Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލީ ހާލަތު

ބަޖެޓް ބޮޑުވީ މި ސަރުކާރުން ބޭނުންވާ ކަންކަން ހިމަނައި މެނޭޖު ކުރަން ނޭނގުމުގެ ސަބަބުން: ރިޔާޒު މަންސޫރު

މި ސަރުކާރުން މާލީ ކަންކަން މެނޭޖްކުރަން ނޭނގި ޕްރޮޖެކްޓްތައް ބިޑަށް ވެސް ހުޅުވާލަން ނޭނގޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2025 | ހުކުރު 13:19
އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ރިޔާޒު މަންސޫރު

އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ރިޔާޒު މަންސޫރު

2026 ވަނަ އަހަރުގެ ބަޖެޓް ބޮޑުވީ މި ސަރުކާރުން ބޭނުންވާ ކަންކަން ހިމަނައި މެނޭޖްކުރަން ނޭނގުމުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ރިޔާޒު މަންސޫރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީ އިން ގެނެސްދިން "ބޭކާރު ދެ އަހަރު" ކަވަރޭޖުގައި ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ މާލީ ކަންކަމާއި ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކަށް މި ސަރުކާރުން ބަދަލު ގެންނަނީ މެނޭޖްކުރަން ނޭނގޭތީ ކަމަށެވެ. އޭނާ ވިދާޅުވީ މެނޭޖް ކުރަން އެނގޭނަމަ ހުރިހާ ބާރެއް އޮވެ އުސޫލާ އެއްގޮތަށް ނުގެންދެވެންވީ ސަބަބެއް ނެތް ކަމަށެވެ. ރިޔާޒު ވިދާޅުވީ މި ސަރުކާރުން މާލީ ކަންކަން މެނޭޖްކުރަން ނޭނގި، ޕްރޮޖެކްޓްތައް ބިޑަށް ވެސް ހުޅުވާލަން ނޭނގޭ ކަމަށެވެ.

ރިޔާޒު ވިދާޅުވީ މި ސަރުކާރުން އައީ ވަރަށް ގަދައަށް ދަރަނީގެ ވާހަކަ ދައްކަމުން ކަމަށާއި، 2 އަހަރު ނިމެމުންދާ އިރު، 36 ބިލިއަން ރުފިޔާގެ ދަރަނި އިތުރުވެއްޖެ ކަމަށެވެ. އަދި މިކަން ހިނގާފައި ވަނީ ކާރިސާ އެއް ނުވަތަ މައްސަލައެއް އޮވެގެން ނޫން ކަމަށާއި، އެންމެ ކުޑަމިނުން ދުނިޔޭގެ އިގްތިސާދު ރަނގަޅު ކަމަށާއި، ރާއްޖެ އަށް އަންނަ ޓޫރިސްޓުން ވެސް އިތުރުވެ ޓެކްސް ލިބޭ މިންވަރު ވެސް އިތުރު ވެފައިވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ޓެކްސް އާމްދަނީ ވެސް އިތުރު، ދެން ކީއްވެގެންތޯ މިވަރަށް ދަރަނީ މި އިތުރުވަނީ. މިއީ ހަމަ މެނޭޖްކުރުމުގެ މައްސަލަ އިނގޭތޯ. ދެން އަޅުގަނޑަށް މިއާ ގުޅިގެން އަދި އެއްވާހަކަ ދަންނަވާލާނަން. ޕީއެންސީ އިން އެބަ ބުނޭ ބަޖެޓް ބޮޑުވަނީ ދައްކަންޖެހޭ ލޯނުތައް އިތުރުވާތީއޭ. އެއީ ތެދު ވާހަކަ އެއް ނޫން. އެ އަޅުގަނޑުމެން ބަލައިލެވޭނެ. ޓީވީ އަޑުއައްސަވަން އިންނަވާ ބޭފުޅަކަށް ވެސް ހީވެދާނެ ތަފާތު ދެގޮތަކަށޭ މި ބުނަނީ. ކިހިނެއްހޭ ތިމަންނަ މެންނަން އެނގޭނީ. އެ ބަލާލެވޭނެ ގޮތް އެބަހުރި. ބަޖެޓް ކޮންމެ އަހަރެއްގައި ވެސް ބަލައިލާފައި އެ ބަޖެޓުން އުނިކޮށްލާ ލޯނަށް އަނބުރާ ދައްކަން އޮތް ބައި. ދެން އެ ބާކީ އޮންނަ ބައިން އާމްދަނީ ކަނޑާލީމަ އެއީ، ސަރުކާރުން ހޯދަން ޖެހޭ ފައިސާ. ލޯނުގެ ގޮތުގައި އެ ވަޢުދުތައް ފުއްދަން ނުވަތަ އެހެން ކަމެއް ކުރަން. އެގޮތަށް ބަލައިލީމަ ވަރަށް ސާފުކޮށް ފެންނާނެ 2024 އާއި 2025 އަކީ އެންމެ ބޮޑަށް އެގޮތަށް ފައިނޭންޝަލް ރިކުއާމަންޓް އޮތް ދެ އަހަރު. އެހެންވީމާ، 2026 ގައި މި ބަޖެޓް މިވަރުވެފައި މިއޮތީ ލޯނު އަދާކުރާތީއޭ ބުނާ ވާހަކަ އަކީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫން.
ރިޔާޒު މަންސޫރު

ރިޔާޒު ވިދާޅުވީ 2026 ވަނަ އަހަރު ގެ ބަޖެޓް ބޮޑުވެފައި އޮތީ އެ ބޭފުޅުން ބޭނުންވާ ކަންތައްތަކެއް ބަޖެޓަށް ލުމުން ކަމަށެވެ. އަދި އެކަންކަން ބަޖެޓަށް ނުލާ ނަމަ 2026 ވަނަ އަހަރު ގެ ބަޖެޓަކީ އާމްދަނީ އެންމެ މަތިން ލިބޭނެ ކަމަށް ބަލާފައި އޮތް އަހަރު ކަމަށެވެ. ރިޔާޒު ވަނީ ބަޖެޓުގައި ފައިނޭންޝަލް ރިކުއަރމެންޓާއި އިތުރަށް ހޯދަންޖެހޭ ފައިސާ ގެ އަދަދު ބޮޑު ވެގެން ދަނީ ކީއްވެގެންތޯ ސުވާލު އުފައްދަވާފަ އެވެ. އޭނާ ވިދާޅުވީ މިހެން ދިމާވަނީ ކަންކަން މެނޭޖްކުރަން ނޭނގި ރައްޔިތުންނަށް އޮޅުވާލާތީ ކަމަށެވެ.

ދިވެހިރާއްޖޭގައި އެއް އަހަރުގެ ތެރޭގައި ދަރަނި އިތުރުވި ރިކޯޑު އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅުގައި ކަމަށް ރިޔާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ވިދާޅުވީ މިސަރުކާރުން ބޭރަށް ދައްކަން ޖެހޭ ދަރަނި ރީސްޓްރަކްޗަރކޮށް ލަސްކުރަމުންދާ ކަމަށެވެ. މިހާރު ލޯނު ދައްކަމުން ނުދާއިރު، ގައުމަށް ވަންނަ ޑޮލަރު ބާޒާރުން ފެންނަންޖެހޭ ކަމަށާއި، ނަމަވެސް ޑޮލަރަށް ވާނުވާ ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރު ނިމުނު އިރު މި ސަރުކާރުގެ ދަރަނި ހުރީ 19 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް އެ އަދަދު ދެގުނައާ ގާތްކޮށް މިހާރު ދަރަނި ހުރީ 36 ބިލިއަން ރުފިޔާގަ އެވެ.

ރިޔާޒު މަންސޫރު2026 ބަޖެޓްމާލީ ހާލަތު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބަޖެޓު 2026 ގައި ސިއްހީ ދާއިރާއަށް 8.8 ބިލިޔަން ރުފިޔާ، އެކަމަކު ހުޅުމާލޭގައި ހޮސްޕިޓަލެއް އަޅަން ފަންޑު ނެތިގެން އެހީ ހޯދަނީ

ބަޖެޓު 2026 ގައި ސިއްހީ ދާއިރާއަށް 8.8 ބިލިޔަން ރުފިޔާ، އެކަމަކު ހުޅުމާލޭގައި ހޮސްޕިޓަލެއް އަޅަން ފަންޑު ނެތިގެން އެހީ ހޯދަނީ

28 ނޮވެމްބަރު 2025
2026 ގެ ބަޖެޓަކީ އިގްތިސާދީ ދިރުމެއް ނެތް، ވިހާއިރު ވެސް މަރުވެފައި އޮންނާނެ ބަޖެޓެއް: މެންބަރު ޣަފޫރު

2026 ގެ ބަޖެޓަކީ އިގްތިސާދީ ދިރުމެއް ނެތް، ވިހާއިރު ވެސް މަރުވެފައި އޮންނާނެ ބަޖެޓެއް: މެންބަރު ޣަފޫރު

24 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
2024 ވަނަ އަހަރު ބޮޑުތަނުން ޚަރަދު އިތުރުވެގެން ދިޔަ އިރު އާމްދަނީ ލިބޭނެ އައު ގޮތްތަކެއް މުއިއްޒު ސަރުކާރަކަށް ނުހޯދުނު: ރިޕޯޓް

2024 ވަނަ އަހަރު ބޮޑުތަނުން ޚަރަދު އިތުރުވެގެން ދިޔަ އިރު އާމްދަނީ ލިބޭނެ އައު ގޮތްތަކެއް މުއިއްޒު ސަރުކާރަކަށް ނުހޯދުނު: ރިޕޯޓް

21 ނޮވެމްބަރު 2025
ތަފްސީލު ނެތި ބަޖެޓް ފާސްކުރަނީ، ރައީސް މުއިއްޒުގެ ހެޔޮފުޅު ކަމަށް އާދޭސް ދަންނަވާނެ އަޅުންތަކެއް މަޖިލީހުގައި ބައިތިއްބައިގެން ވެރިކަން ކުރެއްވުމަށް

ތަފްސީލު ނެތި ބަޖެޓް ފާސްކުރަނީ، ރައީސް މުއިއްޒުގެ ހެޔޮފުޅު ކަމަށް އާދޭސް ދަންނަވާނެ އަޅުންތަކެއް މަޖިލީހުގައި ބައިތިއްބައިގެން ވެރިކަން ކުރެއްވުމަށް

20 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު