Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހަކަތައިގެ ބާޒާރަށް ކުރިމަތި ވެފައިވާ ލޮޅުމާ ގުޅޭ ގޮތުން، އެމެރިކާ އާއި ރަޝިޔާ އިން މަޝްވަރާ ކޮށްފި

އެމެރިކާާ އާއި އިޒްރޭލުން ގުޅިގެން އީރާންއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ ގުޅިގެން ހޮރުމޯޒް ކަނޑު އޮޅި ބަންދުވުމުގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ސަޕްލައި ކުރާ ތެލުގެ ފަސްބައި ކުޅަ އެއް ބައި، ނުވަތަ ދުވާލަކު ގާތް ގަނޑަކަށް 20 މިލިއަން ފީފާ ތެޔޮ ވަނީ މެދު އިރުމަތީގެ ސަރަހައްދުގައި ތާށިވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 މާރިޗު 2026 | ބުރާސްފަތި 11:41
ރަޝިޔާގެ އިގްތިސާދީ ކަންކަމާ ގުޅޭ އެންމެ އިސް އެޑްވައިޒަރު ކިރިލް ޑްމިޓްރިއޭވް

ރަޝިޔާގެ އިގްތިސާދީ ކަންކަމާ ގުޅޭ އެންމެ އިސް އެޑްވައިޒަރު ކިރިލް ޑްމިޓްރިއޭވް | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ކުރިމަތިވެފައިވާ ގޮތް ނޭނގޭ ނުތަނަވަސްކަމާއި، ލޮޅުންތަކާ ގުޅޭ ގޮތުން އެމެރިކާގެ އިސް އޮފިޝަލުންނާ އެކު މަޝްވަރާ ކޮށްފައިވާ ކަމަށް ރަޝިޔާ އިން ބުނެފި އެވެ.

ރަޝިޔާގެ ރައީސް  ވްލަޑިމިއަރ ޕުޓިންގެ ޚާއްސަ މަންދޫބު ކިރިލް ޑިމިޓްރިއޭވް ވިދާޅުވެފައި ވަނީ، އެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ އެމެރިކާގެ ފްލޮރިޑާގައި ކަމަށެވެ. އެގޮތުން ރަޝިޔާ-އެމެރިކާގެ އިޤްތިޞާދީ މަސައްކަތު ގުރޫޕުގެ ބައްދަލުވުމެއް ބާއްވައި، އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ. 

ނިމުނު ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާާ އާއި އިޒްރޭލް ގުޅިގެން އީރާންއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ ގުޅިގެން ހޮރުމޯޒް ކަނޑު އޮޅި ބަންދުވުމުގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ސަޕްލައި ކުރާ ތެލުގެ ފަސްބައި ކުޅަ އެއް ބައި، ނުވަތަ ދުވާލަކު ގާތް ގަނޑަކަށް 20 މިލިއަން ފީފާ ތެޔޮ ވަނީ މެދު އިރުމަތީގެ ސަރަހައްދުގައި ތާށިވެފަ އެވެ. އެކަމުގެ ސަބަބުން، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ބޮޑު ލޮޅުމެއް އަރައިފަ އެވެ. 

އެ ބައްދަލުވުމަށް ފަހު ޑިމިޓްރިއޭވްގެ ޓެލެގްރާމް ޗެނަލްގައި ޝާއިއު ކޮށްފައިވާ ބަޔާނެއްގައި ވިދާޅުވީ، ދުނިޔޭގެ އިޤްތިޞާދީ ހަމަޖެހުން ޤާއިމު ކުރުމުގައި ރަޝިޔާގެ ތެލާއި ގޭހުގެ ދައުރު މިހާރު ގިނަ ޤައުމު ތަކަކަށް ސާފު ވަމުންދާ ކަމަށެވެ. ޚާއްޞަކޮށް، އެމެރިކާ އަށް އެކަން ސާފު ވާނެ ކަމަށް ފާހަގަ ކުރައްވާފައިވެ އެވެ. އަދި ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅު ތަކަކީ އެއްވެސް ނަތީޖާއެއް ނުނިކުންނަ، އިޤްތިޞާދު ހަލާކު ކޮށްލާ ފިޔަވަޅު ތަކެއްކަން އެމެރިކާ އިން މިހާރު ޤަބޫލު ކުރަން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ރަޝިޔާގެ ރައީސް ޕުޓިންގެ އިރުޝާދުގެ ދަށުން ކުރިއަށް ދިޔަ މި ދަތުރުފުޅުގައި ޑިމިޓްރިއޭވް ވަނީ އެމެރިކާ އާއި ރަޝިޔާގެ އިޤްތިޞާދީ އެއްބާރުލުމާ ބެހޭ މަސައްކަތު ގުރޫޕުގެ އިސްވެރިންނާ ބައްދަލު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މި ބައްދަލުވުން ތަކުގައި ރަޝިޔާ އާއި އެމެރިކާގެ ގުޅުން އިއާދަ ކުރުމަށް އެހީތެރި ވެދާނެ މުހިންމު މަޝްރޫއު ތަކާ ބެހޭ ގޮތުންނާއި، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ދިމާވެފައިވާ ލޮޅުންތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވަނީ ވާހަކަ ދެކެވިފަ އެވެ. 

މީގެ އިތުރުން އެ ބައްދަލުވުމާ ގުޅޭ ގޮތުން އެމެރިކާގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ވިދާޅުވީ، އެ ޤައުމުގެ ޓީމު ތަކުގެ މެދުގައި ތަފާތު އެކި މައުޟޫއު ތަކަށް މަޝްވަރާ ކުރެވުނު ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް މުއާމަލާތު ކުރިއަށް ގެންދިޔުމަށް އެއްބަސްވެފައިވާ ކަމަށެވެ. 

ފްލޮރިޑާގައި ކުރިއަށް ގެންދިޔަ މި މުހިންމު ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބި ދަރިކަލުން ޖެރާޑް ކުޝްނާ އާއި، ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ޚާއްޞަ އެޑްވައިޒަރު ޖޯޝް ގްރޫންބައުމް ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށް ރިޕޯޓުތައް ބުނެ އެވެ. 

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންހޯރްމޫޒް ކަނޑުއޮޅި

އިތުރަށް ކިޔާލަން

12 މާރިޗު 2026

އީރާންއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް، ރޮމޭނިއާގައި ހުރި އެމެރިކާގެ ބޭސްތައް ބޭނުން ކުރުމުގެ ހުއްދަ އެ ޤައުމުގެ ރައީސް ދެއްވައިފި

12 މާރިޗު 2026
އީރާންއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް، ރޮމޭނިއާގައި ހުރި އެމެރިކާގެ ބޭސްތައް ބޭނުން ކުރުމުގެ ހުއްދަ އެ ޤައުމުގެ ރައީސް ދެއްވައިފި
12 މާރިޗު 2026

އެމެރިކާގެ ބިމަށް އީރާން އިން ހަމަލާ ދީފާނެ ކަމުގެ އިންޒާރެއް، ޓްރަމްޕް ވިދާޅުވީ ބިރު ނުގަންނަ ކަމަށް

12 މާރިޗު 2026
އެމެރިކާގެ ބިމަށް އީރާން އިން ހަމަލާ ދީފާނެ ކަމުގެ އިންޒާރެއް، ޓްރަމްޕް ވިދާޅުވީ ބިރު ނުގަންނަ ކަމަށް
12 މާރިޗު 2026

އެންމެފަހުން ކުށްވެރި. އެކަމަކު މުއިއްޒަކަށް ކެރިވަޑައެއް ނުގަތް

12 މާރިޗު 2026
އެންމެފަހުން ކުށްވެރި. އެކަމަކު މުއިއްޒަކަށް ކެރިވަޑައެއް ނުގަތް
12 މާރިޗު 2026

ހަނގުރާމަ ފެށުނު ފަހުން ބަހްރެއިން އިން މިހާތަނަށް 300 ޑްރޯން އާއި މިސައިލް ހުއްޓުވައިފި

12 މާރިޗު 2026
ހަނގުރާމަ ފެށުނު ފަހުން ބަހްރެއިން އިން މިހާތަނަށް 300 ޑްރޯން އާއި މިސައިލް ހުއްޓުވައިފި
12 މާރިޗު 2026

އީރާންގެ އަންހެން ކުދިންގެ ސްކޫލް އަށް ދިން ހަމަލާ، އިޓަލީގެ ބޮޑު ވަޒީރު ކުށްވެރި ކުރައްވައިފި

12 މާރިޗު 2026
އީރާންގެ އަންހެން ކުދިންގެ ސްކޫލް އަށް ދިން ހަމަލާ، އިޓަލީގެ ބޮޑު ވަޒީރު ކުށްވެރި ކުރައްވައިފި
12 މާރިޗު 2026

ހަނގުރާމާއާއެކު ރާއްޖެއަށް ވަންނަ ޑޮލަރު މަދުވެ، ޑޮލަރުން ހޭދަ ކުރާވަރު ވަރަށް ބޮޑަށް އިތުރުވޭ، ކުރިއަށް އޮތްތަނުގައި އަމަލުކުރާނެ ގޮތުގެ ޕްލޭން ސަރުކާރުން ކިޔައިދޭން ޖެހޭ: އަމްރު

އިޒްރޭލްގެ ޖާސޫސީ އިދާރާގެ މައި މަރުކަޒަށް އީރާން އިން ޑްރޯން ހަމަލާ ތަކެއް ދީފި

12 މާރިޗު 2026
އިޒްރޭލްގެ ޖާސޫސީ އިދާރާގެ މައި މަރުކަޒަށް އީރާން އިން ޑްރޯން ހަމަލާ ތަކެއް ދީފި
12 މާރިޗު 2026

އީރާންގެ ވެރިންނާއި ތަންތަން ހިމެނޭހެން، 19 އޮފިޝަލަކާ ދެކޮޅަށް އީޔޫ އިން އައު ފިޔަވަޅު ތަކެއް އަޅައިފި

12 މާރިޗު 2026
އީރާންގެ ވެރިންނާއި ތަންތަން ހިމެނޭހެން، 19 އޮފިޝަލަކާ ދެކޮޅަށް އީޔޫ އިން އައު ފިޔަވަޅު ތަކެއް އަޅައިފި
12 މާރިޗު 2026

ތެލުގެ އަގު ނުހައްގުން އުފުލާ ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އަޅާނަން: ބޮޑު ވަޒީރު ސްޓާމަރ

12 މާރިޗު 2026
ތެލުގެ އަގު ނުހައްގުން އުފުލާ ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އަޅާނަން: ބޮޑު ވަޒީރު ސްޓާމަރ
12 މާރިޗު 2026

ތައިލެންޑުގެ ބޯޓަކަށް ހަަމަލާ ދިނުމާ ގުޅިގެން، އީރާންގެ ސަފީރު އެ ޤައުމުގެ ފޮރިން މިނިސްޓްރީ އަށް ހާޒިރު ކޮށްފި

12 މާރިޗު 2026
ތައިލެންޑުގެ ބޯޓަކަށް ހަަމަލާ ދިނުމާ ގުޅިގެން، އީރާންގެ ސަފީރު އެ ޤައުމުގެ ފޮރިން މިނިސްޓްރީ އަށް ހާޒިރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު