Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދެ އިންތިހާބު އެއްކުރަން އުމަރު ނޫނެކޭ ބުނުން

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކުރަން އުމަރު ނަސީރު ވިދާޅުވީ ނޫނެކޭ

29 މާރިޗު 2026 | އާދީއްތަ 13:58

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ދެކޮޅު ހައްދަވައިފި. އުމަރު ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ބަހަނާގައި އެންމެ މުހިންމު ދެ އިންތިހާބު އެއްކޮށްލުމުގެ ބަދަލުގައި، އެއްކޮށްލަން ވާނީ މަޖިލިސް އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބު ކަމަށް. ރިޔާސީ އިންތިހާބަކީ މުޅި ގައުމުގެ މުސްތަގުބަލާ ގުޅިފައިވާ އެންމެ ބޮޑު ނިންމުން ކަމަށްވާތީ، އެ އިންތިހާބު ވަކިން ބޭއްވުން މުހިންމުކަން އޭނާ ފާހަގަކުރެއްވި.

މަޚްތޫމް
މަޚްތޫމް | 29 މާރިޗު 2026 | އާދީއްތަ 13:58
އުމަރު ނަސީރު

އުމަރު ނަސީރު | ޓްވިޓަރ

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކުރަން ދެކޮޅުކަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހާމަކުރައްވައިފި އެވެ. 

ގައުމީ ކަންކަމުގައި ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރައްވަމުން ގެންދަވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެ އިންތިހާބު އެއްކުރަން ނޫނެކޭ ބުނާށެވެ. އުމަރު ވިދާޅުވީ ތިން އިންތިހާބެއް ބޭއްވުމުގައި ބަދަލުގައި 2 އިންތިހާބެއް އޮންނަ ގޮތަށް ބަދަލު ކުރުމަކީ އޭނާ ވެސް ތާއީދު ކުރާ ކަމަށެވެ. ނަމަވެސް އެއްކޮށްލަންވާނީ އެންމެ މުހިންމު 2 އިންތިހާބެއް ނޫން ކަމަށެވެ. 

Advertisement - newsAdvertisement

އުމަރު ވިދާޅުވީ އެއްކޮށްލަންވާނީ އެންމެ ކުޑަ 2 އިންތިހާބެވެ. 

އުމަރު ވިދާޅުވީ އޭނާއަށް ފެންނަ ގޮތުގައި އެއްކޮށްލަންވާނީ މަޖިލިސް އިންތިހާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބެވެ. 

އުމަރު ވިދާޅުވީ ރިޔާސީ އިންތިހާބަކީ މުޅި ގައުމުގެ ކުރިމަގު ކަނޑައެޅުމާ ގުޅޭ އެންމެ ބޮޑު އިންތިހާބެވެ. އަނެއް 2 އިންތިހާބަކީ ވަކިވަކި ދާއިރާތަކާ ގުޅުންހުރި އިންތިހާބުތަކެވެ. 

އުމަރު ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ބަހަނާގައި، އެންމެ ބޮޑު 2 އިންތިހާބު އެއްކުރުމަށް ފަހު، އެންމެ ކުޑަ އިންތިހާބު ބޮޑު ހަރަދު ކޮށްގެން ވަކިން ބޭއްވުމަކީ ދެކޮޅުޖެހޭ ވާހަކައެއް ނޫނެވެ. އަދި އެންމެ ބޮޑު 2 އިންތިހާބު އެއްކޮށްލުމަށް ނޫނެކޭ ބުނުމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ. 

އިންތިހާބުތައް އެއްކޮށް ބޭއްވުމާ ގުޅޭގޮތުން އުމަރު މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ، އިންތިހާބުތައް އެއްކޮށްލުމާ މެދު ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނުވަތަ ރިފަރެންޑަމެއް ބޭއްވުމަށް ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ. މި ރިފަރެންޑަމް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އެވެ.

މި ވޯޓުގައި ރައްޔިތުންނާ ސުވާލުކުރުމަށް ހަމަޖެހިފައި ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުން ދެކޭ ގޮތަކާ ބެހޭގޮތުންނެވެ. ސަރުކާރުން ބުނަމުންދަނީ އިންތިހާބުތައް އެއްކޮށްލުމުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ބަޖެޓުން އިންތިހާބުތަކަށް ކުރާ ބޮޑު ހަރަދު ކުޑަކުރުން ކަމަށެވެ. ނަމަވެސް މިއީ އިންތިހާބީ ނިޒާމަށް ނޭދެވޭ އަސަރުތަކެއް ކޮށް ވެރިކަމުގެ ނިޒާމު ގަޑުބަޑުކޮށް ރައްޔިތުން އަޅުވެތި ކުރުމަށް ކުރަމުންދާ ކަމެކެވެ.

އުމަރު ނަސީރުރިޔާސީ އިންތިޚާބުމަޖިލީސް އިންތިޚާބުލޯކަލް ކައުންސިލް އިންތިހާބުފެންނަ ނުފެންނަ ވޯޓު

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

29 މާރިޗު 2026

ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ރައްޔިތުންގެ އިންތިޚާބީ ހައްގަށް ލިބޭނީ ގެއްލުން: ސުއޫދު

29 މާރިޗު 2026
ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ރައްޔިތުންގެ އިންތިޚާބީ ހައްގަށް ލިބޭނީ ގެއްލުން: ސުއޫދު
29 މާރިޗު 2026

މެޑަމް ސާޖިދާ ކޭއާރުއެޗްގެ އައު އީ.އާރު ހުޅުވުމަށް ވަޑައިގަތުމާ ގުޅިގެން މިއަދު އޯޕީޑީގެ ޚިދުމަތް މެދުކަނޑާލައިފި

29 މާރިޗު 2026
މެޑަމް ސާޖިދާ ކޭއާރުއެޗްގެ އައު އީ.އާރު ހުޅުވުމަށް ވަޑައިގަތުމާ ގުޅިގެން މިއަދު އޯޕީޑީގެ ޚިދުމަތް މެދުކަނޑާލައިފި
28 މާރިޗު 2026

އެއްކޯ މަތީގައި ޖެހުމުން އަނެއް ކޯ ދިއްކޮށްލާ ދަރަޖައަށް ރައްޔިތުންގެ ހާލަތު ބަދަލު ކުރަން މިސަރުކާރުން ބޭނުންވޭ: ފައްޔާޒު

28 މާރިޗު 2026
އެއްކޯ މަތީގައި ޖެހުމުން އަނެއް ކޯ ދިއްކޮށްލާ ދަރަޖައަށް ރައްޔިތުންގެ ހާލަތު ބަދަލު ކުރަން މިސަރުކާރުން ބޭނުންވޭ: ފައްޔާޒު
27 މާރިޗު 2026

"އަހަރެން ގޮތް ނިންމައިފިން"- ނޫނެކޭ ކެމްޕެއިންގެ ތަފާތު ޑްރާމާތަކެއް ރާއްޖެޓީވީ އިން ގެނެސްދެނީ

27 މާރިޗު 2026
"އަހަރެން ގޮތް ނިންމައިފިން"- ނޫނެކޭ ކެމްޕެއިންގެ ތަފާތު ޑްރާމާތަކެއް ރާއްޖެޓީވީ އިން ގެނެސްދެނީ
27 މާރިޗު 2026

ރާއްޖޭގެ ފަހުގެ ޑިފެންސް ލައިނަކީ ދިވެހި ރައްޔިތުން ކަމަށާއި ދެ އިންތިޚާބު އެއްކޮށްލުމަކީ އެ ލައިން ފޫއަޅުވާލަން ޖާގަ ދިނުން: އަލީ ހުސެއިން

27 މާރިޗު 2026
ރާއްޖޭގެ ފަހުގެ ޑިފެންސް ލައިނަކީ ދިވެހި ރައްޔިތުން ކަމަށާއި ދެ އިންތިޚާބު އެއްކޮށްލުމަކީ އެ ލައިން ފޫއަޅުވާލަން ޖާގަ ދިނުން: އަލީ ހުސެއިން
27 މާރިޗު 2026

ދެ އިންތިހާބު އެއްކޮށްލަނީ ހަރަދު ކުޑަކުރަން ކަމަށް ބުނުމެކޭ، މޫދަށް އެރިއޮވެ ތިމަންނާ ނުހިކޭ ބުނުން އެއްފަދަ: އަލީ ހުސައިން

27 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލަނީ ހަރަދު ކުޑަކުރަން ކަމަށް ބުނުމެކޭ، މޫދަށް އެރިއޮވެ ތިމަންނާ ނުހިކޭ ބުނުން އެއްފަދަ: އަލީ ހުސައިން
27 މާރިޗު 2026

ދެ އިންތިހާބު އެއްކޮށްލައިގެން ސަލާމަތްކުރެވެނީ ބޮލަކަށް 5 ލާރި، މިއީ ސިޔާސީން ދެފަހަރު ރައްޔިތުން ކައިރިއަށް ނުދާންވެގެން ކުރާ ކަމެއް: އަހުމަދު މުހައްމަދު

27 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލައިގެން ސަލާމަތްކުރެވެނީ ބޮލަކަށް 5 ލާރި، މިއީ ސިޔާސީން ދެފަހަރު ރައްޔިތުން ކައިރިއަށް ނުދާންވެގެން ކުރާ ކަމެއް: އަހުމަދު މުހައްމަދު
27 މާރިޗު 2026

ޕީއެންސީގެ މެމްބަރުން ވޯޓުލައިގެން އިސްލާހު ފާސްކުރި އިރު، ސަރުކާރުން ކުރަން އުޅޭކަމެއް އެ މެމްބަރުންނަށް ވެސް ނޭނގެ: ޝަފީގު

27 މާރިޗު 2026
ޕީއެންސީގެ މެމްބަރުން ވޯޓުލައިގެން އިސްލާހު ފާސްކުރި އިރު، ސަރުކާރުން ކުރަން އުޅޭކަމެއް އެ މެމްބަރުންނަށް ވެސް ނޭނގެ: ޝަފީގު
26 މާރިޗު 2026

އޭޕްރީލް ހަތަރުވަނަ ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓަކީ ރައްޔިތުންނަށް ޗޮއިސް އެއް ނުދީ މަޖުބޫރުން ލައްވާ ވޯޓެއް: ސައިފް

26 މާރިޗު 2026
އޭޕްރީލް ހަތަރުވަނަ ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓަކީ ރައްޔިތުންނަށް ޗޮއިސް އެއް ނުދީ މަޖުބޫރުން ލައްވާ ވޯޓެއް: ސައިފް
25 މާރިޗު 2026

ދިވެހިރާއްޖެ މިހާރު އޮތް ހާލަތުން، ދެ އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ނޫން: ޑރ. ހަސަން ހަމީދު

25 މާރިޗު 2026
ދިވެހިރާއްޖެ މިހާރު އޮތް ހާލަތުން، ދެ އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ނޫން: ޑރ. ހަސަން ހަމީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް