Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމްޓީސީސީ

އެމްޓީސީސީގެ އޮޕަރޭޝަންސްތައް ރަގަޅު ކުރުމަށް އައު ޓަގްބޯޓަކާއި ބާޖެއް ގެނެސްފި

ގެނެސްފައިވަނީ "ޓެންގޯ 9" ނަމަކަށް ކިޔާޓަގްބޯޓަކާއި "ހިތަ" ނަމަކަށް ކިޔާ ބާޖެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 19 ސެޕްޓެމްބަރު 2017 | އަންގާރަ 14:20
އަލަށް ގެނެވުނު ޓަގްބޯޓް އާއި ބާޖު

އަލަށް ގެނެވުނު ޓަގްބޯޓް އާއި ބާޖު

އެމްޓީސީސީގެ އޮޕަރޭޝަންސްތައް ރަގަޅުކުރުމަށް "ޓެންގޯ 9" ނަމަކަށް ކިޔާ އައު ޓަގްބޯޓަކާއި "ހިތަ" ނަމަކަށް ކިޔާ އައު ބާޖެއް ގެނެސްފިއެވެ.

ޓަގް ބޯޓަކީ 73 ފޫޓް ދިގު، 21 ފޫޓް ފުޅާ އުޅަނދަކަށް ވާއިރު ޓަގް ބޯޓުގައި 500 ހޯސްޕަވަރުގެ 2 އިންޖީނު ހަރުކުރެވިފައި ވެއެވެ. އަދި ބާޖަކީ 140 ފޫޓް ދިގު، 40 ފޫޓް ފުޅާ 1000 ޓަނުގެ މުދާ އުފުލޭ ބާޖެކެވެ.

ޓަގްބޯޓް އަދި ބާޖް ބޭނުން ކުރަން ފެށުމުގެ ގޮތުން ތިލަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ލޮޖިސްޓިކަލް އޮޕަރޭޝަންސް ޑިޕާރޓްމަންޓުގެ އެގްޒެކްޓިވް ހުސެއިން ޒުހުރީ ވިދާޅުވީ މި ޓަގްބޯޓް އަދި ބާޖަކީ މިއަހަރު ތެރޭގައި އަލަށް ބަދެވިގެން ގެނެވިފައިވާ އުޅަނދުތަކެއް ކަމަށާއި މި އުޅަނދުތައް ބޭނުންކުރަން ނިންމާފައިވަނީ ޕްރޮޖެކްޓް ސައިޓްތަކުގައި، އެއް ރަށުން އަނެއް ރަށަށް މުދާ އުފުލުމާއި ވެހިކަލް އުފުލުމާއި މެޝިނަރީޒް އުފުލުމަށް ކަމަށެވެ.

ހުސެއިން ޒުހުރީ އިތުރަށް ވިދާޅުވީ މި އުޅަނދުތައް ޙާއްސަކޮށް ޖެޓީ ހަދަން ބޭނުންކުރާ ބްލޮކްސް އުފުލުމަށް ވެސް ބޭނުންކުރެވިގެންދާނެ ކަމަށެވެ. އަދި އެމްޓީސީސީގައި 9 ބާޖާއި 6 ޓަގްބޯޓް އާއި 1 ލޭންޑިންގ ކްރާފްޓް އޮޕަރޭޝަނެއްގައި ބޭނުންކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި އުޅަނދުތަކުގެ ޙިދުމަތް ފެށުމާއި އެކު ރާއްޖޭގެ އެތެރޭގެ ލޮޖިސްޓިކްސް ޚިދުމަތުގެ ޤާބިލްކަން އިތުރުވެގެންދާނެ އެވެ.

މި ރަސްމިއްޔާތުގައި ވަނީ ދިދަ ނެގުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފަ އެވެ.

އިތުރަށް ކިޔާލަން

14 ސެޕްޓެމްބަރު 2017

ޕިއްޒާ ބޯނާގެ އިތުރު އައުޓްލެޓް ހުޅުވައިފި

14 ސެޕްޓެމްބަރު 2017
ޕިއްޒާ ބޯނާގެ އިތުރު އައުޓްލެޓް ހުޅުވައިފި
29 އޯގަސްޓު 2017

އެމްޓީސީސީގެ ހިއްސާދާރުންނަށް ހިއްސާއަކަށް 24ރ. ބަހަން ނިންމައިފި

29 އޯގަސްޓު 2017
އެމްޓީސީސީގެ ހިއްސާދާރުންނަށް ހިއްސާއަކަށް 24ރ. ބަހަން ނިންމައިފި
29 އޯގަސްޓު 2017

ޔޫރޯ ސްޓޯރގެ އައު ފިހާރަ ހުޅުވައިފި

29 އޯގަސްޓު 2017
ޔޫރޯ ސްޓޯރގެ އައު ފިހާރަ ހުޅުވައިފި
20 އޯގަސްޓު 2017

އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ އޮގަސްޓް 29 ގައި

20 އޯގަސްޓު 2017
އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ އޮގަސްޓް 29 ގައި
19 މެއި 2017

އެމްޓީސީސީގެ އަސާސީ ޤަވާއިދަށް ބަދަލުގެނައުން ސީއެމްޑީއޭއިން ހުއްޓުވައިފި!

19 މެއި 2017
އެމްޓީސީސީގެ އަސާސީ ޤަވާއިދަށް ބަދަލުގެނައުން ސީއެމްޑީއޭއިން ހުއްޓުވައިފި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު