Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭނީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 3 ޑިސެމްބަރު 2025 | ބުދަ 07:28
ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓު

މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭގޮތަށް މަސްތުވާތަކެތީ ގެ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ބުދަ ދުވަހު ގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަސްތުވާތަކެތީ ގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ފާސް ކޮށްފައިވަނީ 65 މެންބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު ހުށަހެޅުއްވި މި ބިލަކީ ރާއްޖޭގައި މަސްތުވާ ތަކެތިން ވިޔަފާރި ކުރުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ވިޔަފާރި އިތުރަށް ފުޅާވެ، މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރާ މިންވަރު އިތުރުވެ، މިކަމާ ގުޅޭ ކުށްތައް އިތުރުވަމުންދާތީ ހުށަހެޅި ބިލެއް ކަމަށް މެންބަރު ވިދާޅުވި އެވެ.

އެެހެންކަމުން އެކަންކަން ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބިދޭ ބާރުތައް އިތުރު ކުރުމަކީ މުހިއްމު ކަމެއް ކަމަށް ވެސް ބިލުގައި ފާހަގަކޮށްފައި ވެއެވެ.

މި ބިލު ދިރާސާ ކޮށްފައިވަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އިންނެވެ. އަހަރެއްހާ ދުވަހު ޖުޑީޝަރީ ކޮމިޓީގައި މި ބިލު އޮތުމަށް ފަހު ބުދަ ދުވަހުގެ ޖަލްސާގައި ކޮމިޓީ އިން ބިލު ދިރާސާ ކޮށް ނިންމި ގޮތުގެ ރިޕޯޓު، ބައެއް އިސްލާހު ތަކާއެކު މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައި ވެއެވެ.

ބިލުގައި ވާގޮތުން މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ކަނޑައެޅިދާނެ އެވެ. އަދި އެ އަދަބު ކަނޑައެޅޭނީ ސުޕްރީމް ކޯޓުގެ ފަޑިޔާރުންގެ ބެންޗުގައި ތިއްބާވާ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ކަމަށް ބިލުގައި ފާހަގަ ކޮށްފައި ވެއެވެ.

އެންމެ ފަނޑިޔާރަކު ވެސް މަރުގެ އަދަބު ދޭން ދެކޮޅު ހަދާ ނަމަ އެމީހަކަށް ދޭނެ އަދަބަކީ އުމުރަށް ޖަލަށްލުމާ އެކު، 1 ލައްކަ ރުފިޔާ އާއި 10 މިލިއަން ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުމެވެ. އެއީ މިހާރު ވެސް ގާނޫނުގައި ބަޔާން ކުރާ އަދަބެވެ.

މަރުގެ އަދަބު ކަނޑައެޅޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާނަމަ ކަން ފާހަގަކޮށް ބިލުގައި އެ ތިން ޝަރުތު ބަޔާން ކޮށްފައި ވެއެވެ. އެގޮތުން މީހަކަށް އެ އަދަބު ކަނޑައެޅޭނީ އެ މީހަކު ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތީގެ ބަރުދަނަކީ 350 ގްރާމަށް ވުރެ އިތުރު މިންވަރުގެ ކެނަބިސް ކަމުގައިވާނަމަ އެވެ.

ނުވަތަ އެތެރެ ކޮށްފައި ވަނީ 250 ގްރާމަށް ވުރެ އިތުރު މިންވަރެއްގެ ޑައިމޯފިން ކަމަށް ވުން ނުވަތަ ކެނެބިސް ނުވަތަ ޑައިމޯފިން ފިޔަވައި ޖަދުވަލުގެ އެކެއްގައިވާ މަސްތުވާތަކެތީގެ ބާވަތެއް ނަމަ، 100 ގްރާމަށް ވުރެ މަތިވުން ކަމަށް ބިލްގައި ވެއެވެ. ޖަދުވަލު އެކެއްގައި 139 ބާވަތެއްގެ މަސްތުވާތަކެތި ހިމެނެ އެވެ.

މީގެ އިތުރުން މަރުގެ އަދަބު ދެވޭނީ އެ މީހަކު ރާއްޖެއަށް އެތެރެކުރި މަސްތުވާއެއްޗަކ،ީ އޭނާ ރާއްޖެއަށް އެތެރެވިއިރު އެތެރެކުރި އެއްޗަކަށްވާނަމަ ކަމަށް ވެސް ބިލުގައި ބަޔާން ކޮށްފައި ވެއެވެ.

އެ ބިލުގައި ވަނީ މަސްތުވާތަކެތި ބޭނުންކުރާ ތަންތަން ހިންގުމުގެ ކުށުގެ ނަމުގައި މާއްދާއަކާއި ފައިނޭންސްކުރުމަކީ ވެސް ވަކި ކުށެއް ކަމަށް އިތުރުކޮށް ބޮޑެތި އަަދަބުތަކެއް ހިމަނާފަ އެވެ.

މަސްތުވާތަކެތިރައްޔިތުންގެ މަޖިލިސްސުޕްރީމް ކޯޓުމަރުގެ އަދަބުޖުޑިޝަރީ ކޮމިޓީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު