Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިސްލާމިކް މިނިސްޓްރީ

ސައުދީން ރާއްޖެއަށް ހަދިޔާކުރި 15 ޓަނުގެ ކަދުރު އާއްމު ރައްޔިތުންނަށް ނުދީ، މުއައްސަސާތަކަށް ބަހާލައިފި

ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީން ރާއްޖެއަށް ހަދިޔާކުރި 15 ޓަނުގެ ކަދުރު އެކި މުއައްސަސާތަކަށް ވަނީ ބަހާފައި. މިނިސްޓްރީ ބުނީ 15 ޓަނުގެ ކަދުރު މުއައްސަސާތަކަށް ދިން ނަމަވެސް އިތުރު 50 ޓަނުގެ ކަދުރު ރާއްޖެއަށް ލިބޭނެ ކަމަށާއި، އެ ކަދުރު އާއްމު ރައްޔިތުންނަށް ހަދިޔާ ކުރާނެ ކަމަށް. މިއަހަރު ކަދުރު ނުލިބޭތީ ގިނަ ރައްޔިތުން ދަނީ އެކަމާމެދު ސުވާލު ވެސް އުފައްދަމުން.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 18 މާރިޗު 2026 | ބުދަ 06:50
ސައުދީން ރާއްޖެއަށް ހަދިޔާކުރި 15 ޓަނުގެ ކަދުރު މުއައްސަސާތަކަށް ބަހާލަނީ.

ސައުދީން ރާއްޖެއަށް ހަދިޔާކުރި 15 ޓަނުގެ ކަދުރު މުއައްސަސާތަކަށް ބަހާލަނީ. | އިސްލާމިކް މިނިސްޓްރީ

ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް، ''ދައުވާ އެންޑް ގައިޑެންސް''އިން އިސްލާމިކް މިނިސްޓްރީއަށް ހަދިޔާކުރި 15 ޓަނުގެ ކަދުރު އާއްމު ރައްޔިތުންނަށް ނުދީ މުއައްސަސާތަކަށް ބަހާލައިފި އެވެ. 

އިސްލާމިކް މިނިސްޓްރީއަށް 15 ޓަނުގެ ކަދުރު ހަދިޔާ ކޮށްފައިވަނީ 23 ފެބްރުއަރީ 2026 ގައި މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. ކަދުރު މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލް ގަހްތާނީ އެވެ. މިނިސްޓްރީގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

Advertisement - newsAdvertisement

އޭގެފަހުން 15 މާޗް 2026 ގައި ސައުދީން ހަދިޔާކުރި ކަދުރު އެކި މުއައްސަސާތަކަށް ބެހިކަން މިނިސްޓްރީން އިއުލާން ކުރި އެވެ. 

އިސްލާމިކް މިނިސްޓްރީން ބުނީ، ސައުދީން ހަދިޔާކުރި ކަދުރު، އެކި މުއައްސަސާތަކަށާއި، ކޮލެޖުތަކަށާއި ދީނީ ދާއިރާގެ އެކި ތަންތަނަށް ބަހާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައިނުވެ އެވެ. އެހެންކަމުން ކަދުރު ދީފައިވަނީ ކޮން ތަންތަނަކަށް ކަމެއް ނޭނގެ އެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ކުރިން ސައުދީ ސަރުކާރުން ދޭ ކަދުރު ރާއްޖެ އަށް ލިބޭއިރު، ކަދުރު ނުލިބޭ މައްސަލައާ ގުޅިގެން ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގެ ތެރެއިން 19 ފެބުރުއަރީ 2026 ގައި މިނިސްޓްރީއަށް ގުޅުމުން އެ މިނިސްޓްރީގެ މުވައްޒަފެއް ބުނީ ސައުދީ ސަރުކާރުން ކޮންމެ އަހަރަކު ރަމަޟާން މަހާ ދިމާކޮށް ހަދިޔާ ކުރާ ކަދުރު މިއަހަރު ނުލިބޭ ކަމަށާއި، އެ ކަދުރު ލިބުމާއެކު އުސޫލުގެ ތެރެއިން ބަހާނެ ކަމަށެވެ. އަދި ކަދުރު ލިބޭނީ މިމަހުގެ ފަހު ކޮޅު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމުވައްޒަފު ބުންޏެވެ.

އޭގެ 3 ދުވަސް ފަހުން މިނިސްޓްރީއަށް 15 ޓަނުގެ ކަދުރު ހަދިޔާކުރިއިރު، އެކަން މިނިސްޓްރީގެ މީޑިއާ ގުރޫޕްގައި ވެސް ހާމަ ކޮށްފައިނުވެ އެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީން މީޑިއާތަކަށް ޚާއްސަކޮށްފައިވާ ވަޓްސްއަޕް ގުރޫޕްގައި، މިނިސްޓްރީން ހާމަކުރަން ބޭނުންވާ ހުރިހާ މައުލޫމާތެއް އަބަދުވެސް ހާމަކުރަމުންދާކަން ފާހަގަކުރެވެ އެވެ.

މި މައުލޫމާތުތައް ހާމަނުކުރި ސަބަބު އިސްލާމިކް މިނިސްޓްރީން ހަމަ ނުކުރި ނަމަވެސް، މިނިސްޓްރީން ބުނީ 15 ޓަނުގެ ކަދުރު މުއައްސަސާތަކަށް ދިން ނަމަވެސް އިތުރު 50 ޓަނުގެ ކަދުރު ރާއްޖެއަށް ލިބޭނެ ކަމަށާއި، އެ ކަދުރު އާއްމު ރައްޔިތުންނަށް ހަދިޔާ ކުރާނެ ކަމަށެވެ. މިޝިޕްމެންޓް ލިބުމާއެކު، މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކަށް ވެސް ކަދުރު ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. 

މިއަހަރު ކަދުރު ނުލިބޭތީ ގިނަ ރައްޔިތުން ދަނީ އެކަމާމެދު ސުވާލު އުފައްދަމުންނެވެ.

މިދިޔަ އަހަރުގެ ރަމަޟާން މަހު ވެސް ސައުދީ ސަރުކާރުން ވަނީ ރާއްޖެއަށް 50 ޓަނުގެ ކަދުރު އަދި ސައުދީގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ދައުވާ އެންޑް ގައިޑެންސްއިން ރާއްޖެއަށް 10 ޓަނުގެ ކަދުރު ހަދިޔާކޮށްފަ އެވެ. އަދި ރަމަޟާން މަސް އައުމުގެ ކުރިން ކަދުރު ގޭބިސީތަކަށް ދޫކޮށްފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީސައުދީ-ރާއްޖެކަދުރު

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެސިޓީގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަނީ!

މާލެސިޓީގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަނީ!

18 މާރިޗު 2026
އަޅުގަނޑު ހީކުރީ މިސްކިތާ ގުޅުވައިގެން ދޮގު ނުހައްދަވާނެ ކަމަށް، އެކަމަކު އައި ވޯޒް ރޯންގް

އަޅުގަނޑު ހީކުރީ މިސްކިތާ ގުޅުވައިގެން ދޮގު ނުހައްދަވާނެ ކަމަށް، އެކަމަކު އައި ވޯޒް ރޯންގް

11 މާރިޗު 2026
މާލެ ސަރަހައްދުގެ 35 މިސްކިތެއްގައި ދަމުނަމާދު ކުރާނެ: އިސްލާމިކް މިނިސްޓްރީ

މާލެ ސަރަހައްދުގެ 35 މިސްކިތެއްގައި ދަމުނަމާދު ކުރާނެ: އިސްލާމިކް މިނިސްޓްރީ

08 މާރިޗު 2026
ރަމަޟާން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

ރަމަޟާން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

08 މާރިޗު 2026
110 މީހުންގެ އުމްރާ ދަތުރު ކެންސަލްކުރި މައްސަލައިގައި އަލް އަބްރާރު ކުންފުނީގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި

110 މީހުންގެ އުމްރާ ދަތުރު ކެންސަލްކުރި މައްސަލައިގައި އަލް އަބްރާރު ކުންފުނީގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި

05 މާރިޗު 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު