Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަންޑާރަ މިސްކިތް

ދިގުތާރީޚު އޮންނަ މިސްކިތްތައް އާސާރީ ތަންތަނުގެ ގޮތުގައި ކަނޑައަޅައި، ރައްކާތެރިކޮށް ބަލަހައްޓަން ޖެހޭ: ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު

10 މާރިޗު 2026 | އަންގާރަ 09:47

މާލޭގެ ބަންޑާރަ މިސްކިތް ތަޅާލައި އައު ބިނާއެއް އެޅުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން، އެތަނަކީ އާސާރީ ތަނެއްގެ ގޮތުގައި ހިމާޔަތްކުރުން މުހިއްމު ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވެއްޖެ. މި ނިންމުމާ ދެކޮޅަށް އާންމު ރައްޔިތުންނާއި ތާރީޚު ދިރާސާކުރައްވާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މިސްކިތް ހިމާޔަތްކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ޕެޓިޝަނެއްވެސް ހުށަހަޅާފަ. ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން، މިކަމުގައި އާންމު ރައްޔިތުންގެ ޚިޔާލު ހޯއްދަވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ވިދާޅުވެފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 10 މާރިޗު 2026 | އަންގާރަ 09:47
ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ | އިސްލާމިކް މިނިސްޓްރީ

ދިގު ތާރީޚެއް އޮންނަ މިސްކިތްތައް އާސާރީ ތަންތަނުގެ ގޮތުގައި ކަނޑައަޅައި، އެތަންތަން ރައްކާތެރިކޮށް ބެލެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

ޒަމާންވީ މިސްކިތްތަކަކީ ކާބަފައިންގެ ފަންނުވެރިކަމާއި ހުނަރުވެރިކަން ފެންނަން ހުރި ބިނާތަކެއްކަން ފާހަގަކުރައްވައި، އެފަދަ ތަންތަން ހިމާޔަތްކުރުމުގެ މުހިއްމުކަމާ ގުޅޭގޮތުން ޒާހިރު ވަނީ މީސްމީޑިއާގައި ޝުއޫރު ފާޅުކުރައްވާފަ އެވެ.

Advertisement - newsAdvertisement

ބަންޑާރަ މިސްކިތް ތަޅާލުމާ ގުޅޭގޮތުން މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޒާހިރު ވިދާޅުވީ، ޒަމާންވީ މިސްކިތްތަކުން ކާބަފައިންގެ ހިތްތަކުގައި މިސްކިތްތަކަށް ދެވިފައިވާ ގަދަރާއި ލޯބި ވަރަށް ފުރިހަމައަށް ސިފަވާ ކަމަށެވެ. ބަންޑާރަ މިސްކިތަކީ އެ މިސްކިތާ ގުޅިފައިވާ ގިނަ ހަނދާންތަކަކާއި ދިގު ތާރީޚެއް އޮތް ތަނެއްކަން ފާހަގަކުރައްވަމުން ޒާހިރު ވިދާޅުވީ، އެ މިސްކިތަށް ނަމާދަށް އަރާ ފަރާތްތަކަށް ފަސޭހައިން ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމާއި، ދައުލަތުން އެކަމާ މެދު ވިސްނައި ފިކުރު ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް އެފަދަ ބިނާތައް ނައްތާލުމުގެ ބަދަލުގައި އާސާރީ ތަންތަނުގެ ގޮތުގައި ކަނޑައަޅައި ބަލަހައްޓަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަންޑަރާ މިސްކިތުގެ ކުރީގެ ފޮޓޯ އެއް: 100 އަހަރު ވާން ކައިރި ވެފައިވާ މި މިސްކިތަކީ ތާރީހީ ތަރިކަ އެއްގެ ގޮތުގަ ރާއްޖޭގެ ތާރީހު ދިރާސާ ކުރާ ގިނަ ބަޔަކު ފާހަގަކުރޭ

ބަންޑަރާ މިސްކިތުގެ ކުރީގެ ފޮޓޯ އެއް: 100 އަހަރު ވާން ކައިރި ވެފައިވާ މި މިސްކިތަކީ ތާރީހީ ތަރިކަ އެއްގެ ގޮތުގަ ރާއްޖޭގެ ތާރީހު ދިރާސާ ކުރާ ގިނަ ބަޔަކު ފާހަގަކުރޭ

އިސްލާމީ ތާރީޚުން މިސާލު ދައްކަވަމުން ޒާހިރު ވިދާޅުވީ، އެކި ޒަމާންތަކުގައި ދެ ހަރަމްފުޅަށް ކޮށްދީފައިވާ ޚިދުމަތްތައް ފެންނަން ހުރީ ކުރީގެ ބައިތައް އުނިނުކޮށް، އެ ބައިތައް އެނގޭނެހެން ބަހައްޓައިގެން ކަމަށެވެ. ވަކިން ޚާއްސަކޮށް މަސްޖިދުއް ނަބަވީގައި އުމަވީންނާއި، އައްބާސީންނާއި، އުޘްމާނީ ޚިލާފަތާއި ސައުދީ ސަރުކާރުގެ ރަސްރަސްކަލުން ކޮށްދެއްވާފައިވާ ޚިދުމަތްތައް، އެތަނުގެ ތަނބުތަކާއި ކުރެހުންތަކުން މިއަދުވެސް ސާފުކޮށް ފެންނަން ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.

ބަންޑާރަ މިސްކިތުގެ މައްސަލަ ހޫނުވެފައިވަނީ، އެ މިސްކިތް ތަޅާލައި އައު ބޮޑު މިސްކިތެއް ބިނާކުރަން ނިންމާފައިވާކަން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އިއުލާނު ކުރެއްވުމާ ގުޅިގެންނެވެ. މި ނިންމުމާ ދެކޮޅަށް ތާރީޚު ދިރާސާކުރައްވާ ބޭފުޅުންނާއި، ކުރީގެ ވަޒީރުންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ދަނީ ސޯޝަލް މީޑިއާގައި އަޑުއުފުލަމުންނެވެ. ބަންޑާރަ މިސްކިތަކީ މާލޭގެ ތާރީޚާ ގުޅިފައިވާ މުހިއްމު ބިނާއެއް ކަމަށް ބުނެ، އެތަން ނައްތާލުމާ ދެކޮޅަށް ގިނަ ބަޔަކު ދަނީ ޝުއޫރު ފާޅުކުރަމުންނެވެ.

ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން، މިނިސްޓަރު ޝަހީމް ފަހުން ވިދާޅުވެފައިވަނީ މިކަމުގައި ރައްޔިތުންގެ ޚިޔާލު ހޯއްދަވައި މަޝްވަރާ ކުރައްވާނެ ކަމަށެވެ. ސަރުކާރުގެ އެކްޓިވިސްޓުން މި ނިންމުން ދިފާއު ކުރަމުންދާއިރު، ބަންޑާރަ މިސްކިތް ތާރީޚީ ތަނެއްގެ ގޮތުގައި ހިމާޔަތް ކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ އީ-ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ. މި މައްސަލައިގައި އާންމުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެފައިވާކަން ފާހަގަކުރެވެ އެވެ.

ދިވެހިރާއްޖޭގެ ތަރިކައާ ބެހޭ ގާނޫނުގެ ދަށުން ވެސް ބަންޑާރަ މިސްކިތް އާސާރީ ބިނާ އެއްގެ ގޮތުގައި ކަނޑައެޅުމަށް އެއްވެސް ހުރަހެއް ނެތެވެ. 

ބަންޑާރަ މިސްކިތްޑރ. އަހްމަދު ޒާހިރުމާލެ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

10 މާރިޗު 2026

ބަންޑާރަ މިސްކިތް ތާރީޚީ ތަނެއްގެ ގޮތުގައި ހިމާޔަތްކުރަން މަޖިލީހަށް އީޕެޓިޝަނެއް ހުށަހަޅައިފި

10 މާރިޗު 2026
ބަންޑާރަ މިސްކިތް ތާރީޚީ ތަނެއްގެ ގޮތުގައި ހިމާޔަތްކުރަން މަޖިލީހަށް އީޕެޓިޝަނެއް ހުށަހަޅައިފި
10 މާރިޗު 2026

ޝައްވާލް މަހުގެ ހަނދު ފެނިއްޖެ ނަމަ އަންގަން އެދެފި

10 މާރިޗު 2026
 ޝައްވާލް މަހުގެ ހަނދު ފެނިއްޖެ ނަމަ އަންގަން އެދެފި
09 މާރިޗު 2026

ހައުސިން މިނިސްޓަރު މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މަސައްކަތް ކުޑަ އިމާރާތަކަށް ބަދަލުކުރެއްވުމުން، މޭޔަރު މުއިއްޒު ވަނީ ޖާގަ ކުޑަކަމުގެ ޝަކުވާ ކުރައްވާފަ: ރައީސް ސޯލިހް

09 މާރިޗު 2026
ހައުސިން މިނިސްޓަރު މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މަސައްކަތް ކުޑަ އިމާރާތަކަށް ބަދަލުކުރެއްވުމުން، މޭޔަރު މުއިއްޒު ވަނީ ޖާގަ ކުޑަކަމުގެ ޝަކުވާ ކުރައްވާފަ: ރައީސް ސޯލިހް
08 މާރިޗު 2026

ސިނަމާލޭ ފްލެޓްގައި އުޅޭ ރައްޔިތުންނަށް އޮޅޭ ގޮތަށް ދައްކަވާ ވާހަކަ އާޒިމް ސާފުކޮށްދެއްވައިފި

08 މާރިޗު 2026
ސިނަމާލޭ ފްލެޓްގައި އުޅޭ ރައްޔިތުންނަށް އޮޅޭ ގޮތަށް ދައްކަވާ ވާހަކަ އާޒިމް ސާފުކޮށްދެއްވައިފި
08 މާރިޗު 2026

މާލެ ވަނީ އާ ވިންދަކަށް ބޭނުން ވެފައި، އެމްޑީޕީ އިން ނުކުމެ ތިބީ އެ ވިންދު ބަދަލުކުރަން: ޝާހިދު

08 މާރިޗު 2026
މާލެ ވަނީ އާ ވިންދަކަށް ބޭނުން ވެފައި، އެމްޑީޕީ އިން ނުކުމެ ތިބީ އެ ވިންދު ބަދަލުކުރަން: ޝާހިދު
07 މާރިޗު 2026

100 އަހަރު ވާން ކައިރި ވެފައިވާ ބަންޑާރަ މިސްކިތް ތަޅާލުން މި ސަރުކާރަށް ހަމަ އޯކޭ؟

07 މާރިޗު 2026
100 އަހަރު ވާން ކައިރި ވެފައިވާ ބަންޑާރަ މިސްކިތް ތަޅާލުން މި ސަރުކާރަށް ހަމަ އޯކޭ؟
07 މާރިޗު 2026

ކޮންމެ ކަމެއް ސިޔާސީ ނުކުރަށްވާ، ތާރީހީ ބިނާތައް ނައްތާލަމުން ގެންދިއުމަކީ ތާރީހަށް ފަސްއެޅުން: އަބްދުﷲ ޝާހިދު

07 މާރިޗު 2026
ކޮންމެ ކަމެއް ސިޔާސީ ނުކުރަށްވާ، ތާރީހީ ބިނާތައް ނައްތާލަމުން ގެންދިއުމަކީ ތާރީހަށް ފަސްއެޅުން: އަބްދުﷲ ޝާހިދު
07 މާރިޗު 2026

ހައިވޭ ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 2 މީހަކަށް އަނިޔާ ވެއްޖެ

07 މާރިޗު 2026
ހައިވޭ ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 2 މީހަކަށް އަނިޔާ ވެއްޖެ
06 މާރިޗު 2026

ގިނަ އޮފާ ތަކަކާއެކު ރާއްޖޭގެ ފުރަތަމަ އެޕަލް މޮނޯ ސްޓޯރ މާލޭގައި ހުޅުވައިފި

06 މާރިޗު 2026
ގިނަ އޮފާ ތަކަކާއެކު ރާއްޖޭގެ ފުރަތަމަ އެޕަލް މޮނޯ ސްޓޯރ މާލޭގައި ހުޅުވައިފި
05 މާރިޗު 2026

މާލޭގައި ތަރައްޤީކުރާ އިންޓަރެކްޓިވް މިއުޒިއަމް މިއަހަރު ހުޅުވަނީ

05 މާރިޗު 2026
މާލޭގައި ތަރައްޤީކުރާ އިންޓަރެކްޓިވް މިއުޒިއަމް މިއަހަރު ހުޅުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް