Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނާއި ލުބްނާނަށް އިޒްރޭލާއި އެމެރިކާ އިން ދެމުންދާ ހަމަލާތައް އދ. ގެ މިނިވަން މާހިރުންގެ ޕެނެލަކުން ކުށްވެރިކޮށްފި

އެމެރިކާއާއި އިޒްރޭލުން އީރާނާއި ލުބުނާނަށް ދެމުންދާ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އުދުވާނެއް ކަމަށް އދ. ގެ 12 މިނިވަން މާހިރުންގެ ގުރޫޕަކުން ބުނެފި. މި ހަމަލާތަކުގެ ސަބަބުން މުޅި ސަރަހައްދު ނުރައްކާތެރި ހަނގުރާމައެއްގެ ތެރެއަށް ވެއްޓިދާނެ ކަމުގެ އިންޒާރު ދެމުން، ބާރުގަދަ ގައުމުތަކުން ގާނޫނަށް ބެލުމެއްނެތި އަމަލުކުރުމުގެ ނުރައްކާތެރި ސަގާފަތެއް އުފެދިދާނެ ކަމަށް އެ މާހިރުން ފާހަގަކުރޭ. އެހެންކަމުން، މި ހަނގުރާމަތައް ވަގުތުން ހުއްޓާލައި، ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމް ކުރުމަށް އދ. ގެ މާހިރުން ވަނީ ގޮވާލާފައި.

ރާއްޖެ އެމްވީ | 13 މާރިޗު 2026 | ހުކުރު 01:33
އިސްތިއުމާރުކޮށްފައިވާ ފަލަސްތީނުގެ ބިންތަކުގެ އިންސާނީ ހައްގުތަކުގެ ހާލަތާ ބެހޭ އދ. ގެ ސްޕެޝަލް ރެޕަޓުއާ ފްރަންޗެސްކާ އަލްބަނީޒް.

އިސްތިއުމާރުކޮށްފައިވާ ފަލަސްތީނުގެ ބިންތަކުގެ އިންސާނީ ހައްގުތަކުގެ ހާލަތާ ބެހޭ އދ. ގެ ސްޕެޝަލް ރެޕަޓުއާ ފްރަންޗެސްކާ އަލްބަނީޒް. | ރޮއިޓާސް

އީރާނާއި ލުބުނާނަށް އަމާޒުކޮށް އެމެރިކާއާއި އިޒްރޭލުން ދެމުންގެންދާ ހަމަލާތައް އދ. ގެ މިނިވަން މާހިރުންގެ ގުރޫޕަކުން ކުށްވެރިކޮށްފިއެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ 12 މިނިވަން މާހިރަކު ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާއާއި އިޒްރޭލުން އީރާނާއި ލުބުނާނަށް މެދުނުކެނޑި ދެމުންދާ އަސްކަރީ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފަށް ހިންގަމުންދާ އުދުވާނެއް ކަމަށެވެ.

މި މާހިރުން ވިދާޅުވި ގޮތުގައި، މި ހަމަނުޖެހުންތަކުގެ ސަބަބުން މުޅި ސަރަހައްދު ނުރައްކާތެރި ހަނގުރާމައެއްގެ ތެރެއަށް ވެއްޓިގެން ދިއުމުގެ ބިރު އެބައޮތެވެ. އަދި ދުނިޔޭގެ އަސްކަރީ ގޮތުން އެންމެ ބާރުގަދަ ގައުމުތަކުން ބައިނަލްއަގުވާމީ ގާނޫނުތަކަށް ބެލުމެއްނެތި އަމަލުކުރި ނަމަވެސް، އެ ގައުމުތަކާ މެދު އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށް ގަބޫލުކުރެވޭ ފަދަ ނުރައްކާތެރި ސަގާފަތެއް މީގެ ސަބަބުން އުފެދިގެންދާނެ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އދ. އިން ފަލަސްތީނުގެ އިސްތިއުމާރުކޮށްފައިވާ ސަރަހައްދުތަކަށް ކަނޑައަޅާފައި ހުންނަވާ ޚާއްސަ ރެޕަޓުއާ ފްރަންޗެސްކާ އަލްބަނީޒް ހިމެނިވަޑައިގަންނަވާ މި މާހިރުންގެ ގުރޫޕުން ވިދާޅުވީ، އެމެރިކާއާއި އިޒްރޭލުން ކުރަމުންދާ ހަނގުރާމަތައް ހުއްޓާލައި، ހަނގުރާމަ ފުޅާކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި އެ ގައުމުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކަށްވުރެ މަތީގައި ތިބި ބައެއް ކަމަށް ދެކޭ ދެކުން ދޫކޮށްލަން ޖެހޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ބަޔާނުގައި ސޮއިކުރެއްވި އެހެން މާހިރުންގެ ތެރޭގައި އިންސާނީ ހައްގުތަކާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ޚާއްސަ ރެޕަޓުއާ ބެން ސޯލްއާއި، ކާބޯތަކެތީގެ ހައްގުތަކާ ބެހޭ ޚާއްސަ ރެޕަޓުއާ މައިކަލް ފަޚްރީއާއި، ބޯހިޔާވަހިކަމާ ބެހޭ ޚާއްސަ ރެޕަޓުއާ ބާލަކްރިޝްނަން ރާޖަގޯޕާލް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ ތަފާތުކުރުންތަކާ ދެކޮޅަށް މަސައްކަތްކުރާ އދ. ގެ ވޯކިން ގުރޫޕުން ވެސް ވަނީ މި ބަޔާނުގައި ބައިވެރިވެފައެވެ.

އީރާން-އެމެރިކާލުބުނާން-އިޒްރޭލްފްރާންސެސްކާ އަލްބަނީސްބައިނަލްއަޤުވާމީ ޤާނޫނުއީރާން-ޔޫއެސްއޭ-އިޒްރޭލް

އިތުރަށް ކިޔާލަން

13 މާރިޗު 2026

އައިއާރުޖީސީން އިޒްރޭލުގެ ދާޚިލީ ސަލާމަތީ އިދާރާ ޝިންބެޓްގެ މައިމަރުކަޒަށް ހަމަލާ ދީފި

13 މާރިޗު 2026
އައިއާރުޖީސީން އިޒްރޭލުގެ ދާޚިލީ ސަލާމަތީ އިދާރާ ޝިންބެޓްގެ މައިމަރުކަޒަށް ހަމަލާ ދީފި
13 މާރިޗު 2026

އެމެރިކާގެ އަސްކަރިއްޔާގެ ބާރެއްގެ ގޮތުގައި ބެލެވޭ ކޭސީ-135 ބޯޓު ވައްޓާލައިފި

13 މާރިޗު 2026
އެމެރިކާގެ އަސްކަރިއްޔާގެ ބާރެއްގެ ގޮތުގައި ބެލެވޭ ކޭސީ-135 ބޯޓު ވައްޓާލައިފި
12 މާރިޗު 2026

އައު ރޫހީ ލީޑަރުގެ ފުރަތަމަ ބަޔާން ވަރުގަދަ، ގޮވާލެއްވީ އެމެރިކާގެ ބޭސްތައް ބަންދު ކުރުމަަށް

12 މާރިޗު 2026
އައު ރޫހީ ލީޑަރުގެ ފުރަތަމަ ބަޔާން ވަރުގަދަ، ގޮވާލެއްވީ އެމެރިކާގެ ބޭސްތައް ބަންދު ކުރުމަަށް
12 މާރިޗު 2026

ހަނގުރާމައިގެ ހަމަލާ ދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އަށް އެދުނު ކަމަށް ފޮރިން މިނިސްޓަރު ޚަލީލް ވިދާޅުވެއްޖެ

12 މާރިޗު 2026
ހަނގުރާމައިގެ ހަމަލާ ދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އަށް އެދުނު ކަމަށް ފޮރިން މިނިސްޓަރު ޚަލީލް ވިދާޅުވެއްޖެ
12 މާރިޗު 2026

ހަކަތައިގެ ބާޒާރަށް ކުރިމަތި ވެފައިވާ ލޮޅުމާ ގުޅޭ ގޮތުން، އެމެރިކާ އާއި ރަޝިޔާ އިން މަޝްވަރާ ކޮށްފި

12 މާރިޗު 2026
ހަކަތައިގެ ބާޒާރަށް ކުރިމަތި ވެފައިވާ ލޮޅުމާ ގުޅޭ ގޮތުން، އެމެރިކާ އާއި ރަޝިޔާ އިން މަޝްވަރާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު