Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

އުރުބާނީގެ ތައުރީފު ދިވެހި ފުޓުބޯޅަ އަށް، އެނބުރި އައީ ޓޮމްގެ ސަބަބުން

އަލުން އެނބުރި ރާއްޖެ އަށް އައުމުގެ ފަހަތުގައި އެތައް ސަބަބު ތަކެއް ވާ ކަމަށް އުރުބާނީ ބުނި. ރާއްޖެ އަކީ އޭނާ އަށް ވަރަށް ރަނގަޅަށް އިނގޭ ޤައުމެއް ކަމަށާއި، އެފްއޭއެމް ގައި ހުރީ އައު ރައީސެއް ކަމަށް އުރުބާނީ ބުނި. އަދި އެއީ ރާއްޖެ އަންނަން ނިންމި އެއް ސަބަބު ކަމަށް އުރުބާނީ ވަނީ ބުނެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2026 | ބުދަ 05:36
ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗަކަށް ހަމަޖެއްސި އުރުބާނީ

ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗަކަށް ހަމަޖެއްސި އުރުބާނީ | ސޯޝަލް މީޑިއާ

ދިވެހި ރާއްޖޭގައި ފުޓުބޯޅަ އަށް އޮންނަ ފޯރި އަށް ތައުރީފު ކުރުމާ އެކު، އަލުން ރާއްޖޭގެ ސީނިއާ ޤައުމީ ފުޓުބޯޅަ ޓީމާ ހަވާލުވާން ނިންމި ސަބަބަކީ ޤައުމީ ޓީމުގެ ކުރީގެ ފޯވާޑު އަޙުމަދު ޠާރިޤު (ޓޮމް) ކަމަށް، ދާދި ފަހުން ރާއްޖޭގެ ކޯޗުކަށް ހަމަޖެއްސި ހަންގޭރީގެ ތަޖުރިބާކާރު ކޯޗު އިސްތަވާން އުރްބާނީ ބުނެފި އެވެ.

އޭނާ މިހެން ބުނީ ހަންގޭރީގެ މީޑިއާ އަކަށް ދިން އިންޓަވިޔުއެއްގަ އެވެ. އެގޮތުން އަލުން އެނބުރި ރާއްޖެ އަށް އައުމުގެ ފަހަތުގައި އެތައް ސަބަބު ތަކެއް ވާ ކަމަށް އުރުބާނީ ބުންޏެވެ. ރާއްޖެ އަކީ އޭނާ އަށް ވަރަށް ރަނގަޅަށް އިނގޭ ޤައުމެއް ކަމަށާއި، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގައި ހުރީ އައު ރައީސެއް ކަމަށް އުރުބާނީ ބުންޏެވެ. އަދި އެއީ ރާއްޖެ އަންނަން ނިންމި އެއް ސަބަބު ކަމަށް އުރުބާނީ ވަނީ ބުނެފަ އެވެ.

ދެ ވަނަ ފަހަރަށް އެފްއޭއެމްގެ ރައީސް ކަމުގެ މަޤާމަށް ޓޮމް އިންތިޚާބު ކޮށްފައި ވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރާއްޖޭގެ ޤައުމީ ޓީމަށް އުރުބާނީ އިރުޝާދު ދީފައިވާއިރު، ޤައުމީ ޓީމުގައި އޭރު ޓޮމް ވެސް ވަނީ ކުޅެފަ އެވެ. 

އެގޮތުން އުރުބާނީގެ އިރުޝާދުގެ ދަށުން 2009 ވަނަ އަހަރު ރާއްޖެ އިން ވަނީ ސަރަހައްދީ ފުޓުބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ވާދަކޮށްފަ އެވެ. ބަންގްލަދޭޝްގައި އޮތް އެ މުބާރާތުގެ ފައިނަލްގައި ރާއްޖެ އިން އިންޑިއާއާ ދެކޮޅަށް ކުޅެ ބަލިވީއިރު، ރާއްޖޭގެ ޓީމުގައި އެންމެ މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިޔަކީ ޓޮމް އެވެ. އެ ފަހަރުގެ މުބާރާތުގައި ހަތަރު ލަނޑު ޖަހައިގެން، ޓޮމް ވަނީ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނި ރަން ބޫޓު ހޯދައިފަ އެވެ. 

އުރުބާނީ ބުނީ އިންޑިއާގައި އޮތް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އިން ރަނގަޅަށް ކުޅުނު ކަމަށާއި، ރަނގަޅު ނަތީޖާއެއް ވެސް ލިބުނު ކަމަށެވެ. އެކަމަކު، ރާއްޖޭގައި މަސައްކަތް ކުރި ދުވަސް ވަރު އޭނާ އެންމެ އުފާވީ، ރާއްޖޭގެ ޒުވާން ޤައުމީ ޓީމަށް އިރުޝާދު ދީ، އެ ޓީމާ އެކު މުބާރާތެއް ކާމިޔާބު ކުރެވިފައި އޮތުމުންނެވެ. އުރުބާނީގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ޒުވާން ޓީމުން ވަނީ 2013 ވަނަ އަހަރު ސްރީ ލަންކާގައި ކުރިއަށް ގެންދިޔަ ރާޖަޕަކްސަ އިންޓަނޭޝަނަލް މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

އެ މުބާރާތުގެ ހަނދާންތައް އައު ކުރަމުން އުރުބާނީ ބުނީ، އެ މުބާރާތް ކާމިޔާބު ކޮށްގެން އެނބުރި ރާއްޖެ އައިއިރު ތަފާތު އިޙުސާސެއް ކުރެވުނު ކަމަށެވެ. އެގޮތުން އޭނާ ބުނީ، އެ ދުވަހު ކުރެވުނީ ވޯލްޑް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްގެން އައި ކަހަލަ އިޙުސާސެއް ކަމަށާއި، ރާއްޖޭގައި ފުޓުބޯޅަ އަށް ވަރަށް ބޮޑު ފޯރިއެއް އޮންނަ ކަމަށެވެ. އަދި ފުޓުބޯޅަ އަކީ ރާއްޖޭގެ އެއް ނަންބަރު ކުޅިވަރު ކަމަށް ވެސް އޭނާ ބުންޏެވެ.

އުމުރުން މިހާރު 53 އަހަރުވެފައިވާ އުރުބާނީ އެންމެ ފުރަތަމަ ރާއްޖެ އަށް އިރުޝާދު ދީފައި ވަނީ 2009 ވަނަ އަހަރު އެވެ. ދެ ވަނަ ފަހަރަށް ރާއްޖޭގެ ކޯޗުކަމާ އޭނާ ހަވާލުވީ 2011 ވަނަ އަހަރު އެވެ. އޭގެ ފަހުން 2013 ވަނަ އަހަރު ރާއްޖޭގެ ކޯޗުކަން ދޫކޮށްލުމަށް ފަހު ވެސް، ފުޓުބޯޅައިގައި އޭނާ މަސައްކަތް ކޮށްފައިވެ އެވެ. ތިން ވަނަ ފަހަރަށް ރާއްޖޭގެ ކޯޗުކަމާ ހަވާލުވެފައިވާއިރު، އުރުބާނީ އަކީ ދިވެހި ފުޓުބޯޅަ އަށް ފަރިތަ ކޯޗެކެވެ. 

އެފްއޭއެމްގެ ރައީސް ޓޮމް އަށް އުރުބާނީ ތައުރީފު ކޮށްފައިވާއިރު، އެފްއޭއެމްގެ ރައީސް ކަމާ ހަވާލުވެ ޓޮމް އާއި އޭނާ ގެ ޓީމުން އަންނަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން ވަޅު ޖެހިފައިވާ ދިވެހި ފުޓުބޯޅަ އަލުން ކޮޅަށް ޖެހުމަށް އެފްއޭއެމް އިން އަންނަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.

އެފްއޭއެމްދިވެހި ގައުމީ ފުޓުބޯޅަ ޓީމުއިސްތަވާން އުރްބާނީ

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން ވަނަ ޑިވިޝަންގެ ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ތިން ވަނަ ޑިވިޝަންގެ ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

10 ޖެނުއަރީ 2026
އެފްއޭއެމްގެ ކޮންގްރެސް މާޗު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ

އެފްއޭއެމްގެ ކޮންގްރެސް މާޗު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ

08 ޖެނުއަރީ 2026
މައްސަލަ ޖެހި، ޑައިމަންޑް ޖުބްލީ ކޮމެޓީ އިން މުބީން ވަކި ކޮށްފި

މައްސަލަ ޖެހި، ޑައިމަންޑް ޖުބްލީ ކޮމެޓީ އިން މުބީން ވަކި ކޮށްފި

07 ޖެނުއަރީ 2026
ތަޖުރިބާކާރު ކޯޗު އުރްބާނީއާ ޤައުމީ ޓީމު ހަވާލު ކޮށްފި

ތަޖުރިބާކާރު ކޯޗު އުރްބާނީއާ ޤައުމީ ޓީމު ހަވާލު ކޮށްފި

06 ޖެނުއަރީ 2026
ގައުމީ ފުޓްބޯޅަ ޓީމުތަކު ގެ ސްޕޮންސަރަކަށް ބީއެމްއެލް

ގައުމީ ފުޓްބޯޅަ ޓީމުތަކު ގެ ސްޕޮންސަރަކަށް ބީއެމްއެލް

23 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު