Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
"ޗަ ގޯސް" ޖަލްސާ

ރައީސް ނަޝީދު ވިދާޅުވި ފަދައިން، އަނެއް ދިވެހިރާއްޖެ ހޯދަން މިސްރާބު ޖަހަން އެބަޖެހޭ: ޔާމީން

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ގައުމުގެ ކަންކަން ހަލާކުކޮށްލާފައިވާ ކަމަށް ތުހުމަތުކުރައްވައި، މި ހާލަތުން އަރައިގަތުމަށް "އަނެއް ދިވެހިރާއްޖެ" ހޯދަން މިސްރާބު ޖަހަންޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ. ދައުލަތުގެ ނިޒާމުތައް ހުއްޓި، މުއައްސަސާތައް ޖަވާބުދާރީ ނުކުރެވޭއިރު، ޝަރުއީ ދާއިރާ އޮތީ ރައްޔިތުންނަށް އިންސާފު ނުލިބޭ މިންވަރަށް ހަލާކުވެފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި. އެހެންކަމުން ގައުމުގެ މިހާރުގެ ހާލަތު ބަދަލުކުރުމަށްޓަކައި ސިޔާސީ ގޮތުން އާ މިސްރާބަކަށް ދަތުރުކުރުން މުހިންމު ކަމަށް ޔާމީން ވިދާޅުވި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 27 މާރިޗު 2026 | ހުކުރު 09:58
ރައީސް ޔާމީން ވެރިކަމުގެ ހުވާ ކުރެއްވި ދުވަހު ބޭއްވި ރަސްމިޔާތުގައި ރައީސް ނަޝީދާއި ސަލާމް ކުރައްވަނީ.

ރައީސް ޔާމީން ވެރިކަމުގެ ހުވާ ކުރެއްވި ދުވަހު ބޭއްވި ރަސްމިޔާތުގައި ރައީސް ނަޝީދާއި ސަލާމް ކުރައްވަނީ. | ރައީސް އޮފީސް

ކުރީގެ ރައީސް މުޙައްމަދު ނަޝީދު މީގެ ކުރިން ގެންގުޅުއްވި "އަނެއް ދިވެހިރާއްޖެ" ޝިއާރަށް ތާއީދުކުރައްވައި، ރާއްޖޭގެ މިހާރުގެ ހާލަތުން އަރައިގަތުމަށްޓަކައި އަނެއް ދިވެހިރާއްޖެ ހޯދަން މިސްރާބު ޖަހަންޖެހޭ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕީޕަލް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި "ޗަ ގޯސް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް ޔާމީން ވިދާޅުވީ، މިހާރު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަބަބުން ގައުމުގެ ކަންކަން ހަލާކުވެގެން ގޮސްފައިވާ ކަމަށެވެ. އަދި މިހާރު ހުންނެވި ރައީސަށް ރައްޔިތުންގެ ތާއީދު ހޯއްދަވައިގެން އިތުރަށް ކުރެއްވޭނެ ކަމެއް ނެތް ކަމަށާއި، ސަރުކާރުން މިހާރު ކުރަމުންދާ ހުރިހާ މަސައްކަތަކީ އެކަން ފޮރުވުމަށް ކުރާ މަސައްކަތްތަކެއް ކަމަށް ޔާމީން ވިދާޅުވި އެވެ. ރާއްޖޭގެ މަސްރަހު މިހާ ބަނަވެ، ކަންކަން ނާއުންމީދީ ހިސާބަކަށް ގޮސްފައިވާކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮންމެ ރައީސަކު ދައްކަވާ ވާހަކަފުޅެއް ވެސް ސީރިއަސްކޮށް ނަގަން ޖެހޭނެކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ، ރައީސް މުޢިއްޒު ހިނގަމުންދާ ހަނގުރާމަތަކާ ގުޅޭގޮތުން ޚާރިޖީ ސިޔާސަތު އިޢުލާނު ކުރެއްވުމުންވެސް އެކަން ވަރަށް ސީރިއަސްކޮށް ނެންގެވި ކަމަށެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ޔާމީން ވިދާޅުވީ، ސިޔާސީ މަސްރަހުގައި ބަސް ވިދާޅުވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅެއް ހަނދާނަށް އަންނަ ކަމަށެވެ. އެއީ "އަނެއް ދިވެހިރާއްޖެ" ހޯދަންޖެހޭ ކަމަށް ވިދާޅުވި ވާހަކަފުޅު ކަމަށާއި، މިއަދު އަޅުގަނޑުމެންވެސް އެ މިސްރާބަށް ދާންޖެހިފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

އެހެންވީމާ، އަޅުގަނޑު ޚިޔާލަށް އަންނަނީ، އަޅުގަނޑުމެންގެ ތެރޭގައި ހަމަ އުޅުއްވާފައި، މިހާރުވެސް ބަސް ވިދާޅުވައި، އެހެންނަމަވެސް، ވަކި އޮންނައިން ހުންނެވި ރައީސެއް. ރައީސް ނަޝީދު ވިދާޅުވި ވާހަކައެއް. މިހާރު ތިމަންނަމެން އެބަޖެހޭ އަނެއް ދިވެހިރާއްޖެ ހޯދަން. އެހެންވީމާ، އަޅުގަނޑުމެން ވެސް އެބަޖެހޭ ދޮގެއްތޯ މިސްރާބު ޖަން އަނެއް ދިވެހިރާއްޖެ ހޯދަން. 
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން

ރައީސް ޔާމީން ވިދާޅުވީ، ކާބަފައިންނާއި ގާނޫނުތަކާއި ދުސްތޫރުގެ ތެރެއިން ގެނެސްދިން ނިޒާމު މިހާރު ނުހިނގާ ކަމަށެވެ. ނިޒާމު ނުހިނގަނީ ނިޒާމުގެ އުނިކަމަކުން ނޫން ކަމަށާއި، އެ ނިޒާމު ހިންގަން ތިބި މީހުންގެ ގާބިލުކަން ނެތުމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ދައުލަތުގެ މުއައްސަސާތައް ޖަވާބުދާރީކުރުވުމުގެ މަގުތައް ބަންދުވެ، ހުރިހާ ތަނެއް "ވަންވޭ" ވެފައިވާ ކަމަށް ސިފަކުރައްވަމުން ޔާމީން ވިދާޅުވީ، މިހާރު އޮތީ ހަމައެކަނި "ދިމްޔާތަށް" (ރައީސް މުޢިއްޒުގެ އަމިއްލަ ގެކޮޅަށް) ދެވޭ މަގު އެކަނި ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަށްވެސް ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމަކީ ރައްޔިތުންނަށް ތަސައްލީއެއް ލިބޭނެ ތަނެއް ނޫން ކަމަށާއި، އެ ނިޒާމު އޮތީ ކޮރަޕްޝަނަށްވުރެ ބޮޑަށް ފުނޑި، ހަލާކުވެފައި ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް އިންސާފު ހޯދަން ދާނެ ތަނެއް މިހާރު ނެތް ކަމަށް ވިދާޅުވެ، ގައުމުގެ ހާލަތާމެދު އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ރައީސް މުހައްމަދު ނަޝީދުއަބްދުﷲ ޔާމީންމުޙައްމަދު މުއިއްޒުޕީޕަލްސް ނެޝަނަލް ފްރޮންޓްއަނެއް ދިވެހިރާއްޖެ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަށްރަށުގެ ވެރިކަން އެ ރަށަކަށް ހޯދުމަށްޓަކައި އަނެއްކާވެސް ގޮތެއް ނިންމަން ޖެހިފައި އޮތް ވަގުތަކީ އެޕްރީލް 4 ވަނަ ދުވަސް: ރައީސް ސޯލިހު

ރަށްރަށުގެ ވެރިކަން އެ ރަށަކަށް ހޯދުމަށްޓަކައި އަނެއްކާވެސް ގޮތެއް ނިންމަން ޖެހިފައި އޮތް ވަގުތަކީ އެޕްރީލް 4 ވަނަ ދުވަސް: ރައީސް ސޯލިހު

27 މާރިޗު 2026
ޑިމޮކްރަސީ އަގުހެޔޮ ކުރަން އުޅޭނަމަ އެއީ އަމިއްލަ ހާލަތު ދަށް ކުރަން އެޅޭ ފިޔަވަޅެއް: ނަޝީދު

ޑިމޮކްރަސީ އަގުހެޔޮ ކުރަން އުޅޭނަމަ އެއީ އަމިއްލަ ހާލަތު ދަށް ކުރަން އެޅޭ ފިޔަވަޅެއް: ނަޝީދު

17 މާރިޗު 2026
ކައުންސިލްތަކަށް ބާރު ދިނުމާއި މެދު ސަރުކާރުގެ ރާގު ބަދަލު ކުރަނީ ޕީއެންސީ އިން މަގުމައްޗަށް ނުކުތުމުން ރައްޔިތުން ތިބި ގޮތް އެ ޕާޓީ އަށް ވެސް އެނގޭތީ: ރައީސް ސޯލިހު

ކައުންސިލްތަކަށް ބާރު ދިނުމާއި މެދު ސަރުކާރުގެ ރާގު ބަދަލު ކުރަނީ ޕީއެންސީ އިން މަގުމައްޗަށް ނުކުތުމުން ރައްޔިތުން ތިބި ގޮތް އެ ޕާޓީ އަށް ވެސް އެނގޭތީ: ރައީސް ސޯލިހު

15 މާރިޗު 2026
ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑުކަން ފާހަގަ ކުރައްވައި މިވަގުތަށް ފިޔަވަޅުތަކެއް އެޅުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑުކަން ފާހަގަ ކުރައްވައި މިވަގުތަށް ފިޔަވަޅުތަކެއް އެޅުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

14 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓާ މެދު ދެވަނަ ވިސްނުމަކަށް ދާން ރައީސް ނަޝީދު ގޮވާލައްވައިފި

ފެންނަ ނުފެންނަ ވޯޓާ މެދު ދެވަނަ ވިސްނުމަކަށް ދާން ރައީސް ނަޝީދު ގޮވާލައްވައިފި

12 މާރިޗު 2026

އަހަރުތަކުން މިއަދު

10 މެއި
ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
20242 އަހަރު ކުރިން
ރިޕޯޓު

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!
20233 އަހަރު ކުރިން
ރިޕޯޓު

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު