Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަދަހަ އަދި ގުރުއާން މުބާރާތް

މަދަހަ އަދި ގުރުއާން މުބާރާތުގެ ފައިސާގެ އިނާމްތައް އިތުރުކުރީ ޒުވާން ސިކުނޑިތަކަށް ދީނީ ކަންކަމަށް ޝައުގުވެރިކުރުވާ، މާނަ ހުރި ހިތްވަރެއް ދިނުމަށް: އާޒިމް

29 މާރިޗު 2026 | އާދީއްތަ 01:18

މާލެ ސިޓީ ކައުންސިލުން ބޭއްވި ގުރުއާނާއި މަދަހަ މުބާރާތުގެ ފައިސާގެ އިނާމުތައް ބޮޑުކުރީ ކުދިންނަށް ހިތްވަރު ދިނުމަށް ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވި. މުބާރާތުގެ ތާރީޚު ރައްކާތެރިކުރުމަށް ޚާއްޞަ ފޮތެއް ނެރެފައިވާއިރު، ކުރިއަށް އޮތް ތަނުގައި މުބާރާތް ބާއްވާނީ ސްކޫލް ޓެސްޓުތަކަށް ބަލައި ދަރިވަރުންނަށް ފަސޭހަވާނެ ގޮތަށް ކަމަށް މޭޔަރު ފާހަގަކުރެއްވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 29 މާރިޗު 2026 | އާދީއްތަ 01:18
މާލޭގެ މޭޔަރ އާދަމް އާޒިމް، މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ޤްރުއާން މުބާރާތާއި މަދަޙަ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަނީ.

މާލޭގެ މޭޔަރ އާދަމް އާޒިމް، މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ޤްރުއާން މުބާރާތާއި މަދަޙަ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަނީ. | މާލެ ސިޓީ ކައުންސިލް

މަދަހަ އަދި ގުރުއާން މުބާރާތުގެ ފައިސާގެ އިނާމްތައް އިތުރުކުރީ ޒުވާން ސިކުނޑިތަކަށް ދީނީ ކަންކަމަށް ޝައުގުވެރިކުރުވާ، މާނަ ހުރި ހިތްވަރެއް ދިނުމުގެ ބޭނުމުގައި ކަމަށް މާލޭގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް އެފަދައިން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ޤްރުއާން މުބާރާތާއި މަދަޙަ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އާޒިމް ވިދާޅުވީ ގުރުއާން މުބާރާތުގައި 793 ބައިވެރިން، މަދަހަ މުބާރާތުގައި 364 ބައިވެރިން ހިމެނޭހެން ޖުމްލަ 1154 ބައިވެރިން އެ މުބާރާތްތަކުގައި ބައިވެރިވުމަށް ރެޖިސްޓްރީވެފައިވާ ކަމަށެވެ. ނަމަވެސް ސްކޫލް ޓެސްޓްތަކާއި އެ މުބާރާތް ބޭއްވި ދުވަސްކޮޅާއި ދިމާވުމުން ބައެއް ދަރިވަރުންގެ ހުށަހެޅުންތައް ހުށަހަޅާ ދީފައި ނުވާ ކަމަށާއި، ކުރިއަށް އޮތްތަނުގައި މި މުބާރާތް ބާއްވާ އިރު އެފަދަ ކަންކަމަށް ވިސްނާނެ ކަމުގައި އާޒިމް ވިދާޅުވި އެވެ.

ކުދިންނާއި ޒުވާނުންގެ މެދުގައި ދިގުދެމިގެންދާ ރަނގަޅު އާދަތަކެއް އަށަގެންނެވުމަކީ ސިޓީ ކައުންސިލުން އިސްކަމެއް ދޭ ކަމެއް ކަމަށް އާޒިމް ވަނީ ވިދާޅުވެފަ އެވެ. ދަރިންނާއި ޒުވާނުންގެ ހިތުގައި ގުރުއާނާއި ދީނީ ކަންކަމަށް އޮތް ލޯބި މިފަދަ މުބާރާތްތަކުން އިތުރުވެގެން ދިއުމަކީ އުންމީދު ކުރައްވާ ގޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން މި މުބާރާތްތަކާއި ގުޅޭ ގޮތުން ނެރުނު ފޮތަކީ ވެސް މުހިންމު ބޭނުންތެރި ފޮތަކށް ވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

"ފޮތެއްގެ ގޮތުގައި މިކަން އޮތުމުން ރެކޯޑް ކުރެވި ތާރީހަށްޓަކާ ރައްކާތެރިކުރެވޭނެ." އާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން، މި މުބާރާތް މެދުވެރިކޮށް ދީނީ އަގީދާ އާއި އިސްލާމް ދީނަށް އޮންނަ ލޯބި ދިރުވާ އާލާކުރުމަށް ފުރުސަތު ލިބޭ ކަމަށް މޭޔަރ އާޒިމް ވަނީ ވިދާޅުވެފަ އެވެ. އެ މުބާރާތް ސަލްމާން މިސްކިތުގައި ބޭއްވުމަކީ މުބާރާތަށް ލިބުނު ފުރިހަމަ ކަމެއް ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފަ އެވެ.

އާދަމް އާޒިމްމާލެޤުރުއާން މުބާރާތްމަދަހަ މުބާރާތް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

29 މާރިޗު 2026

އަގުހުރި ފައިސާގެ އިނާމްތަކާއި އެކު ކުރިއަށް ގެންދިޔަ މާލޭ ސިޓީ ކައުންސިލް ޤުރުއާން އަދި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

29 މާރިޗު 2026
އަގުހުރި ފައިސާގެ އިނާމްތަކާއި އެކު ކުރިއަށް ގެންދިޔަ މާލޭ ސިޓީ ކައުންސިލް ޤުރުއާން އަދި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި
27 މާރިޗު 2026

ޕީއެންސީ ފިކުރުގެ ސިޔާސަތެއް ނެތް، އިރުއިރުކޮޅާ އެކި ލޯގޯގައި އަންނަން ޖެހެނީ އެހެން ވެގެން: އާޒިމް

27 މާރިޗު 2026
ޕީއެންސީ ފިކުރުގެ ސިޔާސަތެއް ނެތް، އިރުއިރުކޮޅާ އެކި ލޯގޯގައި އަންނަން ޖެހެނީ އެހެން ވެގެން: އާޒިމް
25 މާރިޗު 2026

ޕޯސްޓަރު ނެގިޔަސް ރައްޔިތުންގެ ލޯތްބެއް ނުކެނޑޭނެ: އާޒިމް

25 މާރިޗު 2026
ޕޯސްޓަރު ނެގިޔަސް ރައްޔިތުންގެ ލޯތްބެއް ނުކެނޑޭނެ: އާޒިމް
24 މާރިޗު 2026

ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ހޫނު ގަދަވުމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެދެފި

24 މާރިޗު 2026
ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ހޫނު ގަދަވުމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެދެފި
18 މާރިޗު 2026

ގަސްކާނާ އާއި ކެމިކަލް ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވާލާފަ ވާއިރު، ހާދިސާގައި ހާލުގައި ޖެހިގެން 32 މީހަކު ސޯޝަލް ސެންޓަރަށް

18 މާރިޗު 2026
 ގަސްކާނާ އާއި ކެމިކަލް ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވާލާފަ ވާއިރު، ހާދިސާގައި ހާލުގައި ޖެހިގެން 32 މީހަކު ސޯޝަލް ސެންޓަރަށް
18 މާރިޗު 2026

އެމްއޭސީއެލް ގައި ޑޮލަރު ހުންނާތީ މި ސަރުކާރުން މަޝްރޫއުތައް ހަވާލު ކުރަނީ އެތައް ގުނައެއް އަގުބޮޑުކޮށްފަ: އާޒިމް

18 މާރިޗު 2026
އެމްއޭސީއެލް ގައި ޑޮލަރު ހުންނާތީ މި ސަރުކާރުން މަޝްރޫއުތައް ހަވާލު ކުރަނީ އެތައް ގުނައެއް އަގުބޮޑުކޮށްފަ: އާޒިމް
18 މާރިޗު 2026

ގައުމުގައި އެއްވެސް ކަމެއް ނުވަނީ ގައުމަށް އެއްވެސް ކަހަލަ ލޯތްބެއް ނެތް އިރު ކަމެއް ކުރުމުގެ ވިސްނުމާއި ފިކުރު ވެސް ނެތް މީހަކު ވެރިކަމުގައި ހުރީމަ: މޭޔަރު އާޒިމް

18 މާރިޗު 2026
ގައުމުގައި އެއްވެސް ކަމެއް ނުވަނީ ގައުމަށް އެއްވެސް ކަހަލަ ލޯތްބެއް ނެތް އިރު ކަމެއް ކުރުމުގެ ވިސްނުމާއި ފިކުރު ވެސް ނެތް މީހަކު ވެރިކަމުގައި ހުރީމަ: މޭޔަރު އާޒިމް
15 މާރިޗު 2026

ފިޔާ އަދި ކާށީގެ ޝިޕްމަންޓްތައް ކްލިއަރ ކުރުމަށްފަހު އުފަންވެލި ފިހާރަތަކުން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި

15 މާރިޗު 2026
ފިޔާ އަދި ކާށީގެ ޝިޕްމަންޓްތައް ކްލިއަރ ކުރުމަށްފަހު އުފަންވެލި ފިހާރަތަކުން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި
15 މާރިޗު 2026

ދޮރުން ދޮރަށް ހަރަކާތުން އެނގުނީ އެމްޑީޕީގެ މޭޔަރުކަމެއްގައި، ވިލިމާލެ އަށް އަޅާލާނެކަން ވިލިމާލެ އިން ގަބޫލުކުރާކަން: އާޒިމް

15 މާރިޗު 2026
ދޮރުން ދޮރަށް ހަރަކާތުން އެނގުނީ އެމްޑީޕީގެ މޭޔަރުކަމެއްގައި، ވިލިމާލެ އަށް އަޅާލާނެކަން ވިލިމާލެ އިން ގަބޫލުކުރާކަން: އާޒިމް
15 މާރިޗު 2026

ކައުންސިލްތަކަށް ބާރު ދިނުމާއި މެދު ސަރުކާރުގެ ރާގު ބަދަލު ކުރަނީ ޕީއެންސީ އިން މަގުމައްޗަށް ނުކުތުމުން ރައްޔިތުން ތިބި ގޮތް އެ ޕާޓީ އަށް ވެސް އެނގޭތީ: ރައީސް ސޯލިހު

15 މާރިޗު 2026
ކައުންސިލްތަކަށް ބާރު ދިނުމާއި މެދު ސަރުކާރުގެ ރާގު ބަދަލު ކުރަނީ ޕީއެންސީ އިން މަގުމައްޗަށް ނުކުތުމުން ރައްޔިތުން ތިބި ގޮތް އެ ޕާޓީ އަށް ވެސް އެނގޭތީ: ރައީސް ސޯލިހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް