Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޓީއެފްޖީ ލޯންގް ރަން

އެމްޓީސީސީގެ ހުރިހާ އިސްވެރިން ދުވުމުގައި ބައިވެރިވާން ނިންމައިފި

ހުރިހާ އިސްވެރިން މިއަހަރު ބައިވެރިވާނެ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 10 ޖެނުއަރީ 2017 | އަންގާރަ 22:00
އެމްޓީސީސީގެ ހުރިހާ އިސްވެރިން ލޯންގް ރަންގައި ބައިވެރިވާން ނިންމައި އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އެއްބަސްވުން ބަދަލުކުރަނީ ފޮޓޯ: އާކައިވް

އެމްޓީސީސީގެ ހުރިހާ އިސްވެރިން ލޯންގް ރަންގައި ބައިވެރިވާން ނިންމައި އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އެއްބަސްވުން ބަދަލުކުރަނީ ފޮޓޯ: އާކައިވް

ޓޯޓަލް ފިޓްނަސް ގްރޫޕް ( ޓީއެފްޖީ) އިން ކުރިއަށް ގެންދާ ލޯންގް ރަންގައި އެމްޓީސީސީގެ ހުރިހާ އިސްވެރިން މިއަހަރު ބައިވެރިވާން ނިންމައިފިއެވެ. އެމްޓިސީސީގެ ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޓިވް ޑިޕާޓްމަންޓްގެ އެގްޒެކެޓިވް އަބްދުﷲ ފާއިދު ވިދާޅުވީ ލޯންގް ރަން 2017ގައި އެމްޓީސީސީގެ ވެރިން އިސްނަގައިގެން ބައިވެރިވުމަށް ނިންމެވި މައިގަނޑު ސަބަބަކީ، މި ކުންފުނީގެ މުވައްޒަފުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ނަމޫނާ ދެއްކުމުގެ އިތުރުން މިފަދަ ހަރަކާތްތަކުކައި އަމަލީގޮތުން ބައިވެރިވެ ދުޅަހެޔޮ މަސައްކަތުގެ ވެއްޓެއް ބިނާކޮށް، މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުކުރުން ކަމަށެވެ. އެމްޓީސީސީގެ މުވައްޒަފުން ވަނީ 2016 ވަނަ އަހަރު ޓީއެފްޖީ އިން ކުރިއަށް ގެންދިޔަ " ލޯންގް ރަން" ދުވުމުގައިވެސް ބައިވެރިވެފައެވެ. ޓީއެފްޖީ އިން 2012 އަހަރުން ފެށިގެން ކުރިއަށް ގެންދާ " ލޯންގް ރަން" އަކީ މައިގަނޑު ހަތަރު ބަޔަކަށް ބަހާލެވިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. އެގޮތުން، ބައިވެރިން ދުވާނީ ފުލް މެރަތަން، ހާފް މެތަރަން، 10ކިލޯ މީޓަރު އަދި 5 ކިލޯ މީޓަރަށެވެ. ޓީއެފްޖީގެ ސީއީއޯ ހުސެން ޒިނާން ވިދާޅުވީ ޢެމްޓީސީސީގެ އެންމެހާ އިސްވެރީން މިއަހަރުގެ ލޯންގް ރަންގައި ބައިވެރިވުމަކީ އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް، ޓިއެފްޖީގެ ފަރާތުން ހުރިހާ ބައިވެރިންނަށްވެސް އެންމެ އެކަށިގެންވާ ތަމްރީނުތައް ފޯރުކޮށްދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެމްޓީސީސީއަށް ދޭކަމަށެވެ. މީޑިޔާ އޮފިޝަލް އިތުރަށް ވިދާޅުވީ ދުޅަހެޔޮކަން އިތުރުކޮށްދޭ ހާއްސަ ޕްރޮގްރާމެއް ޓިއެފްޖީއާ ގުޅިގެން އެމްޓީސީސީގެ މުވައްޒަފުންނަށް ހިންގުމަށް އެއްބަސްވުމެއްގައި ދާދިފަހުންވެސް ވަނީ ސޮއިކުރެވިފައެވެ. މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ ފިޓްނަސް ޗެލެންޖް ޕްރޮގްރާމްގައި އެންމެ ރަނގަޅު ބައިވެރިޔަކަށް ޓީއެފްޖީގެ ހިލޭ މެމްބަޝިޕް ލިބިގެންދާނެކަމަށެވެ. އެމްޓީސީސީ އަކީ، ދިވެހި ރާއްޖޭގައި ގާޢިމްކުރެވުނު އެންމެ ފުރަތަމަ އަދި އެންމެ އިތުބާރުކުރެވޭ ޕަބްލިކް ކުންފުންޏެވެ. އެމްޓީސީސީއަކީ ޔަންމާ އިންޖީނު އަދި ސުޒުކީ އައުޓް ބޯޑް އިންޖީނުގެ އިތުރުން ކާސްޓްރޯލް އަޑީ ތެލާ، ސިގްމާ އެންޓިފައުލިން ސިސްޓަމްގެ ރާއްޖޭގެ އެޖެންޓެވެ. އެމްޓީސީސީއިން ދަތުރުފަތުރުގެ ޚިދުމަތާއި، ބިންހިއްކުމާއި، ފަޅުފުންކުރުމާއި، ގޮނޑުދޮށް ރައްކާތެރިކުރުމާއި ގެދޮރު އިމާރާތް ކުރުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ފޯރުކޮއްދެ އެވެ.

އިތުރަށް ކިޔާލަން

19 މެއި 2017

އެމްޓީސީސީގެ އަސާސީ ޤަވާއިދަށް ބަދަލުގެނައުން ސީއެމްޑީއޭއިން ހުއްޓުވައިފި!

19 މެއި 2017
އެމްޓީސީސީގެ އަސާސީ ޤަވާއިދަށް ބަދަލުގެނައުން ސީއެމްޑީއޭއިން ހުއްޓުވައިފި!
18 މެއި 2017

އެމްޓީސީސީގެ ހިންގާ ޤަވާއިދަށް އިސްލާހުތަކެއް ހުށަހަޅައި ފާސްކޮށްފި

18 މެއި 2017
އެމްޓީސީސީގެ ހިންގާ ޤަވާއިދަށް އިސްލާހުތަކެއް ހުށަހަޅައި ފާސްކޮށްފި
28 އެޕްރީލު 2017

ބީއެމްއެލުން ހިއްސާއަކަށް 20 ރުފިޔާ ބަހަން ނިންމައިފި

28 އެޕްރީލު 2017
ބީއެމްއެލުން ހިއްސާއަކަށް 20 ރުފިޔާ ބަހަން ނިންމައިފި
17 އެޕްރީލު 2017

ޓޫރިސްޓް ވިސާއާ ހިލާފުވެއްޖެ ނަމަ ފިޔަވަޅު އަޅަން ނިންމައިފި

17 އެޕްރީލު 2017
ޓޫރިސްޓް ވިސާއާ ހިލާފުވެއްޖެ ނަމަ ފިޔަވަޅު އަޅަން ނިންމައިފި
09 އެޕްރީލު 2017

އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި

09 އެޕްރީލު 2017
އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި
09 އެޕްރީލު 2017

މޯލްޑިވިއަނުން ކޮލަންބޯއަށް ޑައިރެކްޓް ފްލައިޓް ބާއްވަން ނިންމައިފި

09 އެޕްރީލު 2017
މޯލްޑިވިއަނުން ކޮލަންބޯއަށް ޑައިރެކްޓް ފްލައިޓް ބާއްވަން ނިންމައިފި
11 މާރިޗު 2017

ގެސްޓުހައުސްތަކަށް ޙާއްސަކޮށްގެން އެވޯޑެއް ދިނުމަށް ނިންމައިފި

11 މާރިޗު 2017
ގެސްޓުހައުސްތަކަށް ޙާއްސަކޮށްގެން އެވޯޑެއް ދިނުމަށް ނިންމައިފި
02 މާރިޗު 2017

ޖޮއިން ޓީމް އެމްޓީސީސީގެ ނަމުގައި ޖޮބް ފެއަރ އެއް ބާއްވަން ނިންމައިފި

02 މާރިޗު 2017
ޖޮއިން ޓީމް އެމްޓީސީސީގެ ނަމުގައި ޖޮބް ފެއަރ އެއް ބާއްވަން ނިންމައިފި
05 ފެބުރުއަރީ 2017

އެމްޓީސީސީން އިތުރު ހިއްސާ ވިއްކަން ނިންމައިފި

05 ފެބުރުއަރީ 2017
އެމްޓީސީސީން އިތުރު ހިއްސާ ވިއްކަން ނިންމައިފި
21 ޖެނުއަރީ 2017

އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި

21 ޖެނުއަރީ 2017
އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު