކާފަށް ތިބުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސާފައި. މީގެ ތެރޭގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މިސްކިތްތައް ހިމެނޭއިރު، މިއީ ރަމަޟާން މަހުގެ ފަހު ދިހައިގެ މަތިވެރި ސަވާބާއި ދަރުމަ ހޯދުމަށް މަގުފަހިކޮށްދިނުމަށް ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ އިންތިޒާމެއް.

އަމްނާ އިމާދު
އަމްނާ އިމާދު | 8 މާރިޗު 2026 | އާދީއްތަ 12:37
އިސްލާމީ މަރުކަޒުގައި ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން.

އިސްލާމީ މަރުކަޒުގައި ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން. | އިސްލާމިކް މިނިސްޓްރީ

މި ރަމަޟާން މަހުގެ ފަހު ދިހައިގައި ދަމުނަމާދު ކުރުމާއި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް ކަނޑައަޅައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، 1447 ވަނަ އަހަރުގެ ރަމްޟާންމަހުގެ ފަހުދިހައިގައި މާލެ ސަރަހައްދުގެ 35 މިސްކިތެއްގައި ދަމު ނަމާދު ކުރާނެ ކަމަށެވެ. އަދި އިއުތިކާފަށް އިނުމަށް 25 މިސްކިތެއް ހަމަޖައްސާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ، ދަމު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ 21 މިސްކިތާއި، ހުޅުމާލޭ ފޭސް-1ގެ 6 މިސްކިތާއި، ހުޅުމާލޭ ފޭސް-2 ގެ 5 މިސްކިތެއްގެ އިތުރުން ވިލިމާލޭގެ 03 މިސްކިތެއްގައި ކަމަށެވެ. 

މީގެ އިތުރުން އިއުތިކާފަށް ތިބުމަށް މާލޭގެ 16 މިސްކިތެއް ހަމަޖައްސާފައިވާއިރު، ހުޅުމާލެ ފޭސް-1 ގެ 5 މިސްކިތް، ހުޅުމާލެ ފޭސް-2 އަކުން 3 މިސްކިތް ހަމަޖައްސާފައިވެ އެވެ. އަދި ވިލިމާލޭގައި 1 މިސްކިތް ހަމަޖައްސާފައިވެ އެވެ.

ކޮންމެ ރޯދަމަހެއްގެ ވެސް ފަހު 10 އާ ދިމާކޮށް، އިސްލާމިކް މިނިސްޓްރީން ދަމުނަމާދު ކުރުމާއި، އިއުތިކާފަށް ތިބޭ މިސްކިތްތައް ކަނޑައަޅައެވެ. 

ދަމުނަމާދަކީ، އިޝާނަމާދަށް ފަހު ކިތަންމެ ކުޑަ ހިނދުކޮޅަކު ނަމަވެސް ނިދާލުމަށްފަހު ތެދުވެ، ފަތިސްވަގުތުގެ ކުރިން ދެރަކުޢަތުން، ދެރަކުއަތުން ސަލާމްދެމުން ކުރާ ނަމާދެކެވެ. މިއީ ގަދަވެގެންވާ ސުންނަތް ނަމާދެކެވެ.

ދަމު ނަމާދަކީ ހަމައެކަނި ރަމަޟާންމަހު ނުވަތަ ރަމަޟާން މަހުގެ ފަހުދިހައިގައި ކުރާ ނަމާދެއް ނޫނެވެ. އެހެނަނަމަވެސް ރަމަޟާން މަހަކީ މަތިވެރި މައްސަރަކަށްވެފައި، ރަމަޟާން މަހުގެ އަޅުކަމުގެ ސަވާބާއި ދަރުމަ އިތުރުކަމާއެކު ރަމަޟާންމަހު ދަމުނަމާދުކުރުމަށް މުސްލިމުން ދޭ ސަމާލުކަން އިތުރުކުރެ އެވެ.

ކޮންމެ ރޯދަމަހެއްގެ ވެސް ފަހު ދިހައިގައި ރަސޫލުﷲ صلى الله عليه و سلم އިޢްތިކާފަށް އިންނަވާ ކަމަށް ޘާބިތުވެފައިވެއެވެ. ހަމައެހެންމެ، އެކަލޭގެފާނުގެ އެންމެ ފަހު ރޯދަމަހުގައި ވިހި ދުވަހު އިޢްތިކާފު ކުރެއްވިކަމަށްވެ އެވެ.

އިސްލާމިކް މިނިސްޓްރީހުޅުމާލެ ދަމުނަމާދު

އިތުރަށް ކިޔާލަން

08 މާރިޗު 2026

ރަމަޟާން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

08 މާރިޗު 2026
ރަމަޟާން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ
07 މާރިޗު 2026

ހައިވޭ ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 2 މީހަކަށް އަނިޔާ ވެއްޖެ

07 މާރިޗު 2026
ހައިވޭ ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 2 މީހަކަށް އަނިޔާ ވެއްޖެ
05 މާރިޗު 2026

110 މީހުންގެ އުމްރާ ދަތުރު ކެންސަލްކުރި މައްސަލައިގައި އަލް އަބްރާރު ކުންފުނީގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި

05 މާރިޗު 2026
110 މީހުންގެ އުމްރާ ދަތުރު ކެންސަލްކުރި މައްސަލައިގައި އަލް އަބްރާރު ކުންފުނީގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި
05 މާރިޗު 2026

ބިމުގެ ސްލޮޓްތައް ކުއްޔަށް ދީގެން އެފްއޭއެމްއަށް ލިބެންޖެހޭ 29.5 މިލިއަން ރުފިޔާ ގެއްލިފައިވޭ: އޮޑިޓް

05 މާރިޗު 2026
ބިމުގެ ސްލޮޓްތައް ކުއްޔަށް ދީގެން އެފްއޭއެމްއަށް ލިބެންޖެހޭ 29.5 މިލިއަން ރުފިޔާ ގެއްލިފައިވޭ: އޮޑިޓް
04 މާރިޗު 2026

އަލް އަބްރާރް ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިއުމަށް ފައިސާ ދެއްކި 110 މީހުންގެ ދަތުރު ފަހުވަގުތު ކެންސަލް ކުރި މައްސަލަ ފުލުހުންނާއި، އިސްލާމިކް މިނިސްޓްރީން ތަހުގީގު ކުރަނީ

04 މާރިޗު 2026
އަލް އަބްރާރް ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިއުމަށް ފައިސާ ދެއްކި 110 މީހުންގެ ދަތުރު ފަހުވަގުތު ކެންސަލް ކުރި މައްސަލަ ފުލުހުންނާއި، އިސްލާމިކް މިނިސްޓްރީން ތަހުގީގު ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު