Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މެދުއިރުމަތި

އިޒްރޭލަށް އަރަބި ގައުމުތަކުގެ ބިންތައް ލިބުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް ވިދާޅުވެ އެމެރިކާގެ އެމްބެސެޑަރު ވާހަކަ ދެއްކުމުން އަރަބި އަދި އިސްލާމީ ގައުމުތަކުން ވަރަށް ބޮޑަށް ރުޅިގަދަވެއްޖެ

އިޒްރޭލުން އަރަބި ބިންތަކަށް ބާރުފޯރުވުމަށް ތާއީދުކޮށް އެމެރިކާގެ ސަފީރު މައިކް ހަކަބީ ދެއްކެވި ވާހަކަތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު، ފިތުނަވެރި ވާހަކަތަކެއް ކަމަށް ބުނެ އިސްލާމީ ގައުމުތަކުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި. މި ވާހަކަތަކަކީ ސަރަހައްދީ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސައުދީ އަރަބިއްޔާ އާއި އޯއައިސީ ފަދަ އިދާރާތަކުން ފާހަގަކޮށްފައިވާއިރު، މިއީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ކުރާ މަސައްކަތްތަކަށް އެޅޭ ހުރަހެއް ކަމަށްވެސް އެ ގައުމުތަކުން ބުނޭ. އެހެންކަމުން، ހިފާފައިވާ ބިންތަކުގެ މައްޗަށް އިސްރާއީލުގެ އެއްވެސް ސިޔާދަތީ ބާރެއް ނެތްކަން ހާމަކޮށް، ބިން ފުޅާކުރުމުގެ ސިޔާސަތުތައް ހުއްޓާލުމަށް އިސްލާމީ އުންމަތުން ވަނީ ގޮވާލާފައި.

ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2026 | އާދީއްތަ 13:25
އިޒްރޭލުގެ ތެލް އަވީވްގައި ހުންނަ ބެން ގުރިއަން އެއާޕޯޓުގައި، 2025 ވަނަ އަހަރުގެ މޭ މަހުގެ 25 ވާ އާދީއްތަ ދުވަހު، އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ ކްރިސްޓީ ނޯމް، އެމެރިކާއިން އިޒްރޭލަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މައިކް ހަކަބީއާ  ވާހަކަދައްކަވަނީ.

އިޒްރޭލުގެ ތެލް އަވީވްގައި ހުންނަ ބެން ގުރިއަން އެއާޕޯޓުގައި، 2025 ވަނަ އަހަރުގެ މޭ މަހުގެ 25 ވާ އާދީއްތަ ދުވަހު، އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ ކްރިސްޓީ ނޯމް، އެމެރިކާއިން އިޒްރޭލަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މައިކް ހަކަބީއާ ވާހަކަދައްކަވަނީ. | ގެޓީ އިމޭޖަސް

އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރި ހިމެނޭހެން، އަރަބި ގައުމުތަކުގެ ބިންތަކުގެ މައްޗަށް އިޒްރޭލުން ބާރު ފޯރުވުމަކީ ބަލައިގަނެވޭނެ ކަމެއް ކަމަށް ދޭހަވާ ގޮތަށް، އެމެރިކާއިން އިޒްރޭލަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މައިކް ހަކަބީ ދެއްކެވި ވާހަކަތައް އަރަބި އަދި އިސްލާމީ ގައުމުތަކާއި ޖަމާއަތްތަކުން އާދީއްތަ ދުވަހު ވަރުގަދައަށް ކުށްވެރިކޮށް، އެ ވާހަކަތައް ބަލައިނުގަންނާނެ ކަމަށް ބުނެފިއެވެ.

ސަފީރު ހަކަބީ ދާދިފަހުން ދެއްކެވި ވާހަކަތަކާ ގުޅިގެން، ސައުދީ އަރަބިއްޔާ، އުރުދުން، ޔޫއޭއީ، ގަތަރު، އިންޑޮނޭޝިއާ، ޕާކިސްތާން، މިސްރު، ތުރުކީ، ސީރިއާ، ފަލަސްތީން، ކުވެއިތު، ލުބުނާން، އޮމާން އަދި ބަހްރޭންގެ ޚާރިޖީ ވަޒީރުންގެ އިތުރުން، ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) އާއި، ލީގް އޮފް އަރަބް ސްޓޭޓްސް (އަރަބް ލީގު) އަދި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގުޅިގެން ވަނީ އެ ވާހަކަތައް ބަލައިނުގަންނަކަން ހާމަކޮށް ބަޔާނެއް ނެރެފައެވެ.

ސައުދީ ޚާރިޖީ ވުޒާރާއިން ހިއްސާކުރި މި ބަޔާނުގައި ބުނެފައިވަނީ، ބައިނަލްއަގުވާމީ ގާނޫނުތަކުގެ އުސޫލުތަކާއި އދ. ގެ ޗާޓަރާ ކަނޑައެޅިގެން ޚިލާފު، އަދި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ނުރައްކާތެރި އިންޒާރެއްގެ ގޮތުގައި ބެލެވޭ މިފަދަ ފިތުނަވެރި ވާހަކަތައް އެ ގައުމުތަކުން އެއްވެސް ހާލެއްގައި ބަލައިނުގަންނާނެ ކަމަށެވެ.

ބެޕްޓިސްޓް ފައްޅީގެ ކުރީގެ މިނިސްޓަރެއްގެ އިތުރުން އިޒްރޭލަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ހަކަބީ މި ވާހަކަތައް ދެއްކެވީ، ސިޔާސީ އެނަލިސްޓް ޓަކާ ކާލްސަންގެ ޕޮޑްކާސްޓެއްގައި ވާހަކަދައްކަވަމުންނެވެ.

ހުކުރު ދުވަހު އާންމުކުރި މި ޕޮޑްކާސްޓްގައި، މިސްރުގެ ނީލަ ކޯރާއި ސީރިއާ އަދި އިރާގުގެ ފުރާތު ކޯރާ ދެމެދު އޮތް ބިންތަކަކީ އިޒްރޭލަށް ހައްގު ބިންތަކެއް ކަމަށް ބައެއް ފަރާތްތަކުން މާނަކުރާ އިންޖީލުގެ އާޔަތަކާ ގުޅޭގޮތުން ކާލްސަން ވަނީ ހަކަބީއާ ސުވާލުކޮށްފައެވެ.

އެ ސުވާލުގެ ޖަވާބުގައި ހަކަބީ ވިދާޅުވީ، "އެ ހުރިހާ ބިމެއް އެމީހުން (އިޒްރޭލުން) އަތުލިޔަސް މައްސަލައެއް ނެތް" ކަމަށެވެ.

ނަމަވެސް، އެކަމާ ގުޅޭގޮތުން އިތުރަށް ސުވާލުކުރުމުން އޭނާ ވިދާޅުވީ، އިޒްރޭލުން އެ ހުރިހާ ބިމެއް ހޯދަން "އެދެމުން ނުދާ" ކަމަށެވެ. އޭނާ އަށް އެވާހަކަ ދެއްކެވުނީ ތަންކޮޅެއް ބޮޑުކޮށްލައިގެން ކަމަށް ވިދާޅުވި އެވެ.

އިސްލާމީ ގައުމުތަކުގެ ޚާރިޖީ ވުޒާރާތަކުން ނެރުނު ބަޔާނުގައި ބަޔާންކޮށްފައިވަނީ، ހަކަބީގެ މި ވާހަކަތަކަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ތަސައްވުރާއި، ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް އެކުލަވާލާފައިވާ ފުރިހަމަ ޕްލޭނާ ސީދާ ފުށުއަރާ ވާހަކަތަކެއް ކަމަށެވެ. އެ ޕްލޭނަކީ މަސްރަހު ފިނިކޮށް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުން ކަށަވަރުކޮށްދޭ ސިޔާސީ ހައްލެއް ހޯދުމުގެ މައްޗަށް ބިނާވެފައިވާ ޕްލޭނެއްކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އެ ޕްލޭނުގެ އަސާސަކީ އެކަކު އަނެކަކަށް އިހުތިރާމްކުރުމާއި ސުލްހަވެރިކަމާއެކު އުޅުން ކަމަށްވާއިރު، އެހެން ބައެއްގެ ބިންތަކުގެ މައްޗަށް ބާރު ފޯރުވުމަކީ ސައްހަ ކަމެއްގެ ގޮތުގައި ދެއްކުމަށް ކުރާ މަސައްކަތްތަކުގެ ސަބަބުން، ސުލްހައިގެ މަސައްކަތްތަކަށް ހުރަސްއެޅި، މަސްރަހު ނުތަނަވަސްވެ، ފިތުނަވެރިކަން އިތުރުވާނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ޚާރިޖީ ވުޒާރާތަކުން ބާރުއަޅައި ބުނެފައިވަނީ، "ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގެ މައްޗަށް ނުވަތަ އަރަބިންގެ އެހެން އެއްވެސް ބިމެއްގެ މައްޗަށް އިޒްރޭލުގެ އެއްވެސް ސިޔާދަތީ ބާރެއް ނެތް" ކަމަށެވެ.

މީގެ އިތުރުން، ހުޅަނގު އައްސޭރީގެ ބިންތައް އިޒްރޭލުގެ ބައެއްގެ ގޮތުގައި ހެދުމަށް ނުވަތަ އެ ބިން ޣައްޒާއާ ވަކިކުރުމަށް ކުރާ ކޮންމެ މަސައްކަތަކާ ދެކޮޅުކަން ތަކުރާރުކޮށް، ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީ އާބާދީތައް ފުޅާކުރުމާއި، އަރަބި ގައުމުތަކުގެ ސިޔާދަތަށް ނުރައްކާވާ ފަދަ އެއްވެސް އަމަލެއް ބަލައިނުގަންނާނެ ކަމަށްވެސް އެ ގައުމުތަކުން ވަނީ ބުނެފައެވެ.

އިޒްރޭލުން ގެންގުޅޭ ބިން ފޭރުމުގެ ސިޔާސަތުތަކާއި ގާނޫނާ ޚިލާފު ފިޔަވަޅުތަކުގެ ސަބަބުން، ސަރަހައްދުގައި ހަމަނުޖެހުމާއި ކޮންފްލިކްޓް އިތުރަށް ގޯސްވެ، ސުލްހައިގެ ފުރުސަތުތައް ގެއްލިގެންދާނެ ކަމުގެ އިންޒާރު ދެމުން، މިފަދަ ފިތުނަވެރި ވާހަކަތައް ދެއްކުން ހުއްޓާލުމަށް އެ ގައުމުތަކުން ވަނީ ގޮވާލާފައެވެ.

މައިކް ހަކަބީއިޒްރޭލްވެސްޓް ބޭންކްފަލަސްތީނުޣައްޒާމެދު އިރުމަތި

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ ސަފީރު ހަކަބީ: އިޒްރޭލުން މެދުއިރުމަތީގެ އިތުރު ބިން ހިފިޔަސް މައްސަލައެއް ނެތް

އެމެރިކާ ސަފީރު ހަކަބީ: އިޒްރޭލުން މެދުއިރުމަތީގެ އިތުރު ބިން ހިފިޔަސް މައްސަލައެއް ނެތް

21 ފެބުރުއަރީ 2026
އެމެރިކާ އާއި އީރާނާ ދެމެދު މަސްރަހު ހޫނުވަމުން ދަނިކޮށް މެދުއިރުމަތީގައި ތިބި ނޯވޭ ސިފައިން އަނބުރާ ގެންދަނީ

އެމެރިކާ އާއި އީރާނާ ދެމެދު މަސްރަހު ހޫނުވަމުން ދަނިކޮށް މެދުއިރުމަތީގައި ތިބި ނޯވޭ ސިފައިން އަނބުރާ ގެންދަނީ

20 ފެބުރުއަރީ 2026
އީރާނަށް އަމާޒުކޮށް ވަކި މިންވަރެއްގެ ހަމަލާދިނުމާ މެދު ވިސްނަވަމުންދާ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

އީރާނަށް އަމާޒުކޮށް ވަކި މިންވަރެއްގެ ހަމަލާދިނުމާ މެދު ވިސްނަވަމުންދާ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

20 ފެބުރުއަރީ 2026
80،000 މުސްލިމުން އަލް-އަޤްޞާގައި ރަމަޟާންގެ ފުރަތަމަ ހުކުރު ނަމާދުކޮށްފި

80،000 މުސްލިމުން އަލް-އަޤްޞާގައި ރަމަޟާންގެ ފުރަތަމަ ހުކުރު ނަމާދުކޮށްފި

20 ފެބުރުއަރީ 2026
ހަމާސް އަށް ލީޑަރަކު އިންތިޚާބު ކުރުމަށް ވޯޓު ލަނީ

ހަމާސް އަށް ލީޑަރަކު އިންތިޚާބު ކުރުމަށް ވޯޓު ލަނީ

20 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު