Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމި ވެރިކަމަށް އިތުބާރު ނެތުން

ދައުލަތުގެ ސިފަ ހިފަހައްޓާނީ ވެރިމީހާ، ވެރިކަމުގެ އެންމެ މަތީ މީހާ ވެރިކަން ކުރާ ގޮތުން ގެއްލެނީ ކަންކަމުގެ ސީރިއަސްކަން: ކުރީގެ ނައިބު ރައީސް ފައިސަލް

28 ޑިސެމްބަރު 2025 | އާދީއްތަ 20:15

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ރާއްޖޭގައި އޮތީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ކަމަށާއި ވެރިއަކު އެހެން ބާރުތަކަށް ނުފޫޒު ފޯރުވުމާއި ހިތަށް އެރިހާ ގޮތަކަށް ޤާނޫނު ބަދަލު ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 28 ޑިސެމްބަރު 2025 | އާދީއްތަ 20:15
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައް

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައް

 ދައުލަތުގެ ސިފަ ހިފަހައްޓާނީ ވެރިމީހާ ކަމަށާއި ވެރިކަމުގެ އެންމެ މަތީ މީހާ ވެރިކަން ކުރާ ގޮތުން ގެއްލެނީ ކަންކަމުގެ ސީރިއަސްކަން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ފައިސަލް އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. 

Advertisement - newsAdvertisement

ފައިސަލް ވިދާޅުވީ ރާއްޖޭގައި އޮތީ ތިން ބާރު ވަކިވެފައިވާ ނިޒާމެެއް ކަމަށާއި ވެރިއަކަށް ހުންނަ މީހާ އެހެން ބާރުތަކަށް ނުފޫޒު ފޯރާ ގޮތަށް ކަންކަން ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަަމަށެވެ. މީގެ އިތުރުން،  ހިތަށް އެރީމަ ހިތަށް އެރިހާ ގޮތަކަށް ޤާނޫނުތައް ބަދަލުކުރުމަކީ އާއްމުންގެ އިތުބާރު ގެއްލޭ ކަމެއް ކަމަށާއި އެކަމުން ވާނެ ފައިދާ އެއް ވެސް ނެތް ކަމަށް ފައިސަލް ވިދާޅުވި އެވެ. ސަރުކާރުން ނުކުރާނެ ކަމަށް ބުނާ ކަންކަން ކުރުމުން، ރާއްޖޭގައި ބިރުވެރިކަން އުފެދޭ ކަމަށް ފައިސަލް ވިދާޅުވި އެވެ. އިދިކޮޅު ފަރާތްތައް ރަށްރަށަށް ދިއުމުން ބައްދަލުކޮށްލަން ވެސް އާއްމުން ބިރު ގަންނަ ހާލަތަށް ކަންކަން ގޮސްފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"ދައުލަތެއްގެ ސިފަ އޮންނަން ވާނެ ދައުލަތެއް ވެއްޖެއްޔާ. އެ ސިފަ ދަމަހައްޓާނީ ވެރިން. ކޮންމެވެސް ކަހަލަ ހަރުދަނާ ކަމެއް ހުންނަން ޖެހޭނެ. ހިތު ހުރި ގޮތަކަށް ދުވާލަކު ގޮތަަކަށް ކަންކަން ކުރާ ނަމަ ރައްޔިތުންގެ ކުރިމަތީގައި މާ ބޮޑު އަގެއް ނުހުންނާނެ." ފައިސަލް ވިދާޅުވި އެވެ.

ސަރުކާރަށް ރައްޔިތުންގެ އިތުބާރު ނުލިބެނީ ސަރުކާރު ވެރިކަމަށް އަންނަން ވެފައިވާ ވައުދުތައް ވެސް ނުފުދުމުން ކަމަށް ފައިސަލް ވަނީ ވިދާޅުވެފަ އެވެ. އިތުބާރު ޤާއިމް ކުރެވޭނީ ކުރާނެ ކަމަށް ބުނާ ކަންކަން ކުރާ ކަން ފެނި، އެ އާދަ ދެމެހެއްޓުމުން ކަަމަށް ފައިސަލް ވިދާޅުވި އެވެ. މީގެ އިތުރުން، މަޝްރޫޢުތައް މަޑު ޖެހިފައި ހުންނަ މަންޒަރު ފެނުމަކީ ވަރަށް ދެރަވަރު ކަމެއް ކަމަށް ފައިސަލް ވިދާޅުވި އެވެ. 

"ބައެއް ރަށްރަށުގައި ދެރަވެސް ވޭ. އެައް ފަހަރު ފަށާފައި، އަނެއް ފަހަރު ފަށާފައި، އަނެއްކާ ވަރަށް ބައިވަރު ޚަރަދުތަކެއް އެބަ ކުރޭ ކޮންމެ މަޝްރޫޢު އެއް ފެށުމަށް. ބޮޑެތި އެތައް ޚަރަދުތަކެއް. ސޮއިކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ވަރަށް ކުލަ ގަދަކޮށް ހެޑްލައިންތަކެއް އެބަ ހަދާ." ފައިސަލް ވިދާޅުވި އެވެ. 

ސަރުކާރު ހިންގާ ވެރިންގެ ވާހަކަ އާއި އަމަލާއި ދިމާ ނުވުމަކީ ސަރުކާރުގެ އިތުބާރު ގެއްލޭ ސަބަބެއް ކަމަށް ވެސް ފައިސަލް ވަނީ ވިދާޅުވެފަ އެވެ. އެ ހިސާބުން ލިބެނީ ގޯސް މެސެޖެއް ކަަމަށް ފައިސަލް ވަނީ ވިދާޅުވެފަ އެވެ.


ފައިސަލް ނަސީމްރައީސް މުހައްމަދު މުއިއްޒުމުއިއްޒުގެ ސަރުކާރުރާއްޖެޓީވީ ފަލަސުރުހީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2025

ވަޖްޕާއީ ގެންގުޅުއްވި ޑިޕްލޮމަސީ ވިސްނުމުގެ ސަބަބުން ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ވަރުގަދަ ގުޅުމަށް އަދިވެސް ހެޔޮ އަސަރުކުރޭ: ފައިސަލް ނަސީމް

25 ޑިސެމްބަރު 2025
ވަޖްޕާއީ ގެންގުޅުއްވި ޑިޕްލޮމަސީ ވިސްނުމުގެ ސަބަބުން ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ވަރުގަދަ ގުޅުމަށް އަދިވެސް ހެޔޮ އަސަރުކުރޭ: ފައިސަލް ނަސީމް
08 ޑިސެމްބަރު 2025

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

08 ޑިސެމްބަރު 2025
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި
06 ޑިސެމްބަރު 2025

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި
05 ޑިސެމްބަރު 2025

ސަރުކާރެއް އޮތުމުގެ ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ބޮޑެތި ކަންކަން ފޯރުކޮށްދިނުން، މިސަރުކާރުން ވެސް އަސާސީ ކަންކަން ހައްލުކޮށްދޭންޖެހޭ: ފައިސަލް ނަސީމް

05 ޑިސެމްބަރު 2025
ސަރުކާރެއް އޮތުމުގެ ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ބޮޑެތި ކަންކަން ފޯރުކޮށްދިނުން، މިސަރުކާރުން ވެސް އަސާސީ ކަންކަން ހައްލުކޮށްދޭންޖެހޭ: ފައިސަލް ނަސީމް
26 ނޮވެމްބަރު 2025

ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް

26 ނޮވެމްބަރު 2025
ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ކުރީގެ ނައިބު ރައީސް ފައިސަލްގެ ފުވައްމުލަކު ދަތުރުފުޅު: ރައީސް ސާލިހް ވެރިކަމުގައި ފެށި މަޝްރޫއުތައް ބައްލަވައިލައްވައިފި

22 ނޮވެމްބަރު 2025
ކުރީގެ ނައިބު ރައީސް ފައިސަލްގެ ފުވައްމުލަކު ދަތުރުފުޅު: ރައީސް ސާލިހް ވެރިކަމުގައި ފެށި މަޝްރޫއުތައް ބައްލަވައިލައްވައިފި
22 ނޮވެމްބަރު 2025

ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް އާއި އެމްޑީޕީ ގެ ލީޑަރޝިޕްގެ ބައެއް އިސްވެރިން ފުވައްމުލަކަށް ވަޑައިގަންނަވައިފި

22 ނޮވެމްބަރު 2025
ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް އާއި އެމްޑީޕީ ގެ ލީޑަރޝިޕްގެ ބައެއް އިސްވެރިން ފުވައްމުލަކަށް ވަޑައިގަންނަވައިފި
12 ނޮވެމްބަރު 2025

ހަގީގީ އިންޓަނޭޝަނަލް އެއަރޕޯޓެއްގެ އުފާވެރިކަން މި ލިބުނީ ރައީސް ސާލިހްގެ ބުރަ މަސައްކަތުން: އަބްދުއްސައްތާރު

12 ނޮވެމްބަރު 2025
ހަގީގީ އިންޓަނޭޝަނަލް އެއަރޕޯޓެއްގެ އުފާވެރިކަން މި ލިބުނީ ރައީސް ސާލިހްގެ ބުރަ މަސައްކަތުން: އަބްދުއްސައްތާރު
11 ނޮވެމްބަރު 2025

ފުވައްމުލައް ސިޓީގައި ފޯރުކޮށްދޭ ފެނުގެ ޚިދުމަތުގައި މައްސަލަތައް ޖެހި، މިހާލަތާއި ރައްޔިތުން ކުރިމަތިލާން ޖެހުމަކީ ވަރަށް ބޮޑު އިހުމާލެއް: ފައިސަލް ނަސީމް

11 ނޮވެމްބަރު 2025
ފުވައްމުލައް ސިޓީގައި ފޯރުކޮށްދޭ ފެނުގެ ޚިދުމަތުގައި މައްސަލަތައް ޖެހި، މިހާލަތާއި ރައްޔިތުން ކުރިމަތިލާން ޖެހުމަކީ ވަރަށް ބޮޑު އިހުމާލެއް: ފައިސަލް ނަސީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް