Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރަޙުމަތްތެރި ކަމުގެ މެޗު

ވާޓްޒްގެ މޮޅު ކުޅުމާ އެކު، ޖަރުމަނުން ސްވިޒަލެންޑު ބަލި ކޮށްފި

28 މާރިޗު 2026 | ހޮނިހިރު 03:41

މެޗުގައިި ވާޓްޒް ވަނީ ދެ ލަނޑު ޖެހުމުގެ އިތުރުން، ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 މާރިޗު 2026 | ހޮނިހިރު 03:41
މެޗުގައި ލަނޑު ޖެހުމަށް ފަހު ޖަރުމަނުގެ ވާޓްޒް އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޖަރުމަނުގެ ވާޓްޒް އުފާ ފާޅު ކުރަނީ | ރޮއިޓާސް

ބައިނަލްއަޤުވާާމީ ރަޙުމަތްތެރި ކަމުގައި ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުން ފަހު ވަގުތު ޖަރުމަނު މޮޅުވިއިރު، ފްލޯރިއަން ވާޓްޒް މޮޅު ކުޅުމެއް ދައްކައިފި އެވެ.

ހުކުރު ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ޖަރުމަނުން ކާމިޔާބު ކުރީ 4-3 އިންނެވެ. މެޗުގައި ދެ ފަހަރެއްގެ މަތިން ލީޑު ނެގީ ވެސް ސްވިޒަލެންޑުންނެވެ. ނަމަވެސް، ޖަރުމަނުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗު ފަށައިގެން 17 ވަނަ މިނެޓުގައި ސްވިޒަލެންޑަށް ލީޑު ނަގައިދިނީ ޑަން އެންޑޮޔޭ އެވެ. ނަމަވެސް، މެޗުގެ 26 ވަނަ މިނެޓުގައި ޖޮނަތަން ޓާ ވަނީ ލަނޑު ޖަހައި ޖަރުމަނަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި ދެ ވަނަ ފަހަރަށް ސްވިޒަލެންޑަށް ލީޑު ނަގައިދިނީ ބްރީލް އެމްބޮލޯ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސާޖް ގްނަބްރީ ވަނީ ލަނޑު ޖަހައި ޖަރުމަނަށް ދެ ވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ޖަރުމަނުގެ ފުރަތަމަ ދެ ލަނޑު ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ވާޓްޒް އެވެ. އޭގެ ފަހުން މެޗުގެ 61 ވަނަ މިނެޓުގައި ވާޓްޒް ވަނީ ޖަރުމަނުގެ ތިން ވަނަ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. 

ޖަރުމަނުން ލީޑު ނެގި ފަހުން މެޗުގެ 79 ވަނަ މިނެޓުގައި ޖޮއެލް މޮންޓެއިރޯ ވަނީ ސްވިޒަލެންޑަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އޭގެ ހަ މިނެޓު ފަހުން ވާޓްޒް ވަނީ ޖަރުމަނުގެ ހަތަރު ވަނަ ލަނޑު ޖަހައި މެޗުން އެ ޓީމު މޮޅު ކޮށްދީފަ އެވެ. 

ބައިނަލްއަޤުވާމީ ރަޙުމަތްތެރި ކަމުގައި ޖަރުމަނުން ދެން ނިކުންނާނީ ގާާނާއާ ދެކޮޅަށެވެ.

ޖަރުމަނު ގައުމީ ފުޓްބޯޅަ ޓީމުސްވިޒަރލެންޑްފްލޯރިއަން ވާޓްޒް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

20 މާރިޗު 2026

އެމެރިކާއަށް ހަތިޔާރު އެކްސްޕޯޓްކުރުން ހުއްޓާލުމަށް ސުވިޒަލޭންޑް ސަރުކާރުން ނިންމައިފި

20 މާރިޗު 2026
އެމެރިކާއަށް ހަތިޔާރު އެކްސްޕޯޓްކުރުން ހުއްޓާލުމަށް ސުވިޒަލޭންޑް ސަރުކާރުން ނިންމައިފި
15 ފެބުރުއަރީ 2026

އެމެރިކާ އާއި އީރާންގެ މަޝްވަރާތައް ޖެނީވާގައި ކުރިއަށް ގެންދަން ތައްޔާރު ވަނީ

15 ފެބުރުއަރީ 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާތައް ޖެނީވާގައި ކުރިއަށް ގެންދަން ތައްޔާރު ވަނީ
01 ޖެނުއަރީ 2026

އާ އަހަރުގެ އުފާފާޅުކުރުމުގެ ތެރޭގައި ސްވިސް ސްކީ ރިސޯޓެއް ގައި އަލިފާން ރޯވެ އެތައް ބަޔަކު މަރުވެއްޖެ

01 ޖެނުއަރީ 2026
އާ އަހަރުގެ އުފާފާޅުކުރުމުގެ ތެރޭގައި ސްވިސް ސްކީ ރިސޯޓެއް ގައި އަލިފާން ރޯވެ އެތައް ބަޔަކު މަރުވެއްޖެ
14 އޮކްޓޯބަރު 2025

ނޮދާން އަޔަލެންޑް އަތުން ޖަރުމަނު މޮޅުވެއްޖެ

14 އޮކްޓޯބަރު 2025
ނޮދާން އަޔަލެންޑް އަތުން ޖަރުމަނު މޮޅުވެއްޖެ
08 ސެޕްޓެމްބަރު 2025

ދެ ވަނަ މެޗުން މޮޅުވެ ޖަރުމަނަށް ހަމަ ޖެހުމެއް

08 ސެޕްޓެމްބަރު 2025
ދެ ވަނަ މެޗުން މޮޅުވެ ޖަރުމަނަށް ހަމަ ޖެހުމެއް
05 ޖޫން 2025

ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް

05 ޖޫން 2025
ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް
20 ނޮވެމްބަރު 2024

ފަހު ވަގުތު ހެންގޭރީން ޖަރުމަނާ އެއްވަރުކޮށްފި

20 ނޮވެމްބަރު 2024
ފަހު ވަގުތު ހެންގޭރީން ޖަރުމަނާ އެއްވަރުކޮށްފި
19 ނޮވެމްބަރު 2024

ސްޕެއިން އިން ފަހު ވަގުތު ސްވިޒަލެންޑު ބަލިކޮށްފި

19 ނޮވެމްބަރު 2024
ސްޕެއިން އިން ފަހު ވަގުތު ސްވިޒަލެންޑު ބަލިކޮށްފި
14 އޮކްޓޯބަރު 2024

ޖަރުމަނަށް ގިނަ ކަންތައްތަކެއް ހާސިލު ކުރެވިއްޖެ: ނާގަލްސްމަން

14 އޮކްޓޯބަރު 2024
ޖަރުމަނަށް ގިނަ ކަންތައްތަކެއް ހާސިލު ކުރެވިއްޖެ: ނާގަލްސްމަން
13 އޮކްޓޯބަރު 2024

ސާބިއާ އަތުން ވެސް ސްވިޒަލެންޑު ބަލިވެއްޖެ

13 އޮކްޓޯބަރު 2024
ސާބިއާ އަތުން ވެސް ސްވިޒަލެންޑު ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް