Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް ޔާމީން

ރައީސް ޔާމީން ހައްޖަށް ވަޑައިނުގަތީ ވެރިކަން ބަދަލުކޮށް، ހައްޔަރުކޮށްފާނެތީ!

އެންމެ ފަހުން ރައީސް ޔާމީން ހައްޖަށް ވަޑައިގަތީ 2015 ވަނަ އަހަރު

ހުސެން ފިޔާޒް
ހުސެން ފިޔާޒް, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2017 | އަންގާރަ 04:50
ރައްޔިތުންގެ މަޖިލީސް މި އަަަހަރަށް ހުޅުވުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާއަށް ރައީސް އަބްދުﷲ ޔާމީން ވަޑައިގަންނަވަނީ

ރައްޔިތުންގެ މަޖިލީސް މި އަަަހަރަށް ހުޅުވުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާއަށް ރައީސް އަބްދުﷲ ޔާމީން ވަޑައިގަންނަވަނީ

ރައީސް އަބްދުﷲ ޔާމީން މި އަހަރު ހައްޖަށް ވަޑައިނުގަތީ އެ މަނިކުފާނު މައްކާގައި ހުންނަވަނިކޮށް ވެރިކަން ބަދަލުކޮށް، އަދި އެނބުރި ވަޑައިގަތުމުން ހައްޔަރުކޮށްފާނެތީ ކަމަށް، އެ މަނިކުފާނުގެ އަރިސް ބޭފުޅަކު ރާއްޖެ އެމްވީއަށް ވިދާޅުވެއްޖެ އެވެ.

ރައީސްގެ ހައްޖު ދަތުރުފުޅާ ގުޅޭ ގޮތުން ރައީސް އޮފީހުން ރަސްމީކޮށް ބަހެއް ހާމަކޮށްފައި ނެތަސް، ރައީސް ޔާމީންގެ އަރިސް ބޭފުޅަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް ވިދާޅުވީ އެ މަނިކުފާނު ހައްޖަށް ވަޑައިގަތުމަށް ހަމަޖައްސާފައި އޮތީ އަނބިކަނބަލުން ފާތުމަތު އިބްރާހިމްއާއެކު އޯގަސްޓް 24 ވަނަ ދުވަހު ކަމަށެވެ. ހައްޖަށް ވަޑައިގަތުން އެފަހަރު ކެންސަލްކުރެއްވީ އެންމެ ފަހު ވަގުތު ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ހައްޖަށް ވަޑައިގަތުން ފުރަތަމަ ކެންސަލް ކުރެއްވުމަށް ފަހުން ވެސް ވަޑައިގަތުމަށް ރޭއްވެވި ކަމަށާއި ބައެއް ހަށިފާރަވެރިން ވެސް މައްކާއަށް ފޮނުވި ކަމަށް ރާއްޖެ އެމްވީއާ ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވި އެވެ.

"އެންމެ ފަހު ވަގުތު އެނގިވަޑައިގަތީ ބަޔަކު ވަރަށް ބޮޑެތި ރޭވުންތަކެއް ހުރި ކަމަށް. ސަރުކާރު ބަދަލުކޮށް، އެ މަނިކުފާނު ހައްޔަރުކޮށްފާނެ ކަމަށް. އެހެންވެ ހައްޖު ދަތުރު ފުރަތަމަ ކެންސަލް ކުރެއްވީ،" އޭނާ ވިދާޅުވި އެވެ.

މިހާރު ހުރިހާ ކަމެއް ހަމައަކަށް އަޅުވާފައިވާ ކަމަށާއި ނަމަވެސް 2018 އާ ހަމައަށް ކަންކަން ހަމަޖެހިގެން ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދެން ކަންކަން ފަސޭހައެއް ނުވާނެ. އެކަމަކު 2018 ގެ ކުރިން ވެރިކަން ބަދަލެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން އެންމެ ފަހުން ހައްޖަށް ވަޑައިގަތީ 2015 ވަނަ އަހަރު އެވެ. އެފަހަރު ހައްޖުން އެނބުރި ވަޑައިގެން އިއްޒުއްދީން ފާލަމަށް ލޯންޗްކޮޅު ކައިރިކުރި ވަގުތު އެއްޗެއް ގޮވައި، އެ މަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ޒަހަމްވެވަޑައިގަތެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް 45 މެމްބަރަކު ސޮއި ކުރައްވާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމާއެކު، ސިޔާސީ މަސްރަހު ހަލަބޮލިވެ، އިދިކޮޅު މެމްބަރުންނާއި ލީޑަރުން ހައްޔަރުކުރަން ފެށި އެވެ. ބައެއް މެމްބަރުންގެ މައްޗަށް ދައުވާ އުފުލާފައި ވާއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޝްވަތު ހުށަހެޅި ކަމަށް ސާބިތުކޮށް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ.

ރާއްޖެ އެމްވީއާ ވާހަކަ ދެއްކެވި ރައީސް ޔާމީންގެ އަރިސް ބޭފުޅާ ވިދާޅުވީ "ކޮންމެ މީހަކު ވެސް ހޫނު ފެނަށް އަތް ލުމުން އަތް ފިހޭނެކަން އެނގެން ވާނެ" ކަމަށެވެ.

އޭނާ އިޝާރާތް އެ ކުރެއްވީ އިދިކޮޅު މެމްބަރުންނާއި ލީޑަރުން ޖަލަށްލައި ހައްޔަރުކުރަމުން ދަނީ ވެރިކަން ބަދަލުކުރުމަށް މަސަައްކަތްކުރާތީ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު