Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

ތަޖުރިބާކާރު ކޯޗު އުރްބާނީއާ ޤައުމީ ޓީމު ހަވާލު ކޮށްފި

އުމުރުން މިހާރު 58 އަހަރުވެފައިވާ އުރުބާނީ ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރާއްޖޭގެ ޤައުމީ ޓީމަށް އިރުޝާދު ދީފައި. އެހެންކަމުން މިއީ، އުރުބާނީ ރާއްޖެ އަށް އިރުޝާދު ދޭނެ ތިން ވަނަ ފަހަރު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 ޖެނުއަރީ 2026 | އަންގާރަ 05:43
ޤައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި އިސްތަވާން އުރްބާނީ

ޤައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި އިސްތަވާން އުރްބާނީ | ސޯޝަލް މީޑިއާ

ރާއްޖޭގެ ސީނިއާ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗަކަށް، ހަންގޭރީގެ ތަޖުރިބާކާރު ކޯޗު  އިސްތަވާން އުރްބާނީ ހަމަޖައްސައިފި އެވެ. 

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ޤައުމީ ޓީމުގެ ކޯޗަކަށް އުރުބާނީ ހަމަޖައްސާފައިވާއިރު، މީގެ ކުރިން ވެސް އޭނާ ވަނީ ރާއްޖޭގައި މަސައްކަތް ކޮށްފަ އެވެ. ޤައުމީ ޓީމަށް މީގެ ކުރިން އިރުޝާދު ދީފައިވާ އުރުބާނީ އަކީ، ރާއްޖޭގެ ފުޓުބޯޅަ ދަންނަ، ރާއްޖެ އަށް ފަރިތަ ކޯޗެކެވެ.

އުމުރުން މިހާރު 58 އަހަރުވެފައިވާ އުރުބާނީ ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރާއްޖޭގެ ޤައުމީ ޓީމަށް އިރުޝާދު ދީފަ އެވެ. އެހެންކަމުން މިއީ، އުރުބާނީ ރާއްޖެ އަށް އިރުޝާދު ދޭނެ ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ އޭނާ ރާއްޖެ އަށް އިރުޝާދު ދީފައި ވަނީ 2009 ވަނަ އަހަރު އެވެ. އެ ފަހަރު ރާއްޖެ އިން ވަނީ ސަރަހައްދީ ފުޓުބޯޅަ މުބާާރާތް، ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ވާދަކޮށްފަ އެވެ.

އޭގެ ފަހުން، ދެ ވަނަ ފަހަރަށް އުރުބާނީ ރާއްޖޭގެ ކޯޗުކަމާ ހަވާލުވީ 2011 ވަނަ އަހަރު އެވެ. އެ ފަހަރު އޭނާ ވަނީ ދެ އަހަރު ވަންދެން ރާއްޖެ އަށް އިރުޝާދު ދީފަ އެވެ. އޭރު އުރުބާނީ ވަނީ ރާއްޖޭގެ ޒުވާން އުމުރުފުރާގެ ޤައުމީ ޓީމަށް ވެސް އިރުޝާދު ދީފަ އެވެ. ދެ އަހަރުގެ އެއްބަސްވުމަށް ފަހު، ރާއްޖޭގެ ކޯޗުކަން އޭނާ ދޫކޮށްލީ 2013 ވަނަ އަހަރު އެވެ. 

ރާއްޖޭގެ ކޯޗުކަން ދޫކޮށްލި ފަހުން ވެސް އުރުބާނީ ވަނީ ކޯޗިންގައި މަސައްކަތް ކޮށްފަ އެވެ. އެގޮތުން އެންމެ ފަހުން އޭނާ މަސައްކަތް ކޮށްފައި ވަނީ ސްޕޯޓިން ކަންސަސް ސިޓީގަ އެވެ. އެފްއޭއެމް އިން ރާއްޖޭގެ ކޯޗަކަށް އުރުބާނީ ހަމަޖައްސާފައިވާއިރު، މި ފަހަރު އޭނާ އަށް ވަނީ ޓެކްނިކަލް ޑައިރެކްޓަރުގެ މަސްއޫލިއްޔަތު ވެސް ހަވާލު ކޮށްފަ އެވެ. 

ތިން ވަނަ ފަހަރަށް ރާއްޖޭގެ ކޯޗުކަމާ އުރުބާނީ ހަވާލުވެފައި މި ވަނީ، ދިވެހި ފުޓުބޯޅަ އަށް ވަރަށް މުހިންމު ވަގުތެއްގަ އެވެ. ޚާއްސަކޮށް ފުޓުބޯޅަ ކުރިއަރުވަން އެފްއޭއެމް އިން ގިނަ މަސައްކަތް ތަކެއް ކުރަމުން އަންނަ ވަގުތެއްގަ އެވެ. ބައިނަލްއަޤުވާމީ މައިދާނުގައި ވެސް ރާއްޖޭގެ ނަތީޖާތައް ދަށްވެފައި ވަނިކޮށް، އެފްއޭއެމްގެ އައު މެނޭޖުމަންޓް އިން އަންނަނީ ނަތީޖާ ރަނގަޅު ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.

އުރުބާނީގެ ކުރިން، ރާއްޖޭގެ ޤައުމީ ޓީމަށް އިރުޝާދު ދީފައި ވަނީ މުޙައްމަދު ޝިޔާޒް (މޯހަން) އެވެ. މޯހަންގެ އިރުޝާދުގެ ދަށުން ރާއްޖެ އިން ވަނީ ސްރީ ލަންކާގައި ކުރިއަށް ދިޔަ ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ. މޯހަންގެ ކުރިން ރާއްޖެ އަށް އިރުޝާދު ދީފައި ވަނީ އަލީ ސުޒޭން އެވެ.

އެފްއޭއެމްދިވެހި ގައުމީ ފުޓުބޯޅަ ޓީމުއިސްތަވާން އުރްބާނީ

ކޮމެންޓް

އިތުރަށް ކިޔާލަން

މައްސަލަ ޖެހި، ޑައިމަންޑް ޖުބްލީ ކޮމެޓީ އިން މުބީން ވަކި ކޮށްފި

މައްސަލަ ޖެހި، ޑައިމަންޑް ޖުބްލީ ކޮމެޓީ އިން މުބީން ވަކި ކޮށްފި

07 ޖެނުއަރީ 2026
ގައުމީ ފުޓްބޯޅަ ޓީމުތަކު ގެ ސްޕޮންސަރަކަށް ބީއެމްއެލް

ގައުމީ ފުޓްބޯޅަ ޓީމުތަކު ގެ ސްޕޮންސަރަކަށް ބީއެމްއެލް

23 ޑިސެމްބަރު 2025
އެފްއޭއެމްގެ ހިޔާނާތް - ބައްސާމާއި ދެކޮޅަށް އަލީ އުމަރު ހެކިބަސްދީފި

އެފްއޭއެމްގެ ހިޔާނާތް - ބައްސާމާއި ދެކޮޅަށް އަލީ އުމަރު ހެކިބަސްދީފި

29 ޖޫން 2025
ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި

ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި

17 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު