Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވިނަރެސް

ވީޑިއޯ އެއް އާއްމުވެ ގިނަ ބައެއްގެ ފާޑު ކިޔުން އެޗްޑީސީއަށް އަމާޒުވުމުން، ވިނަރެސް ފްލެޓުގައި ހިންގި ލޯންޑްރީ ފެކްޓްރީ މަސައްކަތް ހުއްޓާލާ، މެޝިންތައް ނެގުމަށް 7 ދުވަހުގެ މުއްދަތެއް ދީފި

28 މާރިޗު 2026 | ހޮނިހިރު 07:51

ވިނަރެސް ފްލެޓެއްގައި ގަވާއިދާ ހިލާފަށް ލޯންޑްރީ ފެކްޓްރީއެއް ހިންގާ މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން، އެ މަސައްކަތް ހުއްޓާލުމަށް އެޗްޑީސީން ވަނީ އަންގާފައި. އެގޮތުން އެތަނުގައި ހުރި މެޝިންތައް ނެގުމަށް 7 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، އާންމުން ދިރިއުޅޭ ތަންތަނުގައި މިފަދަ ވިޔަފާރި ކުރުމަކީ މަނާކަމެއް ކަމަށް އެ ކޯޕަރޭޝަނުން ބުނޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 28 މާރިޗު 2026 | ހޮނިހިރު 07:51
ހުޅުމާލެ ވިނަރެސް ފްލެޓެއްގައި ހިންގާ ފެކްޓްރީގައި ބަހައްޓާފައި ހުރި ދޮންނަ މެޝިންތައް. މިއީ ދައުރުވަމުންދާ ވީޑިއޯގެ ސްކްރީން ޝޮޓެއް.

ހުޅުމާލެ ވިނަރެސް ފްލެޓެއްގައި ހިންގާ ފެކްޓްރީގައި ބަހައްޓާފައި ހުރި ދޮންނަ މެޝިންތައް. މިއީ ދައުރުވަމުންދާ ވީޑިއޯގެ ސްކްރީން ޝޮޓެއް. | ރާއްޖެއެމްވީ

ހުޅުމާލެ ވިނަރެސް ފްލެޓެއްގައި ލޯންޑްރީ ފެކްޓްރީ އެއް ހިންގާ މައްސަލަ ބޮޑުވުމާއެކު އެކަން ހުއްޓާލަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފި އެވެ.

އެޗްޑީސީން ބުނީ، ވިނަރެސް ފްލެޓުތަކަކީ މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ތަންތަން ކަމަށާއި، އެތަނުގައި މިފަދަ ވިޔަފާރިއެއް ނުހިންގޭނެ ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް އެޗްޑީސީގެ ތަރުޖަމާން މުހައްމަދު ސިރާޖު ވިދާޅުވީ، ސޯޝަލް މީޑިއާގައި އާއްމުވި ވީޑީއޯއާއެކު މި މައްސަލަ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި، އެތަނުގައި އެމަސައްކަތް ނުކުރުމަށް ފްލެޓުގެ ވެރިފަރާތަށް އަންގާފައިވާ ކަަމަށެވެ. ލޯންޑްރީ މެޝިންތައް ފެލެޓުން ނެގުމަށް 7 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، ފްލެޓް ވެރިފަރާތުން އެ ތަކެތި އެތަނުން ނުނަގައި ވިޔަފާރި ހިންގަމުންދާނަމަ އިތުރު ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އާއްމުން ދިރިއުޅޭ ތަންތަނުގައި މި ފަދަ މަސައްކަތްތައް ކުރުމަކީ މަނާ ކަމެކެވެ. އަދި ހުޅުމާލޭގައި ލޯންޑްރީގެ މިފަދަ ޚިދުމަތްދޭ ވިޔަފާރިތައް ހިންގޭނީ އެޗްޑީސީގެ ޚާއްސަ ހުއްދައާ އެކުގަ އެވެ. 

ސޯޝަލް މީޑީއާއިން ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ގިނަ އަދަދެއްގެ ދޮންނަ މެޝިނާއި ހިއްކާ މެޝިންތައް ހުރިއިރު، ގިނަ އަދަދެއްގެ ބޮޑެތި ގޭސްފުޅިތައް ވެސް ބަހައްޓާފައި ހުންޓެވެ. 

ލޯންޑްރީ ފެކްޓްރީގައި ބޭނުންކުރާ ގޭސްފުޅިތައް.

ލޯންޑްރީ ފެކްޓްރީގައި ބޭނުންކުރާ ގޭސްފުޅިތައް.

ހުޅުމާލެ ވިނަރެސް ފްލެޓެއްގައި ލޯންޑްރީ ފެކްޓްރީއެއް ހިންގަނީ. މި މައްސަލަ ސަމާލު ކަމަށް އައީ ވީޑީއޯއެއް ސޯޝަލް މީޑިއާގައި އާއްމުވުމުން.

ހުޅުމާލެ ވިނަރެސް ފްލެޓެއްގައި ލޯންޑްރީ ފެކްޓްރީއެއް ހިންގަނީ. މި މައްސަލަ ސަމާލު ކަމަށް އައީ ވީޑީއޯއެއް ސޯޝަލް މީޑިއާގައި އާއްމުވުމުން.

އެ ލޯންޑްރީ ފެކްޓްރީ ހިންގަނީ ވިނަރެސް ހުޅުމާލެ 2 ގެ 8އޭ-206 ގަ އެވެ.

މި މައްސަލައާ ގުޅިގެން ވިނަރެސްގެ ފްލެޓުތަކުގައި ދިރިއުޅޭ ބައެއް މީހުން ބުނީ މިފެކްޓްރީ ހިންގާތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި، އެ ފެކްޓްރީގައި ދޮންނަން ޖެހޭ ސާމާނާއި ދޮވެފައި ހުރެ ތަކެތި އުފުލަން ބޭނުންކުރަނީ، އާއްމުން ބޭނުންކުރާ ލިފްޓު ކަމަށްވާއިރު، ދަތިތައް ކުރިމަތިވާތީ ޝަކުވާ ހުށަހެޅި ކަމަށެވެ. 

ނަމަވެސް ހައްލެއް ނުލިިބުމުން ސޯޝަލް މީޑިއާގައި ވީޑިއޯ އާއްމު ކުރީ ކަމަށެވެ. 

މީގެ އިތުރުން ވެސް ވިނަރެސްގެ ފްލެޓުތަކުގައި ގިނަ މައްސަލަތައް ހުރިއިރު، އެޗްޑީސީން މެއިންޓަނެންސްގެ މަސައްކަތް ނުކުރާ ކަމަށާއި، ވަރަށް ބޮޑަށް އިހުމާލުވަމުންދާ ކަމަށް ފްލެޓުތަކުގައި ދިރިއުޅޭ އާއްމު ރައްޔިތުން ބުނެ އެވެ. 

ވިނަރެސްއެޗްޑީސީމުހައްމަދު ސިރާޖު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

27 މާރިޗު 2026

ވިނަރެސް ކުރިމަތީގައި އޮންނަ ހުސް ބިން ޓިނު ޖަހާ ބަންދު ކޮށްފައި އޮންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް، އެޗްޑީސީގެ ބަހެއް ނެތް!

27 މާރިޗު 2026
ވިނަރެސް ކުރިމަތީގައި އޮންނަ ހުސް ބިން ޓިނު ޖަހާ ބަންދު ކޮށްފައި އޮންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް، އެޗްޑީސީގެ ބަހެއް ނެތް!
25 މާރިޗު 2026

އިންތިޚާބާ ދިމާކޮށް އެއްވެސް މަޝްރޫއެއް ނުފަށާނެ ކަމަށް ރައީސް ވިދާޅުވެެފައިވަނިކޮށް ރައީސްގެ ބަސްފުޅާ ދެކޮޅަށް، 8 ރަށެއްގެ މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކޮށްފި

25 މާރިޗު 2026
އިންތިޚާބާ ދިމާކޮށް އެއްވެސް މަޝްރޫއެއް ނުފަށާނެ ކަމަށް ރައީސް ވިދާޅުވެެފައިވަނިކޮށް ރައީސްގެ ބަސްފުޅާ ދެކޮޅަށް، 8 ރަށެއްގެ މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކޮށްފި
25 މާރިޗު 2026

ވިނަރެސް ފްލެޓުތައް ބެލެހެއްޓުމުގައި ފެއިލްވެފައިވާ ކަމަށް ބުނެ އެޗްޑީސީގެ ކުރިމަތީގައި މުޒާހަރާ ކޮށްފި

25 މާރިޗު 2026
ވިނަރެސް ފްލެޓުތައް ބެލެހެއްޓުމުގައި ފެއިލްވެފައިވާ ކަމަށް ބުނެ އެޗްޑީސީގެ ކުރިމަތީގައި މުޒާހަރާ ކޮށްފި
17 މާރިޗު 2026

އެމްޑީޕީގެ ކެމްޕޭން ބެނާތަކަށް ގެއްލުންދިނުން އެ ޕާޓީ އިން ކުށްވެރި ކޮށްފި

17 މާރިޗު 2026
އެމްޑީޕީގެ ކެމްޕޭން ބެނާތަކަށް ގެއްލުންދިނުން އެ ޕާޓީ އިން ކުށްވެރި ކޮށްފި
16 މާރިޗު 2026

އެމްޑީޕީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތައް އެޗްޑީސީން ނަގާ ވީޑިއޯއެއް އާއްމުވެ، ގިނަ ބައެއް ފާޑުކިޔުން އަމާޒުވެއްޖެ

16 މާރިޗު 2026
އެމްޑީޕީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތައް އެޗްޑީސީން ނަގާ ވީޑިއޯއެއް އާއްމުވެ، ގިނަ ބައެއް ފާޑުކިޔުން އަމާޒުވެއްޖެ
16 މާރިޗު 2026

ފަތިސް ނަމާދަށްފަހު އެޗްޑީސީގެ މުވައްޒަފުން އެމްޑީޕީގެ ކެނޑިޑޭޓުންގެ ޕޯސްޓަރުތައް ވީދަނީ، މިނިވަން މުއައްސަސާތައް ނިދީގައި

16 މާރިޗު 2026
ފަތިސް ނަމާދަށްފަހު އެޗްޑީސީގެ މުވައްޒަފުން އެމްޑީޕީގެ ކެނޑިޑޭޓުންގެ ޕޯސްޓަރުތައް ވީދަނީ، މިނިވަން މުއައްސަސާތައް ނިދީގައި
15 މާރިޗު 2026

ހަނިމާދޫ ރައްޔިތުންނަށް ކަނޑައެޅި ބިމުން ހިރިމަރަދޫ މީހުންނަށް ގޯތިދޭތީ ހަނިމާދޫ ރައްޔިތުން އިހުތިޖާޖުކޮށްފި

15 މާރިޗު 2026
ހަނިމާދޫ ރައްޔިތުންނަށް ކަނޑައެޅި ބިމުން ހިރިމަރަދޫ މީހުންނަށް ގޯތިދޭތީ ހަނިމާދޫ ރައްޔިތުން އިހުތިޖާޖުކޮށްފި
13 މާރިޗު 2026

ޕިކަޕް ޖަލްސާ: "ރެފަރެންޑަމް ވޯޓަށް ބޮޑުތަނުން ނޫނެކޭ ބުނެ ރައްޔިތުންގެ ބާރު ދަމަހައްޓަން ޖެހޭ."

13 މާރިޗު 2026
ޕިކަޕް ޖަލްސާ: "ރެފަރެންޑަމް ވޯޓަށް ބޮޑުތަނުން ނޫނެކޭ ބުނެ ރައްޔިތުންގެ ބާރު ދަމަހައްޓަން ޖެހޭ."
05 މާރިޗު 2026

ބިމުގެ ސްލޮޓްތައް ކުއްޔަށް ދީގެން އެފްއޭއެމްއަށް ލިބެންޖެހޭ 29.5 މިލިއަން ރުފިޔާ ގެއްލިފައިވޭ: އޮޑިޓް

05 މާރިޗު 2026
ބިމުގެ ސްލޮޓްތައް ކުއްޔަށް ދީގެން އެފްއޭއެމްއަށް ލިބެންޖެހޭ 29.5 މިލިއަން ރުފިޔާ ގެއްލިފައިވޭ: އޮޑިޓް
04 މާރިޗު 2026

ހިޔާ ފްލެޓް ކުއްޔަށް ދޭ މައްސަލަ: އެއީ މަނާކަމެއް ކަމަށް ގާނޫނުން ކަނޑައަޅަނީ

04 މާރިޗު 2026
ހިޔާ ފްލެޓް ކުއްޔަށް ދޭ މައްސަލަ: އެއީ މަނާކަމެއް ކަމަށް ގާނޫނުން ކަނޑައަޅަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް