Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމެކްސިކޯ ބިންހެލުން

މެކްސިކޯއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 140އަށްވުރެ މައްޗަށް

މިލިއަނެއްހާ މީހުން ތިބީ ކަރަންޓުގެ ޚިދުމަތުން މަހުރޫމުވެފަ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 20 ސެޕްޓެމްބަރު 2017 | ބުދަ 05:10
 ވެއްޓިފައިވާ ސްކޫލްތަކުގައި ދަރިވަރުން ތާށިވެފައިވާކަަމުގެ ރިޕޯޓްތައްދަނީ ލިބެމުން

ވެއްޓިފައިވާ ސްކޫލްތަކުގައި ދަރިވަރުން ތާށިވެފައިވާކަަމުގެ ރިޕޯޓްތައްދަނީ ލިބެމުން

މެކްސިކޯގެ މެދުތެރެއަށްއައި ބާރުގަދަ ބިންހެލުމުގައި އެ ގައުމުގެ އެތައް އިމާރާތްތަކެއް ވެއްޓި، 140 މީހުން މަރުވެއްޖެއެވެ.

މީހުން ސަލާމަތްކުރުމުގައި މަސައްކަތްކުރާ ފަރާތްތަކުން ދިރިހުއްޓައި މީހަކު ފެނޭތޯ ބަލަމުންދާއިރު އެއްބައި ވެއްޓިފައިވާ ސްކޫލްތަކުގައި ދަރިވަރުން ތާށިވެފައިވާކަަމުގެ ރިޕޯޓްތައްދަނީ ލިބެމުންނެވެ.7.1 މެގްނިޓިއުޑްގައި ބިންހެލުމުގައި މެކްސިކޯގެ މޮރެލޮސް އަދި ޕުއެބްލާއަށް ވަނީ ގެއްލުންވެފައެވެ.

މޮރެލޮސް ސްޓޭޓުން މަދުވެގެން 55 މީހުން މަރުވިއިރު ޕުއެބްލާއިން 32 މީހުން މަރުވިއެވެ. މެކްސިކޯ ސިޓީއިން 49 މީހުން މަރުވިއިރު މެކްސިކޯ ސްޓޭޓުން އިތުރު 10 މީހުން މަރުވެފައިވެއެވެ. މީގެއިތުރުން ޣެރޭރޯ އިން 3 މީހުން މަރުވެފައިވެއެވެ.

މިލިއަނެއްހާ މީހުން ތިބީ ކަރަންޓުގެ ޚިދުމަތުން މަހުރޫމުވެފައެވެ. ފޯން ލައިންތައް ވަނީ ކެނޑިފައެވެ. ގޭސް ހޮޅިތައް ފަޅައިގެން ގޮސްފައިވާތީ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ނުކުރުމަށް އޮފިޝަލުންވަނީ އަންގައިފަ އެވެ.

މެކްސިކޯއަކީ ބިންހެލުން އާއްމު ގައުމަކަށްވާއިރު މި މަހުގެ ކުރީކޮޅު އެ ގައުމުގެ ދެކުނުގެ ސަރަހައްދަށް އައި 8.1 މެގްނިޓިއުޑް ގެ ބިންހެލުމެއްގައި މަދުވެގެން 90 މީހުންވަނީ މަރުވެފަ އެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި

13 ފެބުރުއަރީ 2017
ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

އައިފްލް ޓަވަރު ވަށައިގެން ބިއްލޫރި ފާރެއްލަނީ

10 ފެބުރުއަރީ 2017
އައިފްލް ޓަވަރު ވަށައިގެން ބިއްލޫރި ފާރެއްލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު