Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ2 އިންތިހާބު އެއްކުރުން

ދެ އިންތިހާބު އެއްކޮށްލާ ވޯޓުގެ މައުލޫމާތު ދިނުމަށް އެމްޑީޕީ އިން އެތައް ހާސް ލީފްލެޓެއް މާލޭގައި ބަހައިފި

10 މާރިޗު 2026 | އަންގާރަ 15:12

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން އޭޕްރީލް 4 ގައި ބާއްވާ ފެންނަ ނުފެންނަ ވޯޓަށް އާންމުން ހޭލުންތެރިކުރުވުމަށް އެމްޑީޕީން މާލޭގައި ހާއްސަ ހަރަކާތެއް ހިންގައިފި. "އިންތިހާބު އެއްކުރަން ނޫނެކޭ" ޝިއާރުގެ ދަށުން ކުރިއަށްގެންދިޔަ މި ހަރަކާތުގައި، އިންތިހާބު އެއްކޮށްލުމުން ކުރިމަތިވެދާނެ ގެއްލުންތަކާއި ވޯޓުލާނެ ގޮތުގެ މައުލޫމާތު ހިމެނޭ ލީފްލެޓްތައް ވަނީ ބަހާފައި. އެ ޕާޓީން ބުނި ގޮތުގައި މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ ސަރުކާރުން މިކަން ކުރަން އުޅޭ ހަގީގީ ސަބަބުތައް ރައްޔިތުންނަށް ސާފުކޮށްދިނުން.

މަޚްތޫމް
މަޚްތޫމް | 10 މާރިޗު 2026 | އަންގާރަ 15:12
ދެ އިންތިހާބު އެއްކޮށްލަން ކުރާ މަސައްކަތާއި ގުޅޭ ލީފްލެޓް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ދެ ޒުވާނަކަށް ދެނީ.

ދެ އިންތިހާބު އެއްކޮށްލަން ކުރާ މަސައްކަތާއި ގުޅޭ ލީފްލެޓް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ދެ ޒުވާނަކަށް ދެނީ. | ރާއްޖެ އެމްވީ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށް އިދިކޮޅު އެމްޑީޕީން މާލޭގެ އެކި ސަރަހައްދުތަކުގައި އެތައް ހާސް ލީފްލެޓެއް ބަހައިފި އެވެ.

މި ހަރަކާތަކީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށް އެ ޕާޓީން ހިންގާ ހަރަކާތެކެވެ.

Advertisement - newsAdvertisement

މި ލީފްލެޓްތައް އަންގާރަ ދުވަހު ބަހާފައިވަނީ އެމްޑީޕީން ކުރިއަށްގެންދާ "އިންތިހާބު އެއްކުރަން ނޫނެކޭ" ޕިކަޕް ޖަލްސާގެ ތެރެއިން މާލޭގެ ދެ ސަރަހައްދެއްގަ އެވެ. އެގޮތުން ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދާއި ދަތުރުވެރިންގެ މާރުކޭޓް ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ އާންމު ރައްޔިތުންނަށް އެމްޑީޕީގެ ޓީމުތަކުން ވަނީ މި ލީފްލެޓްތައް ފޯރުކޮށްދީފަ އެވެ.

އެމްޑީޕީން ބުނި ގޮތުގައި މި ލީފްލެޓްތައް ބެހުމުގެ މައިގަނޑު މަގްސަދަކީ، ސަރުކާރުން ހީލަތްތެރިކަމާއެކު ދެ އިންތިހާބު އެއްކޮށްލަން އުޅޭ ސަބަބާއި، އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމެވެ. އަދި މި ވޯޓުގައި ރައްޔިތުން "ނޫނެކޭ" ބުނަންޖެހޭ ސަބަބުތައް ވެސް މި ލީފްލެޓުގައި ތަފްސީލުކޮށްދީފައިވެ އެވެ.

މީގެ އިތުރުން، ވޯޓުލާ ދުވަހު އާންމުންނަށް ފަސޭހަކުރުމުގެ ގޮތުން ވޯޓު ކަރުދާސް އޮންނާނެ ގޮތުގެ މިސާލެއް ވެސް މި ލީފްލެޓުގައި ހިމަނާފައިވެ އެވެ. އެގޮތުން ކަރުދާހުގައި ފާހަގަ ޖަހަންޖެހޭ ގޮތާއި، ވޯޓުލުމުގެ ކަންކަން ކުރިއަށްދާނެ ގޮތުގެ އިރުޝާދުތައްވެސް ވަނީ ހިމަނާފަ އެވެ.

މިއީ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް އެމްޑީޕީން ފަށާފައިވާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ހަރަކާތެކެވެ. އެ ޕާޓީން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އާންމުން ހޭލުންތެރިކުރުވުމުގެ އިތުރު ހަރަކާތްތައް މާލެއާއި އަތޮޅުތެރޭގައި ކުރިއަށް ގެންދާނެ ކަމަށެވެ.

އެމްޑީޕީމާލެރިޔާސީ އިންތިޚާބުރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

10 މާރިޗު 2026

އަގުހެޔޮކޮށް ގަނެފައިވާ ތެޔޮ އަގުބޮޑުކޮށް ރައްޔިތުންނަށް ވިއްކައި ސަރުކާރުން ޒުވާނުންނަށް އޮޅުވާލައިފި: އާޒިމް

10 މާރިޗު 2026
އަގުހެޔޮކޮށް ގަނެފައިވާ ތެޔޮ އަގުބޮޑުކޮށް ރައްޔިތުންނަށް ވިއްކައި ސަރުކާރުން ޒުވާނުންނަށް އޮޅުވާލައިފި: އާޒިމް
10 މާރިޗު 2026

އެމްޑީޕީ ކެނޑިޑޭޓުން ތުންފަތަށް ހީރާސް ޖަހައި, ދެ އަތާއި ދެފައި ބަނދެވިފައިވާ ދޫންޏެއްހެން ނުތިބޭނެ: މޭޔަރ ޢާޠިފް

10 މާރިޗު 2026
އެމްޑީޕީ ކެނޑިޑޭޓުން ތުންފަތަށް ހީރާސް ޖަހައި, ދެ އަތާއި ދެފައި ބަނދެވިފައިވާ ދޫންޏެއްހެން ނުތިބޭނެ: މޭޔަރ ޢާޠިފް
10 މާރިޗު 2026

ދިގުތާރީޚު އޮންނަ މިސްކިތްތައް އާސާރީ ތަންތަނުގެ ގޮތުގައި ކަނޑައަޅައި، ރައްކާތެރިކޮށް ބަލަހައްޓަން ޖެހޭ: ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު

10 މާރިޗު 2026
ދިގުތާރީޚު އޮންނަ މިސްކިތްތައް އާސާރީ ތަންތަނުގެ ގޮތުގައި ކަނޑައަޅައި، ރައްކާތެރިކޮށް ބަލަހައްޓަން ޖެހޭ: ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު
10 މާރިޗު 2026

ބަންޑާރަ މިސްކިތް ތާރީޚީ ތަނެއްގެ ގޮތުގައި ހިމާޔަތްކުރަން މަޖިލީހަށް އީޕެޓިޝަނެއް ހުށަހަޅައިފި

10 މާރިޗު 2026
ބަންޑާރަ މިސްކިތް ތާރީޚީ ތަނެއްގެ ގޮތުގައި ހިމާޔަތްކުރަން މަޖިލީހަށް އީޕެޓިޝަނެއް ހުށަހަޅައިފި
10 މާރިޗު 2026

ޝައްވާލް މަހުގެ ހަނދު ފެނިއްޖެ ނަމަ އަންގަން އެދެފި

10 މާރިޗު 2026
 ޝައްވާލް މަހުގެ ހަނދު ފެނިއްޖެ ނަމަ އަންގަން އެދެފި
10 މާރިޗު 2026

މޭޔަރ ކަމަށް އިތުރު ދައުރަކަށް އާޒިމް ހޮވިއްޖެ ނަމަ އުމުރުން ދުވަސްވީ މީހުން ޕާކުތަކަށް ގެންގޮސް، ޑޮކްޓަރަށް ދެއްކުމުގައި އެހީތެރިވެދޭނެ ނިޒާމެއް ޤާއިމްކުރަނީ

10 މާރިޗު 2026
މޭޔަރ ކަމަށް އިތުރު ދައުރަކަށް އާޒިމް ހޮވިއްޖެ ނަމަ އުމުރުން ދުވަސްވީ މީހުން ޕާކުތަކަށް ގެންގޮސް، ޑޮކްޓަރަށް ދެއްކުމުގައި އެހީތެރިވެދޭނެ ނިޒާމެއް ޤާއިމްކުރަނީ
10 މާރިޗު 2026

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ގއ އަދި ލ އަތޮޅަށް ފުރާވަޑައިގެންފި

10 މާރިޗު 2026
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ގއ އަދި ލ އަތޮޅަށް ފުރާވަޑައިގެންފި
09 މާރިޗު 2026

ރާއްޖެ ޓީވީ އިން "އުންމީދެއްގައި އަލުން" ލަވަ ލޯންޗްކޮށްފި

09 މާރިޗު 2026
ރާއްޖެ ޓީވީ އިން "އުންމީދެއްގައި އަލުން" ލަވަ ލޯންޗްކޮށްފި
09 މާރިޗު 2026

ހައުސިން މިނިސްޓަރު މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މަސައްކަތް ކުޑަ އިމާރާތަކަށް ބަދަލުކުރެއްވުމުން، މޭޔަރު މުއިއްޒު ވަނީ ޖާގަ ކުޑަކަމުގެ ޝަކުވާ ކުރައްވާފަ: ރައީސް ސޯލިހް

09 މާރިޗު 2026
ހައުސިން މިނިސްޓަރު މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މަސައްކަތް ކުޑަ އިމާރާތަކަށް ބަދަލުކުރެއްވުމުން، މޭޔަރު މުއިއްޒު ވަނީ ޖާގަ ކުޑަކަމުގެ ޝަކުވާ ކުރައްވާފަ: ރައީސް ސޯލިހް
09 މާރިޗު 2026

ދޫނިތަކުގެ ކޯޅުން ބޮޑުވެ ދޫނިތައް ތަޅާފޮޅަނީ

09 މާރިޗު 2026
ދޫނިތަކުގެ ކޯޅުން ބޮޑުވެ ދޫނިތައް ތަޅާފޮޅަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް