Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ޓީ-ބިލު

އާމްދަނީ އަށް ވުރެ ޚަރަދު ބޮޑުވާތީ، ފޫބައްދަން ސަރުކާރުން 1.16 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފި

ސަރުކާރުގެ ކުރު މުއްދަތުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި 1.16 ބިލިއަން ރުފިޔާ ހޯދުމަށް ހަތަރު މުއްދަތަކަށް ބަހާލައިގެން ޓީ-ބިލް ވިއްކަން ފިނޭންސް މިނިސްޓްރީން ވަނީ ހުޅުވާލާފައި. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ 4.60 އިންސައްތައިގެ އިންޓްރެސްޓް ރޭޓުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ވިއްކާ 759.4 މިލިއަން ރުފިޔާގެ ޓީ-ބިލު. މި ފިޔަވަޅަކީ ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށާއި އެތެރޭގެ ބާޒާރުން ފައިސާ ހޯދުމަށް ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް.

ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2026 | ހޮނިހިރު 09:29
ދިވެހި ރުފިޔާގެ ބޭންކް ނޫޓެއް.

ދިވެހި ރުފިޔާގެ ބޭންކް ނޫޓެއް. | އައިސްޓޮކް

ސަރުކާރުގެ ވަގުތުން ބޭނުންވާ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި، 1.16 ބިލިއަން ދިވެހި ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ހޯދުމަށް ޓްރެޜަރީ ބިލް (ޓީ-ބިލް) ވިއްކަން ހުޅުވާލައިފިއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ޓީ-ބިލު ވިއްކައިގެން އާމްދަނީ ހޯދުމަށް ޢާއްމުގޮތެއްގައި ބަރޯސާވަމުންދާއިރު، އެކަމުން ދޭހަކޮށްދެނީ ޓެކްސް އާއި އެހެނިހެން ގޮތް ގޮތުން ލިބޭ އާމްދަނީ އަށް ވުރެ ޚަރަދުތައް އިތުރުވެފައިވުން ކަމުގައި ތަޖުރިބާކާރުން ދެކެ އެވެ. 

Advertisement - businessAdvertisement

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕްލޭނިންގް އިން އާންމުކޮށްފައިވާ ޓީ-ބިލް ގަތުމުގެ ދައުވަތުގައިވާ ގޮތުން، 28 ދުވަސް، 98 ދުވަސް، 182 ދުވަސް އަދި 364 ދުވަހުގެ މުއްދަތުން އަނބުރާ ދައްކާ ގޮތަށް ހަތަރު ސީރީޒެއްގެ ބިލް ވަނީ ހުޅުވާލާފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ 4.60 އިންސައްތައިގެ އިންޓްރެސްޓް ރޭޓުގައި، 2027 ވަނަ އަހަރުގެ ފެބްރުއަރީ މަހަށް މުއްދަތު ހަމަވާ ގޮތަށް ހުޅުވާލާފައިވާ 759.4 މިލިއަން ރުފިޔާގެ 364 ދުވަހުގެ ޓީ-ބިލެވެ.

މީގެ އިތުރުން 3.50 އިންސައްތައިގެ އިންޓްރެސްޓް ރޭޓުގައި ވިއްކާ 300 މިލިއަން ރުފިޔާގެ 28 ދުވަހުގެ ބިލަކާއި، 3.87 އިންސައްތައިގެ އިންޓްރެސްޓްގައި ވިއްކާ 50.01 މިލިއަން ރުފިޔާގެ 98 ދުވަހުގެ ބިލުގެ އިތުރުން، 4.23 އިންސައްތައިގެ އިންޓްރެސްޓްގައި ވިއްކާ 57 މިލިއަން ރުފިޔާގެ 182 ދުވަހުގެ ބިލެކެވެ. 

މި ޓީ-ބިލްތައް ވިއްކުމަށް ހަމަޖެހިފައިވަނީ 22 ފެބްރުއަރީ 2026 ގައެވެ. އަދި ފައިސާ ދައްކާ ޚަލާސްކުރަންޖެހޭނީ އޭގެ އަނެއް ދުވަހުއެވެ. ރަމަޟާން މަހާ ގުޅިގެން ޓީ-ބިލުގެ މުއާމަލާތްތައް  ކުރާ ގަޑިތަކަށް ވަނީ ބަދަލު ގެނެސްފައެވެ.

ޓީ-ބިލަކީ ސަރުކާރުގެ ގެރެންޓީ އޮންނަ އެއްޗަކަށް ވާތީ، މިއީ އިންވެސްޓަރުންގެ އިތުބާރު އޮތް ރައްކާތެރި އިންވެސްޓްމަންޓެއްގެ ގޮތުގައި ބެލޭ އެއްޗެކެވެ. ސަރުކާރަށް ލިބޭ ޓެކްސްގެ އާމްދަނީއާއި އެހެނިހެން އާމްދަނީ އާ ކުރަންޖެހޭ ހަރަދުތައް ނުބައްދަލު ހާލަތްތަކުގައި، ފައިސާގެ ދަތިކަން ހައްލުކޮށް ކޭޝްފްލޯ މެނޭޖްކުރުމަށް ޓީ-ބިލް ވިއްކާ އިރު، އާއްމުކޮށް އާމްދަނީ ހޯދުމަށް ޓީ-ބިލަށް ބަރޯސާ ވުމުން ދިގު މުއްދަތުގެ ފައިސާ މެނޭޖް ކުރުމާއި އާމްދަނީ ހޯދުމުގެ ތަސަރައްވުރެއް ގެންގުޅުމުގެ ބަދަލުގައި ކުރު މުއްދަތުގައި އަވަހަށް ފައިސާ ހޯދައިގެން ކަންކަން ފޫބައްދަން ސަރުކާރުން އިސްކަން ދޭކަން ހާމަވެ އެވެ. ޓީ-ބިލަކީ މުސާރަ ދިނުމާއި، ދިފާއީ ކަންކަމާއި، އަދި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް އަވަހަށް ދަރަންޏަށް ފައިސާ ހޯދުމަށް ބޭނުން ކުރާ މާލީ ވަސީލަތެކެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގޓްރެޜަރީ ބިލްސްމާލީ ސިޔާސަތު

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

ސަރުކާރުގެ ޚަރަދުތައް ހަމަޖައްސަން ޓީ-ބިލް ވިއްކައިގެން ކުރުމުއްދަތެއްގައި 1.8 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަނީ

ސަރުކާރުގެ ޚަރަދުތައް ހަމަޖައްސަން ޓީ-ބިލް ވިއްކައިގެން ކުރުމުއްދަތެއްގައި 1.8 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަނީ

26 ޖެނުއަރީ 2026
ރައީސް މުއިއްޒުގެ ވެރިކަމުގައި ޑޮލަރު މާރު ކުރުމުގެ ސިޔާސަތަށް ގެނައި ބަދަލާ ގުޅިގެން މާލީ ގޮތުން ދަތިވެ، ސަން ސިޔާމް ގްރޫޕުގެ ހުރިހާ މުވައްޒަފުންނަށް ސަރވިސް ޗާޖު ރުފިޔާ އިން ދޭން ނިންމައިފި

ރައީސް މުއިއްޒުގެ ވެރިކަމުގައި ޑޮލަރު މާރު ކުރުމުގެ ސިޔާސަތަށް ގެނައި ބަދަލާ ގުޅިގެން މާލީ ގޮތުން ދަތިވެ، ސަން ސިޔާމް ގްރޫޕުގެ ހުރިހާ މުވައްޒަފުންނަށް ސަރވިސް ޗާޖު ރުފިޔާ އިން ދޭން ނިންމައިފި

15 ޖެނުއަރީ 2026
ފިނޭންސް މިނިސްޓަރު ޒަމީރު ސާޖަރީއެއް ކުރައްވައިފި

ފިނޭންސް މިނިސްޓަރު ޒަމީރު ސާޖަރީއެއް ކުރައްވައިފި

17 ޑިސެމްބަރު 2025
ފިސްކަލް ޒިންމާގެ ޤާނޫނަށް އަމަލު ނުކެރެވޭނެކަން ރޭކާލީ ނޭވާހޮޅިއަށް އެޅުނީމަ؟

ފިސްކަލް ޒިންމާގެ ޤާނޫނަށް އަމަލު ނުކެރެވޭނެކަން ރޭކާލީ ނޭވާހޮޅިއަށް އެޅުނީމަ؟

28 ނޮވެމްބަރު 2025
ސަރުކާރުން 2.95 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބިލު ވިއްކަން ހުޅުވާލައިފި

ސަރުކާރުން 2.95 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބިލު ވިއްކަން ހުޅުވާލައިފި

13 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު