Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލް އިންތިޚާބު

ކައުންސިލްތަކަށް ބާރު ދިނުމާއި މެދު ސަރުކާރުގެ ރާގު ބަދަލު ކުރަނީ ޕީއެންސީ އިން މަގުމައްޗަށް ނުކުތުމުން ރައްޔިތުން ތިބި ގޮތް އެ ޕާޓީ އަށް ވެސް އެނގޭތީ: ރައީސް ސޯލިހު

ވިލިމާލޭގައި ކުރިއަށްދިޔަ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތަކަށް އާންމުންގެ ތާއީދެއް ނެތްކަން މިހާރު ވަރަށް ސާފުކޮށް ހާމަވަމުންދާ ކަމަށް. އެހެންކަމުން، ރައްޔިތުންނާ ގާތުން ތަރައްޤީގެ މަސައްކަތްތައް ކުރިއަށްގެންދެވޭނީ އެމްޑީޕީގެ ކެނޑިޑޭޓުން އިންތިޚާބުކޮށްގެން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 15 މާރިޗު 2026 | އާދީއްތަ 04:04
އެމްޑީޕީ އިން ކުރިއަށް ގެންދިޔަ އެމްޑީޕީ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން. 14.03.2026

އެމްޑީޕީ އިން ކުރިއަށް ގެންދިޔަ އެމްޑީޕީ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން. 14.03.2026 | އެމްޑީޕީ

ކައުންސިލްތަކަށް ބާރު ދިނުމާއި މެދު ސަރުކާރުގެ ރާގު ބަދަލު ކުރަނީ ޕީއެންސީ އިން މަގުމައްޗަށް ނުކުތުމުން ރައްޔިތުން ތިބި ގޮތް އެ ޕާޓީ އަށް ވެސް އެނގި ހާމަ ވަމުން ދާތީ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ އެމްޑީޕީ އިން ބޭއްވި ވިލިމާލޭގެ ދޮރުން ދޮރަށް ކެމްޕެއިން ހަރަކާތަށް ފަހު ރާއްޖެ އެމްވީ އަށް ދެއްވި ބަސްތީގަތުމެއްގަ އެވެ. 

Advertisement - newsAdvertisement

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ އަތޮޅު ކައުންސިލްތައް އުވާލާ އެހެން ކައުންސިލްތަކުގެ ބާރު ކަނޑުވާލާފަ އެވެ. ނަމަވެސް ދާދި ފަހުން ރައީސް ވިދާޅުވީކައުންސިލްތަކުގެ ބާރު ކަނޑުވާލުމަކީ އެ މަނިކުފާނު ޤަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ. ބޭނުންފުޅުވަނީ ކައުންސިލްތައް ބާރުވެރިކުރުވަން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން، ސަރުކާރު ހިންގާ ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް، ޕީއެންސީ އިން ގޭގެ އަށް ގޮސް މަގުމައްޗަށް ނުކުތީމަ ރައްޔިތުންގެ ވިންދު ހުރި ގޮތް އެ ޕާޓީ އަށް ވެސް އެނގޭނެ ކަމަށާއި ރައްޔިތުންގެ ވިންދު ހުރީ ޕީއެންސީ އާއި އެކުގައި ނޫން ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ. ރައްޔިތުން ބޭނުން ވަނީ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާނެ ބަޔަކު ތިބުން ކަން މިހާރު ސަރުކާރަށް ވެސް ވަރަށް ސާފުކޮށް އެނގޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ކައުންސިލްތަކަށް ބާރު ދޭނެ ކަމަށް ބުނެ މިހާރު ވާހަކަދައްކަނީ ރައްޔިތުންގެ ވިންދު ހުރި ގޮތް އެނގޭތީ. އެކަމަކު ރައްޔިތުންނަށް ވެސް އެނގޭ މިއަދު އެ ހަދަނީ ދޮގުކަން.
ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ވިލިމާލެ އިން ފެނުނީ ރައީސް މުއިއްޒުގެ ސިޔާސަތާއި އާއްމުން ދެކޮޅު މިންވަރު ކަމަށެވެ. އަދި މާލެގެ މޭޔަރ ކަމުގައި އާދަމް އާޒިމް ހުންނަވައިގެން ވިލިމާލެ އަށް ގެނެސްދެއްވާފައިވާ ބަދަލު އާއްމުން ބަލައިގަންނަ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ މުޅި ވިލިމާލޭގެ ރޫހު އޮތީ އެމްޑީޕީ އާއި އެކުގައި ކަމަށެވެ. އަދި ވިލިމާލެ އާއި މުޅި މާލެ އަށް ބެލިއަަސް ތަރައްޤީ ގެނެވޭނެ ބަޔަކީ އެމްޑީޕީ ކަމަށާއި އެމްޑީޕީގެ ކެނޑިޑޭޓުންނަށް ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބުގައި ވޯޓުދޭން ޖެހޭ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

އިބްރާހިމް މުހައްމަދު ސޯލިހުމުޙައްމަދު މުއިއްޒުޕީއެންސީއެމްޑީޕީވިލިމާލެ އާދަމް އާޒިމްލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީ ޕިކަޕް ޖަލްސާ: "ދެ އިންތިޚާބު އެއްކޮށްލައިގެން ބޭނުންވަނީ 20-25 އަހަރަށް ވެރިކަމުގައި މުއިއްޒު އަށް ހުރެވޭނެ ގޮތެއް ހޯދަން"

އެމްޑީޕީ ޕިކަޕް ޖަލްސާ: "ދެ އިންތިޚާބު އެއްކޮށްލައިގެން ބޭނުންވަނީ 20-25 އަހަރަށް ވެރިކަމުގައި މުއިއްޒު އަށް ހުރެވޭނެ ގޮތެއް ހޯދަން"

14 މާރިޗު 2026
ވަޒީރު ޝިޔާމެވެ. އަނެއްކާވެސް ހަމަ އެ އިންތިޚާބީ ވައުދުފުޅު ހެއްޔެވެ؟

ވަޒީރު ޝިޔާމެވެ. އަނެއްކާވެސް ހަމަ އެ އިންތިޚާބީ ވައުދުފުޅު ހެއްޔެވެ؟

14 މާރިޗު 2026
ރައީސް މުއިއްޒުގެ މެނިފެސްޓޯގެ 5 އިންސައްތަ ވެސް ފުއްދައިދެވިފައި ނެތް: ލޫކަސް

ރައީސް މުއިއްޒުގެ މެނިފެސްޓޯގެ 5 އިންސައްތަ ވެސް ފުއްދައިދެވިފައި ނެތް: ލޫކަސް

14 މާރިޗު 2026
”މިފަހަރު އިންޑިއާ އައުޓް ގެ ބައެއް ނެތް، މިފަހަރު އޮތީ އިންޑިއާ އޮއިލް ޕްލީސް“: އަބްދުﷲ ޝާހިދު

”މިފަހަރު އިންޑިއާ އައުޓް ގެ ބައެއް ނެތް، މިފަހަރު އޮތީ އިންޑިއާ އޮއިލް ޕްލީސް“: އަބްދުﷲ ޝާހިދު

14 މާރިޗު 2026
 ޕީއެންސީ ގެ މަޖްލިސް މެމްބަރުން ތިބީ ގައިދު ވެފަ: މުސްތަފާ

ޕީއެންސީ ގެ މަޖްލިސް މެމްބަރުން ތިބީ ގައިދު ވެފަ: މުސްތަފާ

14 މާރިޗު 2026

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު