Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކައުންސިލް ދަތުރު ޚަރަދު

ހއ. އަތޮޅު ކައުންސިލުން 2 އަހަރުގެ ތެރޭ ތަޖުރިބާ ދަތުރުތަކަށް 1.2 މިލިއަން ރުފިޔާ ހަރަދުކުރި: އޮޑިޓް

ހއ. އަތޮޅު ކައުންސިލުން ފިލިޕީންސާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރި ތަޖުރިބާ ދަތުރުތަކަށް ބަޖެޓުން ބޮޑު ހޭދައެއް ކޮށްފައިވަނީ ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ އުސޫލުތަކާ ޚިލާފަށްކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ. މި ދަތުރުތަކުގެ މަގުސަދު ސާފުނުވުމުގެ އިތުރުން، އިގްތިސާދީ ގޮތުން އެންމެ ފައިދާހުރި ގޮތަށް އަމަލުކޮށްފައި ނުވާތީ، މިއީ އެފިޝަންސީ އިތުރުކުރުމަށް ސަރުކާރުން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ކޮށްފައިވާ ޚަރަދުތަކެއް ނޫންކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވޭ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 15 މާރިޗު 2026 | އާދީއްތަ 12:52
ހއ. އަތޮޅު ކައުންސިލް މެންބަރުން

ހއ. އަތޮޅު ކައުންސިލް މެންބަރުން | ހއ. އަތޮޅު ކައުންސިލް

ހއ. އަތޮޅު ކައުންސިލްގެ އިދާރާއިން 2023 އަދި 2024 ވަނަ އަހަރު ފިލިޕީންސް، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ލ. އަތޮޅަށް ކޮށްފައިވާ ތަޖުރިބާ ދަތުރުތަކަށް ޖުމުލަ 1،281،086 ރުފިޔާ ޚަރަދުކޮށްފައިވާކަން އެ ކައުންސިލްގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ހާމަވެއްޖެ އެވެ.

މި ޚަރަދަކީ ދައުލަތުގެ ޚަރަދުތައް ކޮންޓްރޯލްކޮށް އެފިޝަންސީ އިތުރުކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އަދި ސިޓީތަކާއި އިދާރީ ހިންގުމާއި، އާންމު މަސައްކަތާބެހޭ ވުޒާރާއިން އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ޚަރަދެއް ކަމުގައި ބެލެވެން ނެތް ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

Advertisement - newsAdvertisement

އަތޮޅު ކައުންސިލް ތަމްސީލުކުރާ 14 މެމްބަރުންނާއި ކައުންސިލްގެ ސީނިއަރ މުވައްޒަފެއް ހިމެނޭހެން ޖުމުލަ 15 ބޭފުޅުން ފިލިޕީންސްއަށް 9 ދުވަހުގެ ތަޖުރިބާ ދަތުރެއް ކޮށްފައިވާއިރު، މިދަތުރަށް ކައުންސިލްގެ ބަޖެޓުން ޖުމުލަ 738،520 ރުފިޔާ ޚަރަދުކޮށްފައިވާކަން ފާހަގަކުރެވިފައިވެ އެވެ. މި ދަތުރަށް ހިނގާނޭ ހަރަދުގެ ފައިސާ ލިބޭނޭ އެހެންގޮތްތަކެއް ހޯދުމަކާނުލާ ކައުންސިލްގެ ބަޖެޓުން މި ބޮޑު އަދަދު ޚަރަދުކޮށްފައިވާކަން ފާހަގަކުރެވިފައިވެ އެވެ.

ފިލިޕީންސްއަށް ކޮށްފައިވާ ދަތުރުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދަތުރުގެ މައިގަނޑު މަޤްޞަދުތަކަކީ އައު ތަޖުރިބާތައް ލިބިގަތުމާއި، ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރިވުމާއި، އެހެން ޤައުމުތަކުގެ ސަޤާފަތް ދެނެގަތުމެވެ. ނަމަވެސް، މިދަތުރުން ހާސިލުކުރަން ބޭނުންވާ ކަންކަމާއި މިދަތުރުން ލިބޭ ތަޖުރިބާ ކައުންސިލްގެ އިދާރާގައި ބޭނުންކުރާނޭގޮތެއް ދަތުރުކުރުމުގެ ކުރިން ކަނޑައަޅާފައި ނުވުމުން މި ދަތުރުން ހާސިލުކުރަން ރާވާފައިވަނީ ކޮންކޮން ކަންތައްތަކެއް ކަން ސާފުކޮން އެނގެންނެތްކަން ފާހަގަކުރެވިފައިވެ އެވެ.

2023 ވަނަ އަހަރު އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އަށް ކޮށްފައިވާ ދަތުރުގައި އަތޮޅު ކައުންސިލްގެ އިދާރާ ތަމްސިލުކުރާ 11 މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލްގެ އިތުރުން އިދާރީ 10 މުވައްޒަފުން ހިމެނޭހެން ޖުމުލަ 23 ބައިވެރިން 9 ދުވަހުގެ ތަޖުރިބާ ދަތުރެއް ކޮށްފައިވާއިރު، މިދަތުރަށް 314،080 ރުފިޔާ ޚަރަދުކޮށްފައިވާކަން ފާހަގަކުރެވިފައިވެ އެވެ.

ލ. އަތޮޅުގެ ކައުންސިލްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތް ބަލައި ތަޖުރިބާކުރުމަށް ކައުންސިލްގެ ރައީސާއި ސެކްރެޓަރީ ޖެނެރަލް ގެ އިތުރުން ކައުންސިލްގެ އިދާރާގެ 16 މުވައްޒަފުން ހިމެނޭހެން ޖުމުލަ 18 ބޭފުޅުން ލ. އަތޮޅަށް 8 ދުވަހުގެ ތަޖުރިބާ ދަތުރެއް ކޮށްފައިވާއިރު، މިދަތުރަށް ކައުންސިލްގެ ބަޖެޓުން ޖުމުލާ 228،486 ރުފިޔާ ޚަރަދުކޮށްފައިވާކަން ފާހަގަކުރެވިފައިވެ އެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ސިޓީ ކައުންސިލަކާއި އަތޮޅު ކައުންސިލްގެ ތަފާތު ދެނެގަތުމަށް، ކައިރީގައިވާ ސިޓީ ކައުންސިލް ތަކާއި ބައްދަލުކުރުމުގެ ބަދަލުގައި ދުރުގައިވާ ސިޓީ ކައުންސިލްތަކާއި ބައްދަލު ކުރުމާއި، އިދާރީ ގޮތުން ކުރެވޭ މަސައްކަތްތައް ދެނެގަތުމަށްޓަކައި ކަމާގުޅުންހުރި މުވައްޒަފުން އެކަނި ބައިވެރިކުރުމުގެ ބަދަލުގައި ގިނަ މުވައްޒަފުން ބައިވެރިކޮށްގެން ކޮށްފައިވާ ދަތުރުތަކަކަށްވުމުން މިއީ އިގްތިޞާދީ ގޮތުން އެންމެ ފައިދާ ހުރި ގޮތުގައި ކޮށްފައިވާ ދަތުރުތަކެއް ނޫންކަން ފާހަގަކުރެވިފައިވެ އެވެ.

ކައުންސިލްގެ ބަޖެޓުން މި ބޮޑު އަދަދު ޚަރަދުކޮށްފައިވުމުން، ބަޖެޓު ތަންފީޒުކުރުމަށާއި ޚަރަދުތަކުގެ އެފިޝަންސީ މަތިކުރުމުގެ އިތުރުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ކަންކަން ތަންފީޒު ކުރެއްވުމާއިބެހޭ ސަރކިއުލަރގައި އިރުޝާދުދީފައިވާ ގޮތަށް ޚަރަދުތަކުގެ އެފިޝަންސީ މަތިކުރުމަށް ކައުންސިލްގެ އިދާރާއިން ޢަމަލުކޮށްފައި ނުވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ފިލިޕީންސްއައްްޑޫ ސިޓީފުވައްމުލައް ސިޓީކޮމްޕްލަޔަންސް އޮޑިޓްހއ އަތޮޅު ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ސިޓީގެ ކަރަންޓަށް ލޯޑު ބޮޑުވެ އެކި ވަގުތުތަކުގައި ކަރަންޓު ކަނޑާތާ ތިން ދުވަސް، ހައްލުވާނެ އިރެއް ނޭނގޭ: މޭޔަރު

އައްޑޫ ސިޓީގެ ކަރަންޓަށް ލޯޑު ބޮޑުވެ އެކި ވަގުތުތަކުގައި ކަރަންޓު ކަނޑާތާ ތިން ދުވަސް، ހައްލުވާނެ އިރެއް ނޭނގޭ: މޭޔަރު

13 މާރިޗު 2026
ސްވައިޕް އައްޑޫއަށް ތައާރަފްކޮށް، ވިޔަފާރިތަކުގެ ބޮޑު ތަރުހީބެއް

ސްވައިޕް އައްޑޫއަށް ތައާރަފްކޮށް، ވިޔަފާރިތަކުގެ ބޮޑު ތަރުހީބެއް

12 މާރިޗު 2026
ޑިމާންޑާ އެއްވަރަށް އައްޑޫއަށް ދަތުރު ނޭޅޭ ނަމަ ސަރުކާރުން ހިތުހުރިގޮތެއް ނުހަދައި އެހެން ބަޔަކަށް ފުރުސަތު ދޭންޖެހޭ: މެންބަރު އަބްދުއްރަހްމާން

ޑިމާންޑާ އެއްވަރަށް އައްޑޫއަށް ދަތުރު ނޭޅޭ ނަމަ ސަރުކާރުން ހިތުހުރިގޮތެއް ނުހަދައި އެހެން ބަޔަކަށް ފުރުސަތު ދޭންޖެހޭ: މެންބަރު އަބްދުއްރަހްމާން

07 މާރިޗު 2026
އައްޑޫ ސިޓީ ފޭދޫ ކައިރީގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެ އަނދަނީ

އައްޑޫ ސިޓީ ފޭދޫ ކައިރީގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެ އަނދަނީ

07 މާރިޗު 2026
އަންނަ މަހުގެ 4 ގައި ބާއްވާ އިންތިޚާބަށް 588 ވޯޓު ފޮށި ބަހައްޓާނެ

އަންނަ މަހުގެ 4 ގައި ބާއްވާ އިންތިޚާބަށް 588 ވޯޓު ފޮށި ބަހައްޓާނެ

03 މާރިޗު 2026

އަހަރުތަކުން މިއަދު

5 ޖޫން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
20251 އަހަރު ކުރިން
ރާއްޖެ

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި
20215 އަހަރު ކުރިން
ދުނިޔެ

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ
20188 އަހަރު ކުރިން
ރާއްޖެ

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު