Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެމްޓީސީސީ

އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ އޮގަސްޓް 29 ގައި

މިއީ 321 ޕަސެންޓް އިތުރު އަދަދެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 20 އޯގަސްޓު 2017 | އާދީއްތަ 03:39
އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ 2016 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މި މަހު 29 ވަނަ ދުވަހު ބޭއްވުމަށް އެ ކުންފުނިން ނިންމައިފި އެވެ.

ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި މިމަހުގެ 29 ވަނަ ދުވަހުގެ ރޭ 09:00 ގައި ބާއްވާ މިޖަލްސާގައި 2015 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، މިއަހަރު ބޭއްވި ހާއްސަގޮތުން ކުރާ އާއްމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމުގެ އިތުރުން 2016 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓު ހުށަހެޅުމާއި ފާސްކުރުން ވެސް އޮންނާނެ އެވެ.

ހިއްސާދާރުންނަށް ބަހާނެ ފައިދާއާ ގުޅޭ ގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ހުށަހެޅުމާމެދު ގޮތެއް ނިންމުން ވެސް އޮންނާނެ އެވެ. މީގެ އިތުރުން އެ ކުންފުނީގެ ހިންގާ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްކުރުމާއި ބެހޭ ހާއްސަ ގަރާރު ފާސްކުރުން ވެސް އޮންނާނެ އެވެ.

އެ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރެޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް މިމަހުގެ 27 ވަނަ ދުވަހުގެ ރޭ 09:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެ ޖަލްސާގއި ބައިވެރިވުމަށް ރެޖިސްޓްރީ ވެވޭނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އެކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރެޖިސްޓްރީ ވާ ފަރާތްތަކަށެވެ.

(އެމްޓީސީސީ) އަށް ދެވަނަ ކުއާޓަރުގައި ލިބުނު ސާފު ފައިދާ ރެކޯޑު އަދަދަކަށް ވަނީ އިތުރުވެފައެވެ.

އެމްޓީސީސީގެ ދެވަނަ ކުއާޓަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ސާފު ފައިދާގެ ގޮތުގައި 24 މިލިއަން ރުފިޔާ ލިބިފައިވާ އިރު މިއީ ފުރަތަމަ ކުއާޓަރުގައި ލިބުނު 5.8 މިލިއަން ރުފިޔާގެ ފައިދާއާ އަޅާބަލާއިރު ގާތްގަނޑަކަށް 321 ޕަސެންޓް އިތުރު އަދަދެކެވެ. އެމްޓީސީސީގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓު ބުނާ ގޮތުގައި، މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެމްޓީސީސީއަށް 341.6 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައި ވެއެވެ. މިއީ މިދިޔަ ކުއާޓަރުގައި އެމްޓީސީސީ އަށް ލިބުނު 306.9 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު 12 ޕަސަންޓުގެ ކުރިއެރުމެކެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް ލިބުނު ސާފު ފައިދާގެ މިންވަރަކީ އޭގެ ކުރީ ކުއާޓަރުގައި، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ކުންފުންޏަށް ލިބުނު 40.8 މިލިއަން ރުފިޔާގެ 85 ޕަސެންޓު ދަށް އަދަދެކެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 29.8 މިލިއަން ރުފިޔާ އެވެ. ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ 29.3 މިލިއަންއަށް ދަށްވެ، ތިން ވަނަ ކުއާޓަރުގައި އެ އަދަދު 14.4 މިލިއަނަށް ވެއްޓުނެވެ. ނަމަވެސް 2016 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ކުންފުނީގެ ސާފު ފައިދާ ވަނީ 115.1 ޕަސެންޓު އިތުރުވެ 40.8 މިލިއަން ރުފިޔާއަށް އަރައިފަ އެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުންފުންޏަށް ލިބުނު ފައިދާ މަދުވި އިރު މިދިޔަ އަހަރުގެ ނިޔަލަށް ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 104 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރުގެ ފައިދާއިން ކުންފުނީގެ ހިއްސާދާރުންނަށް ބަހަން ނިންމާފައި ވަނީ ހިއްސާއަކަށް 24 ރުފިޔާއެވެ.

ކުންފުނީގެ ދެވަނަ ކުއާޓަރގެ ފާއިދާ ރަނގަޅުވީ އެމްޓީސީސީއިން ކުރިއަށްގެންދިޔަ ބޮޑެތި މަޝްރޫއުތަކާއި އަދި މީގެ ތެރެއިން ފަސް މަޝްރޫއެއްގެ މަސައްކަތް ވަނީ ނިންމާފަ އެވެ.

އެގޮތުން ކުންފުނިން 61 މަޝްރޫއެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި

20 ޖުލައި 2017
ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި

ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި

18 ޖޫން 2017
އާއްމުންނަށް ވިއްކި ހިއްސާ އެކަށައަޅައި އަންނަ އާދިއްތަދުވަހު އިއުލާނުކުރާނަން: އުރީދޫ

އާއްމުންނަށް ވިއްކި ހިއްސާ އެކަށައަޅައި އަންނަ އާދިއްތަދުވަހު އިއުލާނުކުރާނަން: އުރީދޫ

16 ޖޫން 2017
އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި

އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި

28 މެއި 2017
އެމްޓީސީސީގެ އަސާސީ ޤަވާއިދަށް ބަދަލުގެނައުން ސީއެމްޑީއޭއިން ހުއްޓުވައިފި!

އެމްޓީސީސީގެ އަސާސީ ޤަވާއިދަށް ބަދަލުގެނައުން ސީއެމްޑީއޭއިން ހުއްޓުވައިފި!

19 މެއި 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު