Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރެފަރެންޑަމް ވޯޓު

ޤާނޫނުއަސާސީއަށް ގެނައި އިސްލާޙަކީ މުޅި ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑަށް ބަދަލު އަންނަފަދަ އިސްލާޙެއް: ޝަމްސުލް ފަލާޙު

29 މާރިޗު 2026 | އާދީއްތަ 01:07

މި އިސްލާޙާ މެދު ކުރީގެ ބަންޑާރަނައިބުން ތަފާތު ޚިޔާލުތަކެއް ފާޅުކުރެއްވި ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ދައުރަށް ގެންނަ ބަދަލުތަކަކީ ދައުލަތުގެ ވުޖޫދާ ގުޅިފައިވާ މުހިއްމު ކަންތައްތަކެއްކަން ފަލާޙު ފާހަގަކުރެއްވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 މާރިޗު 2026 | އާދީއްތަ 01:07
ޤާނޫނީ އަދި ދުސްތޫރީ ދިރާސާތައް ކުރައްވާ ލިޔުންތެރިއެއް ކަމަށްވާ ޝަމްސުލް ފަލާޙު.

ޤާނޫނީ އަދި ދުސްތޫރީ ދިރާސާތައް ކުރައްވާ ލިޔުންތެރިއެއް ކަމަށްވާ ޝަމްސުލް ފަލާޙު. | ރާއްޖެ އެމްވީ

ޤާނޫނުއަސާސީއަށް ގެނައި 8 ވަނަ އިސްލާޙަކީ މުޅި ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑަށް ބަދަލު އަންނަފަދަ އިސްލާޙެއްކަމަށް ޤަބޫލު ކުރައްވާކަމަށް ޤާނޫނީ އަދި ދުސްތޫރީ ދިރާސާތައް ކުރައްވާ ލިޔުންތެރިއެއްކަމަށްވާ ޑރ ޝަމްސުލް ފަލާޙު ވިދާޅުވެއްޖެ އެވެ.

ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑަކާ ގުޅޭގޮތުން އިލްމީ ދިރާސީ ލިއުންތައްވެސް ލިއުއްވާފައިވާ ޝަމްސުލް ފަލާޙު އެފަދައިން ވިދާޅުވީ ބާ ކައުންސިލުން ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ފޯރަމްގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މި ފޯރަމްގައި ކުރީގެ ބަންޑާރަނައިބުކަން ކުރައްވާފައިވާ ދިޔާނާ ސައީދު އަދި އާޒިމާ ޝަކޫރުވެސް ވަނީ ޤާނޫނުއަސާސީއަށް ގެނައި 8 ވަނަ އިސްލާޙުގެ ސަބަބުން ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑަށް ބަދަލެއް ނާންނަކަމަށް ދެކިލައްވާކަމަށް ވިދާޅުވެފަ އެވެ.  

އެހެންނަމަވެސް ފަލާޙުގެ ވިސްނުންފުޅު އެކަމުގައި ތަފާތެވެ. އެގޮތުން ފަލާޙު ވިދާޅުވީ، ޤާނޫނުއަސާސީގެ ދެވަނަ މާއްދާގައި ދިވެހި ދައުލަތުގެ ވަރަށް ގިނަ އަސާސީ ސިފަތައް އެބަހުރި ކަމަށާއި، އެ މާއްދާގައި ދިވެހި ދައުލަތުގެ ޖުމްހޫރިއްޔާ މާނަކޮށްދީފައި އޮތީ މިއީ އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާވާ މިނިވަން، ދިމިޤްރާތީ، ޖުމްހޫރީ ދައުލަތެއްގެ ގޮތުގައި ކަމަށެވެ.

 އެހެންވީމާ ދެވަނަ މާއްދާގައި މި ފާހަގަކުރަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ، މި ދައުލަތް އެއަށް ބިނާވާ އަސާސީ ސިފަތައްކަމަށް ބުނެވިދާނެ، އެއީ މުޤައްދިމާއެއްވެސް ނެތުމާއެކު، އެހެންވީމާ މިކަންކަމާ މި އިސްލާޙު ގުޅުވާލެވޭތޯ ނުވަތަ ނޫންތޯ ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ ދައުރަކީ ވަރަށް މުހިއްމު ކަމެއް ޤައުމެއްގެ ނިސްބަތުން އަދި ޤައުމެއްގެ ދުސްތޫރީ އޮނިގަނޑެއްގެ ނިސްބަތުން.
ޝަމްސުލް ފަލާޙު 

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ދައުރަކީ ޤައުމުގެ ދުސްތޫރީ އޮނިގަނޑުގެ ނިސްބަތުން މުހިއްމު އެއްޗެއް ކަމަށް ފަލާޙު ވިދާޅުވި އެވެ. އަދި އެއަށް ގެންނަ ބަދަލަކީވެސް އޭގެ ޒާތުގައި ބޮޑު ބަދަލަކަށްވާނެކަމަށާއި، އެއީ އަސާސީ އޮނިގަނޑަށްވެސް ބަދަލު އަންނަ ކަމެއްގެ ގޮތުގައި ބުނެވިދާނެކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

ފަލާޙު އިތުރަށް ވިދާޅުވީ، ޤާނޫނުއަސާސީއަށް ބަދަލު ގެނައުމަކީ މައްސަލައެއް ނޫން ކަމަށާއި، އެކަން ކުރަންވާނީ ޤާނޫނީ މިންގަނޑުގެ ތެރެއިން ކަމަށެވެ.

މީގެ އިތުރުން، ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ގުޅޭ ވަކި އުސޫލެއް ރާއްޖޭގައި ބަލައިގެންފައި ނެތްކަމަށް ބުނަމުންދާ ސަބަބު ވިސްނިވަޑައިނުގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން އެކަމާ ގުޅޭ އަސާސީ ސިފަތައް ސުޕްރީމް ކޯޓުގެ ބައެއް ގަޒިއްޔާތަކުގައިވެސް ކަނޑައަޅާފައިވާކަމަށާއި، އޭގެ ތެރެއިން ގަޒިއްޔާއެއްގައި، ޤާނޫނުއަސާސީއަށް ބަދަލު ގެންނަންވާނީ "ޤާނޫނުއަސާސީގެ އޮނިގަނޑު ރޫޅިގެން ނުދާނެ ގޮތަކަށް" ކަމަށް ބަޔާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިތަނުގައި ދެންމެ ފާހަގަ ކުރެއްވި "ބޭސިކް ސްޓްރަކްޗަރ ޑޮކްޓްރިން" މިއީ އިލްމީ ޑޮކްޓްރިން އެކޭ ރާއްޖޭގައި ބަލައިގެންފައެއް ނެތޭ އެހެންވީމާ ޖެހޭނީ ކޯޓަށް ގޮސްގެން މިކަންކަން ނެރޭށޭ، އަޅުގަނޑަކަށް ނޭނގެ ކީއްވެކަމެއް އެހެން އެ ވިދާޅުވަނީ، ހިންގަވާ 2012 ވަނަ އަހަރަށް، މުޙައްމަދު ފަހުމީ ޙަސަން ވ ރައްޔިތުންގެ މަޖިލިސް ގަޒިއްޔާގައި ވަރަށް ސާފުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބުނެފައިވާނެ، މި އަސާސީ ސިފަތަކަކީ ދިވެހި ދައުލަތް އެ އަސާސްތަކުގެ މައްޗަށް ބިނާވާ ދިވެހި ދައުލަތުގެ އެންމެ މަތީ މުބާދިއުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކޭ، މިއިން އެއްވެސް އަސާސެއް މުގުރާލެވިއްޖެނަމަ މުޅި ދައުލަތުގެ ވުޖޫދަށް ބުރޫ އަރާނެކަމަށް، މިގޮތަށް ފާހަގަކޮށްފައިވޭ.
ޝަމްސުލް ފަލާޙު 

އެހެންކަމުން އެ ސަބަބުތައް އެހެން ހުރުމާއެކު، ޤާނޫނުއަސާސީއަށް ގެނައި 8 ވަނަ އިސްލާޙަކީ ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑަށްވެސް ބަދަލު އަންނަ ފަދަ އިސްލާޙެއްކަމަށް ޤަބޫލު ކުރައްވާކަމަށް އޭނާ ވިދާޅުވި އެވެ.  

ނޫނެކޭނޫނެކޭ ކެމްޕެއިންޑރ. ޝަމްސުލްފަލާހްރެފަރަންޑަމް ބިލު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

28 މާރިޗު 2026

ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ޚުދުމުޚުތާރުވުމުގެ ވިސްނުމެއްކަން ފާހަގަ ކުރައްވައި ޑރ މުނައްވަރުވެސް ނޫނެކޭ ވިދާޅުވެއްޖެ!

28 މާރިޗު 2026
ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ޚުދުމުޚުތާރުވުމުގެ ވިސްނުމެއްކަން ފާހަގަ ކުރައްވައި ޑރ މުނައްވަރުވެސް ނޫނެކޭ ވިދާޅުވެއްޖެ!
28 މާރިޗު 2026

ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ބަދަލު ގެންނަންޖެހޭ ފަދަ ހުއްޖަތެއް ރައީސްގެ ޤަރާރުން ދެއްކިފައެއް ނެތް: މައުރޫފް

28 މާރިޗު 2026
 ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ބަދަލު ގެންނަންޖެހޭ ފަދަ ހުއްޖަތެއް ރައީސްގެ ޤަރާރުން ދެއްކިފައެއް ނެތް: މައުރޫފް
28 މާރިޗު 2026

ހަމަޖެހުން ގެއްލެނީ އިންތިޚާބުތަކާ ހެދިއެއް ނޫން، ރައްޔިތުންގެ ހައްޤުތަކަށް އަރައިގަންނާތީ: ޕާޕާ

28 މާރިޗު 2026
ހަމަޖެހުން ގެއްލެނީ އިންތިޚާބުތަކާ ހެދިއެއް ނޫން، ރައްޔިތުންގެ ހައްޤުތަކަށް އަރައިގަންނާތީ: ޕާޕާ
27 މާރިޗު 2026

"އަހަރެން ގޮތް ނިންމައިފިން"- ނޫނެކޭ ކެމްޕެއިންގެ ތަފާތު ޑްރާމާތަކެއް ރާއްޖެޓީވީ އިން ގެނެސްދެނީ

27 މާރިޗު 2026
"އަހަރެން ގޮތް ނިންމައިފިން"- ނޫނެކޭ ކެމްޕެއިންގެ ތަފާތު ޑްރާމާތަކެއް ރާއްޖެޓީވީ އިން ގެނެސްދެނީ
27 މާރިޗު 2026

ރާއްޖޭގެ ފަހުގެ ޑިފެންސް ލައިނަކީ ދިވެހި ރައްޔިތުން ކަމަށާއި ދެ އިންތިޚާބު އެއްކޮށްލުމަކީ އެ ލައިން ފޫއަޅުވާލަން ޖާގަ ދިނުން: އަލީ ހުސެއިން

27 މާރިޗު 2026
ރާއްޖޭގެ ފަހުގެ ޑިފެންސް ލައިނަކީ ދިވެހި ރައްޔިތުން ކަމަށާއި ދެ އިންތިޚާބު އެއްކޮށްލުމަކީ އެ ލައިން ފޫއަޅުވާލަން ޖާގަ ދިނުން: އަލީ ހުސެއިން
27 މާރިޗު 2026

ދެ އިންތިޚާބު އެއްކޮށްލުމަކީ ވެރިކަން ދަންމާލާ، ރައީސް މުއިއްޒުގެ އީގޯ އަށް ފީޑްކުރުމަށް ކުރާ ކަމެއް: އައިކު

27 މާރިޗު 2026
ދެ އިންތިޚާބު އެއްކޮށްލުމަކީ ވެރިކަން ދަންމާލާ، ރައީސް މުއިއްޒުގެ އީގޯ އަށް ފީޑްކުރުމަށް ކުރާ ކަމެއް: އައިކު
27 މާރިޗު 2026

ރިފެރެންޑަމް ސަރުކާރަށް ކާމިޔާބުވެއްޖެނަމަ މަޖިލިސް މެދުވެރިކޮށް ސަރުކާރުން ކުރާ ކަންކަން އިތުރަށް ގޯސްވާނެ، މި ވޯޓަށް ނޫނެކޭ ބުނަން ޖެހޭ: އަމްރު

27 މާރިޗު 2026
ރިފެރެންޑަމް ސަރުކާރަށް ކާމިޔާބުވެއްޖެނަމަ މަޖިލިސް މެދުވެރިކޮށް ސަރުކާރުން ކުރާ ކަންކަން އިތުރަށް ގޯސްވާނެ، މި ވޯޓަށް ނޫނެކޭ ބުނަން ޖެހޭ: އަމްރު
27 މާރިޗު 2026

ރައީސް މުއިއްޒު ޑިކްޓޭޓަރެއްގެ ސިފައިގައި މަސައްކަތް ކުރަމުންދާތީ، ރިފެރެންޑަމަށް ނޫނެކޭ ބުނަން ޖެހޭ: ސަނީފް

27 މާރިޗު 2026
ރައީސް މުއިއްޒު ޑިކްޓޭޓަރެއްގެ ސިފައިގައި މަސައްކަތް ކުރަމުންދާތީ، ރިފެރެންޑަމަށް ނޫނެކޭ ބުނަން ޖެހޭ: ސަނީފް
27 މާރިޗު 2026

ޕީއެންސީގެ މެމްބަރުން ވޯޓުލައިގެން އިސްލާހު ފާސްކުރި އިރު، ސަރުކާރުން ކުރަން އުޅޭކަމެއް އެ މެމްބަރުންނަށް ވެސް ނޭނގެ: ޝަފީގު

27 މާރިޗު 2026
ޕީއެންސީގެ މެމްބަރުން ވޯޓުލައިގެން އިސްލާހު ފާސްކުރި އިރު، ސަރުކާރުން ކުރަން އުޅޭކަމެއް އެ މެމްބަރުންނަށް ވެސް ނޭނގެ: ޝަފީގު
27 މާރިޗު 2026

ފަނޑިޔާރު ޝަހީދުގެ އާދަޔާ ހިލާފު ސުވާލަށް ވަކީލުން ދެއްވި ޖަވާބު: "އެންމެނަށް ބިލު ކިޔަން ނުޖައްސާ ވޯޓު ކަރުދާހުން ވާނުވާ އެނގެން ޖެހޭ"

27 މާރިޗު 2026
 ފަނޑިޔާރު ޝަހީދުގެ އާދަޔާ ހިލާފު ސުވާލަށް ވަކީލުން ދެއްވި ޖަވާބު: "އެންމެނަށް ބިލު ކިޔަން ނުޖައްސާ ވޯޓު ކަރުދާހުން ވާނުވާ އެނގެން ޖެހޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް