Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޓްރެޜަރީ ބިލްސް

ސަރުކާރުގެ ޚަރަދުތައް ހަމަޖައްސަން ޓީ-ބިލް ވިއްކައިގެން ކުރުމުއްދަތެއްގައި 1.8 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަނީ

ފައިނޭންސް މިނިސްޓްރީން މިފަހަރު އިޝޫކުރި ޓީ-ބިލުގައި 28 ދުވަހުން ފެށިގެން އެއް އަހަރާ ދެމެދުގެ މުއްދަތުގެ ބިލްތައް ހިމެނޭ އިރު، 364 ދުވަހުގެ 1.26 ބިލިއަން ރުފިޔާގެ ބިލަކީ އެންމެ ބޮޑު ބައިކަން ފާހަގަ ކުރެވޭ.

ރާއްޖެ އެމްވީ | 26 ޖެނުއަރީ 2026 | ހޯމަ 11:29
500 ރުފިޔާގެ ނޫޓު ތަކެއް

500 ރުފިޔާގެ ނޫޓު ތަކެއް | ރާއްޖެ އެމްވީ

ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ބޭނުންވާ ފައިސާ ހޯދުމަށް، ކުރު މުއްދަތުގެ ޓްރެޜަރީ ބިލް (ޓީ-ބިލް) ވިއްކައިގެން ރާއްޖޭގެ ބާޒާރުން 1.8 ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ހޯދުމަށް ސަރުކާރުން ނިންމައިފި އެވެ.

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕްލޭނިންގް އިން ނެރުނު އިޢުލާނެއްގައިވާ ގޮތުން، މި ޓީ-ބިލްތަކަށް އިއްޔެ ވަނީ ސަބްސްކްރައިބް ކުރުމުގެ ފުރުޞަތު ހުޅުވާލާފަ އެވެ. އަދި މި ބިލްތަކަށް ފައިސާ ދެއްކުމުގެ ކަންކަން ހޯމަ ދުވަހު ކުރިއަށްދާނެވއެވެ. މިފަހަރުގެ އިޝޫ ކުރި ޓީ-ބިލުގައި ހިމެނެނީ 28 ދުވަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށް ބަހާލެވިފައިވާ ބިލްތަކެކެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ދިގު މުއްދަތުގެ ބިލްތަކެވެ.

ވިއްކުމަށް ހުޅުވާލި ޓީ-ބިލުގެ ތަފްޞީލަށް ބަލާއިރު، 3.50 އިންސައްތަ އިންޓްރެސްޓް ރޭޓުގައި 350 މިލިއަން ރުފިޔާގެ 28 ދުވަހުގެ ޓީ-ބިލާއި، 3.87 އިންސައްތަ އިންޓްރެސްޓް ރޭޓުގައި 31.03 މިލިއަން ރުފިޔާގެ 98 ދުވަހުގެ ޓީ-ބިލް ހިމެނެ އެވެ. މީގެ އިތުރުން 4.23 އިންސައްތަ އިންޓްރެސްޓް ރޭޓުގައި 245 މިލިއަން ރުފިޔާގެ 182 ދުވަހުގެ ޓީ-ބިލާއި، 4.60 އިންސައްތަ އިންޓްރެސްޓް ރޭޓުގައި 1.26 ބިލިއަން ރުފިޔާގެ 364 ދުވަހުގެ ޓީ-ބިލް ހިމެނެ އެވެ.

އެތެރޭގެ ދަރަނީގެ ގޮތުގައި ފައިސާ ހޯދުމަށް ވިއްކުމަށް ހުޅުވާލި ޓީ-ބިލުގެ ތަފްސީލަށް ބަލާއިރު އަވަހަށް ފައިސާ ހޯދުމަށް ސަރުކާރުން ބޭނުންވެފައިވާ މިންވަރު ހާމަވެ އެވެ.  

މި ޓީ-ބިލްތަކަށް އެދި ހުށަހަޅަންޖެހެނީ ކަނޑައެޅިފައިވާ ރަސްމީ ފޯމުތައް މެދުވެރިކޮށް، ކަނޑައެޅިފައިވާ ވަގުތުތަކުގައެވެ. އަދި ފައިސާ ދައްކަންޖެހޭ ދުވަހަށް ފައިސާ ނުދައްކައިފި ނަމަ، ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ މިފަދަ މާލީ މުއާމަލާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ގެއްލިދާނެ ކަމަށް ފައިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

ޓްރެޜަރީ ބިލްސްމިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

ފިނޭންސް މިނިސްޓަރު ޒަމީރު ސާޖަރީއެއް ކުރައްވައިފި

17 ޑިސެމްބަރު 2025
ފިނޭންސް މިނިސްޓަރު ޒަމީރު ސާޖަރީއެއް ކުރައްވައިފި
13 ނޮވެމްބަރު 2025

ސަރުކާރުން 2.95 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބިލު ވިއްކަން ހުޅުވާލައިފި

13 ނޮވެމްބަރު 2025
ސަރުކާރުން 2.95 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބިލު ވިއްކަން ހުޅުވާލައިފި
25 އޮކްޓޯބަރު 2025

ފުލުފުލުގައި މާލިއްޔަތު ގަވައިދުގެ މާއްދާ އެއް 4 ފަހަރަށް ބަދަލުކޮށް ރައީސް މުއިއްޒު ބޭނުން ބަޔަކަށް ސަރުކާރުގެ މަޝްރޫއުތައް ބަހާލަން ހެދި ގޮތް

25 އޮކްޓޯބަރު 2025
ފުލުފުލުގައި މާލިއްޔަތު ގަވައިދުގެ މާއްދާ އެއް 4 ފަހަރަށް ބަދަލުކޮށް ރައީސް މުއިއްޒު ބޭނުން ބަޔަކަށް ސަރުކާރުގެ މަޝްރޫއުތައް ބަހާލަން ހެދި ގޮތް
18 ޖުލައި 2025

ތަރައްގީ އަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ހިނގައްޖެ

18 ޖުލައި 2025
ތަރައްގީ އަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ހިނގައްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު