Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅިވަރު

ނޯޔާއަށް އަނެއްކާ ވެސް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް!

މަދުވެގެން 3 މަސް، ނޫނީ 4 މަސްގެ މުއްދަތަކަށް ނޯޔާ ކުޅުމާ ދުރުގައި ހުންނަންޖެހޭނެ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2017 | ބުދަ 04:52
ނޯޔާ

ނޯޔާ

ޖަރުމަނުގެ ބަޔާން މިޔުނިކަށް ކުޅެމުން އަންނަ އެޓީމުގެ ތަޖުރިބާކާރު އަދި ހުނަރުވެރި ގޯލްކީޕަރު މެނޮއެލް ނޯޔާ އަށް ލިބުނު އަނިޔާއަކާ ގުޅިގެން ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ ކަމަށް ބަޔާން މިޔުނިކުން ބުނެފިއެވެ.

މިކަމާ ގުޅިގެން ބަޔާންއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނޯޔާ އަށް ލިބުނު އަނިޔާއަކާ ގުޅިގެން ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހިފައިވާ ކަމަށާއި އަންނަ އަހަރުގެ ޖެނުއަރީގެ ކުރިން ނޯޔާއަށް ކުޅުމުގެ ތެރެއަށް އެނބުރި ނާދެވޭނެ ކަމަށް ވެސް މި ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާންއިން އާންމުކުރި ބަޔާނުގައި ބުނެފައި ވަނީ އަންގާރަ ދުވަހު އެޓީމުން ބޭއްވި ފަރިތަކުރުންތަކުގައި ނޯޔާގެ ވައަތު ފައިތިލައިގެ ކަށިގަނޑަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށާއި އެހެން ކަމުން މިހާރު ވަނީ އޮޕަރޭޝަނެއް ވެސް ކޮށްފައި ކަމަށެވެ. މި އޮޕޮަރޭޝަނަށް ފަހު މަދުވެގެން ތިން މަސް ނުވަތަ ހަތަރު މަސްވަންދެން ނޯޔާ ކުޅުމާ ދުރުގައި ހުރުމަށް ޑޮކްޓަރުން ވެސް ލަފާދީފައިވާ ކަމަށް މިބަޔާނުގައި ވެއެވެ.

ނިމިގެން ދިޔަ ސީޒަނުގައި ވެސް ނޯޔާއަށް ވަނީ އަނިޔާގެ މައްސަލަ ކުރިމަތިވެ ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހިފައެވެ. މިދިޔަ އަހަރު ނޯޔާއަށް އަނިޔާވީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އޭގެ ފަހުން އެނބުރި ކުޅުމުގެ ތެރެއަށް އޭނާއަށް އާދެވިފައި ވަނީ މިދިޔަ އޯގަސްޓު މަހުގެ ތެރޭގައެވެ.އަނިޔާއިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އެނބުރި އައިސް ނޯޔާއަށް އަދި ކުޅެވުނީ އެންމެ ހަތަރު މެޗެވެ.

އޭނާ އަންނަނީ އެންމެ ފަހުގެ ޗެމްޕިއަން ބަޔާންގައި މޮޅުކުޅުމެއް ދައްކަމުންނެވެ. އެގޮތުން 2011 ވަނަ އަހަރުން ފެށިގެން ބަޔާންގެ ގޯލް ބަލަހައްޓަނީ އޭނާއެވެ.

ޖެހިޖެހިގެން ތިން ސީޒަނުގައި އެންމެ މޮޅު ގޯލް ކީޕަރުކަމުގެ މަގާމު ހޯދާފައިވާ ނޯޔާއަށް އަނިޔާވުމުން ދެން ބަޔާންގެ ގޯލު ބަލަހައްޓާނީ ބަޔާންގެ ބަދަލު ކީޕަރު ސީވަން އުރިޗް އެވެ.

ނޯޔާގެ އަނިޔާއާ ގުޅިގެން މީޑިއާއާ ވާހަކަދައްކަމުން ބަޔާންގެ ޗެއާމަން ކާލް ހެއިންޒް ވިދާޅުވީ ނޯޔާއަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހުމުން ކަންބޮޑުވާ ކަމަށެވެ. އަދި ނޯޔާއަށް ލިބުނު އަނިޔާއާ ގުޅިގެން މިހާރު ފައިގެ އޮޕަރޭޝަނެއް ވެސް ކޮށްފައިވާ ކަމަށާއި އެ އޮޕަރޭޝަން ވެސް ވަރަށް ކާމިޔާބު ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ނޯޔާއަށް މިފަދަ ބޮޑު އަނިޔާއެއް ލިބުނު ދެވަނަ ފަހަރު، އެހެންކަމުން މިހާ ކައިރި ކައިރީގައި އަނިޔާ ލިބި ކުޅުމާ ދުރުގައި ހުންނަން ޖެހުމުން ކަންބޮޑުވޭ. ނަމަވެސް ލިބުނު އަނިޔާއާ ގުޅިގެން ކުރި އޮޕަރޭޝަން ކާމިޔާބު. އަންނަ ޖެނުއަރީ މަހު ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނެ ކަމަށް ބެލެވޭ،" ހެއިންޒް ވިދާޅުވިއެވެ.

ނޯޔާގެ އިތުރުން މިވަގުތު އަނިޔާގައި ތިބި އެހެން ކުޅުންތެރިންނަކީ އާޔަން ރޮބަން، ޑޭވިޑް އަލަބާ އަދި ހުއާން ބާނެޓް ހިމެނެއެވެ.

މީގެ ތެރެއިން ރޮބެންއަށް ބަލިވުމުގެ ސަސަބުން ކުޅުމާ ދުރުގައި ހުންނަން ޖެހިފައިވާއިރު، އަލަބާ އަދި ބާނެޓަް ކުޅުމާ ދުރުގައި ހުރީ ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް

ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް

09 އެޕްރީލު 2017
ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

27 މާރިޗު 2017
ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ

ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ

15 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް

ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް

16 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

25 މާރިޗު
ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި
20251 އަހަރު ކުރިން
ރާއްޖެ

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ
20233 އަހަރު ކުރިން
ކުޅިވަރު

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
20197 އަހަރު ކުރިން
ރިޕޯޓު

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟
20188 އަހަރު ކުރިން
ސިއްހަތު

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު