Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަނޑުމަތީ ހާދިސާ

މާލެ ކައިރިން ބަންޑުން ޖަހާލި "ބަލްމާ-6" މުދާ އުފުލާ ބޯޓުން ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެނޭ

19 ޖެނުއަރީ 2026 | ހޯމަ 07:56

އެމްއެންޑީއެފުން ބުނީ، ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށާއި، ބޯޓު ބަންޑުން ޖަހާލި ސަރަހައްދުގެ ބޮޑު ބައެއް ބަލާފައިވާ ކަަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 19 ޖެނުއަރީ 2026 | ހޯމަ 07:56
ކޯސްޓް ގާޑް އިން މާލެ ނެރު ބަންދު ކޮށް ފޯރި މަރަނީ- ފައިލް ފޮޓޯ

ކޯސްޓް ގާޑް އިން މާލެ ނެރު ބަންދު ކޮށް ފޯރި މަރަނީ- ފައިލް ފޮޓޯ | ރާއްޖެއެމްވީ

މާލެ ކައިރިން ބަންޑުން ޖަހާލި "ބަލްމާ-6" މުދާ އުފުލާ ބޯޓުން ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. 

މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 7:27 ގަ އެވެ. 

އެމްއެންްޑީއެފުން ބުނީ، 4 މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ބަލްމާ ނަމަކަށް ކިޔާ ބޯޓެއް ކ.ވާދޫ ކައިރިން ބަންޑުން ޖަހާލާފައިވާ ކަމަށެވެ. އަދި ދަތުރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ވަނީ އެ ސަރަހައްދުން ދަތުރު ކުރި ދޯންޏަކަށް ނަގާފައި ކަމަށެވެ. އަދި ބޯޓުން ދަތުރު ކުރި ދިވެއްސަކާއި ބިދޭސީއެއް ގެއްލިގެން ހޯދަން ފެށިއިރު، އާދިއްތަ ދުވަހު ދިވެހި މީހާގެ ހަށިގަނޑު ތާޖް އެގްޒޯޓިކާ ކައިރިން ފެނިފައިވެ އެވެ.

މަރުވެފައި އޮއްވާ ފެނުނީ ބ. ހިތާދޫ، މުނިޔާ، އަލީ ހުސައިނެވެ. އޭނާ އަކީ ތަޖުރިބާކާރު ކެޕްޓަނެކެވެ.

މި ހާދިސާއާ ގުޅޭގޮތުން ރާއްޖެއެމްވީ އަށް އެމްއެންޑީއެފުން ބުނީ، ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށާއި، ބޯޓު ބަންޑުން ޖަހާލި ސަރަހައްދުގެ ބޮޑު ބައެއް ބަލާފައިވާ ކަަމަށެވެ. ނަމަވެސް މިހާތަނަށް އެމީހާ ފެނިފައިނުވާ ކަމަށެވެ. 

ރާއްޖޭ ގައި ދޭތެރެދޭތެރެއިން ކަނޑުމަތީގެ ހިތާމަވެރި ހާދިސާތައް ހިނގަ އެވެ. ބޯޓުތައް ބަންޑުން ޖަހާލައި، މީހުންގެ ފުރާނަ ގެއްލިފައިވެ އެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަސް ތެރޭގައި ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ދިވެއްސަކާއި ދެ ބޭރު މީހުން މަރުވެފައިވެ އެވެ.

ބަލްމާ 6ކަނޑުމަތީ ހާދިސާ

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2026

ކ. ވާދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، ގެއްލުނު 2 މީހުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިއްޖެ

18 ޖެނުއަރީ 2026
ކ. ވާދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، ގެއްލުނު 2 މީހުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިއްޖެ
16 އޮކްޓޯބަރު 2025

ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓް އިން ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިއްޖެ

16 އޮކްޓޯބަރު 2025
ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓް އިން ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިއްޖެ
20 ސެޕްޓެމްބަރު 2025

ނުރައްކާތެރި ހާދިސާއެއްގައި ސައީދުބެގެ ކުއްލި ވަކިވުން: މުޅި ގއ. އަތޮޅަށް ސިހުން!

20 ސެޕްޓެމްބަރު 2025
ނުރައްކާތެރި ހާދިސާއެއްގައި ސައީދުބެގެ ކުއްލި ވަކިވުން: މުޅި ގއ. އަތޮޅަށް ސިހުން!
08 ފެބުރުއަރީ 2017

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް
31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް