Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހަނިމާދޫ ރައްޔިތުންގެ އިހުތިޖާޖު

ހަނިމާދޫ ރައްޔިތުންނަށް ކަނޑައެޅި ބިމުން ހިރިމަރަދޫ މީހުންނަށް ގޯތިދޭތީ ހަނިމާދޫ ރައްޔިތުން އިހުތިޖާޖުކޮށްފި

ހަނިމާދޫގެ ލޭންޑް ޔޫސް ޕްލޭންގައި އެ ރަށު ރައްޔިތުންނަށް ޚާއްސަކޮށްފައިވާ ސަރަހައްދުން ހިރިމަރަދޫ މީހުންނަށް ގޯތި ދޭން ނިންމުމާ ގުޅިގެން، އެ ރަށުގެ ރައްޔިތުން ނުކުމެ ބޮޑު އިހުތިޖާޖެއް ކޮށްފިއެވެ. މި ސައިކަލު ބުރުގައި ބައިވެރިން ގޮވާލަމުންދަނީ ރަށުގެ އަހުލުވެރިންނަށް ގޯތި ދޫކޮށް ނިންމުމުގެ ކުރިން އެހެން ރަށެއްގެ ބަޔަކަށް ބިން ދިނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް.

ޢާއިޝަތު އައިނީ
ޢާއިޝަތު އައިނީ, ރާއްޖެ އެމްވީ | 15 މާރިޗު 2026 | އާދީއްތަ 09:23
ހަނިމާދޫގައި އިއްޔެ ކުރިއަށް ގެންދިޔަ ސައިކަލު ބުރުގެ ތެރެއިން

ހަނިމާދޫގައި އިއްޔެ ކުރިއަށް ގެންދިޔަ ސައިކަލު ބުރުގެ ތެރެއިން | ގޮއްކޮޅު

ހދ. ހަނިމާދޫގައި ދިރިއުޅޭ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން، އެ އަތޮޅު ހިރިމަރަދޫ ރައްޔިތުންނަށް ގޯތި ދިނުމަށް ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް ހަނިމާދޫ ރައްޔިތުން "ފުރަތަމަ ހަނިމާދޫ" ގެ ނަމުގައި އިއްޔެ ބޮޑު ސައިކަލު ބުރެއް ބާއްވައި އިހުތިޖާޖުކޮށްފިއެވެ.

އިއްޔެ ހަވީރު ހަނިމާދޫގެ ބޮޑެތި މަގުތަކުގައި ކުރިއަށްދިޔަ މި ސައިކަލު ބުރުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ. މުޒާހަރާގެ ބައިވެރިން ވަނީ އެ މީހުންގެ ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން އަޑުއުފުލާފައެވެ.

Advertisement - newsAdvertisement

މި އިހުތިޖާޖު ކުރިއަށް ގެންދިޔައީ ހަނިމާދޫ ރައްޔިތުން ފާސްކޮށްފައިވާ ލޭންޑް ޔޫސް ޕްލޭންގައި، އެ ރަށު ރައްޔިތުންނަށް ގޯތި ދިނުމަށް ހާއްސަކޮށްފައިވާ ސަރަހައްދުން ހިރިމަރަދޫ މީހުންނަށް ގޯތި ދިނުމަށް ނިންމުމާ ގުޅިގެންނެވެ.

މިގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރަށުގެ އަހުލުވެރިންނަށް ގޯތި ނުދީ، އެހެން ރަށަކުން ބަދަލުކުރާ ބަޔަކަށް އިސްކަން ދިނުމެވެ. އިހުތިޖާޖުގެ ބައިވެރިން ބުނަމުން ދިޔައީ ހިރިމަރަދޫ މީހުންނަށް ގޯތި ދޭންވާނީ ހަނިމާދޫ ރައްޔިތުންނަށް ކަނޑައެޅި ސަރަހައްދުން ގޯތި ދޫކޮށް ނިންމުމަށްފަހު ކަމަށެވެ.

އިއްޔެ ހަނިމަދޫ ރައްޔިތުން ބޭއްވި ސައިކަލު ބުރުގެ ތެރެއިން
އިއްޔެ ހަނިމަދޫ ރައްޔިތުން ބޭއްވި ސައިކަލު ބުރުގެ ތެރެއިން

މިދިޔަ އަހަރުގެ އޮގަސްޓް މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ހިރިމަރަދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމާއި މުނިސިޕަލް ޚިދުމަތްތައް ދޮޅު އަހަރު ތެރޭގައި ހަނިމާދޫގައި ޤާއިމްކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ވަނީ ހަވާލުކުރައްވާފައެވެ.

އެ ދަތުރުފުޅުގައި ރައީސް ވިދާޅުވެފައިވަނީ ހިރިމަރަދޫގައި ހުރި ކޮންމެ ގޯއްޗަކަށް ހަނިމާދޫއިން ގެއެއް ލިބޭނެ ކަމަށާއި، 18 މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމައި ތަޅުދަނޑި ހަވާލުކުރައްވާނެ ކަމަށެވެ. ނަމަވެސް، އެއްވެސް ރައްޔިތަކަށް ރަށުން ބަދަލުވާން މަޖުބޫރު ނުކުރައްވާނެ ކަމަށްވެސް އެމަނިކުފާނު އޭރު ވިދާޅުވިއެވެ. ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރަން ނިންމާފައި އޮތުމުން، ހިރިމަރަދޫން ގޯތި ދޫކުރުންވެސް ފަހުން އޮތީ މެދުކަނޑާލާފައެވެ.

މި މައްސަލާގައި ހަނިމާދޫ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާއިރު، ރަށުގެ ބިމުގެ މައްސަލާގައި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެ ރަށު ރައްޔިތުން ދަނީ ގޮވާލަމުންނެވެ

ހަނިމާދޫހިރިމަރަދޫޑރ. މުޙައްމަދު މުޢިއްޒުއެޗްޑީސީހަނިމާދޫ-ހިރިމަރަދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

ރެފަރެންޑަމް ގައި ނޫނެކޭ ބުނަން ޖެހެނީ ޚަރަދު ކުޑަކުރަން ކަމަށް ބުނެ ސަރުކާރުން އޮޅުވާލަން އުޅޭތީ، އެ ފައިސާ ޚަރަދު ކުރާނީ ރަސްމާލެ އަށް: ޝަމްހީދު

ރެފަރެންޑަމް ގައި ނޫނެކޭ ބުނަން ޖެހެނީ ޚަރަދު ކުޑަކުރަން ކަމަށް ބުނެ ސަރުކާރުން އޮޅުވާލަން އުޅޭތީ، އެ ފައިސާ ޚަރަދު ކުރާނީ ރަސްމާލެ އަށް: ޝަމްހީދު

15 މާރިޗު 2026
ބައިނަލްއަގުވާމީ ދެ އިދާރާއަކުން 100 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ސަރުކާރުން މަޝްވަރާ ކުރަނީ

ބައިނަލްއަގުވާމީ ދެ އިދާރާއަކުން 100 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ސަރުކާރުން މަޝްވަރާ ކުރަނީ

15 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ދެ އިންތިޚާބު އެއްކޮށްލައިގެން ބޭނުންވަނީ 20-25 އަހަރަށް ވެރިކަމުގައި މުއިއްޒު އަށް ހުރެވޭނެ ގޮތެއް ހޯދަން"

އެމްޑީޕީ ޕިކަޕް ޖަލްސާ: "ދެ އިންތިޚާބު އެއްކޮށްލައިގެން ބޭނުންވަނީ 20-25 އަހަރަށް ވެރިކަމުގައި މުއިއްޒު އަށް ހުރެވޭނެ ގޮތެއް ހޯދަން"

14 މާރިޗު 2026
ޕިކަޕް ޖަލްސާ: "ރެފަރެންޑަމް ވޯޓަށް ބޮޑުތަނުން ނޫނެކޭ ބުނެ ރައްޔިތުންގެ ބާރު ދަމަހައްޓަން ޖެހޭ."

ޕިކަޕް ޖަލްސާ: "ރެފަރެންޑަމް ވޯޓަށް ބޮޑުތަނުން ނޫނެކޭ ބުނެ ރައްޔިތުންގެ ބާރު ދަމަހައްޓަން ޖެހޭ."

13 މާރިޗު 2026
ރިފަރެންޑަމް ގަރާރުގައި ހުރި މައްސަލައިގެ ޝަކުވާ ކުރާނެ ތަނެއް ކޯޓު ނޫނީ ނެތް، ‎ސިޔާސީ ގޮތުން ޖެއްސުން ކުރުމުގެ ބަދަލުގައި މައްސަލަ އަވަހަށް ރަޖިސްޓްރީ ކޮށް އަޑުއެހުންތައް ބޭއްވުން އުންމީދަކީ: މައުރޫފް

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު