Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ޤައުމީ ޓީމުގެ ކޯޗު ކަމަށް ހަމަޖެއްސި އުރުބާނީ ރާއްޖެ އަތުވެއްޖެ

މިއަހަރުގެ ކުރީ ކޮޅު އެފްއޭއެމް އިން ވަނީ ރާއްޖޭގެ ޤައުމީ ޓީމުގެ ކޯޗަކަށް އުރުބާނީ ހަމަޖެއްސާފައިވާކަން އިއުލާން ކޮށްފައި. އޭގެ ފަހުން އާދީއްތަ ދުވަހު އުރުބާނީ ރާއްޖެ އައިސްފައިވާއިރު، އޭނާ އަށް މަރުޙަބާ ދެންނެވީ އެފްއޭއެމްގެ އިސްވެރިން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ޖެނުއަރީ 2026 | އަންގާރަ 04:29
ޤައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި އުރުބާނީ

ޤައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި އުރުބާނީ | ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ


ރާއްޖޭގެ ސީނިއާ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗަކަށް ދާދި ފަހުން ހަމަޖެއްސި ހަންގޭރީގެ ތަޖުރިބާކާރު ކޯޗު އިސްތަވާން އުރްބާނީ ރާއްޖެ އަތުވެއްޖެ އެވެ.

މިއަހަރުގެ ކުރީ ކޮޅު ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ރާއްޖޭގެ ޤައުމީ ޓީމުގެ ކޯޗަކަށް އުރުބާނީ ހަމަޖެއްސާފައިވާކަން އިއުލާން ކޮށްފަ އެވެ. އޭގެ ފަހުން އާދީއްތަ ދުވަހު އުރުބާނީ ރާއްޖެ އައިސްފައިވާއިރު، އޭނާ އަށް މަރުޙަބާ ދެންނެވީ އެފްއޭއެމްގެ އިސްވެރިންނެވެ.

އުމުރުން މިހާރު 58 އަހަރުވެފައިވާ އުރުބާނީ ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރާއްޖޭގެ ޤައުމީ ޓީމަށް އިރުޝާދު ދީފަ އެވެ. އެހެންކަމުން މިއީ، އުރުބާނީ ރާއްޖެ އަށް އިރުޝާދު ދޭނެ ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ އޭނާ ރާއްޖެ އަށް އިރުޝާދު ދީފައި ވަނީ 2009 ވަނަ އަހަރު އެވެ. އެ ފަހަރު ރާއްޖެ އިން ވަނީ ސަރަހައްދީ ފުޓުބޯޅަ މުބާާރާތް، ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ވާދަކޮށްފަ އެވެ.

އޭގެ ފަހުން، ދެ ވަނަ ފަހަރަށް އުރުބާނީ ރާއްޖޭގެ ކޯޗުކަމާ ހަވާލުވީ 2011 ވަނަ އަހަރު އެވެ. އެ ފަހަރު އޭނާ ވަނީ ދެ އަހަރު ވަންދެން ރާއްޖެ އަށް އިރުޝާދު ދީފަ އެވެ. އޭރު އުރުބާނީ ވަނީ ރާއްޖޭގެ ޒުވާން އުމުރުފުރާގެ ޤައުމީ ޓީމަށް ވެސް އިރުޝާދު ދީފަ އެވެ. ދެ އަހަރުގެ އެއްބަސްވުމަށް ފަހު، ރާއްޖޭގެ ކޯޗުކަން އޭނާ ދޫކޮށްލީ 2013 ވަނަ އަހަރު އެވެ. 

އޭގެ ފަހުން ހަންގޭރީގެ މީޑިއާ އަކަށް ދިން އިންޓަވިޔުއެއްގައި އުރުބާނީ ބުނެފައި ވަނީ އަލުން އެނބުރި ރާއްޖެ އަށް އައުމުގެ ފަހަތުގައި އެތައް ސަބަބު ތަކެއް ވާ ކަމަށެެވެ. ރާއްޖެ އަކީ އޭނާ އަށް ވަރަށް ރަނގަޅަށް އިނގޭ ޤައުމެއް ކަމަށާއި،އެފްއޭއެމް ގައި ހުރީ އައު ރައީސެއް ކަމަށް އުރުބާނީ ބުންޏެވެ. އަދި އެއީ ރާއްޖެ އަންނަން ނިންމި އެއް ސަބަބު ކަމަށް އުރުބާނީ ބުނެފައިވެ އެވެ.

ރާއްޖޭގެ ކޯޗުކަން ދޫކޮށްލި ފަހުން ވެސް އުރުބާނީ ވަނީ ކޯޗިންގައި މަސައްކަތް ކޮށްފަ އެވެ. އެގޮތުން އެންމެ ފަހުން އޭނާ މަސައްކަތް ކޮށްފައި ވަނީ ސްޕޯޓިން ކަންސަސް ސިޓީގަ އެވެ. އެފްއޭއެމް އިން ރާއްޖޭގެ ކޯޗަކަށް އުރުބާނީ ހަމަޖައްސާފައިވާއިރު، މި ފަހަރު އޭނާ އަށް ވަނީ ޓެކްނިކަލް ޑައިރެކްޓަރުގެ މަސްއޫލިއްޔަތު ވެސް ހަވާލު ކޮށްފަ އެވެ. 

އެފްއޭއެމްދިވެހި ގައުމީ ފުޓުބޯޅަ ޓީމުއިސްތަވާން އުރްބާނީ

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2026

އުރުބާނީގެ ތައުރީފު ދިވެހި ފުޓުބޯޅަ އަށް، އެނބުރި އައީ ޓޮމްގެ ސަބަބުން

14 ޖެނުއަރީ 2026
އުރުބާނީގެ ތައުރީފު ދިވެހި ފުޓުބޯޅަ އަށް، އެނބުރި އައީ ޓޮމްގެ ސަބަބުން
10 ޖެނުއަރީ 2026

ތިން ވަނަ ޑިވިޝަންގެ ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

10 ޖެނުއަރީ 2026
ތިން ވަނަ ޑިވިޝަންގެ ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި
08 ޖެނުއަރީ 2026

އެފްއޭއެމްގެ ކޮންގްރެސް މާޗު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ

08 ޖެނުއަރީ 2026
އެފްއޭއެމްގެ ކޮންގްރެސް މާޗު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ
07 ޖެނުއަރީ 2026

މައްސަލަ ޖެހި، ޑައިމަންޑް ޖުބްލީ ކޮމެޓީ އިން މުބީން ވަކި ކޮށްފި

07 ޖެނުއަރީ 2026
މައްސަލަ ޖެހި، ޑައިމަންޑް ޖުބްލީ ކޮމެޓީ އިން މުބީން ވަކި ކޮށްފި
06 ޖެނުއަރީ 2026

ތަޖުރިބާކާރު ކޯޗު އުރްބާނީއާ ޤައުމީ ޓީމު ހަވާލު ކޮށްފި

06 ޖެނުއަރީ 2026
ތަޖުރިބާކާރު ކޯޗު އުރްބާނީއާ ޤައުމީ ޓީމު ހަވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު